ދިވެހި ތާނައަކީ ދިވެހީންގެ ފަޚުރެއް، ތާނަ އަތުލިޔުމުގެ މުބާރާތް ޤައުމީ ފެންވަރަށް
ދިވެހި ތާނައަކީ ދިވެހީންގެ ފަޚުރެއްކަމުގައި ދެކެވަޑައިގަންނަވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ޤައުމީ އަދަބީ މުބާރާތްތަކުގެ ނަތީޖާ ފާޅުކުރުމަށް ރޭ ޞަލާހުއްދީން ސްކޫލްގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ދިވެހި ތާނައަކީ ދިވެހީންގެ ފަޚުރެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ދިވެހީންގެ އަމިއްލަ މާދަރީ ބަހެއް އޮންނަ ފަދައިން އަމިއްލަ އަކުރެއް އޮތުމަކީ އެއީ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ. “ދިވެހި ތާނައަކީ ދިވެހ...