ކައުންސިލްތަކަށް އިންތިހާބު ކުރާ ކައުންސިލަރުންގެ އަދަދު ކަނޑައަޅާނެ ގޮތް އީސީން ނިންމައިފި
އަންނަ އަހަރުގެ އޭޕްރިލް ހަތަރު ވަނަދުވަހު އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގައި ކައުންސިލްތަކަށް އިންތިހާބު ކުރާ ކައުންސިލަރުންގެ އަދަދު ކަނޑައެޅުމުގައި ބަލާނީ އިއްޔެގެ ނިޔަލަށް ރަށްތަކުގައި ރަޖިސްޓްރީ ކޮށްފައިވާ އާބާދީއަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ. އިލެކްޝަންސްއިން އެގޮތަށް ނިންމީ އެ ކޮމިޝަނުން ބޭއްވި 542 ވަނަ އާންމު ޖަލްސާގެ ތެރެއިންނެވެ. ލާމަރުކަޒީ ގާނޫނަށް އަލަށް ގެނައި އިސްލާހުތައް އިއްޔެ ރައީސުލް ޖުމްހޫރިއްޔާ ތަސްދީގު ކުރެއްވުމާއެކު، އިދާރީ ދާއިރާތަކުގެ ރަށު ކައުން...