މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ގއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (19:30 އިން 23:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު Over the country އަށް (19:00 އިން 01:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

އެންމެ ފަހުގެ ލިޔުންތައް

39,383 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 269 ވަނަ ޞަފްޙާ

އެމެރިކާއިން ދިން މުހުލަތަށް އީރާންގެ ޖަވާބު: ބޯ ގުދެއް ނުކުރާނަން

އެމެރިކާއިން ދިން މުހުލަތަށް އީރާންގެ ޖަވާބު: ބޯ ގުދެއް ނުކުރާނަން

އީރާނުގެ ނިއުކްލިއަރ މަޝްރޫޢާ ގުޅޭގޮތުން އެމެރިކާ އާއި އީރާނާ ދެމެދު އޮތް ނުތަނަވަސްކަން އިންތިހާއަށް ބޮޑުވެ، ބޮޑު ހަނގުރާމައެއްގެ ބިރުވެރިކަން އިތުރުވެފައިވާކަމަށް ރިޕޯޓްތައް ބުނެފިއެވެ. 2026 ފެބްރުއަރީ މަހުގެ ފަހުކޮޅު މަސްރަޙު ނުހަނު ނާޒުކުވެފައިވާ މި ދަނޑިވަޅުގައި، ދެ ޤައުމުގެ ދެމެދުގައި ބަހުގެ ހަމަލާތައް ވަނީ ވަރުގަދަވެފައެވެ. ރިޕޯޓްތައް ބުނާގޮތުގައި އެމެރިކާއިން މިހާރު އީރާނަށް ވަނީ ނިއުކްލިއަރ އެއްބަސް ވުމަކަށް އައުމަށް ނޫނީ ހަނގުރާމަ ދިޔުމަށް 48 ގަޑިއިރުގެ މުހުލަތެއް ދީފައެވެ. އެއިގެ ކުރި...

ނާޒިމާ އަލީ
މަކުނުދޫ ކައުންސިލްގެ ސުޕީރިއަރ އެކްސަލެންސް އެވޯޑް ނާޒްނީން އަށް، އިނާމެއްގެ ގޮތުގައި އިންޑިއާ ދަތުރެއް

މަކުނުދޫ ކައުންސިލްގެ ސުޕީރިއަރ އެކްސަލެންސް އެވޯޑް ނާޒްނީން އަށް، އިނާމެއްގެ ގޮތުގައި އިންޑިއާ ދަތުރެއް

ހދ. މަކުނުދޫ ކައުންސިލްގެ “ސުޕީރިއަރ އެކްސަލެންސް އެވޯޑް 2025” އެ ކައުންސިލްގެ އެސޯސިއޭޓް ކައުންސިލް އޮފިސަރ ނާޒްނީން އަބްދުލް އަލީމަށް ލިބިއްޖެއެވެ. ނާޒްނީން އަށް މި އެވޯޑް ދީފައި ވަނީ އެ ކައުންސިލްގެ މުވައްޒަފުންގެ އަގުވަޒަންކުރުމަށް ބޭއްވި “ސްޓާފް އެންޑް އެވޯޑް ނައިޓް 2026” ގައެވެ. މަކުނުދޫ ކައުންސިލުން މައުލޫމާތު ހާމަކޮށްފައިވާ ގޮތުގައި، މިއީ އެޑްމިން ސްޓާފުންގެ ތެރެއިން މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމު ނުވަތަ ޕާފޯމަންސް އެޕްރައިޒަލުން މުޅި އަހަރު ދުވަހު އެންމެ މަތީ ނަތީޖާއެއް […]

ޔުމްނާ ޢަލީ
ފަލަސްތީނުން ފެންނަނީ ސާބިތުކަމާއި ވަރުގަދަ އީމާންތެރިކަމުގެ ނަމޫނާ

ފަލަސްތީނުން ފެންނަނީ ސާބިތުކަމާއި ވަރުގަދަ އީމާންތެރިކަމުގެ ނަމޫނާ

މި މަންޒަރުން ހާމަވަނީ އިސްރާއީލުގެ ރަހުމުކުޑަ ހަމަލާތަކުގެ ސަބަބުން ކުރިމަތިވެފައިވާ ނިކަމެތިކަމާއި ދަތި އުނދަގޫ ހާލަތުގައިވެސް، ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންގެ ހިތްތަކުގައިވާ ސާބިތުކަމާއި ނުގުޑާފަދަ ވަރުގަދަ އީމާންތެރިކަމެވެ. ދެކުނު ޣައްޒާގެ ޚާން ޔޫނިސްގައި ހުންނަ އަލް-ޙަބީބު މުޙައްމަދު މިސްކިތް، އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން ސުންނާފަތިކޮށްލާފައިވީ ނަމަވެސް، އެ މިސްކިތުގެ ކުނިބުނިތަކުގެ ތެރޭގައި ތިބެ ކުޑަކުދިން ކީރިތި ޤުރުއާން ކިޔަވަމުންދާ މަންޒަރަކީ ހިތްތަކަށް ނުހަނު އަސަރުކުރުވާ މަ...

ނާޒިމާ އަލީ
ހުކުރު ދުވަހު ވެސް ތެލަސީމިއާ ސެންޓަރުން ލޭ އެޅުމުގެ ޚިދުމަތް ދޭން ފަށައިފި

ހުކުރު ދުވަހު ވެސް ތެލަސީމިއާ ސެންޓަރުން ލޭ އެޅުމުގެ ޚިދުމަތް ދޭން ފަށައިފި

މިދިޔަ ހުކުރު ދުވަހުން ފެށިގެން ތެލަސީމިއާ ސެންޓަރު ހުޅުވައި، ލޭ އެޅުމުގެ ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިޢުލާނު ކުރައްވައިފިއެވެ. މިއީ އެ ސެންޓަރުގެ 31 އަހަރުވީ ތާރީޚުގައި ހުކުރު ދުވަހަކު ރަސްމީކޮށް ޚިދުމަތް ދޭން ފެށި ފުރަތަމަ ފަހަރެވެ. ރައީސުލްޖުމްހޫރިއްޔާ މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، 29 ޑިސެމްބަރ 1994 ގައި ތެލަސީމިއާ ސެންޓަރު ހުޅުވި ފަހުން ވޭތުވެދިޔަ ދިގު މުއްދަތުގައި ހުކުރު ދުވަހަކު އެ ސެންޓަރު […]

ޔުމްނާ ޢަލީ
''އިޢާދަކުރުވަނިވި ހަކަތައިން ކަރަންޓު އުފައްދާ މިންވަރު މަތިކޮށް، އިޤްތިޞާދަށް ހެޔޮ ބަދަލެއް ގެނަސްދޭނަން''

''އިޢާދަކުރުވަނިވި ހަކަތައިން ކަރަންޓު އުފައްދާ މިންވަރު މަތިކޮށް، އިޤްތިޞާދަށް ހެޔޮ ބަދަލެއް ގެނަސްދޭނަން''

އިޢާދަކުރުވަނިވި ހަކަތައިން ކަރަންޓު އުފައްދާ މިންވަރު 33 އިންސައްތައަށް މަތިކުރުމުގެ ލަނޑުދަނޑި ޙާޞިލްކޮށް، ރާއްޖޭގެ އިޤްތިޞާދަށް ހެޔޮ ބަދަލެއް ގެނަސްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ހަކަތައިގެ ދުވަހުގެ މުނާސަބަތުގައި މީސްމީޑިއާ މެދުވެރިކޮށް ފޮނުއްވި މެސެޖެއްގައެވެ. މި މެސެޖުގައި ރައީސް ވަނީ ތިމާވެށި ޙިމާޔަތްކުރުމާއި ހަކަތައިގެ ދާއިރާއިން ސަރުކާރުން ގެންގުޅުއްވާ ތަޞައްވުރު ހާމަކުރައްވާފައެވެ. ރައީ...

ޔުމްނާ ޢަލީ
އަޒަރުބައިޖާނު ދަތުރަކާއެކު މަކުނުދޫ ކައުންސިލްގެ ވިޒިނަރީ އެމްޕްލޯއީ އެވޯޑް ޔާމީނަށް

އަޒަރުބައިޖާނު ދަތުރަކާއެކު މަކުނުދޫ ކައުންސިލްގެ ވިޒިނަރީ އެމްޕްލޯއީ އެވޯޑް ޔާމީނަށް

ހދ. މަކުނުދޫ ކައުންސިލްގެ މުވައްޒަފުންގެ އަގުވަޒަންކުރުމަށް ބޭއްވި “ސްޓާފް އެންޑް އެވޯޑް ނައިޓް 2026” ގައި، އެ ކައުންސިލްގެ އެންމެ ޝަރަފުވެރި އެއް އެވޯޑް ކަމަށްވާ “ވިޒިނަރީ އެމްޕްލޯއީ އެވޯޑް 2025” އެސޯސިއޭޓް ކައުންސިލް އޮފިސަރ ޔާމީން އަބްދުލް ލަތީފް ހާސިލުކޮށްފިއެވެ. މަކުނުދޫ، ޕާލް، ޔާމީން އަބްދުލް ލަތީފަށް މި އެވޯޑާއެކު އިނާމެއްގެ ގޮތުގައި ލިބިފައިވަނީ ހެޔޮއެދޭ ފަރާތަކުން ސްޕޮންސަރ ކޮށްފައިވާ އަޒަރުބައިޖާންގެ ދެކޮޅު ޓިކެޓާއި ފަސް ދުވަހުގެ ހުރުމުގެ ވައުޗަރެކެވެ. މި އެވޯޑަކީ ކައުންސިލްގެ މުވައްޒަ...

ޔުމްނާ ޢަލީ
ބޭހަށް ބޭރަށް ދާ މީހުންނަށް ބީއެމްއެލް އެޕް މެދުވެރިކޮށް ޑޮލަރަށް އެދެވޭނެ ފަސޭހަ ފީޗާއެއް

ބޭހަށް ބޭރަށް ދާ މީހުންނަށް ބީއެމްއެލް އެޕް މެދުވެރިކޮށް ޑޮލަރަށް އެދެވޭނެ ފަސޭހަ ފީޗާއެއް

ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ދަތުރުކުރާ ފަރާތްތަކަށް ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މޮބައިލް އެޕް މެދުވެރިކޮށް ފަސޭހަކަމާއެކު ޑޮލަރަށް އެދި ހުށަހެޅޭނެ އާ ފީޗާއެއް އެ ބޭންކުން މިއަދު ތައާރަފުކޮށްފިއެވެ. މި ޚިދުމަތާއެކު ކަސްޓަމަރުންނަށް އެޕް މެދުވެރިކޮށް ޑޮލަރު ގަތުމަށް ބޭނުންވާ ލިޔެކިޔުންތައް ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. ބީއެމްއެލުން ބުނި ގޮތުގައި މި އާ ފީޗާގެ ސަބަބުން ޑޮލަރަށް އެދި ހުށަހަޅާ އެޕްލިކޭޝަންގެ ސްޓޭޓަސްވެސް ކަސްޓަމަރުންނަށް ވަގުތުން ބަލައިލެވ...

ޔުމްނާ ޢަލީ
ށ.ގޮއިދޫގެ ދަނޑުވެރިން އުފައްދާފައިވާ ސެޓިފައިޑް ބާވަތްތައް ބާޒާރަށް ނެރެފި

ށ.ގޮއިދޫގެ ދަނޑުވެރިން އުފައްދާފައިވާ ސެޓިފައިޑް ބާވަތްތައް ބާޒާރަށް ނެރެފި

ށ. ގޮއިދޫގެ ދަނޑުވެރިން އުފައްދާފައިވާ ‘މޯލްޑިވްސް ގުޑް އެގްރިކަލްޗަރަލް ޕްރެކްޓިސަސް’ (އެމްގެޕް) ސެޓިފައިޑް ދަނޑުވެރިކަމުގެ ބާވަތްތައް، މާލޭގެ ދަނޑުވެރިންގެ ބާޒާރަށް ނެރެ، އާންމުންނަށް ލިބޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ. ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި، މި އުފެއްދުންތައް މިހާރު މާލޭ ނޯތު ހާބަރުގެ ދަނޑުވެރިންގެ ބާޒާރުން ލިބެން ހުންނާނެއެވެ. މި އުފެއްދުންތަކަކީ ދަނޑުވެރިކަމުގެ ރަނގަޅު އުސޫލުތަކަށް އިސްކަންދީގެން، ކާބޯތަކެތީގެ ރައްކާތެރިކަމާއި މަތީ ފެންވަރު ކަށަވަރުކޮށްފައިވާ ތަކ...

ޔުމްނާ ޢަލީ
"ހޮލިޑޭ ކަޕް 2026": ނައިވާދޫގެ އާ ފުޓްސަލް ޖީލެއް ބިނާކުރުމުގެ ފޯރި ގަދަވަނީ

"ހޮލިޑޭ ކަޕް 2026": ނައިވާދޫގެ އާ ފުޓްސަލް ޖީލެއް ބިނާކުރުމުގެ ފޯރި ގަދަވަނީ

ނައިވާދޫ ޓްރޭނާސް ސްޕޯޓްސް ކުލަބުން އިންތިޒާމުކޮށްގެން ހުޅުމާލޭގައި ބާއްވާ ކުޑަކުދިންގެ ފުޓްސަލް މުބާރާތް “ހޮލިޑޭ ކަޕް 2026” ގެ ތައްޔާރީތައް ބާރަށް ކުރިއަށްދާއިރު، މިދިޔަ އަހަރަށްވުރެ މިއަހަރުގެ ތަރުހީބު ބޮޑުވެ، މުބާރާތުގެ ފޯރި ގަދަވެއްޖެއެވެ. ގްރޭޓަރ މާލޭ ސަރަހައްދުގައި ދިރިއުޅޭ ނައިވާދޫގެ ކުޑަކުދިންނަށް ހާއްސަކޮށްގެން ބާއްވާ މި މުބާރާތް އޮންނާނީ އަންނަ އޭޕްރީލް މަހުގެ 11 އަދި 18 ވަނަ ދުވަހު ހުޅުމާލޭ ތްރީޓޮޕް ފުޓްސަލް ދަނޑުގައެވެ. މުބާރާތުގެ މެނޭޖަރ އަދި ކުލަބުގެ ހިނގާ ކޮމިޓީގެ ލަފާދޭ […]

Thiladhun
ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތަށް ބަދަލުކުރި އުޅަނދުތައް އަލުން 'އޭ ޒޯން' އަށް

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތަށް ބަދަލުކުރި އުޅަނދުތައް އަލުން 'އޭ ޒޯން' އަށް

މާލޭގެ ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތަށްޓަކައި އެހެން ސަރަހައްދުތަކަށް ބަދަލުކުރި އުޅަނދުތައް، އަލުން މާލޭ ނޯތު ހާބަރުގެ ‘އޭ ޒޯން’ އަށް ބަދަލުކޮށްފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ރޭ ބުނެފިއެވެ. ބޮޑުތަކުރުފާނު މަގު ފުޅާކޮށް ތާރުއަޅައިގެން ތަރައްޤީކުރުމުގެ މަސައްކަތަށް ނޯތު ހާބަރު ބަންދުކުރީ މީގެ ދެ މަސް ކުރިންނެވެ. އެމްޕީއެލުން ބުނީ ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތް ކުރުމަށްޓަކައި އެމް.އެމް.އޭ ސަރަހައްދާއި ހުޅުމާލެ ޕެޓްރޯލް ޖެޓީއަށް ވަގުތީ ގ...

ޔުމްނާ ޢަލީ
ޖަރުމަނުގެ ފްރޭންކްފާޓް ވެސް ރޯދަމަހަށް މަރުހަބާގެ މެސެޖުތަކުން ދިއްލާލާފައި

ޖަރުމަނުގެ ފްރޭންކްފާޓް ވެސް ރޯދަމަހަށް މަރުހަބާގެ މެސެޖުތަކުން ދިއްލާލާފައި

ޖަރުމަނުވިލާތުގެ ފްރޭންކްފާޓް ސިޓީގައި 2026 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަސް ފެށުމުގެ މުނާސަބަތުގައި، އެ ސިޓީގެ މަގުތައް ރަމަޟާން މަހުގެ ޚާއްޞަ ބައްތިތަކުން ވަނީ ދިއްލާލައިފައެވެ. މިއީ އެ ސިޓީގައި އޮތް އެކުވެރިކަމާއި، ތަފާތު ސަގާފަތްތަކަށް އިހުތިރާމްކުރުން ދައްކުވައިދޭ ނަމޫނާ ހަރަކާތެކެވެ. މިގޮތަށް މަގުތައް ޒީނަތްތެރިކުރާތާ މިއީ ވިދިވިދިގެން ތިންވަނަ އަހަރެވެ. މި ބައްތިތައް ހަރުކޮށްފައިވަނީ ކެފޭތަކާއި ރެސްޓޯރެންޓްތަކުން ފުރިފައިވާ، އާންމުންގެ މެދުގައި މަގުބޫލު ‘ގްރޯސޭ ބޮކެންހައިމާ ސްޓްރާ...

ނާޒިމާ އަލީ
އަލްޖީރިއާގެ ލޯފަން ކުއްޖެއްގެ ހިތްގައިމު ގުރުއާން ކިޔެވުމުން ގިނަ ބައެއްގެ ލޮލުން ކަރުނަ

އަލްޖީރިއާގެ ލޯފަން ކުއްޖެއްގެ ހިތްގައިމު ގުރުއާން ކިޔެވުމުން ގިނަ ބައެއްގެ ލޮލުން ކަރުނަ

އަލްޖީރިއާގެ މަސްޖިދުއް ތައްޔިބުލް އަޤަބީގައި ލޯފަން ކުޑަކުއްޖަކު ނުހަނު އަސަރާއެކު ކީރިތި ގުރުއާން ކިޔަވަމުންދާ މަންޒަރު ފެންނަ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި އާންމުވެ، ގިނަ ބައެއްގެ ސަމާލުކަން އެކަމަށް ހުއްޓިއްޖެއެވެ. ދާދި ފަހުން އާންމުވި މި ވީޑިއޯތަކުން ފެންނަ ގޮތުގައި، އެ ކުއްޖާގެ ހިތްގައިމު އަޑުން ގުރުއާން ކިޔަވަމުންދާއިރު، އެ ރީތި ކިޔެވުން އެހުމަށްޓަކައި ގިނަ އަދަދެއްގެ މީހުން ވަނީ އެ މިސްކިތަށް އެއްވެފައެވެ. ބްރައިލް ގުރުއާން ބޭނުންކޮށްގެން އެ ކުއްޖާ ކުރަމުންދިޔަ ރޫހާނީ ކިޔެވުމުގެ ސަބަބުނ...

ނާޒިމާ އަލީ
ތިން ކިލޯއަށް ވުރެ ގިނަ ޑްރަގާއެކު ދެ މީހަކު ހައްޔަރުކޮށްފި

ތިން ކިލޯއަށް ވުރެ ގިނަ ޑްރަގާއެކު ދެ މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތި ގެންގުޅެ، އޭގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި، ތިން ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެ ދެ މީހަކު ހައްޔަރުކޮށްފިއެވެ. މި އޮޕަރޭޝަނަކީ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. 2026 ފެބްރުއަރީ 21 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި ދެ އުޅަނދެއް ބަލައި ފާސްކޮށްފައިވެއެވެ. ފުލުހުން ބުނި ގޮތުގައި އެ އުޅަނދުތައް ބަލައި ފާސްކުރިއިރު، މަސްތުވާ...

ޔުމްނާ ޢަލީ
ގެއްލިގެން ހޯދަމުންދިޔަ އިމްތިޔާޒް ފެނިއްޖެ

ގެއްލިގެން ހޯދަމުންދިޔަ އިމްތިޔާޒް ފެނިއްޖެ

ގެއްލިގެން ހޯދަމުންދިޔަ ހ. ފެވަރިޓްވިލާ، މާލެ، އިބްރާހީމް އިމްތިޔާޒް ޢަލީ (30އ) މިރޭގެ ވަގުތެއްގައި އަމިއްލައަށް ފުލުހުންގެ އިދާރާއަށް ހާޒިރުވެއްޖެއެވެ. ފުލުހުން މައުލޫމާތު ދޭ ގޮތުގައި އޭނާގެ ހާލު ރަނގަޅެވެ. އިބްރާހީމް އިމްތިޔާޒް ޢަލީ ގެއްލިގެން އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ 2026 ފެބްރުއަރީ 17 ވަނަ ދުވަހުގެ ހަވީރު 17:15 އެހައިކަންހާއިރުއެވެ. އޭނާ އެންމެ ފަހުން ފެނިފައިވަނީ 2026 ފެބްރުއަރީ 13 ވީ ހުކުރު ދުވަހުގެ މެންދުރު 12:00 އާއި 13:00 އާ ދެމެދުގެ ވަގުތެއްގައި […]

ޔުމްނާ ޢަލީ
ނައިވާދޫގެ "ސުޕަރ ސަޕޯޓަރ" އަބްދުﷲގެ އަގު ވަޒަންކޮށްފި

ނައިވާދޫގެ "ސުޕަރ ސަޕޯޓަރ" އަބްދުﷲގެ އަގު ވަޒަންކޮށްފި

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ވޭތުވެދިޔަ 8 މުބާރާތުގައިވެސް ނައިވާދޫ ޓީމަށް ކެނޑިނޭޅި ސަޕޯޓްކުރަމުން އަންނަ ކުޅުދުއްފުށި ސިޓީއަށް އުފަން އަބްދުﷲ މުޙައްމަދުގެ އިޚުލާޞްތެރި ސަޕޯޓުގެ އަގު، ނައިވާދޫ ޓްރޭނާރސް ސްޕޯޓްސް ކުލަބުން މިއަދު ވަޒަންކޮށްފިއެވެ. ޢަބުދުﷲގެ އަގުވަޒަން ކުރަމުން ނައިވާދޫ ޓްރެއިނާސް އިން ބުނީ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ނައިވާދޫ ޓީމުން ހޯދަމުންދާ ކާމިޔާބީތަކުގެ ފަހަތުގައި އޮތް އެންމެ ބޮޑު އެއް ބާރަކީ އެ ޓީމުގެ ސަޕޯޓަރުންކަމަށެވެ. އަބްދުﷲ މުޙައްމަދަކީ ކުޅުދުއްފުށި ސިޓީއަށް ނިސްބަތ...

ޝިއުނާ އާދަމް
ރަސްމީ ރިޒާވާއި ބޭނުންކުރެވޭ ރިޒާވަށް ހެޔޮ ބަދަލެއް

ރަސްމީ ރިޒާވާއި ބޭނުންކުރެވޭ ރިޒާވަށް ހެޔޮ ބަދަލެއް

މިއަހަރުގެ ޖަނަވަރީ މަހުގެ ނިޔަލަށް ރާއްޖޭގެ ރަސްމީ ރިޒާވާއި ބޭނުންކުރެވޭ ރިޒާވަށް ބޮޑު ކުރިއެރުމެއް ލިބިފައިވާކަން މަރުކަޒީ ބޭންކު (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ ފަހުގެ ތާރީޚެއްގައި ރާއްޖޭގެ ރަސްމީ ރިޒާވް ބިލިޔަނަކަށް ވުރެ މަތިވި ފުރަތަމަ ފަހަރެވެ. އެމްއެމްއޭގެ ހިސާބުތަކުން ދައްކާގޮތުގައި ރަސްމީ ރިޒާވް މިހާރު ވަނީ 1.03 ބިލިޔަން ޑޮލަރަށް އަރާފައެވެ. މިއީ މިދިޔަ އަހަރުގެ ނިޔަލަށް ހުރި 983.04 މިލިޔަން ޑޮލަރާ އަޅާބަލާއިރު 4 އިންސައްތައިގެ ކުރިއެރުމެކެވެ. މީގެ އިތުރުން، ވަގު...

ޔުމްނާ ޢަލީ
ރަހީނުކޮށްފައި ހުރި މީހަކު ސަލާމަތްކޮށް ތުހުމަތުގައި ވަގަށް އުޅޭ ބިދޭސީއަކު ހައްޔަރު

ރަހީނުކޮށްފައި ހުރި މީހަކު ސަލާމަތްކޮށް ތުހުމަތުގައި ވަގަށް އުޅޭ ބިދޭސީއަކު ހައްޔަރު

ހުއްދަނޫން ގޮތުގައި މީހަކު ހިފަހައްޓާފައިވާ މައްސަލައެއްގައި، ރަހީނުކޮށްފައި ހުރި މީހަކު ސަލާމަތްކޮށް އެ މައްސަލައިގެ ތުހުމަތުގައި ބިދޭސީއަކު ފުލުހުން ހައްޔަރުކޮށްފިއެވެ. މި ހާދިސާ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ 19 ފެބްރުއަރީ 2026 ވަނަ ދުވަހުގެ ރޭ ދަންވަރު 01:22 އެހައިކަންހާއިރުއެވެ. ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން އެ އިދާރާއިން ކުރި ތަހުގީގުގެ ތެރެއިން، ރަހީނުކޮށްފައި ހުރި މީހާ މާލޭގައި ހުރި ތަން ވަނީ ދެނެގަނެފައެވެ. ފުލުހުން އެތަނަށް ބާރުގެ ބޭނުންކޮށްގެން ވަދެ، ހިފަހައްޓާފައި ހުރި މީހާ...

ޔުމްނާ ޢަލީ
ދިއްދޫގައި ޙާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކެއް ހިމެނޭ އާއިލާއަކަށް އުފާވެރިކަން

ދިއްދޫގައި ޙާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކެއް ހިމެނޭ އާއިލާއަކަށް އުފާވެރިކަން

ހއ. ދިއްދޫގައި ޙާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކެއް ހިމެނޭ އާއިލާއެއްގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކުރުމަށްޓަކައި އެ އާއިލާ ދިރިއުޅޭ ގެ މަރާމާތުކުރުމުގެ މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މި އޯގާތެރި މަސައްކަތަކީ “ދި ފައުންޑޭޝަން” އާއި “އެހީ ޖަމިއްޔާ” ގެ އިތުރުން ދިއްދޫގެ ދީލަތި އެހީތެރިންގެ ބުރަ މަސައްކަތުން ކުރިއަށް ގެންދިޔަ މަޝްރޫޢެކެވެ. ދި ފައުންޑޭޝަނުން ބުނިގޮތުގައި މި މަޝްރޫޢުގެ ދަށުން ދިއްދޫގެ ޕޫލްރަސަމް ގޭގެ އާބާތުރަ ފިލުވުމަށް ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. އެގޮތުން...

ޔުމްނާ ޢަލީ