ސައްހަ 97 ހާސް ފޯމް ލިބިފައި އެބަހުރި، ޕީއެންސީ ވެގެންދާނީ 1 ލައްކަ މެމްބަރުންނާއެކު ހިންގާ ފުރަތަމަ ޕާޓީއަށް: އަބުދުއްރަޙީމް
ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)އަށް މިހާތަނަށް ޞައްޙަ 97 ހާސް މެމްބަރޝިޕް ފޯމް ލިބިފައިވާކަމަށާއި، އެ ޕާޓީގެ މެމްބަރޝިޕްގެ އަދަދު ކުރިއަށް އޮތްތާގައި 1 ލައްކަ އަށް އަރާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޕީއެންސީގެ ޗެއާޕާސަން އަބުދުއްރަޙީމް ޢަބުދުﷲ (އަދުރޭ) މިއަދު ވިދާޅުވެއްޖެއެވެ. އަބުދުއްރަޙީމް މިހެން ވިދާޅުވީ، ޕީއެންސީގެ އެތެރޭގެ އިންތިޚާބުގައި ވޯޓުލުން ކުރިއަށްދާ ސަރަހައްދުގައި ހުންނަވައި މީޑިއާތަކަށް ދެއްވި ބަސްދީގަތުމެއްގައެެވެ. އަބުދުއްރަޙީމް ވިދާޅުވީ، މިހާތަނަށް...