ކޮވިޑް-19: އިތުރު ދެ ދިވެއްސަކު ފައްސި ވެއްޖެ
މާލެއިން އިތުރު ދެ ދިވެއްސަކު ކޮވިޑް-19 އަށް ފައްސިވެއްޖެ ކަމަށް އެޗްޕީއޭ (ހެލްތު ޕްރޮޓެކްޝަން އޭޖެންސީ) އިން ބުނެފިއެވެ. އެޗްޕީއޭއިން ބުނީ ކޭސް 23 އާއި ސީދާ ބައްދަލުވި ދެ ދިވެހިން ކޮވިޑް-19 އަށް ފައްސި ވެފައިވާ ކަމަށެވެ. މި ދެ ކޭހާއެކު މާލެއިން ފެނުނު ކޭސްތަކުގެ އަދަދު ވަނީ ފަހަކަށް އަރާފައެވެ. އެޗްޕީއޭ އިން ބުނީ، ކަރަންޓީން ފެސިލިޓީސްގައި ތިބި އެ ދެމީހުން މިހާރު އައިސޮލޭޝަން ފެސިލީޓީއަށް ބަދަލުކޮށްފައިވާ ކަމަށެވެ. މާލެއިން އިއްޔެ ތިން ކޭސް ފެނުމާ […]