ފުވައްމުލައް ސިޓީގެ ނަރުދަމާގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދަން ދަނީ ގިނަ މަސައްކަތްތަކެއް ކުރެވެމުން: ފެނަކަ
ފުވައްމުލައް ސިޓީގެ ނަރުދަމާގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދަން ދަނީ ގިނަ މަސައްކަތްތަކެއް ކުރެވެމުނކަމަށް ފެނަކަ ކޯރޕަރޭޝަން ލިމިޓެޑްއިން ބުނެފިއެވެ. އެކުންފުނިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ފުވައްމުލައް ސިޓީގެ ނަރުދަމާ ނިޒާމަށް ދިމާވާ މައްސަލަތަކަކީ، އެ ނިޒާމު މިކުންފުންޏާ ޙަވާލުކުރެވުނުއިރު ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަކޮށްފައި ނުވުމާއި، ނިޒާމު ޤާއިމްކުރުމަށް ބޭނުންކޮށްފައިވާ މުހިއްމު ގިނަ ތަކެތީގެ ފެންވަރު ދައްވުމާއި، ނިޒާމު ޤާއިމްކުރުމުގެ މަސައްކަތްތައް ކުރިއަށް...