މައި ޚަބަރަށް ދިޔުމަށް

މަޖިލިސް

828 ޝާއިޢުކުރެވިފައިވާ ލިޔުން

މަޖިލިސް - 37 ވަނަ ޞަފްޙާ

ކޭއާރުއެޗްގެ ސްޓާފުންނަށް ފްރަންޓްލައިން އެލަވަންސް ނުލިބޭތީއާއި ފެސިލިޓީއެއް ނެތުމުން ޔާސިރުގެ ކަންބޮޑުވުން

ކޭއާރުއެޗްގެ ސްޓާފުންނަށް ފްރަންޓްލައިން އެލަވަންސް ނުލިބޭތީއާއި ފެސިލިޓީއެއް ނެތުމުން ޔާސިރުގެ ކަންބޮޑުވުން

ކުޅުދުއްފުށީ ސިޓީގައި ކޯވިޑް ފެސިލިޓީއެއް ނެތުމުންނާއި، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)ގެ ފްރަންޓްލައިންގައި މަސައްކަތްކުރާ ފަރާތްތަކަށް ފްރަންޓްލައިން އެލަވަންސް ނުލިބޭތީ، ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު ޢަބްދުއްލަތީފް ކަންބޮޑުވުން ފާޅުކުރަށްވައިފިއެވެ. ޔާސިރު މިކަންބޮޑުވުން ފާޅުކުރެއްވީ، މިއަދުގެ މަޖިލިސް ޖަލްސާގައި، ހުޅުމާލޭ ކޯވިޑް ފެސިލިޓީގައި ފަރުވާ ދިނުމަށް ހުރިދަތިތައް ބަލައި، އެކަންކަން ރަނގަޅު ކުރުމަށް ގޮވައިލާ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ހުށަހެ...

އަލީ އާދިލް
އަަބަދުވެސް އިދިކޮޅު މެންބަރުންގެ އަމަލުތައް ހުންނަނީ ރައްޔިތުން މާޔޫސްވާގޮތަށް: ރާޢީ

އަަބަދުވެސް އިދިކޮޅު މެންބަރުންގެ އަމަލުތައް ހުންނަނީ ރައްޔިތުން މާޔޫސްވާގޮތަށް: ރާޢީ

އަބަދުވެސް އިދިކޮޅު މެންބަރުންގެ އަމަލުތައް ހުންނަނީ ޤައުމުގެ މަސްލަހަތުގެއްލުވާލައި، ރައްޔިތުން މާޔޫސްވާގޮތަށް ކަމަށް މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ވިދާޅުވެއްޖެއެވެ. ރާޢީ މިހެން ވިދާޅުވީ، މިއަދު ކުރިއަށް ދިޔަ މަޖިލިސް ޖަލްސާގައި، “ކޯވިޑް ބަލީގެ ބަލިމަޑުކަމުގައި ނިޔާވާ މީހުންގެ ތެރެއިން ގިނަބަޔަކު ހުޅުމާލޭ ކޯވިޑް ފެސިލިޓީގައި ނިޔާވާތީ، އެ ފެސިލިޓީގައި ފަރުވާ ދިނުމަށް ހުރި ދަތިތައް ބަލައި، އެކަންކަން ހައްލުކުރުމަށް ސަރުކާރަށް ގޮވައިލާ” ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ހުށަހ...

އަލީ އާދިލް
މިއީ ހަމައެކަނި ރާއްޖޭގައި އޮތް ހާލަތެއް ނޫން: އިބްރޭ

މިއީ ހަމައެކަނި ރާއްޖޭގައި އޮތް ހާލަތެއް ނޫން: އިބްރޭ

ދިވެހިރާއްޖެ ތަޖުރިބާ ކުރަމުންދާ ކޯވިޑްގެ ހާލަތު ދުނިޔޭގެ އެތައް ގައުމެއް ތަޖުރިބާ ކޮށްފިކަމަށާއި، މިއީ ހަމައެކަނި ރާއްޖޭގައި އޮތް ހާލަތެއް ނޫންކަމަށް ކެލާ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް (އިބްރޭ) ވިދާޅުވެއްޖެއެވެ. އިބްރޭ މިހެން ވިދާޅުވީ، ރާއްޖެއާއި މާވަށު ދާއިރާގެ ކޯވިޑްގެ ހާލަތާއި ގުޅިގެން މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު މިއަދު މަޖިލިސްއަށް ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސްގައި ވާހަކަ ދައްކަވަމުން ނެވެ. އިބްރޭ ވިދާޅުވީ، ސަރުކާރުން ރާއްޖޭގެ ކޯވިޑުގެ ހާލަތު މެނޭޖުކުރަމުން ގެ...

ތިލަދުން
ހަގީގަތަކީ ރައްޔިތުންނަށް ނުބައި ނަސޭހަތްތަކެއް ދެވުން: ޝަހީމް

ހަގީގަތަކީ ރައްޔިތުންނަށް ނުބައި ނަސޭހަތްތަކެއް ދެވުން: ޝަހީމް

ހަގީގަތަކީ ރައްޔިތުންނަށް ނުބައި ނަސޭހަތްތަކެއް ދެވުން ކަމަށް، ކަނޑިތީމު ދާއިރާގެ މެންބަރު ޢަބްދުﷲ ޝަހީމް ޢަބްދުލްޙަކީމް ވިދާޅުވެއްޖެއެވެ. ރާއްޖެއާއި މާވަށު ދާއިރާގެ ކޯވިޑްގެ ހާލަތާއި ގުޅިގެން މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު މިއަދު މަޖިލިސްއަށް ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސްގައި ވާހަކަ ދައްކަވަމުން ޝަހީމް ވިދާޅުވީ، މިއަދު މި ރާއްޖެ މި ހިސާބަށް ގޮއްސައި މި އޮތް ގޮތުގެ ހަގީގަތް ގަބޫލު ކުރަންޖެހޭ ކަމަށެވެ. ކޯވިޑްގެ ހާލަތު މިހިސާބަށް ދިޔުމުގައި އެތައް ބައެއްގެ އިހުމާލު އެބައޮތް [...

ތިލަދުން
ކަތިވަޅި ވެސް، މަރިޔަނބު ވެސް ގެއްލިއްޖެ، ހައްގު މިންވަރަކީ މިއެއް ނޫން: ސައްލެ

ކަތިވަޅި ވެސް، މަރިޔަނބު ވެސް ގެއްލިއްޖެ، ހައްގު މިންވަރަކީ މިއެއް ނޫން: ސައްލެ

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރް.ސީ)ގެ މައްސަލާގައި، އެސެޓް ރިކަވަރީ ކޮމިޝަނަށް މިހާތަނަށް އެދެވޭ މަސައްކަތެއް ކުރެވިފައި ނުވާކަމަށާއި، “އާޚިރުގައި ކަތިވަޅިވެސް، މަރިޔަނބުވެސް ގެއްލިއްޖެ”ކަމަށް ހޯރަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ސައްލެ) ވިދާޅުވެއްޖެއެވެ. ސައްލެ ވިދާޅުވީ، ކޮރަޕްޝަނާއި ދެކޮޅަށް ކުރެވޭ ކޮންމެ ކަމެއްގައި ހޯރަފުށީ ދާއިރާ ފުރިހަމައަށް ބައިވެރިވާނެ ކަމަށެވެ. މަޖިލީހުގެ 2021 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 4 ވަނަ ޖަލްސާގައި”މޯލްޑިވްސް...

އަލީ އާދިލް
މަޖިލީހުން ބޮޑު ހިޔާނާތުގެ މައްސަލަ ބަލަން މާބޮޑަށް ލަސްވެއްޖެ: އިބްރޭ

މަޖިލީހުން ބޮޑު ހިޔާނާތުގެ މައްސަލަ ބަލަން މާބޮޑަށް ލަސްވެއްޖެ: އިބްރޭ

މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުން ބޮޑު ޚިޔާނާތުގެ މައްސަލަ ބެލުން މާބޮޑަށް ލަސް ވެސް ވެއްޖެކަމަށް ކެލާ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް (ކެލާ އިބްރޭ) ވިދާޅުވެއްޖެއެވެ. އިބްރާ މިހެން ވިދާޅުވީ، މިއަދު ކުރިއަށް ދިޔަ މަޖިލިސްގެ ޖަލްސާގައި “މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރް.ސީ) ބޭނުންކޮށްގެން ހިންގާފައިވާ ކޮރަޕްޝަނާއި ޚިޔާނާތާގުޅޭ ރިޕޯޓު”އަށް ބަހުސް ކުރަށްވަމުންނެވެ. އެ ރިޕޯޓަށް ތާއީދު ކުރަށްވާ ވާހަކަ ދައްކަވަމުން އިބްރޭ ވިދާޅުވީ، ދިވެހި...

އަލީ އާދިލް
ބޮޑު ހިޔާނާތުގެ ލިސްޓްގައި ހިމެނޭ މީހުން މަގާމުތަކުން ވަކިކުރުމަށް ތާއީދުކޮށްފި

ބޮޑު ހިޔާނާތުގެ ލިސްޓްގައި ހިމެނޭ މީހުން މަގާމުތަކުން ވަކިކުރުމަށް ތާއީދުކޮށްފި

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ލިސްޓްގައި ހިމެނޭ ދައުލަތުގެ މަގާމްތަކުގައި ތިބި ފަރާތްތައް، މަގާމުތަކުން ވަކިކުރުމަށް އެމައްސަލަ ދިރާސާކުރި މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއާއި 241 ކޮމިޓީ ގެ ޖޮއިންޓް ކޮމިޓީން އެކުލަވާލި ރިޕޯޓް މަޖިލީހުން ފާސްކޮށްފިއެވެ. މިއަދު ކުރިއަށް ދިޔަ މަޖިލިސްގެ ޖަލްސާގައި ވަނީ “މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރް.ސީ) ބޭނުންކޮށްގެން ހިންގާފައިވާ ކޮރަޕްޝަނާއި ޚިޔާނާތާގުޅޭ ރިޕޯޓު”އަށް ބަހުސްކޮށް، އެ ރިޕޯޓް ބަލައިގަތުމަށް ވޯޓަށް އަހާފައ...

ޖަލްވާން ޖާދުﷲ
ކޯވިޑްގެ ހާލަތާމެދު މަޖިލީހުގައި ބަހުސްކުރަން ބޭނުމެއްނުވި!

ކޯވިޑްގެ ހާލަތާމެދު މަޖިލީހުގައި ބަހުސްކުރަން ބޭނުމެއްނުވި!

ކޯވިޑް19ގެ ޙާލަތު އިތުރަށް ގޯސްވެ ވަރަށް ބޮޑަށް ފެތުރެމުންދާތީ، ވަސީލަތްތައް ޤާއިމްކުރުމަށާއި، އީޖާބީ މަސައްކަތްތައް ހަލުވި ކުރުމަށް ސަރުކާރަށް ގޮވައިލާ ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި މައްސަލަ ބޭރުކޮށްލައިފިއެވެ. އެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ، އިދިކޮޅު ޕީޖީ ލީޑަރު، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރެވެ. އެ މައްސަލަ ބަލައިގަންނަން ފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ 12 މެމްބަރުން ނެވެ. އަދި ނުފެންނަ ކަމަށް 18 މެމްބަރަކު ވޯޓު ދެއްވި އެވެ. އެހެންވެ އެ މައްސަލަ ބަލައިގަންނަށް […]

އަލީ އާދިލް
ނަޝީދަކީ މަރަންޖެހޭ މީހެއްކަމަށް، ސަލާމަތީ ބާރުތަކުގެ އިސްސަފުގައި ތިބި ބައެއް މީހުން އެބަބުނޭ: މުހައްމަދު ރަޝީދު

ނަޝީދަކީ މަރަންޖެހޭ މީހެއްކަމަށް، ސަލާމަތީ ބާރުތަކުގެ އިސްސަފުގައި ތިބި ބައެއް މީހުން އެބަބުނޭ: މުހައްމަދު ރަޝީދު

ކުރީގެ ރައީސް އަދި މަޖިލިސް ރައީސް، ރައީސް މުޙައްމަދު ނަޝީދަކީ މަރަންޖެހޭ މީހެއްކަމަށް، ސިފައިންނާއި، ފުލުހުންގެ އިސްސަފުގައި ތިބި ބައެއް މީހުން ބުނާކަމަށް މައްޗަށް ގޯޅި އުތުރުދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ. މެންބަރު ރަޝީދު މިހެން ވިދާޅުވީ، ހަރުކަށި ފިކުރު ފަތުރައި، މީހުންގެ ލޭ ހުއްދަ ކުރުމަށް ގޮވާލަމުންދާތީ އެކަން ހުއްޓުވަން ގޮވާލައި، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް މަޖިލީހަށް މިއަދު ހުށަހެޅުއް ކުއްލި މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ...

އަލީ އާދިލް
މިހާލަތަށް މިއައީ ސަރުކާރުތަކުންނާއި، މަޖިލިސްތަކުން އަދާކުރަންޖެހޭ ޒިންމާ އަދާނުކުރުމުން: ޔާސިރު

މިހާލަތަށް މިއައީ ސަރުކާރުތަކުންނާއި، މަޖިލިސްތަކުން އަދާކުރަންޖެހޭ ޒިންމާ އަދާނުކުރުމުން: ޔާސިރު

ދިވެހިރާއްޖެ މިއަދު މިދެކޭ ނާންމާ ދުވަސްތައް އައީ ރާއްޖޭގައި އުފެދުނު ސަރުކާރުތަކުންނާއި، ރައްޔިތުންގެ މަޖިލިސްގެ ދައުރުތަކަށް އިންތިޚާބުވި މެންބަރުން އަދާކުރަންޖެހޭ ޒިންމާއަށް އިހުމާލުވެފައި އޮތުމުންކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު ލަތީފް ވިދާޅުވެއްޖެއެވެ. ޔާސިރު މިހެން ވިދާޅުވީ، ހަރުކަށި ފިކުރު ފަތުރައި، މީހުންގެ ލޭ ހުއްދަ ކުރުމަށް ގޮވާލަމުންދާތީ އެކަން ހުއްޓުވަން ގޮވާލައި، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް މަޖިލީހަށް މިއަދު ހުށަހެޅުއް ކުއްލި މައްސަލައ...

އަލީ އާދިލް
ހަރުކަށި ފިކުރަކީ ދީނާ ގުޅޭކަމެއް ނޫން، އެއީ ޖާހިލިއްޔަތުގެ ކަމެއް: ރާޢީ

ހަރުކަށި ފިކުރަކީ ދީނާ ގުޅޭކަމެއް ނޫން، އެއީ ޖާހިލިއްޔަތުގެ ކަމެއް: ރާޢީ

ހަރުކަށި ފިކުރަކީ ދީނާ ގުޅޭކަމެއް ނޫން ކަމަށާއި، އެއީ ޖާހިލިއްޔަތުގެ ކަމެއް ކަމަށް މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ވިދާޅުވެއްޖެއެވެ. މެންބަރު ރާޢީ މިހެންވިދާޅުވީ، މިއަދު ކުރިއަށް ގެންދިޔަ މަޖިލިސްގެ 2021 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 1 ވަނަ ޖަލްސާގައި “ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ޓެރަރިސްޓް ޙަމަލާއާގުޅޭ ޚާއްޞަ މައްސަލަ ދިރާސާކުރުމަށް ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން ނިންމިގޮތުގެ ރިޕޯޓު”އަށް ބަހުސް ކުރަށްވަމުންނެވެ. ރާޢީ ވިދާޅުވީ ހ...

އަލީ އާދިލް
ފިޠުރު ޢީދާއި ބައްދަލުވިއިރު، މުޅި ޤައުމު މިވަނީ ކުއްލި ސިހުމެއްގެ ތެރޭގައި: ރައީސް

ފިޠުރު ޢީދާއި ބައްދަލުވިއިރު، މުޅި ޤައުމު މިވަނީ ކުއްލި ސިހުމެއްގެ ތެރޭގައި: ރައީސް

މިއަހަރުގެ ފިޠުރު ޢީދު ދިވެހިންނާއި ބައްދަލުވިއިރު، މުޅި ޤައުމު މިވަނީ ކުއްލި ސިހުމެއްގެ ތެރޭގައިކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިމޭރުމުން ވިދާޅުވީ، ފިޠުރު ޢީދުގެ މުނާސަބަތުގައި، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވަމުން މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ. ފިޠުރު ޢީދުގެ މުނާސަބަތުގައި ދިވެހި އެންމެހާ ރައްޔިތުންނަށް ތަހުނިޔާ ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ޓީވީ މެދުވެރިކުރައްވާ ދެއްވި ޚިޠާބުގައި އެމަނިކުފާނު ވަނީ...

ޝިއުނާ އާދަމް
"އަހަރެންގެ ބޭންކް" އިން ބޭނުންވަނީ 350 މިލިއަންގެ ބޮޑު ފައިދާއެއް ނޫން: ޔާސިރު

"އަހަރެންގެ ބޭންކް" އިން ބޭނުންވަނީ 350 މިލިއަންގެ ބޮޑު ފައިދާއެއް ނޫން: ޔާސިރު

އަހަރެންގެ ބޭންކް އިން ބޭނުންވަނީ 350 މިލިއަންގެ ފައިދާއެއް ނޫން ކަމަށްވިދާޅުވެ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު ޢަބްދުއްލަތީފް ވިދާޅުވެ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ފާޑު ވިދާޅުވެއްޖެ އެވެ. ޔާސިރު މިހެން ވިދާޅުވީ “މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ބީއެމްއެލްއަށް 350 މިލިއަން ރުފިޔާގެ ފައިދާ” މިސުރުހީގެ ދަށުން ގެނެސްފައިވާ ހަބަރެއް ހިއްސާ ކުރައްވާކުރެއްވި ޓުވިޓެއްގަ އެވެ. “އަހަރެންގެ ބޭންކް” އިން އަހަރެން ބޭނުންވަނީ 350 މިލިއަން ގެ ފައިދާއެއް ނޫނެވެ. ގޮތެއް […]

އާއިޝަތު ރަފާހް ޢަލީ
ފެންނަނީ 7 ނޫނީ 8 އަހަރު ވަންދެން އެންޑީއޭ ވެންޓިލޭޓަރުގައި އޮތްތަން: ޔާސިރު

ފެންނަނީ 7 ނޫނީ 8 އަހަރު ވަންދެން އެންޑީއޭ ވެންޓިލޭޓަރުގައި އޮތްތަން: ޔާސިރު

ފެނިގެން ދަނީ 7 ނޫނީ 8 އަހަރު ވަންދެން ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) ވެންޓިލޭޓަރުގައި އޮތްތަން ކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު ޢަބްދުއްލަތީފް ވިދާޅުވެއްޖެއެވެ. މެންބަރު ޔާސިރު މިހެން ވިދާޅުވީ، އިއްޔެ ކުރިއަށް ދިޔަ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފަހު ޖަލްސާގައި “ނޭޝަނަލް ޑްރަގް އޭޖެންސީގެ ޤާނޫނީ ޒިންމާ އަދާކުރަމުންނުދާކަމަށް ބަޔާންކޮށް ހުށަހަޅުއްވާފައިވާ މައްސަލަ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު”އަށް ބަހުސް ކުރަށްވަމުންނެވ...

އަލީ އާދިލް
ޤާނޫނުއަސާސީގައި ރަމްޒީ މާއްދާއެއް ނޯންނާނެ: ޢަލީ

ޤާނޫނުއަސާސީގައި ރަމްޒީ މާއްދާއެއް ނޯންނާނެ: ޢަލީ

ޤާނޫނުއަސާސީގައި ރަމްޒީ މާއްދާއެއް ލިޔެފައި އޮންނާނެ ކަމަށް ދެކިވަޑައި ނުގަންނަވާ ކަމަށް ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން ވިދާޅުވެއްޖެއެވެ. ޢަލީ މިހެން ވިދާޅުވީ، އިއްޔެގެ މަޖިލިސްޖަލްސާގައި “ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ޖުޑީޝިއަރީ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު”އަށް ބަހުސް ކުރަށްވަމުންނެވެ. އެ ރިޕޯޓަށް އިއްޔެ ޖަލްސާގައި މެންބަރުން ވަނީ ވަރަށްފުޅާ ދާއިރާއެއްގަ ބަހުސް ކުރަށްވާފަ އެވެ. އަދި އިއްޔެގެ ޖަލްސާގައި ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާ...

ޔުމްނާ ޢަލީ