ރާއްޖޭގައި އެހެން ޤައުމެއްގެ ސިފައިން ދާއިމީކޮށް ތިބެން ތާއީދު ނުކުރަށްވާ ކަމަށް މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު އަނާރާ ނައީމް ވިދާޅު ވެއްޖެއެވެ. މިހާރު ބާ ކައުންސިލްގެ މެންބަރެއްގެ ގޮތުގައި ހުންނެވި، ހއ. ކެލައަށް ވެސް ނިސްބަތްވެ ވަޑައިގަންނަވާ ދީނީ ޢިލްމު ވެރިޔާ އަނާރާ މިހެން ވިދާޅުވީ ކުރެއްވި ޓުވީޓެއްގައި އެވެ. އަނާރާ ވިދާޅުވީ ދިވެހިރާއްޖޭގައި އެހެން ޤައުމެއްގެ ސިފައިން ދާއިމީކޮށް ތިބެން ނޭދޭ ކަމަށެވެ. އަދި ރާއްޖޭގައި އެހެން ޤައުމެއްގެ ސިފައިން ދާއިމީކޮށް ތިބޭނަމަ މުސްތަޤުބަލުގައި […]
އަލީ އާދިލް
ހަލުވިކަމާއިއެކު ފެތުރެމުންދާ ކޯވިޑް-19އަށް ފަހަކަށް އައިސް އެންމެ ގިނަ މީހުން ޕޮޒިޓިވްވާ ޤައުމުގެ ގޮތުގައި ހިމެނިފައިވާ އަވަށްޓެރި އިންޑިއާއަކީ ދުނިޔެއިން އިއްޔެވެސް އެންމެ ގިނަ މީހުން ޕޮޒިޓިވްވީ ޤައުމުގޮތުގައި ހިމެނިއްޖެއެވެ. އިއްޔެވެސް އެ ޤައުމުން ވަނީ 86,748 މީހުން އެ ބައްޔަށް ޕޮޒިޓިވްވެފައެވެ. ދެވަނައަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވީ އެމެރިކާއިން އިއްޔެ ޕޮޒިޓިވްވީ 40,920 މީހުންނެވެ. 33,269 މީހުން ޕޮޒިވްވި ބްރެޒިލް އޮތީ އިއްޔެ އެންމެ ގިނަ މީހުން ޕޮޒިޓިވްވި ތިންވަނަ ޤައުމުގެ ގޮތުގައިއެވެ. ފަހ...
ހުސައިން ހަބީބް
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން އެކުންފުނީގެ 2019 ވަނަ އަހަރީ އާންމު ޖަލްސާ ބާއްވައިފި އެވެ. މިޖަލްސާގައި ވަނީ 2019 ވަނަ އަހަރު އެމްޓީސީސީއަށް ލިބުނު ފައިދާގެ ތެރެއިން ކޮންމެ ހިއްސާއަކަށް 2 ރުފިޔާ ބަހަން ފާސްކޮށްފަ އެވެ. މިޖަލްސާ ކުރިއަށް ގެންގޮސްފައި ވަނީ މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީ (އެމްއެސްޑީ)ގެ “ފައިވޯޓު” ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށެވެ. މި ޖަލްސާއަށް 25 ހިއްސާދާރުން ހާޒިރުވިއިރު، ޕްރޮކްސީ މެދުވެރިކޮށް 42 ހިއްސާދާރުން ވަނީ ބައިވެރިވެފަ އެ...
އަޙްމަދު ވަހީދު
އެވޭލާ ޒަމާނުއްސުރެ މިއަދާއި ހަމައަށް ރާއްޖޭގެ ވެރިކަން ކުރާ ކޮންމެ ބޭފުޅަކު ވެސް ތިލަދުންމަތި ދެކެނީ ބިރުވެރި ނަޒަރަކުން ކަމަށް ކެލާ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) ވިދާޅުވެއްޖެ އެވެ. މެންބަރު އިބްރޭ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޒަމާނުއްސުރެ އެކަން އެހެން އޮތް ނަމަވެސް މިއަދުގެ އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ތިލަދުންމަތީ ތަރައްޤީއަށް ކުރާ އަގުހުރި މަސައްކަތަށް އިންތިހާއަށް ޝުކުރު ދަންނަވާ ކަމަށެވެ. އިބްރޭ އިތުރަށް ”ތިލަދުން” އަށް ވިދާޅުވީ ޒަމާނުއްސުރެ، […]
އަލީ އާދިލް
ސިޔާސީ ޕާޓީތަކުން އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ހުށަހަޅާފައިވާ ފޯމުތަށް ޕްރޮސެސް ކުރުމަށްފަހު، ޕާޓީތަކުގައި މިހާރު މެންބަރުން ތިބި ޢަދަދުތައް ހާމަކޮށްފިއެވެ. އީސީން ބުނީ ސިޔާސީ ޕާޓީތަކުން ހުށަހަޅާފައިވާ މެންބަރުޝިޕް ފޯމުތައް ޕްރޮސެސް ކުރުމަށްފަހު، ސިޔާސީ ޕާޓީތަކުގެ ދަފުތަރު އަދާ ހަމަކޮށްފައިވާ ތަފްޞީލް އާންމު ކުރާ ކަމަށެވެ. މި ގޮތުން އީސީއިން ހާމަ ކުރެއްވި މަޢުލޫމާތަށް ބަލާއިރު ދަފްތަރުގައި އެންމެ ގިނަ މެންބަރުން ތިބި ޕާޓީއަކީ ވެރިކަންކުރާ ކޯލިޝަންގެ މައިޕާޓީ އެމްޑީޕީއެވެ. އެ ޕާޓީގައި މިހާރު...
ޝިއުނާ އާދަމް
ހއ. ހޯރަފުށީގައި ތަރައްޤީ ކުރަމުންދާ އެއާޕޯޓުގެ ފަސިންޖާ ޓާމިނަލު އަދި ފަޔަރ އިމާރާތް، އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފިއެވެ. އެމްޓީސީސީއިން ބުނީ އެމަސައްކަތްތައް 19 ސެޕްޓެމްބަރ 2020 ވަނަ ދުވަހު ފަށާފައިވާ ކަމަށެވެ. މި މަޝްރޫޢަކީ 80 ދުވަހުގެ ތެރޭގައި ނިންމުމަށް އެމްޓީސީސީއާއި ހަވާލުކޮށްފައިވާ މަޝްރޫޢެއެކެވެ. ހޯރަފުށި އެއަރޕޯޓުގެ ފަސިންޖާ ޓާމިނަލު އަދި ފަޔަރ ބިލްޑިންގް އިމާރާތް ކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް...
އަޙްމަދު ވަހީދު
އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)އާއި މިނިސްޓްރީ އޮފް އެންވަޔަރަމަންޓާއި ފެނަކަ ގުޅިގެން ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ކަރަންޓުގެ ޚިދުމަތްދިނުމަށް ބޭނުންކުރާ ހަރުމުދަލުގެ އަގުމަގުކޮށް ނިންމާލާފައިވާއިރު ކަރަންޓު ޚިދުމަތްދިނުމަށް ފެނަކާގައި ބޭނުންކުރާ ހަރުމުދަލުގެ އަގު 2.1 ބިލިއަން ރުފިޔާއަށްވުރެ މައްޗަށް އަރާކަމުގައި މިނިސްޓްރީ އޮފް އެންވަޔަރަމަންޓުން ހާމަކޮށްފިއެވެ. އެންވަޔަރަންމަންޓް މިނިސްޓްރީން މިއަދު މިކަން ހާމަކޮށްފައިވަނީ މިކަމާއި ގުޅޭގޮތުން އެކުލަވާލެވުނު އެސެޓް ވެލުއޭޝަން ރިޕޯޓް ފެ...
އިބްރާހިމް ޚަލީލް
ކ.ތިލަފުށި ކުނިގޮނޑު ރިހެބިލިޓޭޓް ކުރުމުގެ މަޝްރޫޢުގެ 10 އިންސައްތަ މަސައްކަތް ނިންމާލެވިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ (އެމްޓީސީސީ) އިން ހާމަކުރައްވައިފިއެވެ. އެ ކުންފުނިން ހާމަކޮށްފައިވާ ގޮތުގައި އެ މަޝްރޫޢުގެ ތެރެއިން ފެންހިންދާ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތުގެ 30 އިންސައްތަ މަސައްކަތާއި އަދި ދުއްވާ ސަރަޙައްދެއް ޤާއިމުކުރުމުގެ މަސައްކަތުގެ 15 އިންސައްތަ މަސައްކަތް މިހާރުވަނީ ނިންމާލެވިފައެވެ. މި މަޝްރޫޢުގެ ދަށުން ކޮށް ނިންމުމަށް ހަމަޖެހިފައިވާ މަ...
އިބްރާހިމް ޚަލީލް
މިނިސްޓްރީ އޮފް ޔޫތު، ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓު ގެފަރާތުން ރ. އަލިފުށީގައި ގާއިމުކުރި ފުޓުބޯޅަ ދަނޑުގެ މަސައްކަތް ނިންމާލައިފިއެވެ. އަލިފުށީ ދަނޑު ނިމިފައިވާކަން ހާމަ ކުރައްވަމުން ކުޅިވަރާ ބެހޭ ވަޒީރު އަހްމަދު މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެސަރުކާރުން ނިންމާލި 5 ވަނަ ބޮޑު ޓާރފް ދަނޑު ކަމަށެވެ. މި ދަނޑުގައި ފެންސް ޖެހުމާއި ލައިޓް ހަރުކުރުމުގެ އިތުރުން ރޮސްޓްރޮމް ގާއިމްކުރުމުގެ މަސައްކަތްމިހާރު ކުރިޔަށްދާ ކަމަށް މަޙްލޫފް ވަނީ ވިދ...
ޔުމްނާ ޢަލީ
ރ. އަތޮޅުގެ ކުރީގެ މެންބަރު އިސްމާޢީލް ޒަކަރިއްޔާ، ކޯވިޑް-19އަށް ޕޮޒިޓިވްވެ ފަރުވާދެމުންދަނިކޮށް އަވަހާރަވެއްޖެއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އިސްމާޢީލް ޒަކަރިއްޔާ އަވަހާރަވީ ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށެވެ. މިދިޔަ މަހުގެ 13 ގައި ކޮވިޑަށް ޕޮޒިޓިވްވުމުން އޭނާ އަށް އެންމެ ފުރަތަމަ ފަރުވާ ދިނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގަ އެވެ. ނަމަވެސް އުމުރުން 79 އަހަރުގެ އިސްމާއިލް ޒަކަރިއްޔާގެ ހާލު ބޮޑުވުމުން ދަރުމަވަންތަ ހޮސްޕިޓަލަށް ފަހުން ބަދަލުކުރީ އެވެ. އުމުރުފުޅުން 79 އަހަރުގައި އ...
ޔުމްނާ ޢަލީ
ށ. ނަލަންދޫއާއި، ހދ. ހޮނޑައިދޫ ދައުލަތުގެ ބޭނުމަކަށް ސަރުކާރުން ނެމަށް، އެ ރަށަށް ކޮށްފައިވާ އިންވެސްޓްމަންޓް ދެނެގަތުމަށްޓަކައި ފައިނޭންސް އޯޑިޓް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ޢިއުލާން ކޮށްފިއެވެ. މިކަމަށް ފިޝަރީޒް އެންޑް އެގްރިކަލްޗަރ މިނިސްޓްރީން ކުރި ޢިއުލާނުގައިވާ ގޮތުން ނ. ނަލަންދޫ އަށް ކޮށްފައިވާ އިންވެސްޓްމަންޓް ދެނެގަތުމަށްޓަކައި ފައިނޭންސް އޯޑިޓް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަލުން މިއީ ޢިއުލާނުކުރި ދެވަނަ ފަހަރެވެ....
ޔުމްނާ ޢަލީ
2020 އޯގަސްޓް 28 ވީ ހުކުރު ދުވަހުގެ ހަވީރު “ޕްރޮގްރެސިވް ކޯލިޝަން” އިން ބޭއްވި ސިޔާސީ ހަރަކާތުގައި ބައިވެރިވެ ވަޑައިގަތުމާއި ގުޅިގެން ކުރީގެ ރައީސް ޑރ. މުޙައްމަދު ވަހީދު ހަސަންމަނިކު 1000 ރުފިޔާއިން މިއަދު ޖޫރިމަނާ ކޮށްފިއެވެ. ރައީސް ވަހީދު ވިދާޅުވީ އެމަނިކުފާނު ފުލުހަށް ހާޒިރު ކުރެއްވީ އާންމު ސިއްހަތުގެ އުސޫލާއި ހިލާފަށް މާސްކު ނާޅުއްވައި ހުންނެވި ކަމަށް ތުހުމަތުކޮށް ކަަމަށާ މިއަދު ހާޒިރުކުރުމަށް ފަހު ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ. ” އާންމުކޮށް މިހެން މަގުމަތީ އުޅޭ […]
އަޙްމަދު ވަހީދު
ކުޅުދުއްފުށި އުތުރު ދާއިރާގެ މަޖިލިސް މެންބަރ ޔާސިރު ޢަބްދުއްލަޠީފް، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)އަށް ވަރުގަދަ ރައްދެއް ދެއްވައި ސުވާލެއް ކުރައްވައިފި އެވެ. “ރާއްޖެ-އިންޑިއާ ކާގޯ ފެރީ: ދިވެހިންނަށް ކުރިއެރުން، އިގްތިސާދަށް ދިރުމެއް!” މިސުރުހީ ހިމަނުއްވާ އަދުރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ރާއްޖެ-އިންޑިއާ ކާގޯ ފެރީގެ ބޭނުމަކީ ދިވެހި އިގްތިޞާދުގެ މައްޗަށް އިންޑިއާ އިން އަތްގަދަ ކުރުންކަމަށާއި ދިވެހި ވިޔަފާރި ވެރިން ފުނޑާލުންކަމަށެވެ. އަދި ވޯރާ ވިޔަފާރި ވެރިންގެ ޒަމާނ...
އަލީ އާދިލް
ރައްޔިތުން މަޖިލީހުގައި މިއަދު ބޭއްވުނު 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 33 ވަނަ ބައްދަލުވުމުގައި ނެގުނު ވޯޓުން ސިވިލްސަރވިސް ކޮމިޝަނުގެ މެމްބަރުކަމަށް އައްޔަންކުރުމަށް ހދ.އަތޮޅު ކައުންސިލްގެ ކުރީގެ ޑިރެކްޓަރޖެނެރަލް އިބްރާހިމް ރަޝީދުގެ ނަން 65 ވޯޓާއިއެކު ފާސްކޮށްފިއެވެ. އިބްރާހިމް ރަޝީދާއެކު ކޮމިޝަނުގެ މެމްބަރުކަމަށް އައްޔަންކުރުމަށް މިއަދު ފާސްވެގެން ދިޔަ ބޭފުޅުންނަކީ މީޑިޔާ ކައުންސިލްގެ ސެކްރެޓަރީ ޖެނަރަލް މުޙައްމަދު ފަރުޞަތު އާއި ބުރޯޑްކާސްޓިން ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ނާސ...
އިބްރާހިމް އަސްވާޤް
ވަޒީފާއާއި ބެހޭ ޤާނޫނަށް އިސްލާޙް ގެނައުމުގެ ބިލަށް ކޮމިޓީގެ މަރުޙަލާގައި ގެނެސްފައިވާ އިސްލާޙް ތަކަކީ ރިސޯޓް ބޯއީސްއަށް ގެނެސް ދެވޭ އިސްލާޙްތަކެއް ކަމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު ވިދާޅުވެއްޖެއެވެ. ޝިފާޢު މިހެން ވިދާޅުވީ މިއަދު ކުރިއަށްދިޔަ މަޖިލިސްގެ 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 33 ވަނަ ޖަލްސާގައި އިޖުތިމާއީ ކޮމެޓީއާއި އަދި އިޤްތިޞާދީ ކޮމެޓީގެ ޖޮއިންޓް ކޮމެޓީއިން ދިރާސާކުރި ވަޒީފާއާއި ބެހޭ ޤާނޫނަށް އިސްލާޙް ގެނައުމުގެ ބިލްގެ ކޮމެޓީ ރިޕޯޓަށް ބަހުސް ކުރަށް ވަމުންނެވެ....
އަލީ އާދިލް