މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,339 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 2152 ވަނަ ޞަފްޙާ

ޔުއެފާ ޗެމްޕިއަންސް ލީގު: ބަޔާން މިއުނިކް އަދި މެންޗެސްޓަރ ސީޓީއަށް ފަސޭހަ މޮޅެއް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގުރޫޕް ބީގައި ބަޔާން މިއުނިކް ގެ ދަނޑު ކަމށްވާ ޖަރުމަންގެ އެލިއަންޒް އެރީނާގައި ރޭ ރެޑްސްޓާ ބެލްގްރޭޑްއާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަ ކާމާއިއެކު 3-0 ގެ  ނަތީޖާ ކާމިޔާބުކޮށްފިއެވެ. މެޗްގެ ފުރަތަމަ ގޯލް ބަޔާން މިއުނިކަށް  ކާމިޔާބުކޮށްދިނީ މެޗްގެ 34 ވަނަ މިނިޓްގައި އިވަން ޕެރިސިޗް ތަނަވަސްކޮށްދިން ފުރުސަތަކުން ކިންގްސްލީ ކޯމަންއެވެ. މެޗްގެ ފުރަތަމަ ހާފް ނިމުނީ ކިންގްސްލީ ކޯމަން ކާމިޔާބުކޮށްދިން ގޯލާއިއެކު 1-0 ން ބަޔާން މިއުނިކް ކުރީގައި އޮވެގެންނެވެ. […]

އަޙްމަދު އަސްފާން

ހަނިމާދޫ އަށް ގެނައި 1 މެގަވޯޓުގެ ޖަނަރޭޓަރު ބެހެއްޓުމުގެ މަސައްކަތް ފަށައިފި

ހދ. ހަނިމާދުއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް އެ ރަށަށް ގެނައި 1 މެގަވޯޓުގެ ޖަނަރޭޓަރު ބެހެއްޓުމުގެ މަސައްކަތް ފަށައިފިއެވެ. ފެނަކަ ކޯޕަރޭޝަން ހަނިމާދޫ ބްރާންޗުން ބުނީ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި ގެނެވުނު ޖަނަރޭޓަރު ބެޑަށް އެރުވުމުގެ މަސައްކަތް ކުރިއަށް މިހާރު ކުރިއަށްދާ ކަމަށެވެ. ހަނިމާދޫ އަށް ކަރަންޓު ދިނުމަށް ބޭނުންކުރަމުންް އައި ތިން ޖަނަރޭޓަރުގެ ތެރެއިން 3 ނަމްބަރު ޖަނަރޭޓަރަށް މިދިޔަ ހަފްތާގައި ވަނީ މައްސަލަ ދިމާވެފައެވެ. މިކަމާއި ގުޅިގެން ލޯޑު މަތިވާގަޑިތަކ...

އަފްރާހް އަބްދުލް ރަޝީދު
މޮޅަދޫ ބަނދަރު ހެދުމުގެ އުފާވެރި ޚަބަރު!

މޮޅަދޫ ބަނދަރު ހެދުމުގެ އުފާވެރި ޚަބަރު!

ޒަމާންތަކަކަށްފަހު ހއ. މޮޅަދޫ ބަނދަރު ހެދުމުގެ މަސައްކަތް ސެނޮކް ޓްރޭޑް ކޮންބައިން ޕްރައިވެޓް ލިމިޓެޑާ ސަރުކާރުން ޙަވާލުކުރައްވައިފިއެވެ. 650 ފޫޓް ދިގު 250 ފޫޓް ފުޅާ މިނުގެ މި ބަނދަރަކީ ޒާމާނާ އެއްގޮތަށް ފަރުމާކޮށްފައިވާ ބަނދަރެކެވެ. މި ބަނދަރުގައި 232 މީޓަރގެ ބޭރު ތޮށި 42 މީޓަރު ރިވެޓް މެންޓާއި 70 މީޓަރު ގްރޮއިން 20 މީޓަރގެ އެއްގަމު ތޮށި 20 ބަނދަރު ބައްތިއާއި ރޭންޕަކާއި 600 ސްކްއާމީޓަރ ޕޭވްމަންޓް ހެދުމަށް ހަމަޖެހިފައިވެއެވެ. 365 ދުވަހުގެ ތެރޭގައި […]

Thiladhun

ޗެމްޕިއަންސް ލީގު: ޕީއެސްޖީން ރިއަލް މެޑްރިޑް ބަލިކުރި އިރު ޔުވެންޓަސް އަދި އެތްލެޓިކޯ މެޑްރިޑްގެ މެޗް އެއްވަރު

ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ ކުޅުން ފެށިގެން ކުރިއަށްދާއިރު ރޭވެސް ވަނީ ގިނަ މެޗްތަކެއް ކުޅެފައެވެ. ގުރޫޕް އޭގައި ޗެމްޕިއަންސް ލީގުގެ އެންމެ ކާމިޔާބު ޓީމް ކަމށްވާ ސްޕެއިންގެ ރިއަލް މެޑްރިޑް އަދި ފްރާންސްގެ ލީގު ވަން ޗެމްޕިއަން ޕެރިސް ސައިންޓް ޖާމައިން (ޕީއެސްޖީ) ބައްދަލުކުރި މެޗް ފަސޭހަކަމާއިއެކު 3-0 ގެ ނަތީޖާއަކުން ޕީއެސްޖީން ވަނީ ކާމިޔާބުކޮށްފައެވެ. ޕީއެސްޖީގެ ދަނޑުގައި ކުޅުނު މިމެޗަށް ޕީއެސްޖީން ނުކުތީ އެމްބާޕޭ އަދި ނޭމާ ނުހިމަނައެވެ. މެޗްގެ ފުރަތަމަ ދެ ގޯލް […]

އަޙްމަދު އަސްފާން

ކުމުންދޫގައި ލައިސަންސް ޓެސްޓުގެ ދުއްވުމުގެ ބުރެއް ބާއްވަނީ

ހދ. ކުމުންދޫގައި، އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނަގަން ބޭނުންވާ ފަރާތްތަކަށް، ލައިސަންސް ޓެސްޓުގެ ދުއްވުމުގެ ބުރެއް ބާއްވަން ނިންމައިފިއެވެ. އެރަށު ކައުންސިލުން ބުނެފައިވަނީ މި ބުރު ބޭއްވުމަށް ނިންމާފައިވަނީ، އެކަމަށް އެދި އެރަށުގެ ވަރަށް ގިނަ ބަޔަކު ޝައުގުވެރިކަން ފާޅުކުރަމުންދާތީ، ހދ. އަތޮޅު ކައުންސިލާ މަޝްވަރާކުރުމަށްފަހުކަމަށެވެ. އަންނަ މަހުގެ ފަސްވަނަ ދުވަހު މި ދުއްވުމުގެ ބުރު ބޭއްވުމަށް ނިންމާފައިވާއިރު، މުޅިން އަލަށް ލައިސަންސް ނަގާ ފަރާތްތަކުން، ތިއަރީ ޓެސްޓުގައި ބައިވެރިވުމަށް...

Thiladhun
ތަކަންދޫ ބަނދަރުގައި ހުންނަ ޖޯލިތައް، ބަނދަރު ތެރެއަށް އުކާލައިފި

ތަކަންދޫ ބަނދަރުގައި ހުންނަ ޖޯލިތައް، ބަނދަރު ތެރެއަށް އުކާލައިފި

ހއ. ތަކަންދޫ ބަނދަރުމަތީގައި ބަހައްޓާފައި ހުރި ޖޯލިފަތިތައް، ބަންދަރު ތެރެއަށް އަޅާލައިފިއެވެ. ތަކަންދޫ ބަނދަރުމަތީގައި ހުންނަ ޖުމްލަ އަށް ޖޯއްޔެއް ވަނީ ބަނދަރު ތެރެއަށް އެއްލާލާފައެވެ. އަދި މިހާރު އެ ރަށު ކައުންސިލް އާއި، ރަށުގެ ރައްޔިތުން ގުޅިގެން، އެ ޖޯލިތައް ވަނީ ބަނދަރުން ނަގާފައެވެ. ތަކަންދޫއިން، ތިލަދުން އޮންލައިނަށް މަޢުލޫމާތު ދިން މީހަކު ބުނީ، މި ޖޯލިތަކަކީ އެ ރަށު ބަނދަރުމަތީގައި މީހުން ފިނިކޮށްލަން ހޮޅުއަށި ހަދައިގެން ތިބޭ ޖޯލިތަކެއް ކަމަށާއި، ރަށުން ބޭރުން، ތަކަންދުއަށް […]

Thiladhun

ތިލައުތުރު އުއްތަމަ އަރުތަވެރިންގެ އިނާމަށް ނަން ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

ހއ. އަތޮޅު ކައުންސިލުން ކޮންމެ އަހަރަކުވެސް ދެމުން އަންނަ ތިލައުތުރު އުއްތަމަ އަރުތަވެރިންގެ އިނާމު، މި އަހަރުގެ ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހު ބާއްވަން ނިންމާ، އިނާމަށް ނަން ހުށަހެޅުމަށް ހުޅުވާލި ފުރުސަތު އިތުރުކޮށްފިއެވެ. އެކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މި އިނާމަށް ކުރިމަތިލުމުގެ ފުރުޞަތު، ހއ. އަތޮޅުގެ ޢާންމު ފަރާތްތަކަށާއި، ހއ. އަތޮޅުގެ ހުރިހާ ސްކޫލު/ މަދްރަސާތަކަށާއި، ރަށުކައުންސިލުތަކަށާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށާއި، ކުލަބް  ޖަމްޢިއްޔާތަ...

Thiladhun
ދިރާގު ދިވެހި ޕްރިމިއަރ ލީގު 2019: މާޒިޔާއަށް ހަތް ޕޮއިންޓްގެ ލީޑެއް

ދިރާގު ދިވެހި ޕްރިމިއަރ ލީގު 2019: މާޒިޔާއަށް ހަތް ޕޮއިންޓްގެ ލީޑެއް

ދިރާގު ދިވެހި ޕްރިމިއަރ ލީގުގެ ކުޅުން އަލުން ފަށާފައި ވާއިރު ރޭވަނީ މަޒިޔާ އަދި ދަ ގަރާންޑޭ ބައްދަލުކޮށްފައެވެ. މިމެޗް ނިމުނީ ދަ ގްރާންޑޭގެ މަށްޗަށް މާޒިޔާއިން 3-0 ން ކުރި ހޯދައިގެންނެވެ. މެޗްގެ ފުރަތަމަ ހާފްގެ ކުޅުން ދެޓީމްއިންވެސް ނިންމާލީ އެއްވެސް ގޯލެއް ކާމިޔާބު ނުކުރެވިއެވެ. މެޗް ކާމިޔާބުކުރި މަޒިޔާއަށް ފުރަތަމަ ހާފުގައި ލީޑު ނެގުމަށް ގިނަ ފުރުސަތުތަކެއް ލިބުނުނަމަވެސް އެފުރުސަތުތަކުގެ ބޭނުން ހިފޭގޮތެ ވަނީ ނުވެފައެވެ. މެޗް ގެ ފުރަތަމަ ހާފްގައި ގޯލެއް ޖެހުމާއި […]

އަޙްމަދު އަސްފާން

ނިކަމެތި މީހާއަށް ގޮތެއް ހޯދައި ދިނުމަކީ ކައުންސިލަރުންގެ ޒިންމާއެއް

ހަސީނާ ނޫނަސް ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ މައިންނަކީ ގޮތްހުސްވެ ހާސްކަންމަތީގައި ފިކުރުގެ ދުނިޔެއެއްގައި އުޅެން ޖެހިފައިވާ ބައެކެވެ. މިއަދުވެސް މިފަދަ ދެމައެއްގެ ވާހަކަ ކީމެވެ. ފުރަތަމަ 8 އަހަރުގެ ކުއްޖެއްގެ މަންމައެއްގެ ވާހަކައެވެ. އޭނާގެ ދަރިފުޅަކީ މައިލްޑް އޮޓިޒަމް ހުންނަ ކުއްޖެކެވެ. ސްކޫލަށް ވައްދައިގެން ފުރަތަމަ ޖެހުނީ ދަރިފުޅަށް ޚާއްޞަ ޓީޗަރަކު ހޯދާށެވެ. ދެން ބަދަލުކުރީ އެހެން ސްކޫލަކަށެވެ. އެހެންނަމަވެސް، އެންމެފަހުން ދަރިފުޅުގެ ޝަކުވާ ސްކޫލުން ކުރާވަރުން ޖެހުނީ ސްކޫލުން ވަކިކުރާށެ...

މުޙައްމަދު ޝިހާބް
ދިރާގު ދިވެހި ޕްރިމިއަރ ލީގު 2019: ފަހަތުން އަރާ ޔުނައިޓެޑް ވިކްޓްރީން އީގަލްސް ހިފަހައްޓައިފި

ދިރާގު ދިވެހި ޕްރިމިއަރ ލީގު 2019: ފަހަތުން އަރާ ޔުނައިޓެޑް ވިކްޓްރީން އީގަލްސް ހިފަހައްޓައިފި

ގިނަ ދުވަސްތަކެއްގެ މެދުކެނޑުމަކަށް ފަހު ދިރާގު ދިވެހި ޕްރިމިއަރ ލީގުގެ ކުޅުން އިއްޔެ ވަނީ ފަށާފައެވެ. ލީގުގައި އިއްޔެ ދެ މެޗް ކުޅެފައި ވާއިރު އިއްޔެ ހަވީރު ކުޅުނު މެޗްގައި ބައްދަލު ކުރީ ކްލަބް އީގަލްސް އަދި ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އެވެ. ގިނަ ގޯލްތަކެއް ވަނީ ފެނިގެން ދިޔަ އީގަލްސް އަދި ޔުނައިޓެޑް ވިކްޓްރީ ބައްދަލުކުރި މެޗް ނިމުނީ 4-4 ން ދެޓީމް އެއްވަރު ވެގެނެންނެވެ. މެޗްގެ ފުރަތަމަ ހާފްގައި އީގަލްސް ބޮޑު ލީޑެއް ނެގި […]

އަޙްމަދު އަސްފާން
ހދ. އަތޮޅު ކައުންސިލުގެ ވޮލީ މުބާރާތް މާދަމާ ފަށަނީ

ހދ. އަތޮޅު ކައުންސިލުގެ ވޮލީ މުބާރާތް މާދަމާ ފަށަނީ

ހދ. އަތޮޅު ކައުންސިލުން އިސްނަގައިގެން، އަތޮޅުގެ ހުރިހާ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ ވޮލީ މުބާރާތް، މާދަމާ ފެށުމަށް ނިންމައިފިއެވެ. އަންހެން އަދި ފިރިހެން ޑިވިޜަނަށް ބަހާލައިގެން މި މުބާރާތް ކުރިއަށް ގެންދަން ނިންމާފައިވާއިރު، މާދަމާއިން ފެށިގެން ސެޕްޓެމްބަރު މަހުގެ 26 ވަނަ ދުވަހާ ހަމައަށް، މި މުބާރާތުގެ ކުޅުން ކުރިއަށް ގެންދާނެއެވެ. މި  މުބާރާތުގެ ފިރިހެން ޑިވިޜަންގައި މި އަހަރު ބައިވެރިވެފައިވަނީ ހަތަރު ޓީމަކުންނެވެ. އެއީ، ކުޅުދުއްފުށީ އީޑީ، ޓީމް ނޮޅިވަރަމް، ވިޔެސް އަދި ޓީމް ފިނެއެވެ. […]

Thiladhun

ށ. ވަނގަރުގައި ހަދާ ރިސޯޓު "ޖޭޑަބްލިއު މެރިއޮޓް" ހުޅުވަނީ

ށ. ވަނގަރުގައި ހަދާ ރިސޯޓު “ޖޭޑަބްލިއު މެރިއޮޓް” އަންނަ ނޮވެމްބަރު 1 ގައި ހުޅުވާ ގޮތަށް ހަމަޖައްސައިފި އެވެ. ދުނިޔޭގެ އެންމެ މަޝްހޫރު އެއް ހޮޓެލް ބްރޭންޑް “ޖޭޑަބްލިއު މެރިއޮޓް” އަކީ ދުނިޔޭގެ އެންމެ ބޮޑު ހޮޓެލް ޗެއިން މެރިއޮޓް އިންޓަނޭޝަނަލްގެ ހޮޓެލް ބްރޭންޑެކެވެ. ކުރިން އެމެރިކާގެ ހޮޓެލް ބްރޭންޑެއް ކަމަށްވާ ވައިސްރޯއީގެ ނަމުގައި ހިންގި ރިސޯޓަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން ރިސޯޓުގެ ކޮޓަރިތަކުގެ ފެންވަރު މަތިކޮށް ރެސްޓޯރަންޓާއި އެނޫން ވެސް ބައެއް […]

އިބްރާހިމް އަސްވާޤް

ކެލާ ސްކޫލުގެ އަހަރީ ދުވަސް ފާހަގަކުރުމަށް އެހީ ހޯދަނީ

ހއ. ކެލާ ޝެއިހު އިބްރާހީމް ސްކޫލަށް 75 އަހަރު ފުރުން ފާހަގަ ކުރުމަށް ބާއްވާ ޙަރަކާތްތަކަށް ފައިސާ ހޯދުމުގެ ކަންކަމުގައި ބައިވެރިވާނެ ބަޔަކު ހޯދަން އިއުލާނު ކޮށްފިއެވެ. އެ ސްކޫލުން ކުރި އިއުލާނެއްގައި ބުނެފައި ވަނީ ސްކޫލަށް 75 އަހަރު ފުރުން ފާހަގަކުރާ ރަސްމިއްޔާތަށް ބޭނުންވާ ފައިސާ ހޯދުމަށް ފަންޑުރައިޒުކުރުމުގެ ގޮތުން 2020 ވަނަ އަހަރުގެ ސުޓޭސަނަރީ ވޮޗަރ އަށް ތަކެތި ހޯދައިދިނުމާއި ޔުނީފޯމުފޮތި ސުކޫލުގެ ފަރާތުން ވިއްކުމަށް ހަމަޖެހިފައިވާ ކަމަށެވެ. ވީމާ ސުކޫލުން މިޚިދުމަތް ހޯއްދަވަން […]

އަފްރާހް އަބްދުލް ރަޝީދު

ގޯލްޑެން ފުޓްސަލް ޗެލެންޖް 2019: ފަސޭހަ ކަމާއިއެކު ނެއްލައިދޫއިން ކުޅުދުއްފުށި ބަލިކޮށްފި

މިމަހުގެ ފަނަރަވަނަ ދުވަހު ފަށައިގެން މިހާރު ކުރިއަށްދާ ގޯލްޑެން ފުޓްސަލް ޗެލެންޖް 2019 ގެ ހދ އަތޮޅުގެ ގުރޫޕް 2 ގައި މިރޭ ކުޅުނު މެޗުން ކުޅުދުއްފުށީގެ މަށްޗަށް ނެއްލައިދޫއިން ފަސޭހަކަމާއިއެކު ބޮޑު ތަފާތަކުން ކުރި ހޯދައިފިއެވެ. ނެއްލައިދޫއިން މިމެޗް ކާމިޔާބުކޮށްފައި ވަނީ 5-1 ގެ ނަތީޖާއަކުންނެވެ. މެޗްގެ ފުރަތަމަ ގޯލްޖަހާ ލީޑް ނެގީވެސް ނެއްލައިދޫއިންނެވެ. މި ގޯލް ނެއްލައިދޫއަށް ކާމިޔާބުކޮށްދިނީ މުހައްމަދު ވިޝާމެވެ. ނަމަވެސް މެޗްގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން ކުޅުދުއްފުށީ ޓީމްގެ އަރުޝަދު […]

އަޙްމަދު އަސްފާން

ގުޅީފަޅު ތަރައްގީކުރަން ސިންގަޕޫރުގެ ކުންފުންޏަކާ ހަވާލުކޮށްފި

ގުޅީފަޅުގެ މާސްޓަ ޕްލޭން ޑިޒައިން ކުރުމަށާއި، މާލޭގެ އުތުރު ބަނދަރު އަލުން ތަރައްގީކުރަން ސިންގަޕޫރުގެ ކުންފުންޏަކާ  ހަވާލުކޮށްފި އެވެ. ގުޅީފަޅު އަދި މާލެ ހުޅަނގު އުތުރު ޕޯޓު ސަރަހައްދު ތަރައްޤީ ކުރުމުގެ މާސްޓަރ ޕްލޭން ފަރުމާކުރުމަށް ސިންގަޕޫރުގެ އެޗް.ކިއު ކުންފުންޏާއި ހަވާލުކުރީ މިއަދުއެވެ. 650,000 ޔޫއެސް ޑޮލަރަށް (10 މިލިޔަން ރުފިޔާ) އެކުލަވާލާ މި ޕްލޭންގެ މަސައްކަތަށް 8 މަސް ހޭދަވާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ވަނީ ބުނެފައެވެ. ޕްލޭނިން މިނިސްޓްރީން ބުނީ މި މަޝްރޫއުގެ ސަބަބުން މާލޭގެ […]

އިބްރާހިމް އަސްވާޤް

ދިރާގު ރޯޑް ރޭސް އަންނަ ހުކުރުދުވަހު

ދިރާގުގެ ފަރާތުން ބާއްވަމުން ގެންދާ ދިރާގު ރޯޑް ރޭސްގެ މިއަހަރުގެ ދުވުން އަންްނަ ހުކުރު ދުވަހު ހުޅުމާލޭގައި ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިފަހަރުގެ ރޯޑް ރޭސް ކުރިއަށްދަނީ އެހެނިހެން އަހަރުތަކާއި ޚިލާފަށް ދެ ދުރުމިނުގެ ދުވުން ވަކިންނެވެ. އެގޮތުން 10 ކިލޯމީޓަރުގެ ދުވުން އޮންނާނީ ހެނދުނު 6:00 ގައިއެވެ. އަދި 5 ކިލޯމީޓަރގެ ދުވުން އޮންނާނީ ހަވީރު 4:30 ގައެވެ. މި ރޯޑް ރޭހުގައި އެހެނިހެން އަހަރުތަކަކޭވެސް އެއްފަދައިން ގިނަ އަދަދެއްގެ ދުވުންތެރިން ބައިވެރިވާނެކަމަށް ދިރާގުން މައުލޫމާތުދެއެވެ. މިއީ […]

ޔުމްނާ ޢަލީ
ބަށި ބޯޅައަށް ދެވިފައިވާ ޤައުމީ ހައިސިއްޔަތު އުވާލުން ޝުޖާއު ކުށްވެރިކުރައްވައިފި

ބަށި ބޯޅައަށް ދެވިފައިވާ ޤައުމީ ހައިސިއްޔަތު އުވާލުން ޝުޖާއު ކުށްވެރިކުރައްވައިފި

ބަށި ބޯޅައަށް ދެފައިވާ ޤައުމީ ހައިސިއްޔަތު އުވާލުން ޕީއެންސީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ ކުރީގެ މެމްބަރު ޝުޖާއު ކުށްވެރިކުރައްވައިފި އެވެ. ރާއްޖޭގައި އަންހެނުންނަށް ހާއްސަކޮށްގެން ކުޅޭ ކުޅިވަރެއްކަމަށްވާ ބަށި ބޯޅައަށް ދީފައިވާ ޤައުމީ ހައިސިއްޔަތު އުވާލުމާއި ކުޅިގެން ޝުޖާއު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ބަށިބޯޅާއަށް ދީފައިވާ ޤައުމީ ހައިސިއްޔަތު ކުޅިވަރާއި ބެހޭ ވުޒާރާއިން އުވާލަން ނިންމެވި ނިންމެވުމަކީ މި ސަރުކާރުން ޘަޤާފީ ކުޅިވަރުތައް ބާކީ ކޮށްލުމުގެ ގޮތުން ކޮށްފައިވާ ކަމެއްކަމުގ...

އިބްރާހިމް އަސްވާޤް
ލޭގެ ކެންސަރާ ހަނގުރާމަ ކުރަމުންދާ ރާސިޙު އެހީއަކަށް އެދި އާދޭސްކުރަނީ!

ލޭގެ ކެންސަރާ ހަނގުރާމަ ކުރަމުންދާ ރާސިޙު އެހީއަކަށް އެދި އާދޭސްކުރަނީ!

‎إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ‎ https://thiladhun.com/8657   ފުރާވަރު އުމުރުގައި ކޮންމެ ކުއްޖަކު ވެސް ރައްޓެހިންނާއެކު ކުޅެ ސަކަރާތް ޖަހަން ބޭނުން ވާނެއެވެ. ސްކޫލުގައި މޮޅަށް ކިިޔަވައި މައިބަފައިން ފަހުރުވެރިކޮށްދޭން ބޭނުން ވާނެއެވެ. ނަމަވެސް ހއ. ބާރަށަށް އުފަން ރާސިހު މުހައްމަދު މިއަދު މިވަނި މިހުރިހާ ކަމަކުން މަހްރޫމްވެފައެވެ. ލެއަށް ކެންސަރުޖެހި މަރާއި ހަނގުރާމަ ކުރަންޖެހިފައެވެ. މީގެ މަހެއްހަ ދުވަސް ކުރީގެ ވާހަކައެކެވެ. އުމުރުން 14 އަހަރުގެ ރާސިހަކީ އާންމުކޮށް ސްކޫލަށްދާން ބޮޑާ...

އަފްރާހް އަބްދުލް ރަޝީދު