ސިޓީ އަދި ރަށު ކައުންސިލްތަކުގެ އިހްތިސާސް ކަނޑައަޅުއްވައިފި
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލްތަކާއި، ރަށު ކައުންސިލްތަކުގެ އިހުތިޞާޞްތައް ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން ކަނޑައަޅުއްވައިފިއެވެ. މިގޮތަށް ކަނޑައެޅުއްވީ ރައީސުލް ޖުމްހޫރިއްޔާގެ ޤަރާރު 2/2020 އިން އިއްޔެއެވެ. ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ކަނޑައަޅުއްވާފައި ވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ހިންގަންވާނީ ލާމަރުކަޒީ އުޞޫލުން ކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 230 ވަނަ މާއްދާގެ (ހ) ގައި ކަނޑައަޅާފައިވާތީއާއި، ޤާނޫނު ނަންބަރު 2019/24 (ދިވެހިރާއްޖޭގެ...