ޖަޕާނުގެ އުތުރަށް 7.4 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް، ސުނާމީގެ އިންޒާރު ނެރެފި
ޖަޕާނުގެ އުތުރުގެ ސަރަހައްދަކަށް ހޯމަ ދުވަހު ރިކްޓަރ މިންގަނޑުން 7.4 ގެ ބާރުގަދަ ބިންހެލުމެއް އައިސްފިއެވެ. ޖަޕާނުގެ މީޓިއޮރޮލޮޖިކަލް އެޖެންސީ (ޖޭ.އެމް.އޭ) އާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ބިންހެލުމާ ގުޅިގެން ތިން މީޓަރު (ދިހަ ފޫޓު) ގެ އުސްމިނުގެ ސުނާމީ ރާޅުތަކެއް އަރާފާނެ ކަމަށް ލަފާކޮށް މިހާރު ވަނީ ސުނާމީގެ އިންޒާރު ނެރެފައެވެ. މި ބިންހެލުން އައިސްފައިވަނީ ޖަޕާނު ގަޑިން ހަވީރު 4:53 (ޖީ.އެމް.ޓީ އިން 07:53) ހާއިރު، އުތުރުގެ އިވާޓޭ ޕްރިފެކްޗާގެ ކަނޑުގެ ސަރަހައްދަށެވެ. […]