މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ

އެންމެ ފަހުގެ ލިޔުންތައް

39,347 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 2116 ވަނަ ޞަފްޙާ

ޤާނޫނާއި ޤަވާއިދާ ޚިލާފުވުމުގެ މައްސަލަތައް މިއަހަރު އިތުރު: އޭސީސީ

ޤާނޫނާއި ޤަވާއިދާ ޚިލާފުވުމުގެ މައްސަލަތައް މިއަހަރު އިތުރު: އޭސީސީ

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ 2019ވަނަ އަހަރުގެ ތިންވަނަ ކުއާޓަރގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި ކުއާޓަރުގައި އޭސީސީން ބަލައި ނިންމި މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ ޤާނޫނާއި ޤަވާއިދާ ޚިލާފުވުމުގެ މައްސަލައެވެ. އެގޮތުން، މިއަހަރުގެ ތިންވަނަ ކުއާޓަރގެ ތެރޭގައި ޤާނޫނާއި ޤަވާއިދާ ޚިލާފުވުމުގެ 95 މައްސަލައެއް ބަލައި ނިންމާފައިވާއިރު، 2018 ވަނަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ނިންމާފައިވަނީ ޤާނޫނާއި ޤަވާއިދާ ޚިލާފުވުމުގެ 10 މައްސަލައެވެ. 2018 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރއާ އަޅ...

އިބްރާހިމް އަސްވާޤް
ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފް ޑްރިލް ޑިސްޕްލޭ އާއި ބޭންޑުގެ ހަރަކާތްތައް، މާލެއާއި ހުޅުމާލޭގައި

ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފް ޑްރިލް ޑިސްޕްލޭ އާއި ބޭންޑުގެ ހަރަކާތްތައް، މާލެއާއި ހުޅުމާލޭގައި

ދިވެހިރާއްޖޭގެ ފަޚުރުވެރި 31 ވަނަ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި، އެމްއެންޑީއެފް ޑްރިލް ޑިސްޕްލޭ އާއި ބޭންޑުގެ ހަރަކާތްތައް، މާލެ އާއި ހުޅުމާލޭގައި ބާއްވާގޮތަށް ހަމަޖެހިއްޖެއެވެ. ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި، ބާއްވާ ޑްރިލް ޑިސްޕްލޭ އާއި ބޭންޑުގެ ހަރަކާތްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރ 1 ވަނަ ދުވަހުއާއި ނޮވެމްބަރ 2 ވަނަ ދުވަހުއެވެ. މިގޮތުން، ނޮވެމްބަރ 1 ވަނަ ދުވަހު (މާދަމާ) ގެ ހަވީރު 16:30 ގައި ހުޅުމާލެ ސެންޓްރަލް ޕާކް ސަރަޙައްދުގައި ފެށުމަށް ހަމަޖެހިފައިވާ އެމްއެންޑީއެފް މިއުޒިކ...

އިބްރާހިމް އަސްވާޤް

ނުހައްގު އަނިޔާއާއި ގޯނާ ތަހައްމަލު ކުރަމުންދިޔަ ކުދިން: މިއަދު ޒުވާނުން

ދިވެހި ރާއްޖޭގައި، ނުހައްގު އަނިޔާއާއި ގޯނާ ތަހައްމަލު ކުރަމުންދާ 5000 ށްވުރެ ގިނަ ކުދިން އެބަތިބިކަމަށް އަޅުގަޑަށް ގަބޫލުކުރެވެއެވެ. މިއީ ލިބެން ހުރި ހިސާބުތަކުގެ މައްޗަށް އަންދާޒާކޮށް ނެރެފައިވާ އަދަދެކެވެ. ކުޑައިރު މިގޮތަށް ނުހައްގު އަނިޔާއާއި ގޯނާއާއި ކުރިމަތިވި އެތައް ކުދިންނެއް އެ އުދާހުގެ ތެރޭގައި ދިރިއުޅުން ވޭތުކުރަމުން އެގެންދަނީ މިއަދު ޒުވާނުންގެ ގޮތުގައެވެ. އެއީ ވެސް ހާހުން ގުނާލެވޭނެ އަދަދެކެވެ. އެމީހުން އިންސާފު ހޯދަން ދާނެތަނެއް ނެތެވެ. އިންސާފު ނުލިބޭނެކަމުގެ ޔަގީންކަން އޮތީމައެވެ...

މުޙައްމަދު ޝިހާބް
ދެފުށް ދެގޮތް ވުން

ދެފުށް ދެގޮތް ވުން

بسم الله الرحمن الرحيم ދެފުށް ދެގޮތް ވުމަކީ އެއްޗެއްގެ އެތެރެފުށާއި ބޭރުފުށް ތަފާތުވުމެވެ. އާންމުކޮށް ކޮންމެ އެއްޗެއްގެވެސް ދެފުށް ދެގޮތް ވާނެއެވެ. ނަމަވެސް އިންސާނާގެ އެތެރާއި ބޭރު، ހިތާއި ހަށިގަނޑު އަދި ނިޔަތާއި އަމަލު އެއްގޮތް ކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ. އެވެނި މިވެނި މީހަކީ ވަރަށް ދެފުށް ދެގޮތް މީހެކޭ ބުނެވުމަކީ އެމީހާއަށް ލިބޭ ވަރަށް ބަދު ބަހެކެވެ. ހުރިހައި މުޖުތަމައެއްގައިވެސް އެކަން ބެލެވެނީ ނުބައި ކަމެއްގެ ގޮތުގައެވެ. އިޚްލާޞްތެރިކަމަކީ ހިތުގެ ޢަމަލެވެ. އެއީ […]

Thiladhun
50 މޭލަށް ވައިގަދަވާނެ، ކޮޅިގަނޑު ތޫފާނަކަށް ބަދަލުވުމާއި ގުޅިގެން ސަމާލުވުމަށް އިލްތިމާސް ކޮށްފި

50 މޭލަށް ވައިގަދަވާނެ، ކޮޅިގަނޑު ތޫފާނަކަށް ބަދަލުވުމާއި ގުޅިގެން ސަމާލުވުމަށް އިލްތިމާސް ކޮށްފި

މިދުވަސް ވަރަކީ ރާއްޖެއަށް މޫސުން ގޯސް ކަނޑުގަދަ ވިއްސާރަ ދުވަސް ވަރަކަށް ވެފައި، ރާއްޖެގެ އުތުރުގެ ސަރަޙައްދުގައި އުފެދިފައިވާ ކޮޅިގަނޑު އިތުރަށް ބާރުގަދަވެ ތޫފާނަކަށް ބަދަލުވުމާއި ގުޅިގެން ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފްއިން އިލްތިމާސް ކޮށްފިއެވެ. ރާއްޖެގެ އުތުރުގެ ސަރަޙައްދުގައި އުފެދިފައިވާ ކޮޅިގަނޑު އިތުރަށް ބާރުގަދަވެ ތޫފާނަކަށް ބަދަލުވުމާއި ގުޅިގެން ކުރިއަށް އޮތް ވަގުތުތަކުގައި ރާއްޖޭގެ ސަރަހައްދުތަކަށް ގިނަ އަދަދަކަށް ވިއްސާރަ ވިލާ އަރަމުން ދާނެކަމަށާއި...

އިބްރާހިމް އަސްވާޤް
ހއ. އަތޮޅާއި ބ. އަތޮޅާ ދެމެދަށް ޔެލޯ އެލާޓް ނެރެފި

ހއ. އަތޮޅާއި ބ. އަތޮޅާ ދެމެދަށް ޔެލޯ އެލާޓް ނެރެފި

  ހއ. އަތޮޅާއި ބ. އަތޮޅާ ދެމެދަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ އިދާރާއިން އަނެއްކާވެސް ޔެލޯ އެލާޓް ނެރެފިއެވެ. Alert Yellow for Torrential rain and thunderstorms with gust of 45 mph. pic.twitter.com/XzyMhxNxSe — Maldives Meteorology (@MetMaldives) October 30, 2019 ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ސްރީލަންކާއާއި ރާއްޖެއާ ދެމެދު އުފެދިފައިވާ ކޮޅިގަނޑެއްގެ ސަބަބުން ކުރަމުންދާ ވިއްސާރައެއް ކަމަށް މެޓް އޮފީހުން މިއަދު ވަނީ ބުނެފަ […]

އިބްރާހިމް އަސްވާޤް
ޤައުމުގެ ކުރިއެރުމާ ތަރައްޤީގައި ކޮންމެ މީހެއްގެވެސް ފަރުދީ ޒިންމާ އަދާކުރުމަށް ނައިބު ރައީސް ގޮވާލައްވައިފި

ޤައުމުގެ ކުރިއެރުމާ ތަރައްޤީގައި ކޮންމެ މީހެއްގެވެސް ފަރުދީ ޒިންމާ އަދާކުރުމަށް ނައިބު ރައީސް ގޮވާލައްވައިފި

ޤައުމުގެ ކުރިއެރުމާ ތަރައްޤީގައި ކޮންމެ މީހެއްގެ ޙިއްޞާވެސް މުހިންމު ކަމަށް ދަނެގެން އެމީހެއްގެ ފަރުދީ ޒިންމާ އަދާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަޞީމް ގޮވާލައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިކަމަށް ގޮވާލެއްވީ ޤައުމީ ޔުނިވަސީޓީގެ ސްކޫލް އޮފް މެޑިސިންގެ ދަރިވަރުން އަމަލީ ތަޖުރިބާ ހޯދުމުގެ ޕްރޮގްރާމުގެ ފެށުން ފާހަގަކުރުމުގެ ގޮތުން މިއަދު ބޭއްވި ޙަފުލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ޤައުމުގެ މުސް...

އިބްރާހިމް އަސްވާޤް

ށ. ނަރުދޫ ފެނަކަ ބްރާންޗުން ރަށުތެރެ ސާފުކުރުމަށް ނަމޫނާ މުބާރާތެއް

ށ. ނަރުދޫ ފެނަކަ ބްރާންޗުން ރަށުތެރެ ސާފުކުރުމަށް ނަމޫނާ މުބާރާތެއް ބާއްވައިފިއެވެ. ށ. ނަރުދޫ ފެނަކަ ބްރާންޗުން ކުރިއަށްގެންދިޔަ ރަށުތެރެ ސާފުކުރުމުގެ މުބާރާތުގައި އެރަށުން 2.8 ޓަނުގެ ޕްލާސްޓިކް ހޮވައިފިއެވެ. “ރީތި ސާފު ނަރުދޫ” ކެމްޕޭނުގެ ދަށުން ޕްލާސްޓިކް ހޮވުމުގެ މުބާރާތެއް ފެނަކަ ނަރުދޫ ބްރާންޗުން ކުރިއަށް ގެންގޮސްފައިވަނީ އިއްޔެ އެވެ. މި މުބާރާތުގައި 17 ޓީމަކުން ބައިވެރިވިއިރު ޖުމްލަ 35،191 ޕްލާސްޓިކު ކޮޅު ވަނީ ހޮވައިފައެވެ. މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ފެނަކަ ކޯޕަރޭޝަނާއި ދާއިރާގެ...

ޔުމްނާ ޢަލީ
މިފްކޯ އަށް 150 މިލިއަން ރުފިޔާ އެސްޓީއޯ އިން ހަރަދުކޮށްފި

މިފްކޯ އަށް 150 މިލިއަން ރުފިޔާ އެސްޓީއޯ އިން ހަރަދުކޮށްފި

މަސްވެރިންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށްދިނުމަށް އެސްޓީއޯ އިން މިފްކޯ އަށް މި އަހަރުގެ މިހާތަނަށް 150 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފި އެވެ. އެސްޓީއޯގެ ތިންވަނަ ކުއާޓަރުގެ މާލީ ހިސާބުތަކާ އެކު މިދިޔަ ހޯމަ ދުވަހު ނެރެފައިވާ ބަޔާނެއްގަ މިކަން ވަނީ ހާމަކޮށްފައެވެ. މިފްކޯ މިހާރު ހިންގަމުން އަންނަނީ ސަރުކާރުގެ މައި ވިޔަފާރި ކުންފުނި ކަމަށްވާ އެސްޓީއޯގެ ބައެއްގެ ގޮތުގަ އެވެ. ވަކި ކުންފުންޏެއްގެ ގޮތުގައި ހިންގަމުން ގެންދިޔަ މިފްކޯ އެސްޓީއޯގެ ދަށަށް ބަދަލުކުރަން ސެޕްޓެމްބަރު […]

އިބްރާހިމް އަސްވާޤް

ސްރީލަންކާގެ އާ ސަފީރު، ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

ސްރީލަންކާގެ އާ ސަފީރު، ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފިއެވެ. ސްރީލަންކާގެ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ހިޒް އެކްސެލެންސީ ކޮހޮނަ ވަލައްވެ ނިމަލް ދަރްމަކީރްތި ކަރުނަރަތުނެ، ސަފީރުކަމުގެ ފަތްކޮށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އަރުވާފައިވަނީ މި ކަމަށް މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔަތެއްގައެވެ. މި ރަސްމިއްޔާތުގައި ސްރީލަންކާގެ އާ ސަފީރު ދެއްކެވި ވާހަކަފުޅުގައި ސްރީލަންކާއާ ރާއްޖެއަކީ ޒަމާނުއްސު...

ފާތިމަތު ސިނާޒާ
ނޮޅިވަރަމުން ގޯތި ލިބުނު މީހުންގެ ލިސްޓް އަލުން އެކުލަވާލުމަށް ހުކުމް ކޮށްފި

ނޮޅިވަރަމުން ގޯތި ލިބުނު މީހުންގެ ލިސްޓް އަލުން އެކުލަވާލުމަށް ހުކުމް ކޮށްފި

ހދ. ނޮޅިވަރަމުން ދޫކުރި 75 ބަންޑާރަގޯތި ދޫކުރުމުގައި އަމަލުކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށް ބުނެ ގޯތި ލިބުނު ފަރާތްތަކުގެ ލިސްޓް އަލުން އެކުލަވާލުމަށް ނޮޅިވަރަމް މެޖިސްޓްރޭޓް ކޯޓުން ހުކުމް ކޮށްފިއެވެ. ނޮޅިވަރަމް މެޖިސްޓްރޭޓް ކޯޓުން މިގޮތަށް ހުކުމް ކޮށްފައިވަނީ އެރަށުން އެންމެ ފަހުން ދޫކޮށްފައިވާ ގޯތިތައް ދިނުމުގައި މައްސަލަތަކެއް އުޅޭކަމަށް ބުނެ ނޮޅިވަރަމް ކައުންސިލާ ދެކޮޅަށް އެރަށު ކޯޓަށް ތިން ފަރާތަކުން ހުށަހެޅި މައްސަލަތަކާއި ގުޅިގެން މިއަދު އިއްވި ހުކުމުގައެވެ. އަދި އެ ހުކުމުގައި މިހާރު ބަނ...

ފާތިމަތު ސިނާޒާ
ހދ. އަތޮޅު 4 ރަށެއްގެ ފުޓުބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރު ކުރަން ހަވާލުކޮށްފި

ހދ. އަތޮޅު 4 ރަށެއްގެ ފުޓުބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރު ކުރަން ހަވާލުކޮށްފި

ހދ. ކުޅުދުއްފުށި، ހދ. ހަނިމާދޫ ، ހދ. ނޮޅިވަރަމު އަދި ހދ. ނެއްލައިދޫ ފުޓުބޯޅަ ދަނޑުގެ ސަބް ބޭސް ތައްޔާރުކުރުމުގެ މަސައްކަތް މިއަދު ހަވާލުކޮށްފިއެވެ. މިއަދު މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް ގައި ކުރިއަށްދިޔަ ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރީ އެމިނިސްޓްރީގެ ސްޓޭޓް މިނިސްޓްރ އައްސަދު އަލީއެވެ. އާރްކޭއެލް ގްރޫޕްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ހުޒައިމާ އާސިރެވެ. އަދި ފްލެކްސް އިންކްގެ ފަރާތުން އެއްބަސްވުންތަކު...

ޔުމްނާ ޢަލީ

އަފީފުއްދީން ސްކޫލްގެ ވަށާފާރު ރާނަން ޕްލަސް ބީ އާއި ހަވާލުކޮށްފި

ހދ. ކުޅުދުއްފުށީ އަފީފުއްދީން ސްކޫލުގެ ވަށާފާރު ރޭނުމުގެ މަސައްކަތް ޕްލަސް ބީ އާއި ހަވާލުކޮށްފިއެވެ. މި މަސައްކަތް ހަވާލުކޮށްފައި ވަނީ ޕްލަސް ބީ ކުންފުންޏާއެވެ. ސަރުކާރުގެ ބަޖެޓުން ހަތަރު ލައްކަ ރުފިޔާ ޚަރަދު ކޮށްގެން ކުރާ މި މަސައްކަތް އެކުންފުންޏާ ހަވާލުކޮށްފައިވަނީ 45 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މި މަސައްކަތަކީ އެޑިއުކޭޝަން މިނިސްޓްރީގެ ޕީއެސްއައިޕީގެ ދަށުން ކުރިއަށްގެންދާ މަޝްރޫއެކެވެ. ޕީއެސްއައިޕީ ބަޖެޓުގެ ތެރެއިން މިއަހަރު 20 ޕްރޮޖެކްޓެއްގައި ސޮއި ކުރާނެ ކަމަށް އެ މިނިސްޓްރީން ވަނީ...

އިބްރާހިމް އަސްވާޤް

ކެލާގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

ހއ. ކެލާ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، ކެލައަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 27 އަހަރުގެ ދިވެހި ފިރިހެނެކެވެ. ހއ. އަތޮޅު ރަށަކުން ފުރައިގެން ކެލައަށް ދަތުރުކުރަމުންދާ ލޯންޗަކުން މަސްތުވާތަކެތި ގެންނަކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން މި މީހާ ހައްޔަރުކޮށްފައިވަނީ މަހުގެ 28 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައެވެ. ލޯންޗުގައި ކެލައަށް އައި މީހާ ފުލ...

ފާތިމަތު ސިނާޒާ
މި އަހަރުގެ މިހާތަނަށް ރާއްޖެއައި ފަތުރުވެރިންގެެ އަދަދު 1.25 މިލިއަނަށް އަރައިފި

މި އަހަރުގެ މިހާތަނަށް ރާއްޖެއައި ފަތުރުވެރިންގެެ އަދަދު 1.25 މިލިއަނަށް އަރައިފި

ޓޫރިޒަމް މިނިސްޓްރީން ނެރެފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުގައި މިއަހަރުގެ މިހާތަނަށް މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 15.8 ޕަސެންޓް އިތުރުވެ، ޓޫރިސްޓުންގެ އަދަދު 1.25 މިލިއަނަށް އަރައިފި އެވެ. ނިމިގެން ދިޔަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް 1.25 މިލިއަން ޓޫރިސްޓުން ރާއްޖެ އައިސްފައި ވާއިރު މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރީ އެއް މިލިއަން ޓޫރިސްޓުންނެވެ.މީގެ އިތުރުން މި އަހަރުގެ ސެޕްޓެމްބަރު މަހު އެކަނިވެސް 117،619 ޓޫރިސްޓުން ރާއްޖެ އައިސްފައިވާއިރު ނިމިގެން ދިޔަ 2018 ވަނަ […]

ފާތިމަތު ސިނާޒާ
ހަރަދުތައް މައްޗަށްދިއުމާއި ގުޅިގެން ގައުމީ އެއާލައިނަށް ބޮޑު ގެއްލުމެއް!

ހަރަދުތައް މައްޗަށްދިއުމާއި ގުޅިގެން ގައުމީ އެއާލައިނަށް ބޮޑު ގެއްލުމެއް!

ދިވެހިރާއްޖޭގެ ގައުމީ އެއަރ ލައިން އަށް މިއަހަރުގެ ދެވަނަ ކުއާޓާގައި 10.8 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބިފައިވާކަމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޒޭޝަން ބޯޑް (ޕީސީބީ)އިން ބުނެފި އެވެ ޕީސީބީ އިން ނެރުނު ރިޕޯޓުގައިވާ ގޮތުން ކުންފުނީގެ މާލީ ހާލަތު ދަށްވެ އައިލެންޑް އޭވިއޭޝަން (އައިއޭއެސް)އަށް މިއަހަރުގެ ދެވަނަ ކުއާޓާގައި ލިބިފައިވާ ގެއްލުމަކީ މިދިޔަ އަހަރުގެ ދެވަނަ ކުއާޓާގައި ލިބުނު ފައިދާއާ އަޅާބަލާ އިރު، 116 ޕަސެންޓް ދަށް އަދަދެއްކަމަށެވެ. 2018 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައި އައިއޭއެސް...

ފާތިމަތު ސިނާޒާ
ކެލާ އަދި އިތުރު 4 ރަށެއްގައި ޑީސެލިނޭޝަން ޕްލާންޓް ބެހެއްޓުމަށް އީއައިއޭ ހަދާނެ ފަރާތެއް ހޯދަނީ

ކެލާ އަދި އިތުރު 4 ރަށެއްގައި ޑީސެލިނޭޝަން ޕްލާންޓް ބެހެއްޓުމަށް އީއައިއޭ ހަދާނެ ފަރާތެއް ހޯދަނީ

ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން 05 ރަށުގައި ޑީސެލިނޭޝަން ޕްލާންޓް ބެހެއްޓުމަށް ބޭނުންވާ އެންވަޔަރަމަންޓް އިމްޕެކްޓެ އެސެސްމަންޓު ރިޕޯޓް ތައްޔާރުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރިން ކުރި އިޢުލާން ބާތިލްކޮށް އަނެއްކާ ހުޅުވާލައިފިއެވެ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން މިއަދު ނެރުނު އިއުލާނުގައި ބުނެފައިވަނީ އެ މިނިސްޓްރީން 02 ސެޕްޓެމްބަރ 2019 ވަނަ ދުވަހު ކުރި އިޢުލާންނާއި ގުޅިގެން މިމަސައްކަތަށް ޝަރުތުހަމަވާ ފަރާތެއް ލިބިފައިނުވާތީ ހއ.ކެލާގެ އ...

ފާތިމަތު ސިނާޒާ
މަކުނުދޫގައި ކާޑާއި ގޭސް ޑިސްޓްރިބިއުޓްކޮށް ވިއްކާނެ ފަރާތެއް ހޯދަނީ

މަކުނުދޫގައި ކާޑާއި ގޭސް ޑިސްޓްރިބިއުޓްކޮށް ވިއްކާނެ ފަރާތެއް ހޯދަނީ

ހދ. މަކުނުދޫގައި ކާޑާއި ގޭސް ޑިސްޓްރިބިއުޓްކޮށް ވިއްކާނެ ފަރާތެއް ހޯދަން އަލުން އިޢުލާންކޮށްފިއެވެ. ކައުންސިލުން ނެރުނު އިޢުލާނުގައި ބުނެފައިވަނީ އެފަރާތުން ކުރިން ކުރި އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައި ނުވާތީ އެ އިޢުލާން ބާތިލްކޮށް އަލުން އެ ފުރުސަތު ހުޅުވާލާކަމަށެވެ. އެހެންކަމުން މިކަމަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތަކީ މަކުނުދޫގެ ރައްވެއްސެއް ކަމުގައި ވާން ޖެހޭނެ ކަމަށާއި އަދި  ގަނޫނީ ނަމްބަރު 2014/18 ނުވަތަ 2014/19 ގެ ދަށުން ވިޔާފާރި ރަޖިސްޓްރީ ކޮށްފައިވާ ފ...

ފާތިމަތު ސިނާޒާ