ކުރުވާހަކަ: މަންމަގެ ލޮލުން ވެއްޓުނު މުތީ
ރަށުގެ އެންމެ އުފާވެރި އާއިލާގެ ލަގަބު ދެވިފައިވަނީ އާގިސާ އާއި ޖާބިރަށެވެ. ޖާބިރަކީ ރަށުގެ އެންމެންގެ އިހުތިރާމް ލިބިފައިވާ، ހިތްހެޔޮ މީހެކެވެ. އޭނާ އާގިސާއަށްޓަކައި ވާ ގުރުބާނީއާއި، ދެމީހުން އެކުގައި ހަވީރު ފިނިބުރު ޖަހަން ނިކުމެ އުޅޭއިރު ފެންނަ ލޯބި މަންޒަރުތަކަކީ އެހެން މީހުންނަށް މިސާލެކެވެ. ޖާބިރު އާގިސާގެ އަތުގައި ބާރަށް ހިފާލައިގެން ހިނގާއިރު، އާގިސާގެ މޫނުމަތިން ފެންނަނީ ނިމުމެއް ނެތް އުފާވެރިކަމެވެ. އެއްވެސް މީހަކަށް އެ ގޭގެ ހަތަރު ފާރުގެ ފަރުދާގެ ފަހަތުގައި ފޮރުވިފައިވާ އަނދިރިކަމެއް...