މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ނަމާދު ވަގުތު “މަޣްރިބު ނަމާދުގެ ވަގުތު ވަދެއްޖެ” - ނަމާދުކުރުމަށް ހަނދުމަކޮށްދެން!

އެންމެ ފަހުގެ ލިޔުންތައް

39,407 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 383 ވަނަ ޞަފްޙާ

ޑޯޓްމަންޑާއި ޔުވެންޓަސް އެއްވަރު، އާސެނަލްއާއި ޓޮޓްނަމް ފެށީ މޮޅަކުން

ޑޯޓްމަންޑާއި ޔުވެންޓަސް އެއްވަރު، އާސެނަލްއާއި ޓޮޓްނަމް ފެށީ މޮޅަކުން

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ބްރޫޝިއާ ޑޯޓްމަންޑާއި ޔުވެންޓަސް ބައްދަލުކުރި މެޗު އެއްވަރުވިއިރު، އާސެނަލްއާއި ޓޮޓްނަމްއިން ކުޅުނު މެޗުތައް ކާމިޔާބު ކޮށްފިއެވެ. ޔުވެންޓަސްއާއި ޑޯޓްމަންޑް ބައްދަލުކުރި މެޗު ނިމިގެންދިޔައީ 4-4 ގެ ނަތީޖާއިން އެއްވަރުވެގެންނެވެ. މި މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައިނުވި ނަމަވެސް ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ހަތްވަނަ މިނިޓުގައި ޑޯޓްމަންޑްގެ ކަރީމް އަޑެޔޭމީ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފައެވެ. ނަމަވެސް މެޗުގެ 63 ވަނަ މިނިޓުގައި […]

އިބްރާހިމް ޚަލީލް
އިހަވަންދޫ ކައުންސިލުން އެ ރަށު މަސްވެރިންނަށް އައިސް އުފުލުމަށް އުޅަނދެއް ފޯރުކޮށްދެނީ

އިހަވަންދޫ ކައުންސިލުން އެ ރަށު މަސްވެރިންނަށް އައިސް އުފުލުމަށް އުޅަނދެއް ފޯރުކޮށްދެނީ

ހއ. އިހަވަންދޫ އައިސްޕްލާންޓުން މަސްވެރިންނަށް އައިސް އުފުލުމަށްޓަކައި އިހަވަންދޫ ކައުންސިލުގެ ފަރާތުން އުޅަނދެއް ފޯރުކޮށްދިނުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އިހަވަންދޫ ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް އަޙްމަދު ޞަބާހު އެވެ. އަދި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)ގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރ އަޙުމަދު ޒާހިރު އެވެ. އިހަވަންދޫ މަސްވެރިންނަށް ކައުންސިލުން މިވެދިން އެހީ...

އައިޝަތު އައިނީ އާމިރު
ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމު ޤާނޫނަށް ޢަމަލުކުރަން ފަށައިފި

ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމު ޤާނޫނަށް ޢަމަލުކުރަން ފަށައިފި

ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމު ޤާނޫނަށް ރެއިން ފެށިގެން ޢަމަލުކުރަން ފަށައިފިއެވެ. ”ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ބިލު” ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވަނީ 15 ސެޕްޓެންބަރު ވީ ހޯމަ ދުވަހު، ދައުރުން ބޭރުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޚާއްޞަ ޖަލްސާ (5)ގައެވެ. މި ބިލުގައިވާގޮތުން މި ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަސްދީޤުކުރައްވައި، ދިވެހިސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިޢުކުރެއްވުމާއެކު، މި ޤާނޫނަށް ޢަމަލުކުރަން ފަށާނެއެވެ. މިގޮތުން ރައީސް ޑރ. މުޙައްމަދު...

ޔުމްނާ ޢަލީ
އެމްބާޕޭގެ ލަނޑުތަކުން މޮޅުވެ ރެއާލުން ފެށުން ރަނގަޅުކޮށްފި

އެމްބާޕޭގެ ލަނޑުތަކުން މޮޅުވެ ރެއާލުން ފެށުން ރަނގަޅުކޮށްފި

ޔުއެފާ ޗެމްޕިއަންސް ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި ފްރާންސްގެ މާސޭގެ މައްޗަށް ކުރި ހޯދައި، ރެއާލް މެޑްރިޑުން ފެށުން ރަނގަޅުކޮށްފިއެވެ. ރޭ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު ރެއާލުން ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއިންނެވެ. ލިވަޕޫލު ދޫކޮށް މި ސީޒަނަށް ރެއާލާއި ގުޅުނު އާނޯލްޑް ރޭގެ މެޗުގެ ފުރަތަމަ އެގާރާގައި ހިމެނި ނަމަވެސް، މެޗުގެ ތިންވަނަ މިނެޓުގައި އޭނާ ބަދަލުކުރަން ޖެހުނީ ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާއި ގުޅިގެންނެވެ. އޭނާގެ ބަދަލު ކުޅެން ނުކުތީ […]

އިބްރާހިމް ޚަލީލް
ކުޅުދުއްފުށި ސިޓީގައި ކޮމަންވެލްތް ބީޗްހޭންޑް ބޯލް ފެށެން ބާކީ އެއް ދުވަސް، ސިޓީ ކައުންސިލުން ތައްޔާރު

ކުޅުދުއްފުށި ސިޓީގައި ކޮމަންވެލްތް ބީޗްހޭންޑް ބޯލް ފެށެން ބާކީ އެއް ދުވަސް، ސިޓީ ކައުންސިލުން ތައްޔާރު

ކޮމަންވެލްތް ބީޗްހޭންޑް ބޯލް ޗެމްޕިއަންޝިޕް 2025 ފެށެން ބާކީ އެއް ދުވަހަށް ވެފައިވާއިރު، މި މުބާރާތައް ވާ ތައްޔާރީތަކުގެ ތެރެއިން ކުޅުދުއްފުށި ސިޓީ ކައުންސިލުން ރަށުތެރެ ދިއްލާ ޒީނަތްތެރިކޮށްލައިފިއެވެ. މި ސެޕްޓެމްބަރ މަހުގެ 18 އިން 22 އަށް ކުރިއަށް ގެންދާ މި މުބާރާތް ހޯސްޓް ކުރުމުގެ ޝަރަފު ކުޅުދުއްފުއްޓަށް ލިބިފައިވާއިރު، ސިޓީ ކައުންސިލުން ބުނެފައިވަނީ، ކައުންސިލުން ވާ ތައްޔާރީތަކުގެ ތެރޭގައި ކުޅުދުއްފުށީ އައު ބީޗްހޭންޑް ބޯލް އެރީނާގައި ތަރައްޤީކުރަމުންދާ ޕިޗް މިހާރު ވަނީ ތައްޔާރުކޮށްފައިކަމަށެ...

އައިޝަތު އައިނީ އާމިރު
ސީއެސްސީގެ ރައީސްއާއި ނައިބު ރައީސް ކަމުގެ މަޤާމަށް ބޭފުޅުން ޢައްޔަންކުރައްވައިފި

ސީއެސްސީގެ ރައީސްއާއި ނައިބު ރައީސް ކަމުގެ މަޤާމަށް ބޭފުޅުން ޢައްޔަންކުރައްވައިފި

ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ)ގެ އެންމެ އިސް މަޤާމުތަކަށް އައު ބޭފުޅުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ޢައްޔަންކުރައްވައިފިއެވެ. މި ގޮތުން ސީއެސްސީގެ ރައީސްކަމުގެ މަޤާމަށް މުޙައްމަދު މުޖްތާޒް އަދި ނައިބު ރައީސްކަމުގެ މަޤާމަށް މުޙައްމަދު ނާޞިޙް ވަނީ ޢައްޔަންކުރައްވާފައެވެ. ނާސިހަކީ މި ދިޔަ ދައުރުގެ އެ ކޮމިޝަންގެ ރައީސެވެ. އޭނާގެ މަގާމުގެ މުއްދަތު ހަމަވުމާ ގުޅިގެން އަލުން އެ ކޮމިޝަނަށް އައްޔަން ކުރެއްވީ މި މަހުގެ 7 ގައެވެ. ހަނިމާދޫ ދާއިރާގެ 17 ވަނަ […]

ޔުމްނާ ޢަލީ
ކުޅުދުއްފުށީގައި ބާއްވާ ކޮމަންވެލްތް ބީޗްހޭންޑް ބޯލް މުބާރާތުގެ ޕާޓްނަރުންނާއެކު ސޮއިކޮށްފި

ކުޅުދުއްފުށީގައި ބާއްވާ ކޮމަންވެލްތް ބީޗްހޭންޑް ބޯލް މުބާރާތުގެ ޕާޓްނަރުންނާއެކު ސޮއިކޮށްފި

ކުޅުދުއްފުށި ސިޓީގައި މިމަހު 18 ވަނަ ދުވަހު ކުރިއަށްދާ ކޮމަންވެލްތް ބީޗް ހޭންޑްބޯލް މުބާރާތުގެ ޕާޓްނަރުންނާއެކު ހޭންޑްބޯލް އެސޯސިއޭޝަންގެ ފަރާތުން ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން ކުޅުދުއްފުށި ސިޓީގައި މުޅި ޖުމްލަ 8 ފަރާތަކުން ސޮއިކޮށްފައިވާއިރު، މި އެއްބަސްވުމުގައި އެ ފަރާތްތަކާއެކު ހޭންޑްބޯލް އެސޯސިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެސޯސިއޭޝަންގެ ރައީސް އަލްފާޟިލް އަޙުމަދު މުޖުތަބާއެވެ. މިގޮތުން ކޮމަންވެލްތް ބީޗް ހޭންޑްބޯލް މުބާރާތުގެ ޕާޓްނަރުންގެ ތެރޭގައި ކުޅުދުއްފުށީގައި ސޮއިކުރެއްވި ފަ...

އައިޝަތު އައިނީ އާމިރު
ރާއްޖޭގައި ފުރަތަމަ މެޓީރިއަލް ރިކަވަރީ ފެސިލިޓީއެއް ހުޅުވި ސިޓީ އަކަށް ކުޅުދުއްފުށި ސިޓީ

ރާއްޖޭގައި ފުރަތަމަ މެޓީރިއަލް ރިކަވަރީ ފެސިލިޓީއެއް ހުޅުވި ސިޓީ އަކަށް ކުޅުދުއްފުށި ސިޓީ

ކުޅުދުއްފުށި ސިޓީގައި މެޓީރިއަލް ރިކަވަރީ ފެސިލިޓީ (އެމްއާރްއެފް) އެއް ހުޅުވައިފިއެވެ. މިއަދު ހަވީރު މި ފެސިލިޓީ ހުޅުވުމަށް ބޭއްވި ރަސްމިޔާތު ޝަރަފްވެރިކޮށްދެއްވާފައިވަނީ ސައުތް އޭޝިއާ ކޯޕަރޭޓިވް އެންވާރަމެންޓް ޕްރޮގްރާމު (ސަކެޕް) ގެ ޑިރެކްޓަރ ޖެނެރަލް ނޯބޫ ވެންޗަކް އެވެ. އަދި މި ރަސްމިއްޔާތުގައި މޯލްޑިވްސް އޯތެންޓިކް ކްރާފްޓްސް ކޯޕަރޭޓިވްސް ސޮސައިޓީ (މެކްސް) ގެ ޗެއަރޕާސަން އާއި މެކްސް ގެ ޓީމާއި، ކައުންސިލް މެންބަރުންގެ އިތުރުން ވެމްކޯގެ އިސްވެރިންނާއި މުއައްސަސާތަކުގެ އިސްވެރިން ވަނީ ބައިވެރިވެ...

އައިޝަތު އައިނީ އާމިރު
ހއ.އަތޮޅު ކައުންސިލުން ކުރިއަށް ގެންދިޔަ ދަނޑުވެރިކަމުގެ ތަމްރީނު ނިންމާލައިފި

ހއ.އަތޮޅު ކައުންސިލުން ކުރިއަށް ގެންދިޔަ ދަނޑުވެރިކަމުގެ ތަމްރީނު ނިންމާލައިފި

ހއ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ ދަނޑުވެރިކަމުގެ ބޭސިކް ތަމްރީނު ޕްރޮގްރާމު ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މިގޮތުން މި ތަމްރީނު ޕްރޮގްރާމު ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައިވާއިރު، މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާފައިވަނީ ހދ. ހަނިމާދޫ ކައުންސިލްގެ ރައީސް ޢަބްދުއްސައްތާރު ހަސަން އެވެ. އަތޮޅު ކައުންސިލާއެކު، ދަނޑުވެރިކަމާ ދިރޭތަކެއްޗާއި ބެހޭ ވުޒާރާގެ އެހީތެރިކަމާއެކު މި ސެޕްޓެމްބަރ މަހު 13 އިން 15 އަށް ކުރިއަށް ގެންދިޔަ މި ތަމްރީނު ޕްރޮގްރާމު އަމާޒުކޮށްފައިވަނީ...

އައިޝަތު އައިނީ އާމިރު
ހަންނާނުގެ ބިލު މަޖިލީހުގެ ތަޅުމުން ފާސްކޮށްފި

ހަންނާނުގެ ބިލު މަޖިލީހުގެ ތަޅުމުން ފާސްކޮށްފި

ތުޅާދޫ ދާއިރާގެ މިނިވަން މެންބަރު އަބްދުލްހަންނާނު އަބޫބަކުރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ “މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލު” މަޖިލީހުގެ ތަޅުމުން މިރޭ ފާސްކޮށްފިއެވެ. ބައެއް ނޫސްވެރިންނާއި އާންމުން ބިލާ ދެކޮޅަށް އިހްތިޖާޖު ކުރަމުން ދަނިކޮށް ބިލް ފާސްކުރީ 60 މެމްބަރުންގެ ވޯޓުންނެވެ. ނުފެންނަކަމަށް އެއް މެމްބަރަކު ވޯޓުދެއްވިއެވެ. މި ބިލާއި އެއްކޮޅަށް ވެސް ސަރުކާރަށް ތާއީދު ކުރާ ބަޔަކު މިއަދު ވަނީ އިހުތިޖާޖުކޮށްފައެވެ. މި ބިލު މިނިވަން މުއައްސަސާތަކުގެ ކޮމިޓީނ...

ޔުމްނާ ޢަލީ
އަމިއްލަ ފަރާތަކުން ށ.ގޮއިދޫގައި ބިނާކޮށްދޭ މިސްކިތުގެ ބިންގާ އަޅައިފި

އަމިއްލަ ފަރާތަކުން ށ.ގޮއިދޫގައި ބިނާކޮށްދޭ މިސްކިތުގެ ބިންގާ އަޅައިފި

ށ. ގޮއިދޫގައި އަމިއްލަ ފަރާތަކުން ބިނާކޮށްދިނުމަށް ހަމަޖެހިފައިވާ މިސްކިތުގެ ބިންގާ އަޅައިފިއެވެ. މި މިސްކިތުގައި ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި، މިސްކިތު ބިންގާ އަޅުއްވައިދެއްވީ ށ. އަތޮޅު ކައުންސިލުގެ ރައީސް މުޙައްމަދު ޝިޔާމް އާއި ށ. ގޮއިދޫ ކައުންސިލުގެ ރައީސް އިބްރާހީމް ޝާހިދު އެވެ. އަމިއްލަ ފަރާތެއްގެ ހިލޭ އެހިއާއި އެއްބާރުލުމުގެ ދަށުން ގޮއިދޫ ބަނދަރު ސަރަހައްދުގައި ބިނާކުރެވޭ މި މިސްކިތަކީ އެ ރަށުގެ އާބާދީއަށް ބަލާއިރު ޖާގަބޮޑު ޒަމާނީ މިސްކިތެކެވެ. މިއީ 300 މީހުންގެ ޖާގައިގެ މިސްކިތެކެވެ....

އައިޝަތު އައިނީ އާމިރު
މޮޅުނުވިޔަސް އަމޮރިމް ހުރީ ގޮތްދޫކުރާ ގޮތަކަށް ނޫން

މޮޅުނުވިޔަސް އަމޮރިމް ހުރީ ގޮތްދޫކުރާ ގޮތަކަށް ނޫން

މިވަގުތު ބޭނުންވާ ނަތީޖާ ނުހޯދުނު ނަމަވެސް އޭނާ ކުޅުވަން ބޭނުންވާ ގޮތަށް ބަދަލުގެންނަން ނުވުސްނާކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗް ރުބެން އަމޮރިމް ބުނެފިއެވެ. މިދިޔަ ހަފްތާ ބަންދުގައި މެންޗެސްޓާ ސިޓީ އަތުން 3-0 އިން، މެންޗެސްޓާ ޔުނައިޓެޑް ބަލިވި މެޗަށް ފަހު މީޑިއާއާއި ވާހަކަ ދައްކަމުން އަމޮރިމް ބުނީ އޭނާގެ އުސޫލުތައް ބަދަލެއް ނުކުރާނެ ކަމަށާއި ނަމަވެސް ސިސްޓަމް ބަދަލު ކުރަން ވެއްޖެނަމަ އެކަން ކުރާނެ ކަމަށެވެ. އޭނާ އިތުރަށް ބުނީ ކްލަބުން ބަދަލު ގެންނަން ބޭނުންވެއްޖެނަމަ، […]

އިބްރާހިމް ޚަލީލް
އިސްރާއީލުން ޣައްޒާގައި ހިންގަނީ ނަސްލު ނައްތާލުމުގެ ޢަމަލުތަކެއް: އދ.ގެ ކޮމިޝަންގެ ރިޕޯޓު

އިސްރާއީލުން ޣައްޒާގައި ހިންގަނީ ނަސްލު ނައްތާލުމުގެ ޢަމަލުތަކެއް: އދ.ގެ ކޮމިޝަންގެ ރިޕޯޓު

އިސްރާއީލުން ޣައްޒާގައި ހިންގަމުންދަނީ ނަސްލު ނައްތާލުމުގެ ޢަމަލުތަކެއްކަމަށް އެކަން ދިރާސާކުރުމަށްފަހު އދ. ގެ މުސްތަޤިއްލު ތަޙުޤީޤު ކޮމިޝަނުން ނެރުނު ރިޕޯޓުގައި ބުނެފިއެވެ. ދެ އަހަރާ ގާތްކުރާ މުއްދަތެއްގައި ހިނގަމުންދާ މި ހަނގުރާމައާ ގުޅިގެން އދ. ގެ ފަރާތަކުން މިފަދަ ނިންމުމަކަށް އައިސްފައިމިވަނީ، މިއީ މިހާތަނަށް އައި އެންމެ މުހިންމު ނިންމުމެއްގެ ގޮތުގައެވެ. މި ރިޕޯޓަކީ އދ. ގެ އިންސާނީ ޙައްޤުތަކާބެހޭ ކައުންސިލުން އައްޔަންކުރި މިނިވަން ތިން މާހިރުންގެ ޓީމަކުން އެކުލަވާލި ރިޕޯޓެކެވެ. މި ކޮމިޝަނުގ...

ޔުމްނާ ޢަލީ
ހޯރަފުށި، ނޮޅިވަރަންފަރު، ހަނިމާދޫ ހިމެނޭހެން 7 ރަށެއްގެ މިސްކިތްތަކަށް މުސްޙަފް

ހޯރަފުށި، ނޮޅިވަރަންފަރު، ހަނިމާދޫ ހިމެނޭހެން 7 ރަށެއްގެ މިސްކިތްތަކަށް މުސްޙަފް

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ރާއްޖޭގެ އެކި ރަށްރަށުގެ މިސްކިތްތަކަށް މުސްޙަފް ހަދިޔާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، އިތުރު 7 ރަށެއްގެ މިސްކިތްތަކަށް މުސްޙަފް ހަދިޔާކުރުމުގެ އެއްބަސްވުމުގައި އިއްޔެ ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އެ ވުޒާރާގެ ޕާމަނަންޓް ސެކްރެޓަރީ އަޙްމަދު އަދީލްއެވެ. މި މަސައްކަތް ކުރިއަށް ގެންދިއުމަށް ހަވާލުކޮށްފައިވަނީ އުއްމީދު ޖަމިއްޔާއާއެވެ. މި އެއްބަސްވުމުގެ ދަށުން މުސްޙަފް ހަދިޔާކުރާނެ ރަށްތަކުގ...

ޔުމްނާ ޢަލީ
ބައިނަލްއަގްވާމީ ކުޅިވަރުތަކުން އިސްރާއީލް އެކަހެރިކުރުމަށް ސްޕޭންގެ ބޮޑުވަޒީރު ގޮވައިލައްވައިފި

ބައިނަލްއަގްވާމީ ކުޅިވަރުތަކުން އިސްރާއީލް އެކަހެރިކުރުމަށް ސްޕޭންގެ ބޮޑުވަޒީރު ގޮވައިލައްވައިފި

ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ ޢަމަލުތަކާ ގުޅިގެން، ބައިނަލްއަޤްވާމީ ކުޅިވަރުތަކުން އިސްރާއީލު އެކަހެރިކުރުމަށް ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސާންޗެޒް ގޮވާލައްވައިފިއެވެ. އޭނާ މި ގޮވާލެއްވީ އޭނާގެ ސޯޝަލިސްޓް ވޯކަރސް ޕާޓީގެ އިންތިޚާބުވެފައިވާ މަންދޫބުންނާ މުޚާޠަބުކުރައްވަމުންނެވެ. ބޮޑުވަޒީރު ސާންޗެޒް ވިދާޅުވީ، އިސްރާއީލަށް އެ ޤައުމުގެ އިމޭޖް ސާފުކުރުމަށް އެއްވެސް ބައިނަލްއަޤްވާމީ މަންސަބެއް ބޭނުންކުރުމުގެ ފުރުޞަތު ދީގެން ނުވާނެ ކަމަށެވެ. އަދި 2022 ވަނަ އަހަރު ޔޫކްރެއިންއަށް ރޫސީ ސ...

ނާޒިމާ އަލީ
ރައީސް ގަތަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައި ރާއްޖެ ވަޑައިގެންފި

ރައީސް ގަތަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައި ރާއްޖެ ވަޑައިގެންފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޤަޠަރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ރާއްޖެ ވަޑައިގެންފިއެވެ. ރައީސްގެ މި ދަތުރުފުޅަކީ ގަތަރުގެ ވެރިރަށް ދޯހާގައި އިއްޔެ ކުރިއަށް ދިޔަ އެއް ދުވަހުގެ ޢަރަބި އިސްލާމީ ޤައުމުތަކުގެ ކުއްލި ސަމިޓުގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރެއްވި ދަތުރުފުޅެކެވެ. މި ސަމިޓުގައި އެމަނިކުފާނު ތަޤްރީރުކުރަށްވާފައިވާއިރު، އެ ތަޤްރީރުގައި، އިސްރާއީލުން ޤަޠަރަށް ދިން ހަމަލާއަކީ އިންސާނިއްޔަތާ ދެކޮޅު ޖަރީމާއެއް ކަމަށާއި، އެއީ ސީދާ ސުލްޙައަށް ދިން ހަމަލާއެއްކަމުގައި...

ޔުމްނާ ޢަލީ
މިލަންދޫގައި މީހުން އާބާދުވިތާ 25 އަހަރު: ކެޕްސޫލް ވަޅުލުމުގެ ހަރަކާތް ބާއްވައިފި

މިލަންދޫގައި މީހުން އާބާދުވިތާ 25 އަހަރު: ކެޕްސޫލް ވަޅުލުމުގެ ހަރަކާތް ބާއްވައިފި

ށ. މިލަންދޫގައި މީހުން އާބާދުވިތާ 25 އަހަރު ފާހަގަކުރުމުގެ ގޮތުން ވަޅުލަން ނިންމި “ޓައިމް ކެޕްސޫލް” މިއަދު ވަޅުލައިފިއެވެ. މިލަންދޫ ކައުންސިލުން މި ކެޕްސޫލަށް އެޅުމަށް ހުޅުވާލީ މީގެ 25 އަހަރު ފަހުން މިލަންދޫ އޮންނާނެގޮތުގެ ތަސައްވުރު ހިމެނޭ ލިޔުމާއި ފޮޓެވެ. މި މަހުގެ 14 އަދި 15 ވަނަ ދުވަހު މި ކެޕްސޫލަށް ލިޔުމާއި ފޮޓޯ އެޅުމަށް ފުރުސަތު ހުޅުވާލައި އެ ފުރުސަތު މިލަންދޫ ކައުންސިލުން ވަނީ ރޭ 10:00 އާއި ހަމައަށް ރައްޔިތުންނަށް ދީފައެވެ. އެއަށްފަހު […]

ޔުމްނާ ޢަލީ
ލަފާކުރިވަރަށް ވުރެ އަވަހަށް ބެލިންހަމް ކުޅުމުގެތެރެއަށް

ލަފާކުރިވަރަށް ވުރެ އަވަހަށް ބެލިންހަމް ކުޅުމުގެތެރެއަށް

ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ އިނގިރޭސި މިޑްފީލްޑަރ ޖޫޑް ބެލިންހަމްގެ ކޮނޑުހުޅުގެ ސާޖަރީއަށްފަހު ލަފާކުރިވަރަށް ވުރެ އަވަހަށް ކުޅުމުގެ ތެރެއަށް އަތުވެއްޖެއެވެ. ވައަތު ކޮނޑުހުޅަށް ލިބުނު އަނިޔާއަކާއި ގުޅިގެން ފާއިތުވި ސީޒަންގެ ބޮޑުބައި އޭނާ ކުޅުނީ ކޮނޑުގައި ގާޑު އަޅުވައިގެންނެވެ. އެ ސީޒަން ނިންމުމަށްފަހު، އޭނާގެ ކޮނޑުގެ ސާޖަރީއެއް ހަދާފައިވަނީ މި އަހަރުގެ ޖުލައި މަހުގެ 16 ވަނަ ދުވަހުއެވެ. ސާޖަރީއަށްފަހު އޭނާއަށް ކުޅުމުގެ ތެރެއަށް އާދެވޭނީ ތިން މަސް ނުވަތަ ހަތަރު މަސް ފަހުންކަމަށް އޮތީ […]

އިބްރާހިމް ޚަލީލް