ހޯރަފުށީގައި ކުރިއަށް ގެންދިޔަ ކުޅިވަރުން ފަހިކަން، ފުޓްސަލް ޓްރެނިންގ ޕްރޮގްރާމް ނިންމާލައިފި
ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒް ޑިޕާޓްމަންޓާއި ހއ. ހޯރަފުށި ޕޮލިސް ސްޓޭޝަނާއި ހޯރަފުށި ކައުންސިލް ގުޅިގެން އެރަށުގައި ކުރިއަށް ގެންދިޔަ އަމާންވެށި ޕްރޮގްރާމްގެ ދަށުން ކުރިއަށް ގެންދިޔަ ‘ކުޅިވަރުން ފަހިކަން’ ފުޓްސަލް ޓްރެއިނިންގ ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވައި ބައިވެރިންނަށް ސެޓުފިކެޓު ދީފިއެވެ. މި އޮކްޓޯބަރު މަހުގެ 29 ވަނަ ދުވަހުގެ ރޭ ހޯރަފުށި ސެފްރޯން ރެސްޓޯރެންޓްގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ޑިވިޜަން ސަޕޯރޓްގެ ހެޑް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލ...