ލާމަރުކަޒީ ނިޒާމު ވުޖޫދަށް ގެނައީ އެމްޑީޕީން ކަމަށް ބުނެ ދަނީ ރައްޔިތުންނަށް އޮޅުވާލަމުން: ގާސިމް
ރާއްޖެއަށް ލާމަރުކަޒީ ނިޒާމު ގެނައީ އެމްޑީޕީން ނޫން ކަމަށާއި އެ ނިޒާމަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ރައްޔިތުންގެ މަޖިލީހުން ގާނޫނަކުން ފާސްކުރި ނިޒާމެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. ޖޭޕީއަށް މެންބަރުންތަކެއް ސޮއި ކުރަން ބޭއްވި ޖަލްސާގައި ގާސިމް ވިދާޅުވީ، ލާމަރުކަޒީ ވުޖޫދަށް ގެނައީ އެމްޑީޕީން ކަމަށް ބުނެ ރައްޔިތުންނަށް އޮޅުވާލުމަށް އެމްޑީޕީން ވާހަކަ ދެއްކި ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށެވެ. ގާސިމް ވިދާޅުވީ، ލާމަރުކަޒީ ނިޒާމަކީ...