މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (13:30 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

އެންމެ ފަހުގެ ލިޔުންތައް

39,381 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 236 ވަނަ ޞަފްޙާ

ބަދަލު ހިފުމުގެ ހަމަލާ އަމާޒުވެދާނެ ސަރަހައްދީ ބްރިޖުތަކުގެ ލިސްޓެއް އީރާނުން އާންމުކޮށްފި

ބަދަލު ހިފުމުގެ ހަމަލާ އަމާޒުވެދާނެ ސަރަހައްދީ ބްރިޖުތަކުގެ ލިސްޓެއް އީރާނުން އާންމުކޮށްފި

އެމެރިކާ އާއި އިސްރާއީލުން އީރާނުގެ އުތުރުގެ ސިޓީއެއް ކަމަށްވާ ކަރަޖްގެ މުހިންމު ބްރިޖަކަށް ދިން ހަމަލާއަށް “ބަދަލުހިފުމުގެ” އިޝާރާތެއްގެ ގޮތުން، އީރާނުގެ މީޑިއާތަކުން ބުރާސްފަތި ދުވަހު ސަރަހައްދީ ބޮޑެތި ބްރިޖުތަކުގެ ލިސްޓެއް އާންމުކޮށްފިއެވެ. އީރާނުގެ ސެމީ-އޮފިޝަލް ފާރްސް ނިއުސް އެޖެންސީން ބުނި ގޮތުގައި، ބުރާސްފަތި ދުވަހުގެ ކުރީކޮޅު ބީ1 ބްރިޖަށް ދިން ދެ ހަމަލާއަށްފަހު، ސަރަހައްދީ ގައުމުތަކުގައި ހުރި ފާހަގަކޮށްލެވޭ ބައެއް ބްރިޖުތަކަކީ އަމާޒުފަތްގަނޑުތަކަކަށް ވުމުގެ ފުރުސަތު އެބައޮތެވެ. މި ލިސްޓު...

ނާޒިމާ އަލީ
ޓެކްސީ ލައިންގެ ޚިދުމަތް ފުރަތަމަ ހަފްތާގައި ހިލޭ

ޓެކްސީ ލައިންގެ ޚިދުމަތް ފުރަތަމަ ހަފްތާގައި ހިލޭ

މާލެ ސަރަހައްދަށް ސަރުކާރުން ތައާރަފުކުރި ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތް ފުރަތަމަ ހަފުތާގައި ހިލޭ ދޭން ނިންމައިފިއެވެ. މި ޚިދުމަތް ފޯރުކޮށްދޭ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން މިއަދު ބުނީ، ”މާލެ ޓެކްސީ ލައިން”ގެ ޚިދުމަތް އޭޕްރިލް 3 އިން 9 އަށް މުޅިން ހިލޭ ފޯރުކޮށްދިނުމަށް ނިންމާފައިވާ ކަމަށެވެ. ”މި ޚިދުމަތުން އަގު ނެގުމުގެ ކުރިން ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން ހިލޭ ދަތުރުކުރެވޭ މުއްދަތުގައި ރައްޔިތުންގެ ޚިޔާލު ހޯދުމަކީ މިކުންފުނީގެ […]

ޔުމްނާ ޢަލީ
ދުޝްމަނުން އީރާނުގެ އުތުރުގެ ކަރާޖް ކޯރު ހުރަސްކުރާ ބުރިޖަށް ހަމަލާދީފި

ދުޝްމަނުން އީރާނުގެ އުތުރުގެ ކަރާޖް ކޯރު ހުރަސްކުރާ ބުރިޖަށް ހަމަލާދީފި

އެމެރިކާގެ އަސްކަރިއްޔާއިން ފުރަތަމަ ފަހަރަށް އީރާނުގެ މުހިންމު މަދަނީ އުމްރާނީ ވަސީލަތަކަށް ބުރާސްފަތި ދުވަހު ހަމަލާދީފިއެވެ. މި ހަމަލާ ދީފައިވަނީ އެމެރިކާގެ ރައީސް ޓްރަމްޕް، އެ ގައުމު “ހިލަ ޒަމާނަށް” ފޮނުވާލާނެ ކަމަށް ވިދާޅުވެ އިންޒާރު ދެއްވިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައެވެ. ތެހެރާން ކައިރީގައި އޮންނަ ”ބީ-1” ފާލަމަށް ދިން މި ހަމަލާއަކީ އެމެރިކާގެ އަސްކަރިއްޔާގެ އަމާޒުތައް ފުޅާވަމުންދާ ކަމުގެ ނިޝާނެކެވެ. އަދި މިއީ ހަކަތަ، ފެން، އަދި ދަތުރުފަތުރުގެ ނިޒާމުތަކަށް ހަމަލާދޭން ފެށުމުގެ ފުރަތަމަ ފި...

ޔުމްނާ ޢަލީ
މާލޭ ޓެކްސީ ލައިންގެ ޚިދުމަތް ފަށައިފި

މާލޭ ޓެކްސީ ލައިންގެ ޚިދުމަތް ފަށައިފި

މާލޭ ސަރަޙައްދަށް ކުރިމަތިވެފައިވާ ޓެކްސީގެ ދަތިކަމަށް ވަށާޖެހޭ ޙައްލެއް ހޯއްދަވައިދެއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިސްނަންގަވައިގެން ފަރުމާކުރެއްވި “މާލޭ ޓެކްސީ ލައިން” ގެ ޚިދުމަތް މިރޭ ރަސްމީކޮށް އިފުތިތާހުކޮށްފިއެވެ. “މާލެ ޓެކްސީ”ގެ ހިދުމަތް ފައްޓަވައި ދެއްވީ، ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިހާރު ކުރިއަށްދާ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ. ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވި މިކަމަށް ޚާއްޞަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަ...

ޔުމްނާ ޢަލީ
މާލޭ އުސްފަސްގަނޑުގައި ތަރައްޤީކުރި ސްކޭޓް ޕާރކް އެރީނާ ހުޅުވައިފި

މާލޭ އުސްފަސްގަނޑުގައި ތަރައްޤީކުރި ސްކޭޓް ޕާރކް އެރީނާ ހުޅުވައިފި

މާލޭ އުސްފަސްގަނޑު ސަރަހައްދުގައި ތަރައްޤީކޮށްފައިވާ ސްކޭޓް ޕާރކް އެރީނާ ރަސްމީކޮށް ހުޅުވައިފިއެވެ. މި ޕާކު ހުޅުއްވައިދެއްވީ ރައީސް ޑރ. މުހައްމަދު މުޢިއްޒުއެވެ. ސްކޭޓް ޕާރކް އެރީނާ ހުޅުވުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތަށް ރައީސް އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު އުސްފަސްގަނޑު ސަރަހައްދަށް ވަޑައިގަތުމުން މަރުޙަބާ ދެންނެވީ މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން އަބުދުﷲ ރާފިޢުއެވެ. މި ރަސްމިއްޔާތުގެ ތެރެއިން ސްކޭޓް ޕާރކް ހުޅުވުމަށްފަހު، ތިން އުމުރު ފުރައެއްގެ...

ޔުމްނާ ޢަލީ
ސިޔާސީ ވާދަވެރިކަމެއްގައި މަސައްކަތްކުރާ ކައުންސިލެއް ހޮވައިފިނަމަ ނޭދެވޭ އަސަރު ކުރާނެ: މެމްބަރު ޝާހިދު

ސިޔާސީ ވާދަވެރިކަމެއްގައި މަސައްކަތްކުރާ ކައުންސިލެއް ހޮވައިފިނަމަ ނޭދެވޭ އަސަރު ކުރާނެ: މެމްބަރު ޝާހިދު

ސިޔާސީ ވާދަވެރިކަމެއްގައި، ރައްޔިތުންގެ ޙައްޤުތައް އެކަހެރިކޮށް، ފޮރުވިފައިވާ ސިޔާސީ އެޖެންޑާއެއްގެ ދަށުން ޒިންމާދާރުކަން ކުޑަ ގޮތަކަށް މަސައްކަތްކުރާނެ ކައުންސިލެއް އިންތިހާބު ކުރެވިއްޖެނަމަ އެކަމުގެ ނޭދެވޭ އަސަރު ހުޅުދުއަށް ކުރާނެކަމަށް އެ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު ވިދާޅުވެއްޖެ އެވެ. އަންނަ ހޮނިހިރު ދުވަހު ބާއްވާ އިންތިހާބާ ގުޅިގެން ހުޅުދޫ ދާއިރާގެ ރައްޔިތުންނަށް ފޮނުއްވި ހާއްސަ މެސެޖުގައި މެމްބަރު ވިދާޅުވީ ވޭތުވެދިޔަ ފަނަރަ ވަރަކަށް އަހަރު ހުޅުދޫގެ ރައްޔިތުން ލާމަރުކަޒީ ނިޒާމުގެ ފޮނ...

އައިޝަތު ޢާދަމް
އައްޑޫ ސިޓީ ކައުންސިލް ސިޔާސީ ނުފޫޒުން އެއްކިބާވާންޖެހޭ: މުޝްރިފް

އައްޑޫ ސިޓީ ކައުންސިލް ސިޔާސީ ނުފޫޒުން އެއްކިބާވާންޖެހޭ: މުޝްރިފް

އައްޑޫ ސިޓީ ކައުންސިލަކީ ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ، އިހުތިރާމް ލިބިގެންވާ މުއައްސަސާއަކަށް ވާންޖެހޭނެ ކަމަށް، އައްޑޫ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކެންޑިޑޭޓް މުޝްރިފް ޢަލީ ވިދާޅުވެއްޖެ އެވެ. އައްޑޫ ސިޓީގެ މޭޔަރު ހޮވުމަށް ބާއްވާ އިންތިޚާބުގެ ފޯރިގަދަވެފައިވާ މި ދަނޑިވަޅުގައި، ވޯޓުލާ ފަރާތްތަކުގެ މެދުގައި އުފެދިފައިވާ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ، ސިޔާސީ ނުފޫޒުން އެއްކިބާވެ އޮތް ތަނެއްގެ ގޮތުގައި ކައުންސިލް ހިންގިދާނެތޯ އުފެދޭ ސުވާލެވެ. އައް...

އައިޝަތު ޢާދަމް
ސުކޫކަށް ދައްކަންޖެހޭ 524 މިލިޔަން ޑޮލަރުގެ ދަރަނި ދައްކައި ޚަލާސްކޮށްފި

ސުކޫކަށް ދައްކަންޖެހޭ 524 މިލިޔަން ޑޮލަރުގެ ދަރަނި ދައްކައި ޚަލާސްކޮށްފި

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދުވަސްވަރު ބައިނަލްއަގުވާމީ މާލީ ބާޒާރަށް ދޫކޮށްފައިވާ ސުކޫކަށް ދައްކަންޖެހޭ 524.68 މިލިއަން ޑޮލަރު (8 ބިލިއަން ރުފިޔާ) ދިވެހި ސަރުކާރުން މިއަދު ދައްކައި ޚަލާސްކޮށްފިއެވެ. ސަރުކާރުން ހާމަކުރި ގޮތުގައި މި ފައިސާގެ ތެރޭގައި ހިމެނެނީ ސުކޫކުގެ އަސްލު އަގު ކަމަށްވާ 500 މިލިއަން ޑޮލަރާއި، އިންޓްރެސްޓަށްވާ 25 މިލިއަން ޑޮލަރެވެ. މި ބޮޑު ދަރަނި ސަރުކާރުން އަދާކޮށްފައިވަނީ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އާއި ދައުލަތުގެ ރިޒާވް ބޭނުންކޮށްގ...

އިބްރާހިމް އަސްވާޤް
ފުލުހަކު މަރާލި ގާތިލް މެރުމަށް ހުކުމްކޮށްފި

ފުލުހަކު މަރާލި ގާތިލް މެރުމަށް ހުކުމްކޮށްފި

ކ. ކާށިދޫގައި ފުލުހަކަށް ވަޅިން ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރި މުހައްމަދު ސަމާހު މެރުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. ސާޖަންޓް އާދަމް ހަލީމަށް 2012 ވަނަ އަހަރު ހަމަލާދީ އޭނާ މަރާލީ އެރަށު ސުވާސާގޭ ސަމާހު ގޭ ބަންދުގައި ހުއްޓާ ގެއިން ބޭރަށް އޭނާ ނިކުމެ އުޅޭތީ އޭނާ ޕޮލިސް ސްޓޭޝަނަށް ގެންދަން އާދަމް ހަލީމް އުޅުމުންނެވެ. ސަމާހުގެ މައްޗަށް ކުށް ސާބިތުވެ، އޭނާ މެރުމަށް ކްރިމިނަލް ކޯޓުން 2013 ވަނަ އަހަރު […]

ހުސައިން ހަބީބް
އީރާނުގެ ކުރީގެ ޚާރިޖީ ވަޒީރު ޚަރާޒީ ވަރަށް ބޮޑަށް ޒަޚަމްވެ އަނބިކަނބަލުން އަވަހާރަވެއްޖެ

އީރާނުގެ ކުރީގެ ޚާރިޖީ ވަޒީރު ޚަރާޒީ ވަރަށް ބޮޑަށް ޒަޚަމްވެ އަނބިކަނބަލުން އަވަހާރަވެއްޖެ

އެމެރިކާ އާއި އިސްރާއީލުން އީރާނަށް ހަމަލާދޭތާ ފަސްވަނަ ހަފުތާއަށް ދާއިރު، އީރާނުގެ ކުރީގެ ޚާރިޖީ ވަޒީރު ކަމާލް ޚަރާޒީ އަވަހާރަކޮށްލަން ދިން ކަމަށް ބެލެވޭ ހަމަލާއެއްގައި އޭނާއަށް ސީރިއަސް އަނިޔާތަކެއް ވެ، އޭނާގެ އަނބިކަނބަލުން އަވަހާރަވެއްޖެއެވެ. އީރާނުގެ މީޑިއާތަކުން ބުރާސްފަތި ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި، ތެހެރާނުގައި ހުންނަ ޚަރާޒީގެ ގެއަށް ވައިގެ މަގުން ހަމަލާދީފައިވަނީ އޭގެ ކުރީ ދުވަހުއެވެ. ”ޝަރުގް”، ”އިޢުތިމާދު” އަދި ”ހަމް މީހާން” ފަދަ ނޫސްތަކުން ބުނާ ގޮތުގައި، ސީރިއަސް އަނިޔާތަކަކާއެކ...

ނާޒިމާ އަލީ
ޑްރަގް ބޭނުންކޮށް ވިޔަފާރިކުރާ ކަމަށް ތުހުމަތުގައި ފޯކައިދޫއިން މީހަކު ހައްޔަރުކޮށްފި

ޑްރަގް ބޭނުންކޮށް ވިޔަފާރިކުރާ ކަމަށް ތުހުމަތުގައި ފޯކައިދޫއިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި އެތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ށ. ފޯކައިދޫއިން މީހަކު ހައްޔަރުކޮށްފިއެވެ. މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި އެތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ށ. ފޯކައިދޫއިން ހައްޔަރުކުރި މީހާ، ފޮޓޯ: ޕޮލިސް މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތްތަކުގެ ތެރެއިން މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ށ. ފޯކައިދޫ / މިއުނިކް، ޢަބްދުﷲ ސާލިމް (32އ) އެވެ. ފުލުހުން ހާމަކުރި ގޮތުގައި އޭނާ ހަ...

ޔުމްނާ ޢަލީ
މި ދައުރުގައި ފާއިތުވި ކޮންމެ ދުވަހަކީ ޤައުމު އިސްކޮށްގެން ކުރިއަށްދިޔަ ދުވަހެއް: ރައީސް

މި ދައުރުގައި ފާއިތުވި ކޮންމެ ދުވަހަކީ ޤައުމު އިސްކޮށްގެން ކުރިއަށްދިޔަ ދުވަހެއް: ރައީސް

މި ސަރުކާރުގެ ދައުރުގައި ނިމިގެންދިޔަ ކޮންމެ ދުވަހަކީ ޤައުމު އިސްކޮށްގެން ކުރިއަށްދިޔަ ދުވަހެއް ކަމުގައި ރައީސް ޑރ. މުހައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ ރޭ ބޭއްވި ވެރިކަންކުރާ ކޮންގްރެސް ޕާޓީގެ ހަރުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. މި ޖަލްސާގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުން މިހާތަނަށް ނިންމަވާފައިވާ ނިންމެވުންތަކަށް ރިޢާޔަތްކުރައްވައި ވިދާޅުވީ، އެފަދަ ގިނަ ނިންމެވުންތަކަކީ އެހާ މަގުބޫލު ނިންމެވުންތަކަކަށް ނުވިޔަސް، އެކަންކަމަކީ ޤައުމަށް އެކަމު...

ޝިއުނާ އާދަމް
މާލެ ސަރަހައްދަށް ރައީސް ގެންގުޅުއްވާ ތަސައްވުރު ހަގީގަތަކަށް ހެދުމަށް މުރާލި ކަމާއިއެކު މަސައްކަތްކުރާނަން: ޖަލީލް

މާލެ ސަރަހައްދަށް ރައީސް ގެންގުޅުއްވާ ތަސައްވުރު ހަގީގަތަކަށް ހެދުމަށް މުރާލި ކަމާއިއެކު މަސައްކަތްކުރާނަން: ޖަލީލް

އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުގައި ރައްޔިތުން އޭނާ މޭޔަރުކަމަށް އިންތިޚާބުކޮށްދީފިނަމަ، ގްރޭޓާ މާލެ ސަރަހައްދަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ގެންގުޅުއްވާ ބޮޑު ތަސައްވުރު ހަގީގަތަކަށް ހެދުމަށް ސަރުކާރާއެކު މުރާލިކަމާއެކު މަސައްކަތް ކުރައްވާނެ ކަމަށް ޕީއެންސީގެ ކެންޑިޑޭޓް މޫސާ އަލީ ޖަލީލް ވިދާޅުވެއްޖެއެވެ. ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް އަދި ކުރީގެ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލް މިހެން ވިދާޅުވީ ރޭ ބޭއްވި ކޮންގްރެސް ޕާޓީގެ ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނ...

ޔުމްނާ ޢަލީ
އީރާނުގެ ވެރިކަން އޮތީ ބަދަހިކޮށް، ޓްރަމްޕް ހައްދަވަނީ ދޮގުކަން ފަޅާއަރައިފި

އީރާނުގެ ވެރިކަން އޮތީ ބަދަހިކޮށް، ޓްރަމްޕް ހައްދަވަނީ ދޮގުކަން ފަޅާއަރައިފި

އީރާނުގެ ވެރިކަން ބަދަލުކުރުމަށް އެމެރިކާއިން ކުރިއަށްގެންދާ މަސައްކަތްތަކާ މެދު ވައިޓް ހައުސް އާއި އެމެރިކާގެ އިންޓެލިޖެންސް އިދާރާތަކާ ދެމެދު ބޮޑެތި ޚިޔާލުތަފާތުވުންތަކެއް އުފެދިފައިވާކަން ހާމަވެއްޖެއެވެ. އެން.ބީ.ސީ ނިއުސްއިން އިއްޔެ ޝާއިޢުކުރި ރިޕޯޓެއްގައިވާ ގޮތުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނުގެ ވެރިކަން “މުޅިން ބަދަލުވެއްޖެ” ކަމަށް އިއުލާނު ކުރެއްވި ނަމަވެސް، އިންޓެލިޖެންސް އިދާރާތަކުގެ ސިއްރު އެސެސްމަންޓްތަކުން ދައްކަނީ އީރާނުގެ އިސްލާމީ ޖުމްހޫރިއްޔާގެ ސާބިތުކަން އަދިވެސް ވަރ...

ނާޒިމާ އަލީ
އީރާނު ހަނގުރާމައިގައި ދެންވާނީ ކިހިނެތް؟ 8 މިނިޓު

އީރާނު ހަނގުރާމައިގައި ދެންވާނީ ކިހިނެތް؟

މިއީ ވަރަށް ގިނަބައެއްގެ ހިތުގައި އުފެދޭ ސުވާލެކެވެ. މި ސުވާލަކީ ދުނިޔޭގެ ވަރަށް ގިނަ ލިޔުންތެރިންނާއި ރިޕޯޓަރުން އަސްކަރީ މާހިރުންނާއި ދިރާސާކުރާ ފަރާތްތަކާ ހަވާލާދީ ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ޖަވާބު ދެމުންދާ ސުވާލެއް ވެސް މެއެވެ. އެކަމަކު އެ ކުރާ އަންދާޒާތަކާއި ދައްކާ ގިނަ ވާހަކަތައް ދިމާލެއް ނުވެއެވެ. މިހެން ދީމާވާ އެންމެ ބޮޑު ސަބަބަކީ ހަނގުރާމައިގެ ތެދު ޚަބަރުތައް ދެފަރާތުންވެސް ނުލިބުމެވެ. ޚާއްޞަކޮށް އެމެރިކާގެ ރައީސް ދެއްވާ އިންޒާރުތަކާއި ފާޅުގައި ހައްދަވާ އިތުރުފުޅުތަކާއި ދައްކަވާ […...

ޢަބްދުﷲ ސަޢީދު
''ދެ އިންތިޚާބު އެއްދުވަހު ބޭއްވުމުން ސުޕަ މެޖޯރިޓީގެ ނިޒާމަށް ބަދަލު އައިސް، މިނިވަންކަން އިތުރުވާނެ''

''ދެ އިންތިޚާބު އެއްދުވަހު ބޭއްވުމުން ސުޕަ މެޖޯރިޓީގެ ނިޒާމަށް ބަދަލު އައިސް، މިނިވަންކަން އިތުރުވާނެ''

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށް ބޭއްވުމުން ސުޕަ މެޖޯރިޓީގެ ނިޒާމަށް ބަދަލު އައިސް، އިންތިޚާބުތަކުގެ މިނިވަންކަން އިތުރުވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ރޭ ބޭއްވި ކޮންގްރެސް ޕާޓީގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުގެ ވޯޓުގައި އެކަމަށް “ފެންނަ” ކަމަށް ވޯޓު ދޭންޖެހެނީ އެކަމުން ރައްޔިތުންނާއި ޤައުމަށް ބޮޑެތި ފައިދާތަކެއް އޮތުމުން ކަމަށެވެ. މިހާރު އިންތިޚާބ...

ޝިއުނާ އާދަމް
ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ޕްލޭ ސްކޫލްގެ ކިޔެވުން ފަށައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ޕްލޭ ސްކޫލްގެ ކިޔެވުން ފަށައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިސްނަގައިގެން ހިންގާ ޕްލޭ ސްކޫލްގެ ކިޔެވުން އިއްޔެ ރަސްމީކޮށް ފަށައިފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނީ މި މަޝްރޫޢަކީ މޯލްޑިވްސް އިންސްޓިޓިއުޓް ފޯރ ސްޓްރެޓެޖިކް ގްރޯތް (މިސްގް) އާ ގުޅިގެން ކުރިއަށްގެންދާ މަޝްރޫޢުއެއް ކަމަށެވެ. “މިސްގް ޕްލޭ ސްކޫލް” ގެ ނަމުގައި ހިންގާ މި ސްކޫލްގެ ކިޔެވުން ފަށާފައިވަނީ ޖުމްލަ 154 ދަރިވަރުންނާއެކުގައެވެ. މި ސްކޫލުގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވަނީ ބޭބީ ނާސަރީ އަދި ނާސަރީ ފަންތީގެ ކުދިންނަށެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުނ...

ޔުމްނާ ޢަލީ
އުތުރު މޮލުކާ ކަނޑަށް 7.4 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް

އުތުރު މޮލުކާ ކަނޑަށް 7.4 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް

ބުރާސްފަތި ދުވަހުގެ ހެނދުނުގެ ވަގުތެއްގައި އިންޑޮނީޝިއާގެ އިރުމަތީ އުތުރު މޮލުކާ ކަނޑުގެ ސަރަހައްދަށް 7.4 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ. މި ބިންހެލުން އައިސްފައިވަނީ ކަނޑުގެ 10 ކިލޯމީޓަރު (6.21 މޭލު) އަޑިއަށެވެ. ދިވެހިރާއްޖޭގެ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން ބުނިގޮތުގައި މި ބިންހެލުން އައިސްފައި ވަނީ މާލެ އާއި 5865 ކިލޯ މީޓަރު ދުރުން ކަމަށެވެ. ”މި ބިންހެލުމުގެ ސީދާ ނުރައްކާ ރާއްޖެ އަށް ނުކުރާނެ” މެޓުން ބުންޏެވެ. އެމެރިކާގެ ސުނާމީ ވޯނިން ސިސްޓަމުން […]

ޔުމްނާ ޢަލީ