ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ. އިދިކޮޅު ކޯލިޝަންގެ މައިޕާޓީ، ޕީޕީއެމްގެ ނައިބުރައީސްކަން ވެސް ކުރަށްވާ ޝިޔާމް ކޯވިޑަށް ޕޮޒިޓިވްވެފައިވާކަން ޕީޕީއެމްގެ ކައުންސިލް މެންބަރ ވަނީ ކަށަވަރު ކޮށްދެއްވާފައެވެ. އޭނާ ވިދާޅުވީ ޝިޔާމް ޕާޓީގެ ހަރަކާތްތަކުގައި ނޫޅުއްވާތާ މިހާރު ދުވަސްކޮޅެއްވެފައިވާކަމަށެވެ. އެހެންކަމުން ޕާޓީ ތެރޭގައި ޝިޔާމްގެ ޑައިރެކްޓް ކޮންޓެކްޓެއް ހުންނާނެ ކަމަށް ނުބެލެވޭ ކަމަށް އޭނާ ވިދާޅުވިއެވެ. ”ޝިޔާމްގެ މަޖިލިސް މަސައްކަތްތައް ހުރިގޮތުން...
ޔުމްނާ ޢަލީ
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ އިސްވެރިން މަޖިލީހުގެ އިގްތިސޯދީ ކޮމެޓީއަށް ހާޒިރުކޮށް ސުވާލުކުރަން ނިންމައިފި އެވެ. އިގްތިސޯދީ ކޮމެޓީގެ މުގައްރިރުގެ ނައިބު އަދި މާފަންނު މެދު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ބޮންޑޭ) މީޑިއާތަކަށް ވިދާޅުވީ، އެޗްޕީއޭ މަޖިލީހަށް ހާޒިރުކުރަން ނިންމާފައި ވަނީ ކޯވިޑާ ގުޅިގެން އަޅާފައިވާ ފިޔަވަލުތަކާއި ވިޔަފާރިތަކަަށް ގެއްލުންތައް ވަމުންދާތީ ކަމަށެވެ. އެޗްޕީއޭ ކޮމިޓީއަށް ހާޒިރު ކުރުމަށް އެޖެންޑާކޮށްފައިވަނީ މާދަމާ އަށެވެ. އެޗްޕީއޭގެ އިސްވެރިން މަޖިލީހަށް...
ޔުމްނާ ޢަލީ
މިއަހަރުގެ ޖޫން އަންނައިރު، ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް އެމްބިއުލާންސް ހުންނާނެ ކަމަށް މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަސީމް ވިދާޅުވެއްޖެ އެވެ. މިނިސްޓަރު ނަސީމް މިހެން ވިދާޅުވީ މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ 2021 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 19 ވަނަ ޖަލްސާގައި ވަޒީރާ ސުވާލު ކުރެއްވުމުގެ ވަގުތުގައި، މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާއީ ކުރެއްވި ސުވާލަށް ޖަވާބު ދެއްވުމަށްފަހު، އިތުރަށް ދެއްކެވި ވާހަކާގައި އެވެ. މިނިސްޓަރު ނަސީމް ވިދާޅުވީ، އެމްބިއުލާންސް ނުލިބި ބާކީ […]
ޝިއުނާ އާދަމް
ކުރީގެ ރައީސް ޢަބުދުﷲ ޔާމީން ވިދާޅުވި، ”މިނިކާ ބާޒު” މަޑުމަޑުން ފާޅުވަމުން އަންނަ ކަމަށާއި، އެކަމަށް އިދިކޮޅުން ވިސްނާ ސަމާލުވެތިބުމަށް މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ވިދާޅުވެއްޖެ އެވެ. ރާޢީ މިހެން ވިދާޅުވީ، އުތުރު ތިލަފަޅާއި ގުޅޭ އެއްބަސްވުމެއްކަމަށް ބުނެ ޑޮކިއުމަންޓްތަކެއް ލީކްކޮށްލި މައްސަލައާއި ގުޅިގެން އަލިފުށި ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ޙުސައިން ހުށަހަޅުއްވާފައިވާ ކުއްލި މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ. ރާޢީ ވިދާޅުވީ، ހިނގަމުންދަނީ މުޅިން ސިޔާސީ ކަމެއް...
ޖަލްވާން ޖާދުﷲ
އުތުރު ތިލަފަޅު އެއްބަސްވުމަކީ، ރާއްޖޭގެ އިޤުތިޞާދަށާއި އަދި ދުނިޔޭގެ ސަލާމަތަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ އެއްބަސްވުމެއްކަމަށް ދެކިވަޑައިގަންނަވާ ކަމަށް ކެލާ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) ވިދާޅުވެއްޖެ އެވެ. އިބްރޭ މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލިސްގެ މިއަދުގެ ޖަލްސާގައި، އުތުރު ތިލަފަޅު (ޔޫޓީއެފް) ގުޅޭ އެއްބަސްވުމެއްކަމަށް ބުނެ ޑޮކިއުމަންޓްތަކެއް ލީކްކޮށްލި މައްސަލައާއި ގުޅިގެން އަލިފުށި ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ޙުސައިން ހުށަހަޅުއްވާފައިވާ ކުއްލި މ...
ޖަލްވާން ޖާދުﷲ
އުތުރު ތިލަފަޅު (ޔޫޓީއެފް)އާއި ގުޅޭ އެއްބަސްވުން ހާމަކުރުމަކީ އުފެދިފައިވާ ކަންބޮޑުވުމުގެ ހައްލުކަމަށާއި، އޭރުން ކަންބޮޑުވާކަށް ވެސް، މީހުންގެ ދަތްދޮޅިއާ ދިމާއަށް ދާކަށް ވެސް ނުޖެހޭނެ ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ. އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަންގެ ޕީޖީ ލީޑަރު ކަންވެސް ކުރަށްވާ އާދަމް ޝަރީފް މިހެން ވިދާޅުވީ، އުތުރު ތިލަފަޅާއި ގުޅޭ އެއްބަސްވުމެއްކަމަށް ބުނެ ޑޮކިއުމަންޓްތަކެއް ލީކްކޮށްލި މައްސަލައާއި ގުޅިގެން އަލިފުށި ދާއިރާގެ މެންބަރު މުޙައްމަދު ރަ...
އަލީ އާދިލް
މިހާރު ހިނގަމުންދާ ކަންކަމުގެ އަޑީގައި ތިބީ އިދިކޮޅު ކޯލިޝަންކަމަށާއި، އެ ކޯލިޝަންގެ މެންބަރުން ހިފާ ހައްޔަރުކުރުމަށް ކަނޑިތީމު ދާއިރާގެ މެންބަރު ޢަބްދުﷲ ޝަހީމް ޢަބްދުލްޙަކީމް ގޮވާލައިފި އެވެ. ޝަހީމް މިހެން ގޮވައިލީ، ރައްޔިތުންގެ މަޖިލިސްގެ މިއަދުގެ ޖަލްސާގައި، އުތުރު ތިލަފަޅު (ޔޫޓީއެފް) ގުޅޭ އެއްބަސްވުމެއްކަމަށް ބުނެ ޑޮކިއުމަންޓްތަކެއް ލީކްކޮށްލި މައްސަލައާއި ގުޅިގެން އަލިފުށި ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ޙުސައިން ހުށަހަޅުއްވާފައިވާ ކުއްލި މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ....
އަލީ އާދިލް
ރާއްޖޭގައި މީހަކު ކަނޑުވިޔަސް، އެމީހާ ސަލާމަތް ކުރުމަށް އެތަނަށްދާން މިހާރު 2 ދުވަސް ނަގާ ކަމަށް ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަލީމް (ދޮންބިލެތް އަޙްމަދު) ވިދާޅުވެއްޖެއެވެ. ދޮންބިލެއް އަޙްމަދު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލިސްގެ މިއަދުގެ ޖަލްސާގައި، އުތުރު ތިލަފަޅު (ޔޫޓީއެފް) ގުޅޭ އެއްބަސްވުމެއްކަމަށް ބުނެ ޑޮކިއުމަންޓްތަކެއް ލީކްކޮށްލި މައްސަލައާއި ގުޅިގެން އަލިފުށި ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ޙުސައިން ހުށަހަޅުއްވާފައިވާ ކުއްލި މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ....
އަލީ އާދިލް
މިދިޔަ އަހަރު ފާސްކޮށް، މިހާރު އަމަލު ކުރެވެމުންދާ ”ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނު”ގެ ދަށުން އުފައްދާ ޕޮލިސް ބޯޑަށް އާއްމުންގެ ފަރާތުން ހާމިދު އަބްދުލްޢަފޫރު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުންދީފިއެވެ. މިއަދު ކުރިއަށް ދިޔަ މަޖިލިސްގެ 2021 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 17 ވަނަ ޖަލްސާގައި، ހާމިދު ޕޮލިހުންގެ ބޯޑަށް އައްޔަނު ކުރަން ފެންނަ ކަމަށް 41 މެމްބަރަކު ވޯޓު ދެއްވިއެވެ. އެ މަގާމަށް ހާމިދުގެ އިތުރުން 4 މީހެއް ކުރިމަތިލިއެވެ. އެއީ، ޒީނަތު އަލީ […]
ޝިއުނާ އާދަމް
މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދުގެ އިތުބާރު މައްސަލައެއް ރައްޔިތުންގެ މަޖިލިސްއަށް ހުށަހަޅާފައިވާއިރު، އެ މައްސަލައިގެ ނޯޓިސް މަޖިލީހުން ފޮނުވައިފިއެވެ. ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން އިއްޔެ ބުނީ، މަޖިލީހުގެ 10 މެންބަރުން ސޮއިކުރައްވާ ހުށަހަޅުއްވާފައިވާ، މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ނޯޓިސް، މިއަދު އެކަމަނާއަށް ފޮނުވިފައިވާ ކަމަށެވެ. މިނިސްޓަރު ޒަހާގެ އިތުބާރު ނެތްކަމުގެ މަ...
ޔުމްނާ ޢަލީ
ރާއްޖެއިން ބިދޭސީން ފުރުވާލުމުގައާއި، ބިދޭސީން ރާއްޖެ ގެނައުމުގައި ހުރިކަންބޮޑުވުން ތަކަކާއި ގުޅިގެން އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާޢީލް ރައްޔިތުންގެ މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީއަށް ހާޒިރުކުރުމަށް ނިންމައިފިއެވެ. އެ ކޮމިޓީއަށް މިމައްސަލަ ހުށަހެޅުއްވީ، އެމްޑީޕީގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާޙީމް ނާޒިލް އެވެ. މެންބަރު ނާޒިލް ކޮމިޓީއަށް މައްސަލަ ހުށަހަޅުއްވަމުން ވިދާޅުވެފައި ވަނީ ވަޒީފާތަކުގައި ގެންގުޅޭ ބިދޭސީންގެ ވިސާގެ މުއްދަތު ހަމަވެ، ވިސާ އަލުން އާ ކުރަން ޖެހެނީ ކިހިނެއްކަން ނޭ...
ޖަލްވާން ޖާދުﷲ
މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދުގެ އިތުބާރު މައްސަލައެއް ރައްޔިތުންގެ މަޖިލިސްއަށް ވައްދައިފިއެވެ. އެ މައްސަލަ މަޖިލީހަށް ހުށައަޅާފައިވަނީ، މަޖިލިސް ތަމްސީލް ކުރަށްވާ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނަށް ނިސްބަތްވެ ވަޑައިގަންނަވާ މެންބަރުންނެވެ. އެ މައްސަލާގައި އެގާރަ މެންބަރުން ސޮއިކުރައްވާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. އިދިކޮޅު ކޯލިޝަންގެ ޕިޖީގައި ހިމެނެނީ ޕީޕީއެމްގެ 6 މެންބަރަކާއި، ޕީއެންސީގެ 3 މެންބަރެކެވެ. އިތުރަށް އެ މައްސަލާގައި ސޮއި ކުރ...
އަލީ އާދިލް
ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދާއަޅައިގެން މަސްވެރިކަން ކުރާ، ރާއްޖެއިން ބޭރުގެ ބޯޓު ފަހަރުތައް މިދުވަސްވަރު އިންތިހާއަށް ގިނައިން ފެންނަމުންދާތީވެ، މިކަމަށް ވަގުތުން ފިޔަވަޅުއަޅައި ރާއްޖޭގެ އިޤްތިސާދީ ސަރަހައްދު ބެލެހެއްޓުމަށް އިތުރަށް ސަމާލުކަން ދިނުމަށް ސަރުކާރަށް ގޮވާލައި މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤު (ޓޮމް) ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލީހަށް ބައިލައިނުގަނެ ބޭރުކޮށްލުމުން އެކަމާ ހިތާމަކުރާ ކަމަށް ބޮޑުކަންނެލި މަސްވެރިންގެ ޔޫނިޔަން (ބީ.ކޭ.އެމް.ޔޫ)އިން ބުނެފިއެވެ. އެ ޖަމިއް...
ޖަލްވާން ޖާދުﷲ
ރާއްޖޭގައި ކޯވިޑްގެ ހާލަތު ގޯސްވެފައި ވަނިކޮށް، މުޅި މާލެ ހަރާބުގެ މަގަށް ދުއްވާލުމަށްފަހު، އިދިކޮޅު ކޯލިޝަނުން ރިސޯޓު މަސައްކަތްތެރީންގެ ހައްގުގައިކަމަށް ބުނެ މަޖިލީހަށް ގަރާރެއް ހުށަހެޅުމަކީ ދެބޯގެރި ދުއްވަން ކަމަށް ކަނޑިތީމު ދާއިރާގެ މެންބަރު ޢަބްދުﷲ ޝަހީމް ޢަބްދުލްޙަކީމް ވިދާޅުވެއްޖެއެވެ. ޝަހީމް މިގޮތަށް ވިދާޅުވީ، މިއަދު ކުރިއަށް ދިޔަ މަޖިލީހުގެ ޖަލްސާގައި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ލަޠީފް ހުށަހަޅުއްވާފައިވާ، ”ކޯވިޑް-19 އާ ގުޅިގެން ރިޒޯޓުތަކުގައި މަސައްކަތްކުރާ މުވައް...
އަލީ އާދިލް
ވޭތުވި 2020 ވަނަ އަހަރުގެ ފަހުކޮޅު އިގްތިސާދީ ބޫމެއް އަންނާނެ ކަމަށް ސަރުކާރުން ވިދާޅުވި ކަމަށާއި، ނަމަވެސް އައިތަން ފެނުނީ ވެންޓިލޭޓަރުގެ ބޫމެއް އައިތަންކަމަށާއި، އެއީ ކޮރަޕްޝަނާއި ވައްކަމުގެ ބޫމެއްް ކަމަށް މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެ އެވެ. މެންބަރު ސައީދު މިހެން ވިދާޅުވީ، މިއަދު ކުރިއަށް ދިޔަ މަޖިލީހުގެ 2021 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 14 ވަނަ ޖަލްސާގައި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ލަޠީފް ހުށަހަޅުއްވާފައިވާ، ކޯވިޑް-19 އާ […]
އަލީ އާދިލް