ސައީދާ އާންޓީ، އަބަދުވެސް ނަމޫނާ މުދައްރިއްސެއް.
އެންމެ ކުރިން ފެށިގެންވެސް ވަރަށް “ސޯޝަލް” މީހަކަށް ވާންބޭނުން ވެއެވެ. މީހުން އުފެއްދުމާއި، މީހުން ތަމްރީނު ކުރުމުގެ މަސައްކަތުގައި އުޅެން ބޭނުން ވެއެވެ. އެއީ އޭނާ އަބަދުވެސް ދެކޭ ހުވަފެނެކެވެ. މިއަދު ސައީދާ އާންޓީ އެދަނީ ޢަމަލީ ގޮތުން އެކަން ސާބިތުކޮށްދެމުންނެވެ. ހދ ވައިކަރަދޫ ފުފޫމާގޭ ސައީދާ ހަސަންއަކީ މީހުން ބިނާކުރުމުގެ މަސައްކަތުގައި ނަމޫނާ ދައްކަމުން އަންނަ ކަނބަލެކެވެ. އެގޮތުން ސިވިލް ސާވިސް ޓްރެއިނިންގް އިންސްޓިޓިއުޝަންގެ އެކްސްޓާނަލް ޓްރެއިނާއެއްގެ ގޮތުގައި މިހާރުވެސް ދަނީ ހަރަކާތްތެރި...