މުހައްމަދު އިސްމާއިލް ބަންދުކުރި މައްސަލަ ހައިކޯޓުން ބަލައިނުގަތް
ޔޯގާ ހަރަކާތާ ދެކޮޅަށް ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރުކޮށްފައިވާ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލްގެ އިސްތިއުނާފް ބަލައިނުގަތުމަށް ހައި ކޯޓުން ނިންމައިފި އެވެ. މިދިޔަ މަހު ގަލޮޅު ދަނޑުގައި ހިންގި ޔޯގާ ހަރަކާތާ ދެކޮޅަށް ހިންގި ހަމަނުޖެހުންތަކާ ގުޅުން އޮތް ކަމަށް ތުހުމަތުކޮށް، މުހައްމަދު އިސްމާއިލް އަދިވެސް ހުރީ ބަންދުކޮށްފަ އެވެ. އެންމެ ފަހުން ކްރިމިނަލް ކޯޓުން އޭނާގެ ބަންދަށް އިތުރުކޮށްދިނީ 30 ދުވަހުގެ މުއްދަތެކެވެ. އެ މައްސަލަ އިސްތިއުނާފް ކުރަން އޭނާގެ ފަރާތުން...