މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (07:30 އިން 13:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ރާއްޖެ

16,845 ޝާއިޢުކުރެވިފައިވާ ލިޔުން

ރާއްޖެ - 1049 ވަނަ ޞަފްޙާ

ކޮވިޑް-19: ބޭރު ދެ ޤައުމަކުން އައި 3 މީހަކު ޓެސްޓް ކުރަނީ

ކޮވިޑް-19: ބޭރު ދެ ޤައުމަކުން އައި 3 މީހަކު ޓެސްޓް ކުރަނީ

އިންޑިއާއިން އައި 2 މީހަކާއި، މެލޭޝިޔާއިން އައި މީހެއް ޓެސްޓު  ކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިފި އެވެ. ކޮވިޑް-19އާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހާމަ ކުރައްވަމުން ކޮވިޑް-19 އާއި ބެހޭ ސަރުކާރުގެ ތަރުޖަމާނު މަބުރޫކު އަޒީޒު ވިދާޅުވީ ރާއްޖެއިން ބޭރަށް ދަތުރުކޮށްފައިވާ އައްޑޫ ސިޓީ، މަރަދޫގެ ދެ މީހެއްގެ ފަރާތުން އަލާމާތްތައް ފެންނާތީ ސާމްޕަލް ނަގާފައިވާ ކަމަށެވެ. އޭގެ ތެރެއިން އެކަކަކީ މެލޭޝިއާއިން އައި މީހެކެވެ. އަނެއް މީހާއަކީ އިންޑިއާއިން އައި މީހެކެވެ. އެ ދެ މީހުން […]

ޔުމްނާ ޢަލީ
ކޮވިޑް-19: ޓެލި ކިލާސްތައް މެދުކަނޑާލައިފި

ކޮވިޑް-19: ޓެލި ކިލާސްތައް މެދުކަނޑާލައިފި

ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން އަޅާ ޚާއްސަ ފިޔަވަޅުތަކުގެ ތެރެއިން މާރިޗް 19 އިން 26 އަށް ސަރުކާރު ބަންދު ކުރައްވަން ނިންމެވުމާއި ގުޅިގެނ،ް ކޮވިޑް-19 އާއި ގުޅިގެން ސްކޫލުތައް ބަންދުކުރުމުން ދަރިވަރުންނަށް ފިލާވަޅުތައް ފޯރުކޮށްދިނުމަށް ކުރިއަށް ގެންދާ ޓެލިކިލާސް ޕްރޮގްރާމު މެދުކަނޑާލަން ނިންމައިފި އެވެ. އެޑިއުކޭޝަން މިނިސްޓްރީ އިން މިއަދު އާންމު ކުރި ދެންނެވުމެއްގައި ބުނީ މާދަމާ އިން ފެށިގެން މިމަހުގެ 26 ގެ ނިޔަލަށް ސަރުކާރު ބަންދުކުރުމާ ގުޅިގެން ދަރިވަރުންނަށް އަމާޒުކޮށްގެން ހިންގާ ޓެލިކިލާސ...

ޝިއުނާ އާދަމް
ސަރުކާރު މުވައްޒަފުން ޒަރުރީ ބޭނުމެއްގައި ނޫނީ ބޭރަށް ނުނިކުތުމަށް އަންގައިފި

ސަރުކާރު މުވައްޒަފުން ޒަރުރީ ބޭނުމެއްގައި ނޫނީ ބޭރަށް ނުނިކުތުމަށް އަންގައިފި

ސަރުކާރުގެ އިދާރާތަކުގެ މުވައްޒަފުން، ޟަރޫރީ ބޭނުމެއްގައި މެނުވީ ގެއިން ބޭރަށް ނުކުމެ ނޫޅުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު އަންގަވައިފިއެވެ. ރައީސް އޮފީހުން ބުނީ ސަރުކާރު ބަންދުކުރެއްވުމުގެ އެންމެ ބޮޑު ބޭނުމަކީ ކޮވިޑް-19 ކޮންޓްރޯލް ކުރެއްވުން ކަމަށްވާތީ، އިޖުތިމާޢީ ގައިދުރުކަން ނުވަތަ ސޯޝަލް ޑިސްޓެންސިންގ ތަންފީޒުކުރުމަށްޓަކައި، ސަރުކާރުގެ އިދާރާތަކުގެ މުވައްޒަފުން، ޟަރޫރީ ބޭނުމެއްގައި މެނުވީ ގެއިން ބޭރަށް ނުކުމެ ނޫޅުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު އަންގާފައިވާ ކަމަށެވެ. މ...

ޔުމްނާ ޢަލީ
މެންބަރުންގެ މުސާރައިގެ 20 ޕަސެންޓް 2 މަހަށް އުނި ކުރަން ފާސްކޮށްފި

މެންބަރުންގެ މުސާރައިގެ 20 ޕަސެންޓް 2 މަހަށް އުނި ކުރަން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރައިގެ 20 ޕަސެންޓް  އުނި ކުރުމަށް މާލިއްޔަތު ކޮމެޓީން ފާސްކޮށްފި އެވެ. މިއަދު ކުރިއަށް ގެންދިޔަ އެ ކޮމެޓީގެ ބައްދަލުވުމުގައި، މާލިއްޔަތު ކޮމެޓީން ފާސްކޮށްފައިވަނީ މެނަބަރުންގެ މުސާރަ ދެމަސް ދުވަހަށް އުނިކުރާށެވެ. ހަތް މެންބަރުން ބައިވެރިވެވަޑައިގަތް ބައްދަލުވުމުގައި މެންބަރުންގެ މުސާރައިގެ 20 ޕަސެންޓް އުނިކުރަން ހަ މެންބަރުން ވަނީ ވޯޓު ދެއްވާފަ އެވެ. އިގުތިސޯދީ ގެއްލުން ކުޑަކުރުމަށް ސަރުކާރާއި ކުންފުނިތަކުން އަޅަމުން އަންނަ ފިޔަވަޅުތަކުގެ ތެރެއިން، އެމްޕީ...

ޔުމްނާ ޢަލީ
މާލެސިޓީއާއި ރިސޯޓުތަކުގައި ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލަނީ

މާލެސިޓީއާއި ރިސޯޓުތަކުގައި ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލަނީ

ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން، މާލެ، ހުޅުމާލެ، ވިލިމާލެ އަދި ރިސޯޓްތަކުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ނުކުރުމަށާއި އަދި ކުރިއަށް އޮތް ދެ ހުކުރު ނަމާދުގެ ޖަމާއަތް ނުބޭއްވުމަށް ވެސް އިސްލާމިކް މިނިސްޓްރީއިން ނިންމައިފި އެވެ. އިސްލާމިކް މިނިސްޓަރު މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ މިއަދުގެ މެންދުރު ނަމާދުން ފެށިގެން މި މަހުގެ 28 ވަނަ ދުވަހުގެ އަސަރު ނަމާދާ ހަމައަށް މާލެ، ހުޅުމާލެ، ވިލިމާލެ އަދި ރިސޯޓްތަކުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ނުކުރާނެ ކަމަށެވެ. މި...

ޔުމްނާ ޢަލީ
އިންތިހާބު ލަސްކުރަން ލީ މައްސަލަ ނަގައިފި

އިންތިހާބު ލަސްކުރަން ލީ މައްސަލަ ނަގައިފި

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބު ފަސްކޮށްދިނުމަށް އެދި އިލެކްޝަންސް ކޮމިޝަނުން ހައި ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ނެގުމަށްފަހު، އިއްޔެ ސުޕްރީމު ކޯޓަށް ހުށެޅި މައްސަލަ ސުޕްރީމު ކޯޓުންވެސް ނަގައިފިއެވެ. އެ ކޮމިޝަނުން ބުނީ އިންތިޚާބު ބާއްވާ ތާރީޚް ލަސްކުރުމަށްޓަކައި މަޖިލީހުން ހައްލެއް ހޯއްދަވައި ދެއްވިދާނެ ކަމަށް މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމެޓީއިން ބުނެފައިވަނީ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އަނބުރާ ގެނެސްފައިވާ ކަމަށެވެ....

ޝިއުނާ އާދަމް
ކޮވިޑް-19: ކިރިޔާ އަލާމާތެއް ފެނުނު ނަމަވެސް ޓެސްޓް ކުރެވޭނެ: މަބްރޫކު

ކޮވިޑް-19: ކިރިޔާ އަލާމާތެއް ފެނުނު ނަމަވެސް ޓެސްޓް ކުރެވޭނެ: މަބްރޫކު

ކޮވިޑް-19ގެ ކިރިޔާ އަލާމާތެއް ހުރި ނަމަވެސް ޓެސްޓު ކުރެވޭނެ ކަމަށް ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން އެކުލަވާލާފައިވާ ޓާސްކްފޯސްގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ. ކޮވިޑް-19 އިމަޖެންސީ ސެންޓަރުގައި ކުރިއަށްދާ ނޫސް ވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ މިހާރު ކޮވިޑް-19 އިން އަރައިގަތުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތައް ވަނީ ހަރުދަނާ ކުރެވިފައި ކަމަށެވެ. އެގޮތުން ސަރވެރިލެންސް ސާމްޕްލިންގް އާއި ކިރިޔާ އަލާމާތެއް ހުރި ނަމަވެސް ޓެސްޓު ކުރެވޭނެ ކަމަށެވެ. ކޮވިޑް-19އާއި ގުޅޭ އެންމެ ފ...

ޝިއުނާ އާދަމް
ގޭގައި މަޑުކުރަން އަންގާފައި ވަނިކޮށް، އެކަމަށް އެއްބާރުލުން ނުދިން މީހެއްގެ މައްސަލަ ބަލަނީ

ގޭގައި މަޑުކުރަން އަންގާފައި ވަނިކޮށް، އެކަމަށް އެއްބާރުލުން ނުދިން މީހެއްގެ މައްސަލަ ބަލަނީ

މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަހަށް ޝައްކު ކުރެވިގެން ގޭގައި މަޑުކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެންގުމުން އެކަމަށް އެއްބާރުލުން ނުދިން މީހެއްގެ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ. ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރު ނޫސްވެރިންނަށް މަޢުލޫމާތު ދެމުން ވިދާޅުވީ ކޮރޯނާ ވައިރަހަށް ޝައްކު ކުރެވޭ ދިވެހި ފިރިހެނެއްގެ ބަލަންޖެހޭ ކަންކަން ބަލައި ޓެސްޓު ކުރުމަށްޓަކައި ފަރުކޮޅުފުށި އައިސޮލޭޝަން ފެސިލިޓީއަށް ގެންދިޔުމަށްޓަކައި ގޭގައި މަޑުކުރަން އަންގާފައި...

އަލީ އާދިލް
މެލޭސިޔާއިން އަންނަ އެންމެން 14 ދުވަހަށް އެކަހެރި ކުރަނީ

މެލޭސިޔާއިން އަންނަ އެންމެން 14 ދުވަހަށް އެކަހެރި ކުރަނީ

މެލޭސިޔާއިން އަންނަ އެންމެން 14 ދުވަހުގެ މުއްދަތަށް އެކަހެރިކުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިންމައިފިއެވެ. އެޗްޕީއޭއިން ދެންމެ ކުރި ޓުވީޓެއްގައި ބުނެފައިވަނީ މެލޭސިޔާއިން އަންނަމީހުންނުވަތަ މެލޭސިޔާގައި ޓްރާންސިޓް ވެފައި އަންނަ މީހުން 14 ދުވަހުގެ މުއްދަތަށް ކަރަންޓީން ފެސިލިޓީގައި ކަރަންޓީނު ކުރެވޭނެކަމަށެވެ. ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި، ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ މަބްރޫކް އަބްދުލްއަޒީޒް ވިދާޅުވީ، މިއަދު ހަވީރު 6:00 ގެ...

ޔުމްނާ ޢަލީ
ސަރުކާރަށް އެއްބާރުލުން ދިނުމުގައި ގުޅިގެން މަސައްކަތް ކުރާނަން: ދިވެހި މަސްވެރިންގެ ޖަމްޢިއްޔާ

ސަރުކާރަށް އެއްބާރުލުން ދިނުމުގައި ގުޅިގެން މަސައްކަތް ކުރާނަން: ދިވެހި މަސްވެރިންގެ ޖަމްޢިއްޔާ

ކޮވިޑް-19ގެ ނުރައްކަލުން އަރައިގަނެވެންދެން މަސްވެރިންނާއި މަސް ގަންނަ ކުންފުނިތައް ހުއްޓުމަކަށް ނައިސް ހިންގުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތުގައި ހުރިހާ މަސްވެރިން ގުޅިގެން މަސައްކަތްކުރާނެކަމަށް ދިވެހި މަސްވެރިންގެ ޖަމްޢިއްޔާއިން ބުނެފިއެވެ. ދިވެހި މަސްވެރިންގެ ޖަމްޢިއްޔާއިން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައި ވަނީ ކޮވިޑް-19ގެ ނުރައްކަލުން އަރައިގަނެވެންދެން މަސްވެރިންނާއި މަސް ގަންނަ ކުންފުނިތައް ހުއްޓުމަކަށް ނައިސް ހިންގުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތުގައި ހުރިހާ މަސްވެރިނ...

އަލީ އާދިލް
ކޮވިޑް-19: ގެސްޓްހައުސްތަކަށް ފަތުރުވެރިން ގެނައުން މަނާ ކޮށްފި

ކޮވިޑް-19: ގެސްޓްހައުސްތަކަށް ފަތުރުވެރިން ގެނައުން މަނާ ކޮށްފި

ރާއްޖޭގެ ހުރިހާ ގެސްޓްހައުސްތަކާއި ސިޓީ ހޮޓާތަކަށް ފަތުރުވެރިން ގެނައުން މަނާ ކޮށްފިއެވެ. މިކަން އިއުލާނުކުރީ ގެސްޓް ހައުސް ވިޔަފާރިކުރާ ފަރާތްތަކާ އެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދެވެ. ރާއްޖޭގެ އެއްވެސް ގެސްޓް ހައުސްއަކަށް ޓުރިސްޓުން އައުން މަނާކުރީ މިއަދު ހަވީރު 6:00 އިން ފެށިގެން 14 ދުވަސް ވަންދެންނެވެ. ހުރިހާ ޓޫރިސްޓު ގެސްޓުހައުސް ތަކާއި ސިޓީ ހޮޓާތައް ގެސްޓުންއައުން ސަރުކާރުން މަނާކުރި އިރު، މާލޭ ސަރަހައްދުގެ ހުރިހާ ގެސްޓުހައުސްތައް ބަންދުކުރަން މީގެ...

ޔުމްނާ ޢަލީ
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ތަޞްދީޤު ކުރައްވައިފި

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ތަޞްދީޤު ކުރައްވައިފި

ޤާނޫނު ނަންބަރު 2010/10 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) އަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ތަޞްދީޤު ކުރައްވައިފިއެވެ. ޤާނޫނު ނަންބަރު 2010/10 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) އަށް 5 ވަނަ އިޞްލާޙު ގެނައުމުގެ ބިލު” ފާސްކުރައްވާފައިވަނީ 10 މާރިޗު 2020 ވީ އަންގާރަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2020 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 17 ވަނަ ޖަލްސާގައެވެ. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނުއަށް […]

ޔުމްނާ ޢަލީ
8 ދުވަހުގެ މުއްދަތަށް ސަރުކާރު ބަންދު

8 ދުވަހުގެ މުއްދަތަށް ސަރުކާރު ބަންދު

މި މަހުގެ 19 ވާ ބުރާސްފަތި ދުވަހުން ފެށިގެން، 26 ވަނަ ދުވަހަށް ސަރުކާރު ބަންދުކުރަން ކެބިނެޓުން ފާސްކޮށްފިއެވެ. މިއަދު ބޭއްވި ކެބިނެޓް ބައްދަލުވުމުގައި 8 ދުވަހުގެ މުއްދަތަށް ސަރުކާރު އޮފީސްތައް ބަންދުކުރަން ފާސްކޮށްފައި ވާއިރު، އެ މުއްދަތުގައި ބޭންކުތައް ވެސް ބަންދުވާނެއެވެ. ސަރުކާރުގެ އޮފީސްތައް އަންނަ ހަފުތާއަށް ބަންދު ކުރުމަށް ނިންމާފައިވާއިރު ސަރުކާރުގައި ތިބި ސިޔާސީ މުވައްޒަފުންގެ މުސާރާތައް ވެސް 20 އިންސައްތަ ކުޑަކުރުމަށް މިއަދު ވަނީ ނިންމާފަ އެވެ. މި ނިންމުންތައް ނިންމާފައިވަނީ މިއަދު […]

ޔުމްނާ ޢަލީ
ކުޑަކުދިންގެ ހިޔާގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަޤާމަށް، މުއުމިނާ އާދަމް

ކުޑަކުދިންގެ ހިޔާގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަޤާމަށް، މުއުމިނާ އާދަމް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ދަށުން ހިންގަވަމުންގެންދަވާ ކުޑަކުދިންގެ ހިޔާގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަޤާމަށް، ގ.ހާފްސީ އަލްފާޟިލާ މުއުމިނާ އާދަމް މިއަދު ޢައްޔަންކުރައްވައިފިއެވެ. މޫމިނާ އެމަޤާމަށް ޢައްޔަން ކުރައްވާފައި ވަނީ މިނިސްޓަރުންގެ ނައިބުންގެ ފެންވަރުގައެވެ. މުއުމިނާ އާދަމް ވަނީ ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ “ހެލްތް ޕްރޮމޯޝަން އެޑްވައިޒަރީ ބޯޑު”ގެ މެންބަރުކަމާއި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނ...

ޔުމްނާ ޢަލީ
ސިޔާސީ ޕާޓީތަކަށް ދައުލަތުން ދޫކުރާ ފައިސާ މިއަހަރުވެސް  3 ޕާޓީއަކަށް

ސިޔާސީ ޕާޓީތަކަށް ދައުލަތުން ދޫކުރާ ފައިސާ މިއަހަރުވެސް 3 ޕާޓީއަކަށް

ސިޔާސީ ޕާޓީތަކުގެ ޤާނޫނުގެ ދަށުން ދައުލަތުގެ ބަޖެޓުން ދޫކުރާ ފައިސާ މިއަހަރުވެސް ލިބެނީ 3 ސިޔާސީ ޕާޓީއަކަށް ކަމަށް އިލެކްޝަންސް ކޮމިސަން (އީސީ) އިން ބުނެފިއެވެ. ދައުލަތުގެ ބަޖެޓުން ދޫކުރާ ފައިސާ މިއަހަރު ލިބޭ 3 ޕާޓީއަކީ އެމްޑީޕީ، ޕީޕީއެމް އަދި ޖޭޕީއެވެ. މިއަހަރު އެމްޑީޕީއަށް 17،612،793.01 ރުފިޔާ ލިބެއެވެ. ދެވަނައަށް އެންމެ ބޮޑު ޕާޓީ ޕީޕީއެމަށް ލިބެނީ 11،814،609.65 ރުފިޔާއެވެ. ޖޭޕީއަށް ލިބެނީ 3،974،249.34 ރުފިޔާއެވެ. ރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ 10 ސިޔާސީ ޕާޓީގެ ތެރެއިން ބަޖެޓް […]

ޔުމްނާ ޢަލީ