ދަ ޑިމޮކްރެޓްސްގެ ރައީސް ކަމަށް އަމްރު ވާދަކުރައްވަނީ
ދަ ޑިމޮކްރެޓްސް ޕާޓީގެ އެތެރޭގެ އިންތިހާބުގައި އެ ޕާޓީގެ ރައީސް ކަމަށް މިދިޔަ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވާދަކުރެއްވި ޕާޓީގެ ރިޔާސީ ކެންޑިޑޭޓު އިލްޔާސް ލަބީބްގެ ރަނިންމޭޓް ހުސެއިން އަމްރު ވާދަކުރެއްވުމަށް ނިންމަވައިފިއެވެ. ޑިމޮކްރެޓްސްގެ އިންޓަރިމް ކައުންސިލް ބައްދަލުވުމަށް ފަހު، އަމްރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިންތިހާބު އިއުލާނު ކުރުމުން ރައީސް ކަމަށް ވާދަކުރައްވާނެ ކަމަށެވެ. އެނގިފައިވާ ގޮތުގައި ޕާޓީގެ ރިޔާސީ ކެންޑިޑޭޓު އިލްޔާސް އާއި ވަގުތީ ޗެއާޕާސަން ވެސް ވަނީ އެ...