މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ

އެންމެ ފަހުގެ ލިޔުންތައް

39,411 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 397 ވަނަ ޞަފްޙާ

މިލަންދޫ ސްކޫލްގެ ގްރޭޑް 11 އަށް ވަނުމުގެ ފުރުސަތު ވެސް ހުޅުވާލައިފި

މިލަންދޫ ސްކޫލްގެ ގްރޭޑް 11 އަށް ވަނުމުގެ ފުރުސަތު ވެސް ހުޅުވާލައިފި

ށ. މިލަންދޫ ސްކޫލުގައި އޭ ލެވެލް ކިޔެވުމަށް ބޭނުންވާ ދަރިވަރުންނަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު މިއަދު ހުޅުވާލައިފިއެވެ. މިލަންދޫ ސްކޫލުގައި އޭ ލެވެލް ކިޔެވުމަށް ހުޅުވާލަމުން އެ ސްކޫލުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، އެޕްލިކޭޝަން ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ 7 ސެޕްޓެމްބަރު 2025 ވާ އާދިއްތަ ދުވަހުގެ މެންދުރު 12 ޖެހުމުގެ ކުރިންކަމަށެވެ. އެގޮތުން ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު އެޕްލިކޭޝަން ފޯމު ލިބެން ހުންނާނެ ކަމަށާއި، އެ ސޮކޫލުން އަންމުކޮށްފައިވާ އިއުލާނުގައިވާ ފޯމު ޑައުންލޯޑ...

އައިޝަތު އައިނީ އާމިރު
ގެއްލިގެން ހޯދަމުން ދިޔަ ކޮލަމާ ބޯޓު ފެނިއްޖެ

ގެއްލިގެން ހޯދަމުން ދިޔަ ކޮލަމާ ބޯޓު ފެނިއްޖެ

ކޮލަމާ” ބޯޓުގެ ޚަބަރެއް ނުވެގެން އުޅެނިކޮށް، އެ ބޯޓު ފެނިފައިވާކަމަށް ފުލުހުން ބުނެފިއެވެ. ލ. އަތޮޅުން ރޭ ފުރި ކޮލަމާ ބޯޓު ގެއްލިގެން އެމްއެންޑީއެފުން އާންމުންގެ އެހީތެރިކަމަށް އެދުނީ މިއަދު ހަވީރުއެވެ. އެ ބޯޓާއި ގުޅުން ކެނޑުނީ ރޭ 10:00 ހާއިރު ލ. އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރަމުން ދަނިކޮށެވެ. ފުލުހުން ބުނީ، އެކެފަރަ ސަރަހައްދުން ކޮލަމާ ބޯޓު މެންދުރު 13:25 ހާއިރު ފެނިފައިވާ ކަމަށެވެ. އަދި ފުލުހުން އެ ސަރަަހއްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް […]

ޔުމްނާ ޢަލީ
އުރީދޫ އެޕްގެ ޑިޖިޓަލް މަސް ރޭހުގައި ބައިވެރިވެގެން ހައި ފިޝިން ޓެކްލްސް ގެ ހާއްސަ އިނާމުތަކެއް!

އުރީދޫ އެޕްގެ ޑިޖިޓަލް މަސް ރޭހުގައި ބައިވެރިވެގެން ހައި ފިޝިން ޓެކްލްސް ގެ ހާއްސަ އިނާމުތަކެއް!

އުރީދޫ މޯލްޑިވްސްއިން ބާއްވަމުން އަންނަ ފޯރިގަދަ މަސް ރޭހަށް މުޅިން އައު އުފެއްދުމެއް ތަޢާރަފުކޮށްފިއެވެ. އެއީ އުރީދޫ އެޕްގައި ކުޅެވޭގޮތަށް ތަޢާރަފުކޮށްފައިވާ މަސް ރޭސް ޑިޖިޓަލް ގޭމެވެ. މި ގޭމް މެދުވެރިކޮށް ރާއްޖޭގެ މަސްވެރިކަމަށް ލޯބިކުރާ ފަރާތްތަކަށް މުބާރާތުގައި އިތުރު ގޮތަކަށް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މި ގޭމް ކުޅެވެން ހުންނާނީ 3 ސެޕްޓެމްބަރު 2025 ވާ ބުރާސްފަތި ދުވަހުގެ 23:59 އާ ހަމައަށެވެ. ކުޅުންތެރިންނަށް ކޮންމެ ވަގުތެއްގައިވެސް، ކޮންމެ ތަނެއްގައި ހުރެގެންވެސް މި ގޭމް […...

އިބްރާހިމް އަސްވާޤް
ބައިނަލްއަޤްވާމީ މަންސަތަކުގައި އެއްބާރުލުން ދިނުމާމެދު ރާއްޖެ-ނޭޕާލް މަޝްވަރާކޮށްފި

ބައިނަލްއަޤްވާމީ މަންސަތަކުގައި އެއްބާރުލުން ދިނުމާމެދު ރާއްޖެ-ނޭޕާލް މަޝްވަރާކޮށްފި

ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސް.ސީ.އޯ) ސަމިޓުގެ ހަވާސާގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ނޭޕާލްގެ ބޮޑުވަޒީރު ރައިޓް އޮނަރަބަލް ކޭ.ޕީ. ޝަރްމާ އޮލި އާއި ހޯމަ ދުވަހު ބައްދަލުކުރައްވައިފިއެވެ. ޗައިނާގެ ޓިއާންޖިން މެއިޖިއާންގ ކޮންވެންޝަން ސެންޓަރުގައި ބޭއްވުނު މި ބައްދަލުވުމުގައި، ދެ ޤައުމުގެ ބަދަހި ގުޅުމާއި ދޭދޭ ގުޅުންތައް އިތުރަށް ހަރުދަނާކުރުމުގެ މައްޗަށް މަޝްވަރާކުރެވުނެވެ. އަދި ތަޢުލީމީ ދާއިރާއާއި، އިޤުތިޞާދު ސިންދަފާތުކުރުމާއި، ބައިނަލްއަޤްވާމީ މަންސަތަކުގައި އެއްބާރުލުން ދިނުމާމެދުވ...

ޔުމްނާ ޢަލީ
މަޖިލީހުގައި ބައުވެ ގިނަދުވަސްވެފައިވާ ގޮނޑިތައް ގަތުމަށް ދެވަނަ ފުރުސަތެއް

މަޖިލީހުގައި ބައުވެ ގިނަދުވަސްވެފައިވާ ގޮނޑިތައް ގަތުމަށް ދެވަނަ ފުރުސަތެއް

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބައުވެ ގިނަދުވަސްވެފައިވާ ބައެއް ހަރުމުދާ ނީލަމުގައި ވިއްކާލަން ދެވަނަ ފަހަރަށް ޢިއުލާންކޮށްފިއެވެ. މަޖިލީހުގެ އިދާރާއިން ވަނީ އެ އިދާރާގައި ހުރި ބައުވެފައިވާ ތަކެތި ނީލަން ކިއުމަށް 27 އޯގަސްޓް 2025 ގައި ޢިއުލާންކޮށްފައެވެ. ނަމަވެސް އެ އިޢުލާނާ ގުޅިގެން އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާކަމަށް މަޖިލީހުގެ އިދާރާއިން އެކަމަށް އަލުންކުރި ޢިއުލާންގައި ބުނެފަވެއެވެ. އެހެންވެ އެ ތަކެތި ނީލަމުގައި ވިއްކާލުމަށް އަލުން އިޢުލާންކޮށް، މަޖިލީހުން ބުނީ ނީލަން ކިޔުމަށް ހަ...

ޔުމްނާ ޢަލީ
މިދިޔަ މަހު ކުޅުދުއްފުށީގައި 7 ކައިވެނި, 7 ވަރި

މިދިޔަ މަހު ކުޅުދުއްފުށީގައި 7 ކައިވެނި, 7 ވަރި

ކުޅުދުއްފުށި ސިޓީ މެޖިސްޓްރޭޓް ކޯޓުގައި މިދިޔަ އޮގަސްޓް މަހު 7 ކައިވެނި ކުރިއިރު އަދި ހަމަ 7 ވަރި ކޮށްފައިވާކަމަށް އެ ކޯޓުގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. އެގޮތުން ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން މިދިޔަ އޭޕްރީލް މަހުގެ މަސައްކަތުގެ ތަފާސްހިސާބު ހިމެނޭ އުސްއަލިތައް މިއަދު ހާމަކޮށްފައިވާއިރު، އެ ކޯޓުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އޮގަސްޓް މަހު ކޮށްދީފައިވާ ކައިވެންޏާއި ވަރިތައް މިވަނީ އެއްވަރު ވެފައެވެ. މީގެ އިތުރުން އެ ކޯޓުގައި މިދިޔަ މަހު އާއިލީ މައްސަލަތަކުގެ […]

އައިޝަތު އައިނީ އާމިރު
ވަޔެކާނޯއިން ބާސާ މޮޅުވިޔަނުދީ ހިފަހައްޓައިފި

ވަޔެކާނޯއިން ބާސާ މޮޅުވިޔަނުދީ ހިފަހައްޓައިފި

ސްޕެނިޝް ލަލީގާގައި ބާސެލޯނާއާއި ރަޔޯ ވަޔެކާނޯ ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ. ރޭ ވަޔެކާނޯގެ ދަނޑުގައި ކުޅުނު މި މެޗު އެއްވަރުވެފައި ވަނީ 1-1 ގެ ނަތީޖާއިންނެވެ. މެޗު ފަށައިގެން ވަޔެކާނޯއިން ވަނީ ޓީމް ކުރިއަށް ޖައްސައި ބާސާއަށް ގޭމް ކޮންޓްރޯލް ކުރުމަށް ދަތިތަކާއި ކުރިމަތިކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް ލަނޑުޖަހާނެ ރަނގާލު ފުރުސަތު ލިބުނެވެ. ހާއްސަކޮށް ވަޔެކާނޯގެ އަންދްރެއީއަށް ލިބުނު ހުސް ފުރުސަތު ފާހަގަ ކޮށްލެވެއެވެ. ބާސާގެ ގޯލު ކުރިމައްޗަށް ހުރަސްވީބޯޅަ އޭނާ […]

އިބްރާހިމް ޚަލީލް
ކުޅުދުއްފުށީ ބޮޑު މުޙައްމަދު ކަލޭފާނު ބަނދަރުގެ ނެރުމައްޗަށް އެރި ބޯޓު ފުންކޮށްފި

ކުޅުދުއްފުށީ ބޮޑު މުޙައްމަދު ކަލޭފާނު ބަނދަރުގެ ނެރުމައްޗަށް އެރި ބޯޓު ފުންކޮށްފި

ކުޅުދުއްފުށީ ސިޓީގެ ބޮޑު މުޙައްމަދު ކަލޭފާނު ބަނދަރު ނެރުމައްޗަށް އިއްޔެ އެރި ބޯޓު މިއަދު ފުންކޮށްފިއެވެ. ހއ.އަތޮޅާއި ހދ.ގެ ބައެއް ރަށްތަކަށް ދަތުރުކުރާ މި ބޯޓު ކުޅުދުއްފުށީ ނެރުމައްޗަށް އެރީ އިއްޔެ ހަވީރުއެވެ. ބޯޓު ފަރަށް އެރިއިރު އެއިގައި ހުރީ 500 އެއްހާ ފެން ކޭސްކަމަށް މައުލޫމާތު ލިބެއެވެ. އެ ބޯޓު މިއަދު ހެނދުނު ފުން ކޮށްފައިވާއިރު، އެ ބޯޓު އޮތީ މިހާރު އޮތީ ކުޅުދުއްފުށީ ކަސްޓަމްސް ސަރަހައްދީ ބަނދަރުގެ އުތުރުން އޮތް ދިމާލަށް ކައިރިކޮށްފައެވެ. މައުލޫމާތު […]

ޔުމްނާ ޢަލީ
ހއ.އަތޮޅު މަދަރުސާގެ ގްރޭޑް 11 އަށް ކުދިން ވެއްދުމުގެ މުއްދަތު އިތުރުކޮށްފި

ހއ.އަތޮޅު މަދަރުސާގެ ގްރޭޑް 11 އަށް ކުދިން ވެއްދުމުގެ މުއްދަތު އިތުރުކޮށްފި

ހއ. ހޯރަފުށީގައި ހުންނަ އެ އަތޮޅު މަދަރުސާއަށް ގްރޭޑް 11 އަށް ކުދިން ވެއްދުމުގެ ފުރުސަތު އިތުރުކޮށްފިއެވެ. 2025 ވަނަ އަހަރުގެ ދިރާސީ އަހަރު ހއ. އަތޮޅު މަދަރުސާގައި މަތީ ޘާނަވީ ގްރޭޑް 11 އަށް ކިޔަވައިދިނުމުގެ ހުއްދަ އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ދީފައެވެ. އެހެންވެ އެ މަދަރުސާއިން ވަނީ 21 އޯގަސްޓް 2025 ގައި އެ މަދަރުސާގެ ގްރޭޑް 11 އަށް ކުދިންވެއްދުމުގެ ފުރުސަތު ހުޅުވާލާފައެވެ. އެއިރު މިކަމަށް މުއްދަތު ދީފައި ވަނީ 31 އޯގަސްޓްގެ […]

ޔުމްނާ ޢަލީ
ޢާއިލާތަކުގައި ލޯބި ދަމަހައްޓައި ދިނުމުގައި މާމައިންނާއި ކާފައިންނަކީ ހެޔޮ ރަޙްމަތެއް: ރައީސް

ޢާއިލާތަކުގައި ލޯބި ދަމަހައްޓައި ދިނުމުގައި މާމައިންނާއި ކާފައިންނަކީ ހެޔޮ ރަޙްމަތެއް: ރައީސް

ލޯތްބާއި ކުލުނު ޢާއިލާތަކުގައި ދަމަހައްޓައި ދިނުމުގައި މާމައިންނާއި ކާފައިންނަކީ އިލާހީ ހެޔޮ ރަޙްމަތެއް ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، މިއަދު ފާހަގަކުރާ މާމަ ކާފަ ދުވަހުގެ މުނާސަބާގައި މީސްމީޑިއާ މެދުވެރިކޮށް ފޮނުއްވި މެސެޖެއްގައެވެ. ރައީސް ވިދާޅުވިގޮތުގައި، ލޯތްބާއި ކުލުނު ޢާއިލާތަކުގައި ދަމަހައްޓައި ދިނުމުގައި މާމައިންނާއި ކާފައިންނަކީ އިލާހީ ހެޔޮ ރަޙްމަތެކެވެ. ”މި އުފާވެރި ދުވަހު އަޅުގަނޑުގެ ހިތުގެ އިޚްލާޞްތެރި ހެޔޮ ދުޢާތައް ވަނީ،...

ޔުމްނާ ޢަލީ
ސިޓީ ބަލިވިއިރު، އާސެނަލް އަތުން ލިވަޕޫލަށް ހަނި މޮޅެއް

ސިޓީ ބަލިވިއިރު، އާސެނަލް އަތުން ލިވަޕޫލަށް ހަނި މޮޅެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީ ކުޅުނު މެޗުން ބަލިވިއިރު، ލިވަޕޫލުން އާސެނަލްގެ މައްޗަށް ހަނި ގޮތަކަށް ކުރި ހޯދައިފިއެވެ. މި ސީޒަންގައި، ލީގުގައި ސިޓީން މިހާތަނަށް ވަނީ ތިން މެޗު ކުޅެފައެވެ. އޭގެތެރެއިން އެ ޓީމަށް ކާމިޔާބު ކުރެވުނީ ވުލްވްސްއާއި ބައްދަލުކުރި މެޗު އެކަންޏެވެ. އޭގެ ފަހުން ޓޮޓެންހަމް އަތުން ބަލިވިއިރު ރޭ މިވަނީ ބްރައިޓަންގެ އަތްދަށުވެފައެވެ. ރޭ ބްރައިޓަން އިން އަމިއްލަ ދަނޑުގައި 2-1 ގެ ނަތީޖާއިން ވަނީ ސިޓީ ބަލިކޮށްފައެވެ. މިވަގުތު […]

އިބްރާހިމް ޚަލީލް
ޝަރުއީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުން މޫނު ބުރުގާ އެޅުން ހުއްދަކޮށްފި

ޝަރުއީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުން މޫނު ބުރުގާ އެޅުން ހުއްދަކޮށްފި

ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤަވާއިދަށް އިސްލާޙެއް ގެނެސް އެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުން މޫނު ބުރުގާ އެޅުން ހުއްދަކޮށްފިއެވެ. މިގޮތުން ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން އިއްޔެ ނެރުނު ސާކިއުލާއެއްގައި ވަނީ “ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤަވާއިދު 2011″ގެ 129 ވަނަ މާއްދާ އިސްލާޙްކޮށްފައިވާ ކަމަށް ބުނެފައެވެ. މި މާއްދާގައި ކުރިން އޮންނަނީ ޝަރުޢީ ދާއިރާގެ ކޮންމެ ޚިދުމަތަކީ ވެސް ޒިންމާދާރުކަމާއެކު، ޖަވާބުދާރީވާންޖެހޭ ޚިދުމަތަކަށްވެފައި، ޚިދުމަތް ލިބިގަންނަން އަނ...

ޔުމްނާ ޢަލީ
ހިމާޔަތްކޮށްފައިވާ ތަނބުރުދޫ ސަރަޙައްދު ވަގުތީގޮތުން ބަންދުކުރަނީ

ހިމާޔަތްކޮށްފައިވާ ތަނބުރުދޫ ސަރަޙައްދު ވަގުތީގޮތުން ބަންދުކުރަނީ

ޙިމާޔަތްކޮށްފައިވާ ކ. ތަނބުރުދޫ ސަރަޙައްދު ވަގުތީގޮތުން ބަންދުކުރަން ނިންމާފައިވާކަމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީން ބުނެފިއެވެ. ތަނބުރުދޫ އަކީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ ދަށުން ހިމާޔަތްކޮށްފައިވާ ރަށެކެވެ. މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް އިން މިއަދު ކުރި ޢިއުލާނެއްގައި ބުނީ ތަނބުރުދޫ ސަރަޙައްދުގައި “ފޯ ސީޒަންސް މޯލްޑިވްސް ސާރފިންގ ޗެމްޕިއަންޝިޕް ޓްރޮފީ 2025” ބޭއްވުމަށްވަނީ ހަމަޖެހިފައިވާކަމަށެވެ. އެހެންވެ މި މުބާރާތް އޮ...

ޔުމްނާ ޢަލީ
ތިލައުތުރު ފުޓްސަލް މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި

ތިލައުތުރު ފުޓްސަލް މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި

ހއ. އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ “ތިލައުތުރު ފުޓްސަލް މުބާރާތް 2025” ގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފިއެވެ. ހއ. އަތޮޅު ކައުންސިލުން މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ފުރަތަމަ ހުޅުވާލީ 23 ޖުލައި 2025 ގައެވެ. އޭގެ ފަހުން ޓީމު ލިސްޓު ހުށަހަޅުމުގެ ފުރުސަތު ވެސް އިތުރުކުރިއެވެ. އެއަށްފަހު މިއަދު ވަނީ މި މުބާރާތުގައި ރަޖިސްޓްރީވުމުގެ މުއްދަތު 2025 ސެޕްޓެންބަރު 03 ވަނަ ދުވަހުގެ 12:00ގެ ނިޔަލަށް އިތުރުކޮށްފައެވެ. އަދި މި މުބާރާތުގައި [...

ޔުމްނާ ޢަލީ
ކުޅުދުއްފުށީ ބޮޑު މުޙައްމަދު ކަލޭފާނު ބަނދަރުގެ ނެރުމައްޗަށް ބޯޓެއް އަރައިފި

ކުޅުދުއްފުށީ ބޮޑު މުޙައްމަދު ކަލޭފާނު ބަނދަރުގެ ނެރުމައްޗަށް ބޯޓެއް އަރައިފި

ކުޅުދުއްފުށި ސިޓީ ބޮޑު މުޙައްމަދު ކަލޭފާނު ބަނދަރު ސަރަހައްދުގެ ނެރުމައްޗަށް ބޯޓެއް އަރައިފިއެވެ. މައުލޫމާތު ލިބޭގޮތުގައި ނެރުމައްޗަށް ފަރަށް އަރާފައިވަނީ، “DMMA EXPRESS 5” ކިޔާ ބޯޓެކެވެ. މިއަދު ހަވީރު ހިނގި މި ހާދިސާގައި މިހާތަނަށް އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާއިރު، މިވަގުތު ބޯޓު ފުންކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.    

އައިޝަތު އައިނީ އާމިރު
ފަލާހަކީ އެއްވެސް މީހަކަށް އަނިޔާއެއް ދިނުމަށް ގޮވާލައި ހިތްވަރުދެއްވާނެ ބޭފުޅެއްނޫން: ޢަލީ އާރިފް

ފަލާހަކީ އެއްވެސް މީހަކަށް އަނިޔާއެއް ދިނުމަށް ގޮވާލައި ހިތްވަރުދެއްވާނެ ބޭފުޅެއްނޫން: ޢަލީ އާރިފް

ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހަކީ އެއްވެސް މީހަކަށް އަނިޔާއެއް ގެެއްލުމެއް ދިނުމަށް ގޮވާލައި ހިތްވަރުދެއްވާނެ ބޭފުޅެއްނޫންކަމަށް ނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޮރ ޕްރެޒިޑެންޝަލް އެފެއާޒް ޢަލީ އާރިފް ވިދާޅުވެއްޖެއެވެ. ޢަލީ އާރިފް މިފަދައިން ވިދާޅުވެފައި ވަނީ، އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އޭނޭ ވިދާޅުވިގޮތުގައި ފަލާހަކީ އެއްވެސް މީހަކަށް އަނިޔާއެއް ގެއްލުމެއް ދިނުމަށް ގޮވާލައި ހިތްވަރުދެއްވާ ހައްދަ...

ޔުމްނާ ޢަލީ
ށ.އަތޮޅު ރައްޔިތުންގެ ހިތްތަކުގައި ވެސް ބޮޑުތަކުރުފާނުގެ ލޭ ހިނގާނެ: ޝިޔާމް

ށ.އަތޮޅު ރައްޔިތުންގެ ހިތްތަކުގައި ވެސް ބޮޑުތަކުރުފާނުގެ ލޭ ހިނގާނެ: ޝިޔާމް

އައްސުލްޠާން ޣާޒީ މުޙައްމަދު ތަކުރުފާނު އަލް އަޢުޡަމް ސިރީ ސަވާދީއްތަ މަހާރަދުން (އުތީމު ބޮޑުތަކުރުފާނު)ގެ ލޭ ށ. އަތޮޅުގެ ރަށްތަކުގެ ރައްޔިތުންގެ ހިތްތަކުގައި ވެސް ހިނގާނެކަމަށް ށ. އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ޝިޔާމް (ޝިޔާންޓޭ) އިއްޔެ ވިދާޅުވެއްޖެއެވެ. ޝިޔާމް މިފަދައިން ވިދާޅުވީ، މިއަހަރުގެ ޤައުމީ ދުވަސް އަތޮޅު ފެންވަރުގައި ފާހަގަކުރުމަށް ށ.ބިލެތްފަހީގައި އިއްޔެ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. ށ.އަތޮޅުގައި އަތޮޅު ފެންވަރުގައި ޤައުމީ ދުވަސް ފާހަގަކުރުމަކީ އަތޮޅު ކައުންސިލުން ރާ...

ޙުސައިން ޝަހުދީ
ފަހަތުން އަރާ މަޔޯކާ ބަލިކޮށް ރެއާލުން ތިންވަނަ މެޗު ވެސް ކާމިޔާބުކޮށްފި

ފަހަތުން އަރާ މަޔޯކާ ބަލިކޮށް ރެއާލުން ތިންވަނަ މެޗު ވެސް ކާމިޔާބުކޮށްފި

ސްޕެނިޝް ލަލީގާގައި ރޭ ރެއާލް މެޑްރިޑާއި ރެއާލް މަޔޯކާ ބައްދަލުކުރި މެޗުގައި މަޔޯކާއިން ލަނޑެއް ޖަހާފައި ވަނިކޮށް ފަހަތުން އަރާ ދެ ލަނޑު (2-1) ޖަހައިގެން، ރެއާލުން މެޗު ކާމިޔާބު ކޮށްފިއެވެ. މިއީ އައު ސީޒަންގައި ލީގުގައި ރެއާލުން ކުޅުނު ތިންވަނަ މެޗެވެ. ތިން މެޗު ވެސް މޮޅުވެ ރެއާލުން ވަނީ ނުވަ ޕޮއިންޓް ހޯދާފައެވެ. ރޭ މެޗުގައި މަޔޯކާ އިން ލީޑުނެގީ، 18 ވަނަ މިނިޓްގައި މުރީގީ ޖެހި ގޯލުންނެވެ. މިއީ، ޕަބްލޯ ޓޯރޭ ނެގި […]

އިބްރާހިމް ޚަލީލް