ސިޓީގެ ދަށް ނަތީޖާއަށް އިތުރު ބޮޅެއް، އާސެނަލް އަށް ފަސޭހަ މޮޅެއް
އިނިގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީއާއި އެސްޓަންވިލާ ބައްދަލުކުރި މެޗުން ސިޓީ ބަލިވިއިރު، އާސެނަލް އިން ފަސޭހަކަމާއިއެކު ކްރިސްޓަލް ޕެލަސް ބަލިކޮށްފިއެވެ. ރޭ ރަށުން ބޭރުގައި ސިޓީ، އެސްޓަން ވިލާ އަތުން ބަލިވީ 2-1 ގެ ނަތީޖާއިންނެވެ. މިއީ ހުރިހާ މުބާރާތެއް ހިމެނޭހެން އެންމެ ފަހުން ކުޅުނު 12 މެޗުގެ ތެރެއިން ސިޓީ ބަލިވި ނުވަވަނަ މެޗެވެ. ރޭ މެޗުގައި ސިޓީގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގައި ފުރަތަމަ ދެ ލަނޑު ވެސް ޖެހީ […]