ރާއްޖޭގައި ކްލައިމެޓް އިމަރޖެންސީ އިއުލާނުކުރުމަށް ފާސްކޮށްފި
ރާއްޖޭގައި ފުރަތަމަ ފަހަރަށް ކްލައިމެޓް އިމަރޖެންސީ އިއުލާނުކުރުމަށް ފާސްކޮށްފިއެވެ. މިގޮތަށް އިއުލާނު ކުރުމަށް ފާސްކުރީ މަޖިލީހުގެ 68 މެމްބަރުންގެ ވޯޓުންނެވެ. މޫސުމީ ކުއްލި ހާލަތު އިއުލާނު ކުރުމަށް ހުށަހެޅި ގަރާރަކީ ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައަށް ހައްލެއް ނުލިބި އަދި މިބޮޑު ނުރައްކަލުން ދުނިޔެ ސަލާމަތްކުރުމަށް އޮތް ހަނި ފުރުސަތު ދުވަހެއް ދުވަހަކަށް ކުޑަވަމުންދާތީ އެކަމުގެ ކަންބޮޑުވުން ދުނިޔޭގެ ސަމާލުކަމަށް ގެނައުމަށް އެދި ހުށަހެޅި ގަރާރެކެވެ. މިގަރާރުގައި ގޮވާލާފައިވާ މައިގަ...