އެމް.ޓީ.ސީ.ސީއިން "ހިނިތުންވުމާއެކު" ކެންޕެއިނެއް ފަށައިފި
7 އޮކްޓޯބަރ އިން މިމަހުގެ 11 އަށް ފާހަގަކުރަމުން އަންނަ ދުނިޔޭގެ ކަސްޓަމާ ސާވިސް ހަފްތާއާ ގުޅުވައިގެން “ހިނިތުންވުމާއެކު” ގެ ނަމުގައި އެމްޓީސީސީ އިން ކެމްޕެއިނެއް ފަށައިފި އެވެ. މިއަދު “ހިނިތުންވުމާއެކު” ކެމްޕެއިން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޓީސީސީގެ ސީއީއޯ ހަސަން ޝާހު ވިދާޅުވީ އެމްޓީސީސީ އަކީ ގިނަ ސިނާއަތްތަކެއްގައި ރައްޔިތުންނާއެކު ސީދާ ގޮތުންނާއި ނުސީދާ ގޮތުން މަސައްކަތް ކުރާ ކުންފުންޏެއް ކަމަށާއި، ކުންފުނިންދޭ ހިދުމަތްތައް މިހާރަށްވުރެ ރަނގަޅުކޮށް ކަސްޓަމަރުންނާ...