ބޮޑު ގަސްގަނޑެއް ކަނޑުމަތީ އޮޔާ ދާތީ ސަމާލު ވުމަށް އެމްއެންޑީއެފުން އެދިއްޖެއެވެ. އެމްއެންޑީއެފުން ބުނީ މާލެ ސިޓީގެ އިރު ދެކުނު ކަންމަތިން ބޮޑު ގަސް ގަސް ގަނޑެއް އޮޔާ ދަމުން ދާކަމަށެވެ. މިސަރަހައްދުން ކަނޑު ދަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސް ކުރަށްވައެވެ. Male' ge iru dhekunun 0.57nm beyrun bodu gasgandeh fenmathin oyaadhaathee, mi sarahadhun dhathuru kurahvaa faraaiythakun mikamah khaassa samaalu kameh dhinumah ilthimaas kuran. pic.twitter.com/TymqyVYBOP [...
ޝިއުނާ އާދަމް
ދުނިޔޭގައި ހަލުވި ކަމާއިއެކު ފެތުރެމުންދާ ކޮވިޑް-19 އަށް ފަރުވާ ދިނުމަށް ޤައުމުތަކުގައި ބޭނުންކުރާ އެންޓި މެލޭރިއާ ޑްރަގް އިންޑިއާއިން ފޮނުވާ ޤައުމުތަކުގެ ލިސްޓް ރާއްޖެ ހިމެނިއްޖެއެވެ. އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒް އަދި ސެކެއްޓަރީ ދަމޫ ރާވީ އިއްޔެ އެޤައުމުގެ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވެފައި ވަނީ އެންޓި މެލޭރިއަލް ޑްރަގް ވަރަށް ގިނަ ގައުމުތަކަކުން ހޯދަން އެދިފައިވާ ކަމަށާއި، އެ ބޭހުގެ ޑިމާންޑް ބޮޑުވެފައިވާކަމަށެވެ. މިގޮތުން އެ ބޭސް އެކި ގައުމުތަކަށް ބަހަން ނިންމީ [...
ޔުމްނާ ޢަލީ
ކޮރޯނާވައިރަހާ ދެކޮޅަށް ކުރެވޭ މަސައްކަތުގައި ރާއްޖެއިން އެދިއްޖެ ކޮންމެ ހިނދެއްގައި އެހީވެދޭން މިތިބީ ތައްޔާރަށް ކަމަށް ޗައިނާގެ ފޮރިން މިނިސްޓަރު އަދި ސްޓޭޓް ކައުންސިލާ ވަންގް ޔީ ވިދާޅުވެއްޖެއެވެ. ޔީ މިހެން ވިދާޅުވެފައިވަނީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ޗައިނާގެ ފޮރިން މިނިސްޓަރު ޔީ އިއްޔެ ފޯނުން ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ. ރާއްޖޭގެ ފޮރިން މިނިސްޓަރު ޝާހިދާއި ޗައިނާގެ ފޮރިން މިނިސްޓަރު ޔީގެ ފޯނު ކޯލުގައި، ދެ ބޭފުޅުން ވަނީ ކޮރޯނާ ވައިރަސް ކޮންޓްރޯލު ކުރުމަށް ދެ ގައުމުން ކު...
އަލީ އާދިލް
އަލިހުރަސް ކަނޑުތެރެއިން ބާޖެއް އޮޔާދާކަމުގެ މަޢުލޫމަތު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބިފައިވާތީ އެ ސަރައްޙައްދުން ދަތުރުކުރާ އުޅަނދުތަކުން ސަމާލުވުމަށް އިލްތިމާސް ކޮށްފިއެވެ. މި ބާޖު، ކ.ގިރާވަރުގެ ދެކުނު ކަނޑުއޮޅިން ނުކުމެ އޮޔަށް ގެންދަނީ ހުޅަނގު ދެކުނަށްކަމަށާއި މި ބާޖުގައި އެއްވެސް މީހަކު ނެތް އިރު އަލިކަމެއް ވެސް ނުހުންނާނެކަމަށް ބާޖުގެ ވެރިފަރާތުން އެމްއެންޑީއެފް ކޯސްޓްގާޑަށް މަޢުލޫމާތު ދީފައިވާކަމަށް އެމްއެންޑީއެފްއިން ބުނެއެވެ. މި އުޅަނދަކީ ދިގުމިނުގައި ގާތްގަނޑަކަށް 100 ފޫޓު ހުރި ދަގަނޑ...
ޔުމްނާ ޢަލީ
މެލޭޝިއާގައި ހުއްޓާ ކޮވިޑް-19 އަށް ޕޮޒިޓިވްވި ދިވެހި މީހާ މިހާރު ރަނގަޅުވެ ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށް ސަރުކާރުން މިރޭ ބުނެފިއެވެ. ކޮވިޑް-19 ގެ މައުލޫމާތު ދިނުމަށް މިރޭ ނޭސަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި (އެޗްޕީއޭ) ގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ މެލޭޝިއާގައި ހުއްޓާ ކޮވިޑް-19 އަށް ފައްސިވި ދިވެހި މީހާ ބަލިން މުޅިން ރަނގަޅުވެ މިހާރު ދޫކޮށްލާފައިވާ ކަމަށެވެ. މެލޭޝިއާގައި ހުއްޓާ ކޮވިޑް-19 އަށް ދިވެއްސަކު ޕޮޒިޓިވްވި ހަބަރު […]
ޔުމްނާ ޢަލީ
ކޮވިޑް-19 އިން ރައްކާތެރިވެ، އެބަލި ކޮންޓްރޯލްކުރުމަށް މުޅި ރާއްޖެ އަށް އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު މި މަހުގެ ނިޔަލަށް އިތުރުކުރަން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ނިންމަވައިފި އެވެ. އެކަން ހާމަކުރަށްވައި މިރޭ ނެރުއްވި ޤަރާރުގައި ބުނެފައިވަނީ ދުނިޔޭގެ އެކި ޤައުމުތަކުގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އަށް ދިވެހިރާއްޖޭގައި ފައްސިވި ފުރަތަމަ ރޭސް 7 މާރިޗު 2020 ގައި ފެނުނު ފަހުން، އެ ބަލި ފެތުރުން އިތުރުވަމުން އައިސްފައި ވާކަމަށެވެ. ކޮވިޑް-19 […]
ޝިއުނާ އާދަމް
ރިސޯޓުތަކުގައި ތިބި މީހުން އެހެން ރަށްރަށަށް ދިއުމުގެ ހުއްދަ ދީފިއެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ރޭ ކުރި އާންމު ޢިއުލާނެއްގައި ބުނީ ފަތުރުވެރިން އެތެރެވުމަށްޓަކައި ދެވޭ އޮން އެރައިވަލް ވިސާ 2020 މާރިޗް 27 ވަނަ ދުވަހުން ފެށިގެން ހުއްޓާލާފައި ވާތީ، އެޗްޕީއޭއިން އަންގާފައިވާ އެންގުމުގެ ހާލަތަށް ބަލައި ރިސޯޓުތަކުގައި ތިބި މީހުން އެހެން ރަށްތަކަށް ދިއުމަށް ހުއްދަ ދީފިކަމަށެވެ. ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ން ބޭއްވި ޕްރެސް ބްރީފިންގައި ހެލްތު […]
ޝިއުނާ އާދަމް
ވަކަރުފަޅި އައިލެންޑް ރިސޯޓު އެންޑް ސްޕާގެ މުވައްޒަފުން މުޒާހަރާ ކުރަމުން އެބަދެއެވެ. “ރިސޯޓު ބޯއީސް” ފޭސް ބުކް ޕޭޖުގައި ހިއްސާކޮށްފައިވާ ވަކަރުފަޅީގެ މުވައްޒަފުން މުޒާހަރާ ކުރަމުންދާ މަންޒަރު ފެންނަ ވީޑިއޯއެއްގައި އެ ރިސޯޓުގެ މުވައްޒަފަކު ބުނީ އެ ރިސޯޓުގައި މުޒާހަރާ ކުރަމުންދަނީ ރިސޯޓުގެ ހުރިހާ މުވައްޒަފުން ނޯޕޭލީވަށް ދިޔުމަށް ރިސޯޓުގެ މެނޭޖްމަންޓުން އެންގުމާއި ގުޅިގެން ކަމަށެވެ. އިތުރަށް އެ މުވައްޒަފު ބުނީ އެ މުޒާހަރާއަކީ ސުލްހަވެރި މުޒާހަރާއެއް ކަމަށާއި، ބޭނުމަކީ ރިސޯޓުގެ ހުރިހާ މުވައްޒަފުން...
ޔުމްނާ ޢަލީ
ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ފޯރުކޮށްދެމުން އަންނަ ކުށާއި ދަރަނީގެ ރެކޯޑު އީމެއިލް މެދުވެރިކޮށް ސާފުކުރެވޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ. ޑީޖޭއޭ އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރުމުގެ ކަންކަމަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށްޓަކައި، ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން ފޯމު ފުރިހަމަ ކުރެއްވުމަށްފަހު އައި.ޑީ ކާޑުގެ ކޮޕީއަކާއިއެކު records@judiciary.gov.m...
އަލީ އާދިލް
އަންނަ ހަފުތާގައި ގްރޭޑު 1،2،3،4،5 އަދި 6 ގެ ދަރިވަރުންނަށް ޓެލިކިލާސް ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިރޭ ވިދާޅުވެއްޖެ އެވެ. ކީ ސްޓޭޖު 1 އަދި 2 ގައި ހިމެނޭ ގްރޭޑު 1،2،3،4،5 އަދި 6 ގެ ދަރިވަރުންނަށް އަންނަ ހަފުތާގައި ޓެލިކިލާސްތައް ފަށާނެ ކަމަށް މިނިސްޓަރު ވިދާޅުވީ މިރޭ ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި ބޭއްވި ނިއުސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުންނެވެ. މިނިސްޓަރު ވިދާޅުވީ، ކޮވިޑް-19 އަށް […]
ޝިއުނާ އާދަމް
ކޮވިޑް-19 އާ ގުޅިގެން ރާއްޖެ އަށް އެހީތެރިވުމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން 3 މިލިއަން ޔޫރޯ (50.5 މިލިއަން ރުފިޔާ) ގެ ހިލޭ އެހީ ދިނުމަށް ނިންމައިފި އެވެ. އީޔޫ އިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، މި އެހީގެ ތެރޭގައި ހިމެނެނީ، ރާއްޖޭގެ ސިއްހީ ދާއިރާ އަށް ދޭ 1 މިލިއަން ޔޫރޯ (16.8 މިލިއަން ރުފިޔާ) އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ދޭ 2 މިލިއަން ޔޫރޯ (33.7 މިލިއަން ރުފިޔާ) ގެ […]
ޝިއުނާ އާދަމް
މާލެ ސިޓީގެ މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ކޮންމެ ދުވަހެއްގެ ހަވީރު 5 ން 8 އަށް ހިންގި ކާފިއު މިއަދުން ފެށިގެން ބާޠިލް ކޮށްފިއެވެ. އެޗްޕީއޭއިން ކުރި އާންމު ޢިއުލާނެއްގައި ބުނީ މާލެއާއި، ވިލިމާލެއާއި، ހުޅުމާލޭގައި، ކޮންމެ ދުވަހެއްގެ ހަވީރު 6:00 އިން ރޭގަނޑު 8:00 އަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމަތީ މީހުން އުޅުން ހުއްޓައިލުމާއި ޕަބްލިކް ޓްރާންސްޕޯޓު (ބަހާއި ފެރީ) ގެ ޚިދުމަތް ދިނުން ހުއްޓައިލުމަށް އެންގި އެންގުން އޭޕްރީލް 9 ވަނަ […]
ޔުމްނާ ޢަލީ
މެލޭޝިޔާގައި ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާކަމަށް އެގައުމުގެ ހެލްތު މިނިސްޓްރީން ހާމަކޮށްފިއެވެ. މިއަދު މެލޭޝިޔާގެ ހެލުތު މިނިސްޓްރީއިން ހާމަ ކޮށްފައިވާ އެ ޤައުމުން ކޮވިޑް-19 އަށް މިހާތަނަށް ޕޮޒިޓިވްވީ މީހުންގެ މައުލޫމާތުތަކުގައި ދިވެއްސަކު އެ ޤައުމުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް ދައްކައެވެ. https://twitter.com/KKMPutrajaya/status/1248176707766349833?s=19 އެ މަޢުލޫމާތުތަކުން ރާއްޖެގެ އިތުރުން އަވަށްޓެރި އިންޑިއާގެ37 މީހަކުވެސް މެލޭޝިޔާގައި ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ...
ޝިއުނާ އާދަމް
އުމުރުން 13 އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި މީހަކު ރާއްޖޭގެ ދެކުނު ރަށަކުން ހައްޔަރުކޮށްފި އެވެ. މީޑީޔާތަކަށް މަޢުލޫމާތުދެމުން ފުލުހުން މިއަދު ބުނީ ދެކުނު ޕޮލިސް ޑިވިޝަންގެ ރަށެއްގައި 13 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލަ އިއްޔެ ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށާއި މި މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކުރީ 18 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުނެފައިވެއެވެ. ދެކުނު ޕޮލިސް ޑިވިޝަންގެ ރަށެއްގައި ޖިންސީ […]
ޝިއުނާ އާދަމް
ޓްރިވެންޑްރަމް އަދި ކޮޗިންގައި ދިރިއުޅޭ ދިވެހިންނަށް އެހީގެ ތަކެތި ހިލޭ ފޮނުވައިދެވޭނެ އިންތިޒާމްތައް ފޮރިންމިނިސްޓްރީ އިން ހަމަޖައްސައިފިއެވެ. 11 އޭޕްރީލް 2020 ވަނަ ދުވަހު ތިރިވަނަންތަޕޫރަމްއަށް މޯލްޑިވިއަން އިން ދަތުރުކުރުމަށް ހަމަޖެހިފައިވާ ފްލައިޓުގައި ދިވެހި ޢާއިލާތަކުން ފޮނުވަން ބޭނުންވާ ތަކެތި ހިލޭ ފޮނުވައިދިނުމަށް ސަރުކާރުން ވަނީ ނިންމަވާފައިކަމަށް ފޮރިންމިނިސްޓްރީ އިން ހާމަ ކުރަށްވައެވެ. އެމިނިސްޓްރީއިން ބުނީ މިއިންތިޒާމް ހަމަޖެއްސީ ކޮވިޑް-19 އާއި ގުޅިގެން ތިރިވަނަންތަޕޫރަމް އާއި ކޮޗިން...
ޝިއުނާ އާދަމް