"މިސަރުކާރުން 4127 އެނދުން ފަތުރުވެރިކަމަށް އިތުރުކުރެވި 10000 ވަޒީފާ އުފެއްދިއްޖެ"
މިސަރުކާރު އުފެދުނު ފަހުން މިއަދާ ހަމައަށް، މުޅިން އާ 19 ރިސޯޓާއި 1 ޔޮޓް މެރީނާ ހުޅުވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި މިއީ އެނދުގެ ޢަދަދަށް ބަލާނަމަ، 4127 އެނދުކަމަށާއި އެއީ ގާތްގަނޑަކަށް 10000 ވަޒީފާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް 2019 ފާހަގަކުރުމަށް މިރޭ ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވި ރޭގަނޑުގެ ޖާފަތުގައި ފަތުވެރިކަމުގެ ދާއިރާއަށް ގެނެވުނު ބައެއް ކުރިއެރުންތަކުގެ މައްޗަށްވެސް އަލިއަޅު...