މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (07:30 އިން 13:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,845 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 1067 ވަނަ ޞަފްޙާ

"ޗައިނާއިން އަންނަ ޕޯސްޓަކުން ކޮރޯނާ ވައިރަހެއް ނުއަރާނެ، އެއަށްވުރެ މާކުރިން އޭތި މަރުވާނެ"

"ޗައިނާއިން އަންނަ ޕޯސްޓަކުން ކޮރޯނާ ވައިރަހެއް ނުއަރާނެ، އެއަށްވުރެ މާކުރިން އޭތި މަރުވާނެ"

ޗައިނާއިން އަންނަ ޕޯސްޓަކުން ކޮރޯނާ ވައިރަހެއް ނުއަރާނެކަމަށާއި އެއަށްވުރެ މާކުރިން އޭތި މަރުވާނެކަމަށް ޑރ އަޙްމަދު ފައިސަލް ވިދާޅުވެއްޖެއެވެ. މެލޭޝިޔާގެ ހެލްތު މިނިސްޓްރީއިން ކުރެއްވި ޓުވީޓެއް ހިއްސާ ކުރައްވާ ލިޔެފައިވަނީ ޑރ ފައިސަލް ބުނެފައިވެއެވެ. މެލޭޝިޔާގެ ހެލްތު މިނިސްޓްރީން ކޮށްފައިވާ ޓުވީޓުގައި ވަނީ ރައްޔިތުން ހޭލުން ތެރިކުރުމަށް ކޮށްފައިވާ ސުވާލާއި ޖަވާބެއް ހިމަނުއްވާފައެވެ. ޗައިނާއިން އަންނަ ޕޯސްޓަކުން ކޮރޯނާ ވައިރަހެއް ނުއަރާނެ. އެއަށްވުރެ މާކުރިން އޭތި މަރުވާނެ https://t.co/O44V5Jngh...

ޔުމްނާ ޢަލީ
16 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކޮށްގެން 60 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފި

16 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކޮށްގެން 60 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފި

16 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކޮށްގެން 60 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ ފުލުހުންގެ ނޯތު ޕޮލިސް ޑިވިޝަން (ނ ރ، ބ، ޅ އަތޮޅު ހިމެނޭ) ގައި ހިމެނޭ ރަށެއްގައި 16 އަހަރުގެ އަންހެން ކުއްޖެއް ފިހާރަ އެއްގެ ސޭޓަކަށް އިންދާ، އެ ފިހާރަ އަށް އައި މީހެއް އެ އަންހެން ކުއްޖާ އާއި މެދު ޖިންސީ ގޯނަ ކުރި މައްސަލަ އެއް މިމަހުގެ 1 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅިފައިވާކަމަށެވެ. މި މައްސަލަ އާ ގުޅިގެން […]

އިބްރާހިމް އަސްވާޤް
ކީރިތި ގުރުއާން އިހްތިޔާރީ މާއްދާއެއްގެ ގޮތުގައި ހެދުމަށް ނިންމާފައެއް ނުވޭ: މިނިސްޓްރީ

ކީރިތި ގުރުއާން އިހްތިޔާރީ މާއްދާއެއްގެ ގޮތުގައި ހެދުމަށް ނިންމާފައެއް ނުވޭ: މިނިސްޓްރީ

ކީރިތި ގުރުއާން އިހްތިޔާރީ މާއްދާއެއްގެ ގޮތުގައި ހެދުމަކީ އެޑިއުކޭޝަން މިނިސްޓްރީން އެއްވެސް އިރެއްގައި ވިސްނާފައިވާކަމެއް ނޫން ކަމަށް އެ އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ. އެ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރާއްޖޭގެ އާ ގައުމީ މަންހަޖު އެކުލަވާލެވި ތަންފީޒުކުރަން ފެށިގެންދިއުމާއެކު ގްރޭޑް 1 އިން 10 އާއި ހަމައަށް މާއްދާއެއްގެ ގޮތުގައި ކީރިތި ގުރުއާން ކިޔަވާދޭގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި 2019 ވަނަ އަހަރު ގައުމީ މަންހަޖުގެ ކީ ސްޓޭޖް 4 މުޅިން އަލަށް ތަންފީޒުކުރެވިގެނ...

އިބްރާހިމް އަސްވާޤް
ކޮރޯނާ ވައިރަސްއިން ރައްކާތެރިވުމާ ގުޅޭގޮތުން ކަމާގުޅޭ އިދާރާތަކާއި ރައީސް ބައްދަލުކުރައްވައިފި

ކޮރޯނާ ވައިރަސްއިން ރައްކާތެރިވުމާ ގުޅޭގޮތުން ކަމާގުޅޭ އިދާރާތަކާއި ރައީސް ބައްދަލުކުރައްވައިފި

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއިއެކު ފެތުރެމުންދާ “ނޮވެލް ކޮރޯނާވައިރަސް” އިން ރައްކާތެރިވުމަށް އެޅެން ހުރި ފިޔަވަޅުތަކަކީ ކޮބައިތޯ ބަލައި އެ ފިޔަވަޅުތައް އެޅުމަށް މިހާރު ކުރަމުންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު އޮޅުންފިލުއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައެއް ވަޒީރުންނާއި ކަމާގުޅޭ އިދާރާތަކުގެ މެންބަރުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ކޮރޯނާވައިރަ...

ޔުމްނާ ޢަލީ
މިރޭ 12 އިން ފެށިގެން ޗައިނާއިން އަންނަ މީހުން ރާއްޖެ އެތެރެވުން މަނާކޮށްފި

މިރޭ 12 އިން ފެށިގެން ޗައިނާއިން އަންނަ މީހުން ރާއްޖެ އެތެރެވުން މަނާކޮށްފި

މިރޭ 12 އިން ފެށިގެން ޗައިނާއިން ރާއްޖެ އަންނަ އެއްވެސް މީހަކު ރާއްޖެއަށް ވަނުމުގެ ހުއްދަ ނުދޭން ދިވެހި ސަރުކާރުން ނިންމައި، އެކަން ހާމަކޮށްފިއެވެ. މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސް ކޮންފަރެންސްގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އިނގިރޭސި ބަހުން އިއްވެވި ސްޓޭޓްމަންޓުގައި ވިދާޅުވީ، މިރޭ ދަންވަރު 12:00 އިން ފެށިގެން ޗައިނާގެ މެއިންލޭންޑުން އަންނަ އެއްވެސް ގައުމެއްގެ ރައްޔިތަކަށް ރާއްޖެ ވަނުމުގެ ހުއްދަ ނުދޭން ދިވެހި ސަރުކާރުން މިވަގުތަށް ނިންމާފައިވާ ކަމަށެވެ. އެނޫސްވެރިންގެ ބައްދަލުވުމުގައި [...

އަލީ އާދިލް
ހިޝާންގެ ޕާސްޕޯޓް ހިފަހައްޓައިފި

ހިޝާންގެ ޕާސްޕޯޓް ހިފަހައްޓައިފި

ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށާއި، ރާއްޖޭގައި ނިކަމެތި ހާލުގައި ދިރިއުޅޭ އެތައް ބަޔަކަށް އެހީވުމުގައި މަޝްހޫރު އަހުމަދު ހިޝާންގެ ޕާސްޕޯޓު ހިފަހައްޓައިފިއެވެ. ކުރީގެ ޑިސްއެބިލިޓީ އެމްބެސެޑަރު ހިޝާންގެ ޕާސްޕޯޓު ހިފަހައްޓައިފައިވަނީ ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެންނެވެ. ނަމަވެސް އެއީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ފުލުހުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. ރާއްޖޭން ބޭރަށް ފުރުމަށް ސްރީ ލަންކަން އެއަރލައިންސްގެ މަތިންދާބޯޓެއްގައި އިންދާ ފުލުހުންވަނީ މިމަހުގެ 31 ވަނަ ދުވަހު އޭނާ ހ...

އަލީ އާދިލް
އާރަށް ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައި ހަދަން ސަރުކާރުން ނިންމައިފި

އާރަށް ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައި ހަދަން ސަރުކާރުން ނިންމައިފި

އާރަށް ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައި ހަދަން ސަރުކާރުން ނިންމައިފި އެވެ.   މިއަދު ރައީސް އޮފީހުގައި ކުރިއަށްގެންދިޔަ ޕްރެސްކޮންފަރެންސްގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، އާރަށް ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައި ބޭނުން ކުރުމަށް، ހުށަހެޅުއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަމިއްލަފުޅަށް ކަމަށެވެ. މިނިސްޓަރު ވިދާޅުވީ، އާރަށް ހުރީ ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައި ބޭނުން ކުރަން ޖެހިއްޖެ ހާލަތެއްގައި ބޭނުން ކުރެވޭ ވަރުގައި ކަމަށެވެ. އާރަށަކީ ރައީސުލްޖުމްހޫރިއްޔާގެ ރީޓްރީޓެއްގެ...

އިބްރާހިމް އަސްވާޤް
ބީއެމްއެލްގެ ޑިރެކްޓާ އޮފް ކަސްޓަމާ ސާވިސް އަށް ގުލްނާޒް މާހިރު

ބީއެމްއެލްގެ ޑިރެކްޓާ އޮފް ކަސްޓަމާ ސާވިސް އަށް ގުލްނާޒް މާހިރު

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކަސްޓަމާ ސާވިސް ޑައިރެކްޓަރުގެ މަގާމަށް ގުލްނާޒް މާހިރު ހަމަޖައްސައިފި އެވެ. ގައުމީ ބޭންކުން ބުނީ ގުލްނާޒް އެ ބޭންކާއި ގުޅި ވަަޑައިގަތީ 13 އަހަރު ދުވަހު ކަސްޓަމާ އެކްސްޕީރިއަންސް މެނޭޖުމަންޓުގެ ދާއިރާގައި މަސައްކަތް ކުރެއްވުމަށް ފަހު ކަމަށެވެ. އޭގެ އިތުރުން ވެސް ޑިޖިޓަލް ޓްރާންސްފޮމޭޝަން އަދި ރެވެނިއުގެ ދާއިރާގައި ވެސް ޖުލްނާޒް މަސައްކަތް ކުރައްވާފައިވެއެވެ. ގުލްނާޒް ވަނީ އިކޮނޮމިކްސް އެންޑް ފައިނޭންސް ގެ ދާއިރާއިން ޔުނިވާސިޓީ އޮފް ބްރިސްޓަލް އިން […]

އިބްރާހިމް އަސްވާޤް
ޗައިނާގައި ތިބި ދިވެހިން ކަރަންޓީނު ކުރާނީ އިންޑިއާގައި

ޗައިނާގައި ތިބި ދިވެހިން ކަރަންޓީނު ކުރާނީ އިންޑިއާގައި

ޗައިނާގެ ވޫހާން ސިޓީގައި ތިބި ދިވެހިން ކަރަންޓީން ކުރާނީ އިންޑިއާގައި ކަމަށް ފޮރިން މިނިސްޓަރ ޝާހިދު ވިދާޅުވެއްޖެއެވެ. ވޫހާން ސިޓީއަކީ ކޮރޯނާވައިރަސް ފެތުރެންފެށި ސިޓީއެވެ. އެސިޓީގައި މިހާރުވެސް ދަނީ ހަލުވިކަމާއެކު ނޮވެލް ކޮރޯނާ ވައިރަސް ފެތުރެމުންނެވެ. މިނިސްޓަރ ޝާހިދު ވިދާޅުވީ ކޮރޯނާވައިރަސްގެ ނުރައްކަލުގެ ސަބަބުން ޗައިނާގެ ވޫހާން ސިޓީގައި ތާށިވެފައި ތިބި ހަތް ދިވެހިން މިހާރު ތިބީ އިންޑިއާއަށް ގެންދިއުމުގެ މަގުމަތީގައި ކަމަށެވެ. ވޫހާންގައި ތިބި 7 ދިވެހިން ގެންދާނީ އިންޑިއާގެ ވެރިރަށް ނިއު ދިއް...

އަލީ އާދިލް
މަގުމަތީ އެކަނި އުޅުނު ކުޑަ ކުއްޖަކު ފުލުހުނާއި ހަވާލުކޮށްފި

މަގުމަތީ އެކަނި އުޅުނު ކުޑަ ކުއްޖަކު ފުލުހުނާއި ހަވާލުކޮށްފި

މަގުމަތީ އެކަނި އުޅުނު ދެ އަހަރުގެ ކުޑަ ކުއްޖަކު ފުލުހުންނާއި ހަވާލުކޮށްފިއެވެ. މިރޭ ނުވަގަޑި ބައި ހާއިރު ބަޔަކަށް ފެނިގެން އެ ކުއްޖާ ގެންގޮސް، ފުލުހުންގެ ފެމިލީ ޗައިލްޑް އެންޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓާއި ހަވާލުކުރީއެވެ. އޭރު އެކުއްޖާ އެކަނިމާއި އެކަނި ހުރީ މަޖީދީމަގު ސަންފުރަންޓް ޝޯވރޫމް ކައިރީގައި ކަމަށްވެއެވެ. އެ ކުޑަ އަންހެން ކުއްޖާގެ ޢާއިލާ އަށް އަންގައި އެ ކުއްޖާ ހަވާލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މިރޭ 10:00 ހާއިރު ފުލުހުން ވަނީ ބުނެފަ […]

އަލީ އާދިލް
މޫދަށް އެރި އުޅުނު 71 އަހަރުގެ ފަތުރުވެރިއަކު މަރުވެއްޖެ

މޫދަށް އެރި އުޅުނު 71 އަހަރުގެ ފަތުރުވެރިއަކު މަރުވެއްޖެ

މޫދަށް އެރި އުޅުނު 71 އަހަރުގެ ފަތުރުވެރިއަކު މަރުވެއްޖެ އެވެ. އަރި އަތޮޅުގައި އޮންނަ ކުރަމަތި ރިސޯޓް އިން ސްނޯރކުލިންގް އަށް ގޮސް އުޅުނު ސްޕެއިން ގެ 71 އަހަރުގެ ފިރިހެން ފަތުރުވެރި އަކު ނިޔާވެފައިވާ ކަމަށް 17:00 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯރޓް ކޮށްފައިވާކަމަށް ފުލުހުންވަނީ ބުނެފައެވެ. މި ހާދިސާ އާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުންދާކަމަށް ފުލުހުން ބުނެފައިވެއެވެ.

އިބްރާހިމް އަސްވާޤް
ރާއްޖެ އަނެއްކާވެސް ކޮމަންވެލްތުގެ މެމްބަރަކަށް

ރާއްޖެ އަނެއްކާވެސް ކޮމަންވެލްތުގެ މެމްބަރަކަށް

ރާއްޖެ އަނެއްކާވެސް ކޮމަންވެލްތްގެ މެންބަރު ގައުމަކަށް ވެއްޖެ އެވެ. އެކަން ހާމަ ކުރައްވާފައިވަނީ ރައީސް އިބްރާޙިމް މުޙައްމަދު ސާލިޙު ދެންމެއަކު ކުރައްވާފައިވާ ޓުވީޓެއްގައެވެ. ރަސްމީކޮށް ކޮމަންވެލްތުގެ މެންބަރެއްގެ ގޮތުގައި ރާއްޖެ ކަނޑައެޅީ ކޮމަންވެލްތުގެ ހުރިހާ މެންބަރު ގައުމެއްގެ ފުރިހަމަ ތާއީދާއެކުގައެވެ. ކޮމަންވެލްތުގެ ހުރިހާ ޤައުމެއްގެ ފުރިހަމަ ތާޢީދާއެކު ރަސްމީކޮށް ކޮމަންވެލްތުގެ މެންބަރެއްގެ ގޮތުގައި ރާއްޖެ ކަނޑައެޅިއްޖެ ކަމުގެ އުފާވެރި ޚަބަރު ސެެކެޓްރީ ޖެނެރަލް ދެންމެ އަޅުގަނޑަށް ދެއްވައި...

ޔުމްނާ ޢަލީ
ބަންގްލަދޭޝްގެ ވިލެޖެއްގައި ރާއްޖޭގެ ޖަމްޢިއްޔާއަކުން ޢިމާރާތް ކޮށްދިން 4 ވަނަ ގެ ހަވާލުކޮށްފި

ބަންގްލަދޭޝްގެ ވިލެޖެއްގައި ރާއްޖޭގެ ޖަމްޢިއްޔާއަކުން ޢިމާރާތް ކޮށްދިން 4 ވަނަ ގެ ހަވާލުކޮށްފި

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދަތި ހާލުގައި އުޅެމުންދާ، އެހީތެރިކަމަށް ބޭނުންވެފައިވާ މުސްލިމް އަޚުންނާއި އުޚުތުންނަށް އެހީތެރިވަމުން އަންނަ ރާއްޖޭގެ ޖަމްޢިއްޔާ އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ)ގެ ފަރާތުން ބަންގްލަދޭޝްގައި ޢިމާރާތް ކޮށްދިން ހަތަރުވަނަ ގެ ހަވާލުކޮށްފިއެވެ. މިގެޔަކީ 2019 ވަނަ އަހަރު ޑިސެމްބަރު މަހުގައި އައިއޭސީގެ ޓީމް ބަންގްލަދޭޝްގެ ޝަތްކިރާ ޑިސްޓްރިކްޓަށް ކުރި ޒިޔާރަތުގައި ޢަމަލީގޮތުން ބައިވެރިވެ ޢިމާރާތް ކުރި ގެއެކެވެ. މީގެ ކުރިން އެޖަމްޢިއްޔާގެ އެހީގައި އެ ޑިސްޓްރިކ...

ޙުސައިން ޝަހުދީ
3 ސިޓީގެ 3 މޭޔަރުން ކަޓައިފި

3 ސިޓީގެ 3 މޭޔަރުން ކަޓައިފި

އިއްޔެ ކުރިއަށްދިޔަ އެމްޑީޕީގެ ޕްރައިމަރީގައި ރާއްޖޭގެ 3 ސިޓީގެ 3 މޭޔަރުން ކަޓައިފިއެވެ. މާލޭ ސިޓީގެ މޭޔަރު ޝިފާ މުޙައްމަދު ކެޓިކަން ޔަޤީންވެފައިވާ އިރު، އައްޑޫ ސިޓީގެ މޭޔަރު އަބުދު ﷲ ޞާދިގު (ސޯބެ) އާއި ފުވައްމުލަކު ސިޓީގެ މޭޔަރު އަބުދު ﷲ ފަލާހުވެސް ވަނީ ކަޓާފައެވެ. ފުވައްމުލަކު ސިޓީގެ މޭޔަރު ކަމަށް ކުރިމަތި ލުމަށް އެމްޑީޕީގެ ޓިކެޓް ހޯއްދެވީ އިސްމާއިލް ރަފީގެވެ. އައްޑޫ ސިޓީގައި ކުރި ހޯއްދަވާފައި ވަނީ ކުރީގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު […]

ޔުމްނާ ޢަލީ

ހިޝާން ފުލުހަށް ހާޒިރުކޮށްފި

ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށާއި، ރާއްޖޭގައި ނިކަމެތި ހާލުގައި ދިރިއުޅޭ އެތައް ބަޔަކަށް އެހީވުމުގައި ނަމޫނާ ދައްކަމުންދާ އަހުމަދު ހިޝާން ފުލުސް އޮފީހަށް ހާޒިރުކޮށްފިއެވެ. ބައެއް މީޑިއާތަކުން ބުނެފައިވަނީ ހިޝާން ފުލުހުން ހުއްޓުވީ ފުރަން އެއަރޕޯޓަށް ގޮސް ފްލައިޓަށް އަރައި އިންދާ ކަމަށެވެ. ފުލުހުން އޭނާ ގެންދިޔައީ ސްރީލަންކަން އެއަރލައިންސްގެ ފްލައިޓެއްގައި އިންދާ ކަމަށްވެސް ބައެއް މީޑިއާ ޚަބަރުތައް ބުނެއެވެ. އެހެންނަމަވެސް ހިޝާން ހައްޔަރު ކުރި ކަމެއް ފުލުހުން ޔަޤީން ކޮށްދީފައެއް ނުވެއެވެ. ނ...

ޔުމްނާ ޢަލީ