މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ

ރާއްޖެ

16,845 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 1082 ވަނަ ޞަފްޙާ

ރިސޯޓް ބޯއީސްގެ އަަޑު ގަދަވެ، ކޯލިޝަން ލީޑަރުން މިނިސްޓަރުގެ ދިފާއުގައި

ރިސޯޓް ބޯއީސްގެ އަަޑު ގަދަވެ، ކޯލިޝަން ލީޑަރުން މިނިސްޓަރުގެ ދިފާއުގައި

ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުން ތަމްސީލުކުރުމަށް ހަދާފައިވާ ފޭސްބުކް ޕޭޖު “ރިސޯޓް ބޯއީސް” އިން ހިންގާ ހަރަކާތްތައް އިތުރުކޮށްފިއެވެ. މިގޮތުން ރިސޯޓް ބޯއީސް ޕޭޖުންވަނީ ފަތުރުވެރިކަމާބެހޭ ވަޒީރު މަޤާމުން ދުރުކުރުމަށް ގޮވާލާ ޕެޓިޝަނެއްގައި ސޮއިކުރަން ހުޅުވާލާފައެވެ. އެޕޭޖުގައި ޕެޓިޝަން ހިއްސާ ކުރަމުން ބުނެފައިވަނީ “ދިވެހިރާއްޖޭގެ އެންމެ ބޮޑުސިނާއަތް ކަމައްވާ ފަތުރުވެރި އިންޑަސްޓުރީގެ މިނިސްޓަރު އަލީ ވަހީދު، މިއިންޑަސްޓުރީގައި މަސައްކަތް ކުރާ މުވައްޒަފުންނާ މެދު އިހުމާލުވެ، މުވައްޒަފުން ދ...

ހުސައިން ހަބީބް

ހުޅުމާލޭގައި ތުރުކީ މީހަކަށް ތޫނު އެއްޗަކުން ހަމަލާ ދީފި

މިރޭ ހުޅުމާލޭގައި ތުރުކީ މީހަކަށއ ތޫނު އެއްޗަކުން ހަމަލާ ދީފިއެވެ. ފުލުހުން ބުނެފައިވަނީ މިމާރާމާރީގައި ޒަހަމް ވެފައިވަނީ ރާއްޖޭގައި މަސައްކަތް ކުރާ އުމުރުން 33 އަހަރުގެ ތުރުކީ މީހަކަށެވެ. އެސަރަހައްދުގައި ހުރިމީހަކު މިނޫހަށް މަޢުލޫމާތު ދެމުންބުނީ އަނިޔާވެފައިވާމީހާގެ ގައިގައި ބައިވަރު ލޭ ހުރި ކަމަށާއި މިހާރު އެމީހާ ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށެވެ. ހޮސްޕިޓަލަށް ގެންދިޔައީ މީހެއްގެ ސައިކަލު ފަހަތުގައެވެ. މިމާރާމާރީ ހިނގާފައިވައިވާ ސަރަޙައްދުގައި ފުލުހުން ހަރަކާތްތެރިވާކަމަށް ފުލުހުންވަނީ ބުނެ...

ޔުމްނާ ޢަލީ

ބިދޭސީ ދެ ގުރޫޕެއްގެ މެދުގައި މާރާމާރީ ހިންގައިފި

މިރޭ މާލޭގައި ބިދޭސީ ދެ ގުރޫޕެއްގެ މެދު މާރާމާރީ ހިންގައިފިއެވެ. މަޢުލޫމާތު ލިބޭ ގޮތުގައި މިމާރާމާރީގައި ވަނީ އެކަކު ޒަހަމް ވެފައެވެ. މިމާރާމާރީ ހިނގާފައިވަނީ މިރޭ 7:00 ޖަހާ އެހާކަންހާއިރު މަޖީދީމަގުގައި ބިދޭސީ ދެ ގުރޫޕެއްގެ ދެމެދުގައި ކަމަށާއި އެ މާރާމާރާގައި އެކަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި ނަމަވެސް ސީރިއަސް އަނިޔާއެއް ވެފައި ނެތް ކަމަށް ފުލުހުން ބުނެއެވެ. އަނިޔާ ލިބުނު ބިދޭސީ މީހާގެ އިތުރުން އިތުރު ތިން ބިދޭސީއެއްވަނީ މިމައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް […]

ހުސައިން ހަބީބް

ނިއު އިޔާ ފާހަގަ ކުރަން ބާއްވާ ޝޯ މިއަހަރުވެސް އޮންނާނެ: ޓޫރިޒަމް މިނިސްޓްރީ

މިނިސްޓްރީ އޮފް ޓުއަރިޒަމް އިން އިންތިޒާމުކޮށްގެން ބާއްވާ ނިއު އިޔާ ޝޯ މިއަހަރުވެސް ކާނިވާ ސަރަހައްދުގައި ބާއްވާނެކަމަށް އެމިނިސްޓްރީއިން ބުނެފިއެވެ. ޓުއަރިޒަމް މިނިސްޓްރީން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ އާ އަހަރުގެ ޝޯ، އަންގާރަ ދުވަހުގެރޭ 20:30 އިން ފެށިގެން ކުރިއަށްދާނެ ކަމަށެވެ. Welcoming 2020: An MoT event on 31st December 2019 at 2030hrs.Live at Carnival stage with laser and lights.#visitmaldives#welcoming2020 pic.twitter.com/NI7R98NN0n — Ministry of Tourism (@MoTmv) December 28, 20...

ޔުމްނާ ޢަލީ

ގުރޭޓަރ މާލެ ފުރެން އަދި ކައިރިވެސް ނުވޭ: މަލީހު

މާލެ ފުރެން އަދި ކައިރިވެސް ނުވާ ކަމަށް ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ. މަލީހު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލެ ފުރެން އަދި ކައިރިވެސް ނުވާ ކަމަށާއި މާލެ އަކީ މިހާރު ހުޅުމާލޭ ދެވަނަ ފިޔަވަހި، ވިލިމާލެ، ގުޅިމާލެ އަދި ތިލަމާލެ ކަމަށެވެ. Male' furen adhi kairives nuvey. Male' akee mihaaru Hulhumale' 2 phase, Villimale', Gulhimale', Thilamale'. Mi vegen dhaanee bodu shaharakah. Housing ge […]

ޔުމްނާ ޢަލީ
ޓޫރިޒަމް މިނިސްޓަރު އަލީގެ ދިފާއުގައި ރައީސް ނަޝީދު

ޓޫރިޒަމް މިނިސްޓަރު އަލީގެ ދިފާއުގައި ރައީސް ނަޝީދު

ރިސޯޓު މުވައްޒަފުންގެ ފާޑުކިޔުންތައް އަމާޒުވެފައިވާ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ދިފާއުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ނިކުމެވަޑައިގެންފިއެވެ. އަލީ ވަހީދަށް ފާޑުކިޔުން އަމާޒުވެފައިވަނީ ރިސޯޓުތަކުގެ މުވައްޒަފުންނަށް ސާވިސް ޗާޖުގެ ގޮތުގައި ދެނީ ރަނގަޅު މިންވަރެއް ކަމަށް ވިދާޅުވުމާ ގުޅިގެންނެވެ. އެއާއެކު އެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ ފާޑުކިޔުން އަލީ ވަހީދަށް އަމާޒުވުމުން މައާފަށް އެދިވަޑައިގެންފައިވެއެވެ. Tourism Minister @ali20waheed akee MDPge kuree...

ޔުމްނާ ޢަލީ

ކައުންސިލް އިންތިޚާބަށް ވޯޓު ކަރުދާހުގެ ޢަދަދު މަދުކުރަނީ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ޗާޕް ކުރާ ވޯޓް ކަރުދާހުގެ އަދަދު މަދު ކުރުމުގެ މަޝްވަރާތައް ފަށައިފި ކަމަށް އިލެކްސަން ކޮމިޝަންގެ ރައީސް އަހުދު ސަރީފް ވިދާޅުވެއްޖެއެވެ. ސަރީފް މިހެން ވިދާޅުވީ ރާއްޖެޓީވީގެ “ފަލަ ސުރުހީ” ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ނެވެ. ޝަރީފް ވިދާޅުވީ 2017 ވަނަ އަހަރު ބޭއްވި އިންތިހާބުގައި ބޭނުންކުރަން ޖެހުނީ ހަތަރު ލައްކަ ވޯޓު ކަރުދާސް ކަމަށެވެ. މިހާރު ގާނޫނަށް ގެނެސްފައިވާ ބަދަލާއެކު ކޮންމެ ވޯޓަކަށް ވަކިން ކަރުދާސް ހަދާނަމަ 1.1 މިލިއަން ވޯޓު […]

ޔުމްނާ ޢަލީ

މާލޭގެ ކުލިކޮންޓްރޯލް ކުރަން ގޮވާލާ ޕެޓިޝަނެއްގައި ސޮއިކުރަނީ

މާލޭގެ ކުލި ކޮންޓްރޯލް ކުރަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހެޅުމަށް، ސޮއި ހޯދުނުގެ މަސައްކަތް ފަށައިފި އެވެ. މިޕެޓިޝަން ހުށަހެޅުމުގެ މަސައްކަތް ފަށާފައި ވަނީ މާލޭގައި ކުލި ދައްކައިގެން އުޅޭ މީހުންގެ ޔޫނިއަން، މާލޭ ޓެނަންޓްސް ޔޫނިއަން (އެމްޓީޔޫ) އިންނެވެ. އެޕެޓިޝަންގައި ސޮއިކުރުން މިއަދު ހަވީރު ފަށާގޮތައް އެޔޫނިއަނުން ވަނީ ނިންމާފައެވެ. ޕެޓިޝަނުގައި ސޮއިކުރަން ނުވަތަ ކުލި ކޮންޓްރޯލް ކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްލަން ބޭނުންވާ ފަރާތްތަކުން ވެސް މި ހަރަކާތުގައި ބައިވެރިވުމަށް އެ...

ޔުމްނާ ޢަލީ
ސިޓީ ކައުންސިލް އިންތިހާބުގައި ފިރިހެންނުނަށް ވާދަނުކުރެވޭތީ ކޯޓަށް!

ސިޓީ ކައުންސިލް އިންތިހާބުގައި ފިރިހެންނުނަށް ވާދަނުކުރެވޭތީ ކޯޓަށް!

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ސިޓީ ކައުންސިލްތަކެ ބައެއް ދާއިރާތަކަށް ފިރިހެންނުނަށް ކުރިމަތި ނުލެވޭ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅަން ނިންމައިފި އެވެ. ޤާނޫނު ބާތިލްކޮށް ދިނުން އެދި ސްޕްރީމް ކޯޓަށް މައްސަލަ ހުށަހަޅަން ނިންމާފައިވަނީ މޫސާ އަންވަރެވެ. މޫސާ އަންވަރަކީ އައްޑޫ ސިޓީއަށް ނިސްބަތްވާ ފަރާތެކެވެ. މޫސަ މައްސަލަ ސްޕްރީމް ކޯޓަށް ހުށަހަޅަން ނިންމީ، މޫސާ އަންވަރު ނިސްބަތްވާ އައްޑޫ ސިޓީގެ ހިތަދޫ 03 (ބޭރުމަތި) ދާއިރާއިން ސިޓީ ކައުންސިލް އިންތިޚާބުގައި ފިރިހެނުންނަށް ވާދަ […]

އަލީ އާދިލް

އެމްޑީޕީގެ ޕްރައިމަރީއާ ގުޅޭ ޓައިމްލައިން އާންމުކޮށް، އެމްއާރްއެމްގެ ޓިކެޓަށް އެދެން ހުޅުވާލައިފި

އަންނަ  އޭޕްރީލް މަހު 4 ވަނަ ދުވަހު ބާއްވާ ކައުންސިލް އިންތިހާބަށް ބާއްވަން ޖެހޭ އެމްޑީޕީގެ ޕްރައިމަރީއާ ގުޅޭ ޓައިމްލައިން އެމްޑީޕީން މިއަދު އާންމުކުރި އިރު އެމްއާރްއެމްގެ ޓިކެޓަށް އެދެން ހުޅުވާލައިފިއެވެ. އެމްޑީޕީން އާންމުކުރި ޓައިމްލައިންގައިވާ ގޮތުން ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު އެމްޑީޕީގެ ޕްރައިމަރީ ބާއްވަން ނިިންމާފައިވާއިރު، ޕްރައިމަރީއަށް ވާދަކުރުމުގެ ފުރުސަތު ހުޅުވާލަން އިއުލާން ކުރާނީ މި މަހުގެ 30 ވަނަ ދުވަހުގަ އެވެ. ޕްރައިމަރީއަށް ކުރިމަތިލުމުގެ ފުރުސަތު ބަންދު ވާނީ އަންނަ ޖެނުއަރީ [...

ޔުމްނާ ޢަލީ

ބުރުގާ އަޅައި ފޭލި އަނދެގެން ކުރިސްމަސް ފާހަގަ ކުރިބަޔަކަށް އެތައްބަޔެއްގެ ފާޑުކިޔުން!

ބުރުގާ އަޅައި ފޭލި އަނދެގެން ކުރިސްމަސް ފާހަގަ ކުރިބަޔަކަށް އެތައްބަޔެއްގެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ. މިއަދު މީސްމީޑިޔާގައި ދައުރުވަމުންދާ ފޮޓޯއިން ފެންނަނީ ރިސޯޓެއްގައި ކުރިސްމަސް ފާހަގަކުރުމަށް ދިވެހި އަންހެން ކުދިންތަކެއް ރަތް ބުރުގާ އަޅައި ފޭލި އަނދެ އަދި ކުރިސްމަސް ތާކިހާ އަޅާފައިވާ ފޮޓޯއެކެވެ. މިފޮޓޯގެ މެދުގައި ކުރިސްމަސް ހެދުން އަޅައިގެން ހުރި ފިރިހެނަކު ހުރި އިރު ފޮޓޯގެ ފަހަތުން ބޮޑުކޮން މެރީ ކުރިސްމަސް ލިޔެފައިވެއެވެ. މިފޮޓޯ އާއި ގުޅިގެން ގިނަބަޔަކު ދަނީ މީސްމީޑިޔާގައި ހިތްހަމަ ނުޖެހ...

ޔުމްނާ ޢަލީ
ސްކޫލްތަކުގެ އަހަރީ ޗުއްޓީއަށް ބަދަލު ގެނައުމަށް ނިންމައިފި

ސްކޫލްތަކުގެ އަހަރީ ޗުއްޓީއަށް ބަދަލު ގެނައުމަށް ނިންމައިފި

ސްކޫލްތަކުގެ އަހަރީ ޗުއްޓީއަށް ބަދަލު ގެނައުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ. މިއަދު އެމިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ސްކޫލްތަކުގެ އަހަރީ ޗުއްޓީ އަކީ އާއިލީ ގުޅުން ބަދަހިކޮށް އާއިލާއާ އެކުގައި ވަގުތު ހޭދަކޮށްލަން ލިބޭ ދުވަސްތަކަކަށްވުމަކީ މުހިންމުކަމެއްކަމަށެވެ. ނަމަވެސް މިހާރު، ދިރާސީ އަހަރުނިމި ސްކޫލްތައް ޗުއްޓީއަށް ބަންދުކުރާ ދުވަސްވަރަކީ ޑިސެންބަރު އަދި ޖަނަވަރީ މަހެވެ. މިދުވަސްވަރު ރާއްޖޭގެ އިޤްތިޞާދުގެ އެންމެ ބޮޑު ސިނާއަތްކަމަށްވާ ފަތުރުވެރިކަމުގެ އެންމެ ބާރ...

ޔުމްނާ ޢަލީ
ސާވިސް ޗާޖުގެ ޚަބަރާ އެކު "އަލީ ވަހީދު އިސްތިއުފާ" ގެ އަޑު ގަދަވެއްޖެ!

ސާވިސް ޗާޖުގެ ޚަބަރާ އެކު "އަލީ ވަހީދު އިސްތިއުފާ" ގެ އަޑު ގަދަވެއްޖެ!

ގިނަ ރިސޯޓުތަކުން ސާވިސް ޗާޖު ދެނީ ރަނގަޅަށް ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އިއްޔެ ވިދާޅުމުން ރިސޯޓުތަކުގައި މަސައްކަތްކުރާ ދިވެހި މުވައްޒަފުންގެ ފާޑުކިޔުން އޭނާއަށް އަމާޒު މިނިސްޓަރުގެ އިސްތިއުފާއަށް ގޮވާ އަޑު ގަދަ ވެއްޖެ އެވެ. ޓޫރިޒަމް މިނިސްޓްރީގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަލީ ވަހީދު ވިދާޅުވީ އެ މިނިސްޓްރީން ހެދި ދިރާސާތަކުންނާއި މިނިސްޓްރީއަށް ލިބިފައިވާ ރެކޯޑުތަކުން ރިސޯޓުތަކުގެ ސާވިސް ޗާޖު ދޭ މިންވަރު ރަނގަޅު ކަމަށާއި އަދި އެކަމާ ދެކޮޅަށް “ފޭކް ޓޫވިޓަރ […]

ހުސައިން ހަބީބް

ރ. އަލިފުށިން މަސްތުވާތަކެއްޗާއެކު ޒުވާނަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ފުލުހުންގެ އިންޓެލިޖެންސާއި ރ.އަލިފުށީ ޕޮލިސް ސްޓޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީހަކު އަލިފުށިން ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 20 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެ މީހާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ގެންގުޅެ މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ޑިސެމްބަރ 25 ވަނަ ދުވަހު 17:40 އެހައިކަންހާއިރު އެރަށު އަތ...

ޔުމްނާ ޢަލީ
އެއްބައިވަންތަ ކަމުގެ ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ރައީސް ފޮނުއްވައިފި

އެއްބައިވަންތަ ކަމުގެ ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ރައީސް ފޮނުއްވައިފި

އެއްބައިވަންތަ ކަމުގެ ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ރައީސް ފޮނުއްވައިފި އެވެ. ރައީސް ސޯލިހު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެއްބައިވަންތަ ކަމުގެ ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރިސް ކުރައްވަނީ 26 ޑިސެންބަރު 2004 ގެ ސުނާމީ ކާރިސާގައި ދުނިޔެ ދޫކޮށްދިޔަ ލޮބުވެތި ދިވެހި ރައްޔިތުންނަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވުން އެދި މާތް الله ގެ ހަޒުރަތުގައި ދުއާ ދަންނަވަމުން ނެވެ. އެއްބައިވަންތަ ކަމުގެ ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ދިވެހި […]

ޔުމްނާ ޢަލީ