މައި ޚަބަރަށް ދިޔުމަށް

ރާއްޖެ

16,845 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 1112 ވަނަ ޞަފްޙާ

އެމްޑީއެން އުވާލުމަށް ގޮވާލާ އޮންލައިން ޕެޓިޝަނެއް ވަރަށް ބާރަށް ކުރިޔަށްދަނީ

އެމްޑީއެން އުވާލުމަށް ގޮވާލާ އޮންލައިން ޕެޓިޝަނެއް ވަރަށް ބާރަށް ކުރިޔަށްދަނީ

އެމްޑީއެން އުވާލުމަށް ގޮވާލާ ހަދާފައިވާ އޮންލައިން ޕެޓިޝަނެއް ވަރަށް ބާރަށް އެބަ ކުރިޔަށް ދެއެވެ. މިއަދު ފެށި މި ޕެޓިޝަންގައި މިހާތަނަށް ޖުމްލަ 3,485 އަށްވުރެ ގިނަ މީހުން ވަނީ ބައިވެރިވެ، އެމްޑީއެން އުވާލުމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހް އަށް ގޮވާލާފައެވެ. އިއްޔެ އެމްޑީއެން އިން ނެރުނު ރިޕޯޓަކީ އެ ޖަމިއްޔާއިން 2015 ވަނަ އަހަރު ރާއްޖޭގައި ދީނީ ގޮތުން ހަރުކަށި ފިކުރު ފަތުރާ ގޮތްތަކާއި، އެ ފިކުރުގެ އަސަރު ރާއްޖޭގައި އަށަގެންފައިވާ މިންވަރު ބެލުމަށްޓަކައި […]

Thiladhun
މަޖިލިސްގެ އިސް ތިންބޭފުޅެއްގެ މަޤާމުދެމެހެއްޓި ގޮތާމެދު މެންބަރު ޢަލީ ސުވާލު އުފައްދައިފި

މަޖިލިސްގެ އިސް ތިންބޭފުޅެއްގެ މަޤާމުދެމެހެއްޓި ގޮތާމެދު މެންބަރު ޢަލީ ސުވާލު އުފައްދައިފި

ރައްޔިތުންގެ މަޖިލިސްގެ އަމީން އާންމުގެ ގޮތުގައި ހުންނެވި ފާތިމަތު ނިއުޝާ އާއި ކައުންސެލް ޖެނެރަލްގެ ގޮތުގައި ހުންނެވި ފާތިމަތު ފިލްޒާ އަދި ސާޖަންޓް އެޓް އާމްސްގެ މަގާމުގައި ހުންނެވި މުހައްމަދު ހަލީމްގެ މަގާމު ދަމަހައްޓަން މަޖިލީހުން ނިންމިގޮތާމެދު ރައްޔިތުންގެ މަޖިލިސްގެ ކެންދޫ ދާއިރާގެ މެންބަރު އަދި މަޝްހޫރު ޤާނޫނީވަކީލު ޢަލީ ހުސައިން ސުވާލު އުފައްދަވައިފިއެވެ. އެތިންބޭފުޅުންގެ މަޤާމު ދަމަހައްޓަން އާންމުކޮށް އިއުލާނު ކުރުމެއްނެތި މަޖިލިސްއިން ފާސްކުރީ 3 އޮކްޓޯބަރ 2019 ވަނަ ދުވަހު އޮތް ރައްޔިތު...

ޔުމްނާ ޢަލީ
އެމްޑީއެންއަކީ ރާއްޖޭގައި އުފެދުނު ފުރަތަމަ ލާދީނީ ޖަމާއަތް: އިސްލާމީ މަރުކަޒް އިމާމް

އެމްޑީއެންއަކީ ރާއްޖޭގައި އުފެދުނު ފުރަތަމަ ލާދީނީ ޖަމާއަތް: އިސްލާމީ މަރުކަޒް އިމާމް

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކްއަކީ ރާއްޖޭގައި އުފެދުނު ފުރަތަމަ ލާދީނީ ޖަމާއަތްކަމަށް ރާއްޖޭގެ މައި މިސްކިތް މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލްއަޢުޡަމުގެ އިމާމް އައްޝައިޚް އިބްރާހީމް ރަޝީދު ޙަސަން ވިދާޅުވެއްޖެއެވެ. އިބްރާހިމް ރަޝީދު މިހެން ބުނެފައިވަނީ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް ޖަމިއްޔާއިން ތައްޔާރު ކުރި ރިޕޯޓެއްގައި ޤުރުއާނަށާއި ކީރިތި ރަސޫލާ (ސ.އ.ވ) އަށް ބަދުބަސް ރައްދުވާ ގޮތަށް ލިޔެފައިވާ މައްސަލަ ބޮޑުވެފައިވަނިކޮށެވެ. އިބްރާހިމް ރަޝީދު މިހެން ބުނެފައިވަނީ އޭނާ ރޭ ފޭސްބުކްގައ...

ޔުމްނާ ޢަލީ
ޓޫރިޒަމް ދާއިރާގައި ވަޒީފާ އަދާކުރާ ދިިވެހިންގެ ހިއްސާ އަކީ 47%: ޓޫރިޒަމް މިނިސްޓަރު

ޓޫރިޒަމް ދާއިރާގައި ވަޒީފާ އަދާކުރާ ދިިވެހިންގެ ހިއްސާ އަކީ 47%: ޓޫރިޒަމް މިނިސްޓަރު

ރާއްޖޭގެ އިގްތިސާދުގެ މައި ތަނބުކަމުގައިވާ ފަތުރުވެރިކަމުގެ ދާއިރާގައި ވަޒީފާ އަދާކުރާ މީހުންގެ ތެރެއިން ދިިވެހިންގެ ހިއްސާ އަކީ 47 ޕަސެންޓު ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރޭ ވިދާޅުވެއްޖެ އެވެ. ދުނިޔޭގެ ޓޫރިޒަމް ދުވަސް ފާހަގަކުރުމަށް ކްރޮސްރޯޑްސްގައި ބޭއްވި ގާލާ ނައިޓްގައި އަލީ ވަހީދު ވިދާޅުވީ، ދިވެހިންގެ އަދަދަކީ 17،138 މީހުން ނެއެވެ. ބިދޭސީންގެ ގޮތުގައި 18،947 މީހުން ވަޒީފާ އަދާކުރާ އިރު ދިވެހި މުވައްޒަފުންގެ ނިސްބަތް 45 ޕަސެންޓަށް ވުރެ ދަށް 58 ރިސޯޓު ރާއްޖޭގައި އެބަހުރި ކަމަށެވެ. […]

އިބްރާހިމް އަސްވާޤް
"މިސަރުކާރުން 4127 އެނދުން ފަތުރުވެރިކަމަށް އިތުރުކުރެވި 10000 ވަޒީފާ އުފެއްދިއްޖެ"

"މިސަރުކާރުން 4127 އެނދުން ފަތުރުވެރިކަމަށް އިތުރުކުރެވި 10000 ވަޒީފާ އުފެއްދިއްޖެ"

މިސަރުކާރު އުފެދުނު ފަހުން މިއަދާ ހަމައަށް، މުޅިން އާ 19 ރިސޯޓާއި 1 ޔޮޓް މެރީނާ ހުޅުވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި މިއީ އެނދުގެ ޢަދަދަށް ބަލާނަމަ، 4127 އެނދުކަމަށާއި އެއީ ގާތްގަނޑަކަށް 10000 ވަޒީފާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް 2019 ފާހަގަކުރުމަށް މިރޭ ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވި ރޭގަނޑުގެ ޖާފަތުގައި ފަތުވެރިކަމުގެ ދާއިރާއަށް ގެނެވުނު ބައެއް ކުރިއެރުންތަކުގެ މައްޗަށްވެސް އަލިއަޅު...

އިބްރާހިމް އަސްވާޤް
ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފި

ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފި

މިދުވަސް ވަރަކީ ރާއްޖެއަށް މޫސުން ގޯސް ކަނޑުގަދަ ވިއްސާރަ ދުވަސް ވަރަކަށް ވެފައި، މޫސުމާ ބެހޭ ޤައުމީ އިދާރާއިން ރާއްޖެއަށް ވަރަށް ބޮޑަށް މޫސުމް ގޯސްވާނެކަމަށް ވަނީ ލަފާކޮށްފައެވެ. އަދި ކުރިއަށް އޮތް ފަސް ގަޑިއިރުުގެ ތެރޭގައި ރާއްޖޭގެ ދެކުނު އަތޮޅުތަކަށް އާދަޔާ ޚިލާފަށް ކަނޑުގަދަވެ، ވިއްސާރަކުރާނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން ލަފާކުރާތީ ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ދިވެހި ރާއްޖޭގެ ގައުމީ ދިފާޢީ ބާރުން އިލްތިމާސްކޮށްފިއެވެ. ކަނޑުދަތުރުކުރައްވާ ފަރާތްތަކުން ދަތުރަށް ފެށުމުގެ...

އިބްރާހިމް އަސްވާޤް
ނަފްރަތަށް ވަނީ ވަކި ބައެއްގެ ވަހާކަ ދެއްކީމާ ބާ؟ : ޝެއިހް ސަމީރު

ނަފްރަތަށް ވަނީ ވަކި ބައެއްގެ ވަހާކަ ދެއްކީމާ ބާ؟ : ޝެއިހް ސަމީރު

ނަފްރަތަށް ވަނީ ވަކި ބައެއްގެ ވަހާކަ ދެއްކީމާތޯ ސައިޙް ސަމީރު ސުވާލު އުފައްދަވައި ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އިންސާނީ ހައްގުތަކާއި އިންސާނީ ކަރާމާތާއި އަދި ކުރިއަރަމުން އަންނަ ޑިމޮކްރަސީގެ ހަމަތައް ނަގަހައްޓާ ހިފެހެއްޓުމަށް ކަމަށްބުނެ އުފެއްދި ޖަމިއްޔާއަކުން ނެރެފައިވާ ރިޕޯޓެއްގައި ރާއްޖޭގައި އިސްލާމްދީން އޮތް ގޮތުގެ މައްޗަށް ކަމަށް ބުނެ، މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓްގައި އިސްލާމްދީނާ، މާތް ރަސޫލަށް ނިސްބަތްކޮށް ފުރައްސާރަކޮށްފައި ވާތީ ގިނަ ބަޔަކު ދަނ...

އިބްރާހިމް އަސްވާޤް
އެމްބެސެޑަރ އެޓް ލާޖްގެ މަޤާމަށް އަޙްމަދު މާހިރު ޢައްޔަން ކުރައްވައިފި

އެމްބެސެޑަރ އެޓް ލާޖްގެ މަޤާމަށް އަޙްމަދު މާހިރު ޢައްޔަން ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އެމްބެސެޑަރ އެޓް ލާޖްގެ މަޤާމަށް، މައްޗަންގޮޅި ރައުފަތުގެ، އަޙްމަދު މާހިރު މިއަދު ޢައްޔަން ކުރައްވައިފިއެވެ. އަޙްމަދު މާހިރަށް މަޤާމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ދެއްވީ މިކަމަށްޓަކައި މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ. އަޙްމަދު މާހިރަކީ މީގެ ކުރިން ވެސް ދިވެހިދައުލަތުގެ ސަފީރުގެ މަގާމު އަދާކުރައްވާފައިވާ ބޭފުޅެކެވެ

އިބްރާހިމް އަސްވާޤް

މިއަހަރުގެ މިހާތަނަށް ރާއްޖޭގައި 19 ރިސޯޓް ހުޅުވައިފި

ރާއްޖޭގައި މި އަހަރުގެ މިހާތަނަށް އާ 19 ރިސޯޓް ހުޅުވާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ. މިއަދު ކްރޮސްރޯޑްސް މޯލްޑިވްސްގައި ފެށި “މޯލްޑިވްސް ޓޫރިޒަމް ކޮންފަރެންސް 2019” ގައި ވާހަކަ ދައްކަމުން މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ މި އަހަރުގެ މިހާތަނަށް 19 ރިސޯޓެއް ހުޅުވައިފައިވާ ކަމަށާއި 20 ވަނަ ރިސޯޓް އައްޑޫގައި ހުޅުވުމަށް އަންނަނީ ތައްޔާރުވަމުންކަމަށެވެ. “އަޅުގަނޑުމެން ވައުދުވީ ފުރަތަމަ އަހަރު 20 ރިސޯޓް ހުޅުވަން. މީގެ ދެ ރޭ ކުރިން […]

ފާތިމަތު ސިނާޒާ
ކޮންމެ އަހަރަކު މޯލްޑިވް ގޭހުގެ ދެ މުވައްޒަފުން ހައްޖަށް ފޮނުވަނީ!

ކޮންމެ އަހަރަކު މޯލްޑިވް ގޭހުގެ ދެ މުވައްޒަފުން ހައްޖަށް ފޮނުވަނީ!

އަންނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް މޯލްޑިވް ގޭހުގެ ދެ މުއައްޒަފުންނަށް ހައްޖު ދަތުރު ދޭން ނިންމައިފިއެވެ. މިކަން ރަސްމީކޮށް އިއުލާނުކޮށްފައި ވަނީ، އެ ކުންފުންޏަށް 20 އަހަރު ފުރުމުގެ މުނާސަބަތުގައި، ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ހާއްސަ ކޭކު ފެޅުމުގެ ރަސްމިއްޔާތުގައި އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޝަޒައިލް ޝިޔާމް ވިދާޅުވީ، މޯލްޑިވް ގޭހުގެ މުވައްޒަފުންނަކީ އެ ކުންފުނީގެ އެންމެ ބޮޑު ރައުސުއްމާލު ކަމަށާއި، އެހެންކަމުން މުވައްޒަފުންގެ ކުރިއެރުމަށް އެކުންފުނިން ގިނަ ހަރަކާތް...

Thiladhun
ނ. ދިގުރަށުގައި ގާއަޅާ މެޝިނެއްގެ ބެލްޓް ދަށުވެ ބިދޭސީއަކު މަރުވެއްޖެ

ނ. ދިގުރަށުގައި ގާއަޅާ މެޝިނެއްގެ ބެލްޓް ދަށުވެ ބިދޭސީއަކު މަރުވެއްޖެ

ނ. ދިގުރަށުގައި ގާއަޅާ މެޝިނެއްގެ ބެލްޓް ދަށުވެ ބިދޭސީއަކު މަރުވެއްޖެއެވެ. ރިސޯޓެއް ގޮތަށް ތަރައްގީ ކުރަމުންދާ ނ. ދިގުރަށުގައި ހިނގި މި ހާދިސާގައި މަރުވެފައިވަނީ ސަން ކޮންސްޓްރަކްޝަން ކުންފުނީގައި މަސައްކަތް ކުރާ އުމުރުން 25 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުންގެ މީޑިޔާ އޮފިޝަލް ވަނީ ވިދާޅުވެފައެވެ. މި މައްސަލައާ ގުޅިގެން ފުލުހުން މިހާތަނަށް ބެލި ބެލުމުން މި މީހާ އަށް އަނިޔާވެފައިވަނީ އެ ރިސޯޓުގައި މަސައްކަތް ކުރަމުންދަނިކޮށް ގާ އަޅާ ބޮޑު މެޝިނެއްގެ ބެލްޓު ދަށުވެގެން ހިނގި އެކްސިޑެންޓެއްގައި […]

އިބްރާހިމް އަސްވާޤް
ރާއްޖޭގެ ބޮޑު ސަރަހައްދަކަށް "ހުދު ސަމާލު" ނެރެފި

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް "ހުދު ސަމާލު" ނެރެފި

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް މޫސުމާބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ވައިޓް އެލާޓް ނެރެފިއެވެ. މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައިވަނީ، ށ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ދެމެދުގެ ސަރަހައްދަށެވެ. ފަތިހު 4:00 އިން ހެނދުނު 09:00 އަށް މެޓް އޮފީހުން ނެރުނު ވައިޓް އެލާޓްގައި ބުނެފައިވަނީ، އެލާޓް ނެރެފައިވާ ސަރަހައްދަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށެވެ. ރޭ ދަންވަރުވެސް […]

އިބްރާހިމް އަސްވާޤް

ފެނަކަ މުއައްޒަފުން ލޯތްބާއެކު، އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު ފަރާތްތަކަށް 1 މިލިއަން!

ދިވެހި ތާރީހުގައި، މި ފަހަކަށް އައިސް ރާއްޖޭގައި ހިނގާދިޔަ އެންމެ ބޮޑު އަލިފާނުގެ ހާދިސާ ހިނގާފައިވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހުއެވެ. އެ އަލިފާނުގެ ހާދިސާއާއި ގުޅިގެން، އެތައް ބައެއްގެ އުމުރުދުވަހު ކުރި މަސައްކަތް ވަނީ އަނދާ އަޅިޔަށް ވެފައެވެ. އެތަކެއް ސަތޭކަ މީހުން ވަނީ މަގުމަތި ވެފައެވެ. އަބަދަށްފެހި މަގު، ހ. ތިލަފުށީ ގޭގައި ހުރި ކެމިކަލް ގުދަނުގައި ރޯވެ ހިނގި “ހެންވޭރު ބޮޑު ހުޅު” ގެ ސަބަބުން ޖުމްލަ 26 ގެއަކަށް އެކި […]

Thiladhun
ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން އިފްތިތާޙު ކޮށްފި

ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން އިފްތިތާޙު ކޮށްފި

ކުރިއަށް އޮތް ފަސް އަހަރުގެ ތަރައްޤީގެ މިޞްރާބު ހިމެނޭ ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިރޭ އިފްތިތާޙު ކޮށްދެއްވައިފިއެވެ. މި އެކްޝަން ޕްލޭން އިފްތިތާޙު ކޮށްފައިވަނީ އެކަމަށްޓަކައި މިރޭ ބެއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ރައީސް ޞާލިޙް ވިދާޅުވީ، މިއީ ސަރުކާރުގެ ވަޢުދުތައް ހާސިލުކުރާނެ ގޮތުގެ މަޝްވަރާ ހޯދައި، ވަގުތު ތާވަލު ހަދައި، ވިލަރެސްކޮށް، ކަރުދާހަށް ތިރިކޮށްފައިވާ، ކަންކުރާނެ ގޮތުގެ ސިޔާސަތު ކަމަށެވެ. މި ޕްލޭނަކީ ސަރުކާރ...

Thiladhun
ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން ސެންޓަރ އިން ސިވިލް ސަރވިސް ކޮމިޝަނާއި ބައްދަލުކުރައްވައިފި

ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން ސެންޓަރ އިން ސިވިލް ސަރވިސް ކޮމިޝަނާއި ބައްދަލުކުރައްވައިފި

ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން ސެންޓަރ (ޖޭ.އައި.ސީ.އީ) އާ ސިވިލް ސަރވިސް ކޮމިޝަނާއި މިއަދު ބައްދަލުކުރައްވަވާ ސްކޯލަރޝިޕް ފުރުސަތުތަކާއި ގުޅޭ ގޮތުން މަޝްވަރާކުރައްވައިފިއެވެ. މިއަދު ސިވިލް ސަރވިސް ކޮމިޝަނުގައި އޮތް މި ބައްދަލުވުމުގައި ކޮމިޝަނުގެ ފަރާތުން އިސްކޮށް ހުންނެވީ ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމް އެވެ. ޖޭ.އައި.ސީ.އީ ގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ ޖޭ.އައި.ސީ.އީ ގެ ޕްރޮގްރާމް މެނޭޖަރ މިސްޓަރ ޖުނިޗީ ޔަމަޒަކީ އާއި ޖޭ.އައި.ސީ.އީ ގެ ރިސާރޗާރ އެއް ކަމުގައިވާ މިސް އ...

އިބްރާހިމް އަސްވާޤް