މައި ޚަބަރަށް ދިޔުމަށް

ރާއްޖެ

16,845 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 1102 ވަނަ ޞަފްޙާ

ނަސްރުގެ ދުވަހުގެ ތަހުނިޔާ ރައީސް ސޯލިހް ފޮނުއްވައިފި

ނަސްރުގެ ދުވަހުގެ ތަހުނިޔާ ރައީސް ސޯލިހް ފޮނުއްވައިފި

ނަސްރުގެ ދުވަހުގެ ތަހުނިޔާ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ފޮނުއްވައިފި އެވެ. ނަސްރުގެ ތަހުނިޔާ ރައީސް ފޮނުއްވަމުން ކުރެއްވި ޓުވީޓުގައި ބުނެފައިވަނީ “ނަސްރުގެ ދުވަހުގެ ތަހުނިޔާ އާއި އިޚްލާސްތެރި ހެޔޮ އެދުންތައް ލޮބުވެތި ދިވެހި އެންމެހާ ރައްޔިތުންނަށް އަރިސް ކުރަން. މި ގަ އުމަށްޓަކައި ޝަހީދުވެ ދިޔަ ބަތަލުންނަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ލެއްވުން އެދި މާތްﷲ ގެ ހަޒުރަތުގައި ދުއާ ދަންނަވަން،” ރައީސްގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ. ނަޞްރުގެ ދުވަހުގެ ތަހުނިޔާ އާއި އިޚްލާޞްތެރި ހެ...

ޔުމްނާ ޢަލީ
އެމްޑީއެންގެ ރިޕޯޓު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ނެގުމުގެ ފުރުޞަތެއް ނުދޭނަން: ޑރ އިޔާޒު

އެމްޑީއެންގެ ރިޕޯޓު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ނެގުމުގެ ފުރުޞަތެއް ނުދޭނަން: ޑރ އިޔާޒު

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ގެ ރިޕޯޓު ބޭނުން ކޮށްގެން ނާޖާއިޒު ފައިދާ ނެގުމުގެ ފުރުޞަތު ނުދެއްވާނެކަމަށް ޑރ. މުހައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ. ޑރ. އިޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބަޔަކު މީހުން ލާދީނީ ޓެރަރިސްޓު އެމްޑީއެންގެ ގެ ސައިތާނީ ރިޕޯޓު ބޭނުން ކޮށްގެން ނާޖާއިޒު ފައިދާ ތަކެއް ނަގަން އުޅުނުނަމަވެސް އެކަމުގެ ފުރުޞަތު ދެވެން ނެތް ވާހަކަ، އެފަދަ ބޭފުޅުންގެ މަޢުލޫމާތަށްޓަކައި ދަންނަވާ ކަމަށެވެ. Bayaku meehun Laadheeny Terroriost MDN ge Shaithaany Report […]

އަޙްމަދު މުޖުތަބާ
"ވިކްޓްރީ ރަން" މާލޭގައި ބާއްވައިފި

"ވިކްޓްރީ ރަން" މާލޭގައި ބާއްވައިފި

ރާއްޖޭގެ ފަޚުރުވެރި 31 ވަނަ ނަޞްރުގެ ދުވަހުގެ މުނާޞަބަތުގައި، އެމްއެންޑީއެފްގެ އޭރިއާތަކުގައި “ވިކްޓްރީ ރަން” ބާއްވައިފިއެވެ. މިއަދު ހެނދުނު މާލޭގައި ކުރިއަށްގެންދިޔަ “ވިކްޓްރީ ރަން” ފަށާފައި ވަނީ ހެނދުނު 6 ޖަހާއިރު ކަޅުތުއްކަލާކޮށިންނެވެ. ގިނަޢަދަދެއްގެ ސިފައިން ބައިވެރިވި މި ދުވުން ކުރިއަށް ގެންގޮސްފައިވަނީ ކަޅުތުއްކަލާކޮށިން ނިކުމެގެން ހުޅަނގަށް ގޮސް، ބޮޑުތަކުރުފާނު މަގުން މާލެވަށައި ދުވެ ކަޅުތުއްކަލާކޮށްޓަށެވެ. މި ދުވުމުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް އާއި ވައިސް ޗ...

އިބްރާހިމް އަސްވާޤް

މަސްތުވާތަކެއްޗާއެކު 18 އަހަރުން ދަށުގެ ކުއްޖަކު ގާދިއްފުށިން ހައްޔަރުކޮށްފި

ތ. ތިމަރަފުށީ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި 18 އަހަރުން ދަށުގެ ކުއްޖަކު މަސްތުވާތަކެއްޗާއެކު ތ. ގާދިއްފުށިން ހައްޔަރުކޮށްފިއެވެ. އެކުއްޖާ ހައްޔަރުކޮށްފައިވަނީ ގާދިއްފުށީގައި މަސްތުވާތަކެތި ބޭނުންކޮށް މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން މި އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައެވެ. ކޯޓު އަމުރެއްގެ ދަށުން އެކުއްޖާ ހައްޔަރުކޮށް އެކުއްޖާ ދިރިއުޅޭ ކޮޓަރި ބަލައި ފާސްކުރިއިރު، މަސްތުވާ...

އަޙްމަދު މުޖުތަބާ
ސަމާލުވޭ! ބޭންކް އޮފް މޯލްޑިވްސް ނަމުގައި ފޭކު އީމެއިލް ފޮނުވަނީ

ސަމާލުވޭ! ބޭންކް އޮފް މޯލްޑިވްސް ނަމުގައި ފޭކު އީމެއިލް ފޮނުވަނީ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ނަމުގައި ބަޔަކު އާންމުނަށް ފިޝިން ނުވަތަ ފޭކް މެއިލް ފޮނުވާ ކަމަށް އެ ބޭންކުން ބުނެފި އެވެ. ބީއެމްއެލް އިން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ އެއްވެސް އެކައުންޓެއް ވެރިފައި ކުރަން ނުވަތަ އިންޓަނެޓް ބޭންކިން މައުލޫމާތު ހޯދުމަށް ޓަކައި އެކުންފުނީން މެއިލް މެދުވެރިކޮށް ނާންގާނެ ކަމަށެވެ. ބީއެމްއެލް އިން ބުނެފައި ވަނީ ބީއެމްއެލް ބޭނުންކުރާ ފަރާތައް ރޫޓީން ސެކިއުރިޓީ ޗެކު ކުރުމުގެ ނަމުގައި ބަޔަކު ފިޝިން މެއިލް ފޮނުވާ ކަމަށެވެ. […]

އިބްރާހިމް އަސްވާޤް
އެމްޑީއެންގެ ރިޕޯޓުގައި ރަސޫލާއަށް ފުރައްސާރަ ކޮށްފައިވާކަން ޔޫތު މިނިސްޓްރީއަށް އަންގައިފި

އެމްޑީއެންގެ ރިޕޯޓުގައި ރަސޫލާއަށް ފުރައްސާރަ ކޮށްފައިވާކަން ޔޫތު މިނިސްޓްރީއަށް އަންގައިފި

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓުގައި އިސްލާމް ދީނަށާއި ރަސޫލާއަށް ފުރައްސާރަކޮށްފައިވާކަން މޯލްޑިވްސް ޕޮލިސް ސާވިސްގެ ފަރާތުން ޔޫތު މިނިސްޓްރީއަށް އަންގަވައިފިއެވެ. ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރު މިރޭ ވިދާޅުވީ އެމްޑީއެން އިން ނެރުނު ރިޕޯޓުގައި އިސްލާމް ދީނަށް ތަހުނީނުކުރުމުގެ ގޮތުން ފާޑު ކިޔާފައިވާކަމަށާއި، އިސްލާމް ދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށްފައިވާކަމަށް ފެންނަކަމަށް ފުލުހުންގެ ފަރާތުން ޔޫތު މިނިސްޓްރީއަށް އަންގަވާފައިވާ ކަމަށެވެ. އެމްޑީއެންގެ...

އަޙްމަދު މުޖުތަބާ
ލާމަރުކަޒީ ގާނޫނާއި އެކު ހަޤީޤީ ތަރައްޤީގެ ފުރުސަތުތައް ފެނިގެން ދާނެ- ރައީސް ނަޝީދު

ލާމަރުކަޒީ ގާނޫނާއި އެކު ހަޤީޤީ ތަރައްޤީގެ ފުރުސަތުތައް ފެނިގެން ދާނެ- ރައީސް ނަޝީދު

ދިވެހި ރައްޔިތުންނަށް ހަގީގީ ތަރައްގީގެ ފުރުސަތުތައް ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހު ފާސްވުމުން ލިބިގެންދާނެކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. “ދެކުނު މަހާސިންތާ 2019” ފައްޓަވައި ދެއްވާ ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ދިވެހި ރައްޔިތުން ބެނުންވާ އެންމެ އަސާސީ ހިދުމަތްތައްކަމަށް ވާ ނަރުދަމާއާ ކަރަންޓާއި ސިއްހަތުގެ ހިދުމަތްތައް ވެސް ބައެއް ފަރާތްތަކަށް ނުލިބޭ ކަމަށާއި މި ހިދުމަތްތައް ލިބިގެން ދާނީ ކައުންސިލްތައް ބާރުވ...

ފާތިމަތު ސިނާޒާ
ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި "ވިކްޓްރީ ރަން" މާދަމާ ބާއްވަނީ

ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި "ވިކްޓްރީ ރަން" މާދަމާ ބާއްވަނީ

ރާއްޖޭގެ ފަޚުރުވެރި 31 ވަނަ ނަޞްރުގެ ދުވަހުގެ މުނާޞަބަތުގައި، އެމްއެންޑީއެފުން “ވިކްޓްރީ ރަން” ބާއްވާގޮތަށް ހަމަޖެހިއްޖެއެވެ. މާދަމާ ހެނދުނު މާލޭގައި ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ މި ދުވުން ފެށޭނީ ހެނދުނު 6 ޖަހާއިރު ކަޅުތުއްކަލާކޮށިންނެވެ. ގިނަޢަދަދެއްގެ ސިފައިން ބައިވެރިވާ ގޮތަށް ހަމަޖެހިފައިވާ މި ދުވުން ކުރިއަށް ގެންދާ ގޮތަށް ހަމަޖެހިފައިވަނީ، ކަޅުތުއްކަލާކޮށިން ނިކުމެގެން ހުޅަނގަށް ގޮސް، ބޮޑުތަކުރުފާނު މަގުން މާލެވަށައި ދުވެ ކަޅުތުއްކަލާކޮށްޓަށް ނިންމާ ގޮތަށެވެ. “ވިކްޓްރީ ރަން” އަކީ އަސ...

އިބްރާހިމް އަސްވާޤް
ރާއްޖެ ސަރަޙައްދުގައި އުފެދިފައިވާ ކޮޅިގަނޑު ރާއްޖެއާއި ދުރަށް

ރާއްޖެ ސަރަޙައްދުގައި އުފެދިފައިވާ ކޮޅިގަނޑު ރާއްޖެއާއި ދުރަށް

ރާއްޖެ ސަރަޙައްދުގައި އުފެދިފައިވާ ކޮޅިގަނޑު މިހާރު ރާއްޖެއާއި ދުރަށް ދަތުރުކުރަމުންދާކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ. މެޓް އޮފީހުން ވިދާޅުވީ މިހާރު އެ ކޮޅިގަނޑު ދަތުރުކުރަމުންދަނީ ރާއްޖޭގެ ހުޅަނގު އުތުރަށް ކަމަށެވެ. އަދި އިތުރަށް އޭގެ އަސަރު ރާއްޖެއަށް ކުރާނެ ކަމަށް ލަފާނުކުރެވޭކަމަށެވެ. އެހެންނަމަވެސް ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ވިއްސާރަކުރާނެ ކަމަށް އެ އިދާރާއިން ވިދާޅުވެއެވެ. އެގޮތުން މެދުރާއްޖެތެރެއާއި އުތުރަށް ބޯކޮށް ވާރޭވެހި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެ ކަމަށް...

އިބްރާހިމް އަސްވާޤް
އެސްޓީއޯ މަކިޓާ ހެއްޔާ މުބާރާތް އިތުރު އިނާމު ތަކާއެކު އަންނަ އަހަރުވެސް

އެސްޓީއޯ މަކިޓާ ހެއްޔާ މުބާރާތް އިތުރު އިނާމު ތަކާއެކު އަންނަ އަހަރުވެސް

އެސްޓީއޯ މަކިޓާ ހެއްޔާ މުބާރާތް އިތުރު އިނާމު ތަކާއެކު އަންނަ އަހަރުވެސް ބާއްވަން އެފަރާތުން ނިންމައިފިއެވެ. އެއް މަސް ދުވަހުގެ މުއްދަތަށް ކުރިއައް ގެންދިޔަ މަކިޓާ ހެއްޔާ މުބާރާތަކީ މަކިޓާ ޕަވަޓޫލްސް ބޭނުން ކޮށްގެން ދިވެހިންގެ ފަންނުވެރިކަން ދައްކާލުމުގެ ފުރުސަތުތަކާއެކު ކުރިއަށްގެންދިޔަ މުބާރާތެކެވެ. މި މުބާރާތުގެ ވަނަ ވަނައަށް ގޮސްފައިވާ ފަރާތްތަކަށް އިނާމު ހަވާލުކުރުމަށް ރޭ އެސްޓީއޯ ޓްރެއިންނިގް ރޫމްގައި ބޭއްވި ރަސްމިއްޔާތުގައި މަކިޓާ ކުންފުނީގެ އިސް ބައެއް ވެރިންވެސް ބައިވެރިވެވަޑައިގެންނެވި...

ފާތިމަތު ސިނާޒާ
ފުލުހުންނަށް ލިޓަސް އިން 100 ހެލްމެޓް ހަދިޔާ ކޮށްފި

ފުލުހުންނަށް ލިޓަސް އިން 100 ހެލްމެޓް ހަދިޔާ ކޮށްފި

ފްރަންޓްލައިންގައި މަސައްކަތްކުރާ ފުލުހުންނަށް ލިޓަސް އިން ހެލްމެޓް ހަދިޔާ ކޮށްފިއެވެ. ހެލްމެޓް ހަދިޔާ ކުރުމަށް އިސްކަންދަރު ބިލްޑިންގގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ފުލުހުންގެ ފަރާތުން މި ހެލްމެޓްތަކާ ހަވާލުވެލެއްވީ ހެޑް އޮފް ސެންޓްރަލް ޕޮލިސިންގ ކޮމާންޑް، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީނެވެ. ހެލްމެޓްތަކާ ހަވާލުވެލައްވައި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީން ދެއްކެވި ވާހަކަ ފުޅުގައި، ޓްރެފިކާ ގުޅުންހުރި ކަންކަމާއި އަދި އެހެނިހެން ކަންކަމުގައިވެސް ލިޓަސްގެ...

އިބްރާހިމް އަސްވާޤް
މެދު ކެނޑުމެއްނެތި ޔެލޯ އެލާޓްގައި

މެދު ކެނޑުމެއްނެތި ޔެލޯ އެލާޓްގައި

މިދުވަސް ވަރަކީ ރާއްޖޭގެ މޫސުން ވަރަށް ގޯސް ދުވަސް ވަރަކެވެ. ދިވެހިރާއްޖޭގެ މޫސުމާ ބެހޭ އިދާރާއިން އާންމުކުރާ މައުލޫމާތު ތަކަށް ބަލާއިރު ވޭތުވެ ދިޔަ ދެ ދުވަހު އެކި ފަހަރުމަތިން ވަނީ މޫސުން ގޯސްވެ ޔެލޯ އެލާޓު ނެރެފައެވެ. މި މަހުގެ 25 ވަނަ ދުވަހު ރާއްޖެއާއި ދުރުން އަރަބި ކަނޑުގައި އުފެދުނު ތޫފާން “ކިޔާރު” ގެ ސީދާ އަސަރު ރާއްޖެ އަށް ނުކުރާނެ ކަމަށް ބުނި ނަމަވެސް ރާއްޖޭގެ ސަރަހައްދުގައި އޭރު އުފެދިފައިވާ ލޯޕްރެސަރ ޓްރަޕްގެ […]

އަޙްމަދު މުޖުތަބާ
ޤާނޫނާއި ޤަވާއިދާ ޚިލާފުވުމުގެ މައްސަލަތައް މިއަހަރު އިތުރު: އޭސީސީ

ޤާނޫނާއި ޤަވާއިދާ ޚިލާފުވުމުގެ މައްސަލަތައް މިއަހަރު އިތުރު: އޭސީސީ

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ 2019ވަނަ އަހަރުގެ ތިންވަނަ ކުއާޓަރގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި ކުއާޓަރުގައި އޭސީސީން ބަލައި ނިންމި މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ ޤާނޫނާއި ޤަވާއިދާ ޚިލާފުވުމުގެ މައްސަލައެވެ. އެގޮތުން، މިއަހަރުގެ ތިންވަނަ ކުއާޓަރގެ ތެރޭގައި ޤާނޫނާއި ޤަވާއިދާ ޚިލާފުވުމުގެ 95 މައްސަލައެއް ބަލައި ނިންމާފައިވާއިރު، 2018 ވަނަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ނިންމާފައިވަނީ ޤާނޫނާއި ޤަވާއިދާ ޚިލާފުވުމުގެ 10 މައްސަލައެވެ. 2018 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރއާ އަޅ...

އިބްރާހިމް އަސްވާޤް
ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފް ޑްރިލް ޑިސްޕްލޭ އާއި ބޭންޑުގެ ހަރަކާތްތައް، މާލެއާއި ހުޅުމާލޭގައި

ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފް ޑްރިލް ޑިސްޕްލޭ އާއި ބޭންޑުގެ ހަރަކާތްތައް، މާލެއާއި ހުޅުމާލޭގައި

ދިވެހިރާއްޖޭގެ ފަޚުރުވެރި 31 ވަނަ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި، އެމްއެންޑީއެފް ޑްރިލް ޑިސްޕްލޭ އާއި ބޭންޑުގެ ހަރަކާތްތައް، މާލެ އާއި ހުޅުމާލޭގައި ބާއްވާގޮތަށް ހަމަޖެހިއްޖެއެވެ. ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި، ބާއްވާ ޑްރިލް ޑިސްޕްލޭ އާއި ބޭންޑުގެ ހަރަކާތްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރ 1 ވަނަ ދުވަހުއާއި ނޮވެމްބަރ 2 ވަނަ ދުވަހުއެވެ. މިގޮތުން، ނޮވެމްބަރ 1 ވަނަ ދުވަހު (މާދަމާ) ގެ ހަވީރު 16:30 ގައި ހުޅުމާލެ ސެންޓްރަލް ޕާކް ސަރަޙައްދުގައި ފެށުމަށް ހަމަޖެހިފައިވާ އެމްއެންޑީއެފް މިއުޒިކ...

އިބްރާހިމް އަސްވާޤް
ޤައުމުގެ ކުރިއެރުމާ ތަރައްޤީގައި ކޮންމެ މީހެއްގެވެސް ފަރުދީ ޒިންމާ އަދާކުރުމަށް ނައިބު ރައީސް ގޮވާލައްވައިފި

ޤައުމުގެ ކުރިއެރުމާ ތަރައްޤީގައި ކޮންމެ މީހެއްގެވެސް ފަރުދީ ޒިންމާ އަދާކުރުމަށް ނައިބު ރައީސް ގޮވާލައްވައިފި

ޤައުމުގެ ކުރިއެރުމާ ތަރައްޤީގައި ކޮންމެ މީހެއްގެ ޙިއްޞާވެސް މުހިންމު ކަމަށް ދަނެގެން އެމީހެއްގެ ފަރުދީ ޒިންމާ އަދާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަޞީމް ގޮވާލައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިކަމަށް ގޮވާލެއްވީ ޤައުމީ ޔުނިވަސީޓީގެ ސްކޫލް އޮފް މެޑިސިންގެ ދަރިވަރުން އަމަލީ ތަޖުރިބާ ހޯދުމުގެ ޕްރޮގްރާމުގެ ފެށުން ފާހަގަކުރުމުގެ ގޮތުން މިއަދު ބޭއްވި ޙަފުލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ޤައުމުގެ މުސް...

އިބްރާހިމް އަސްވާޤް