މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ

އެންމެ ފަހުގެ ލިޔުންތައް

39,347 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 2114 ވަނަ ޞަފްޙާ

ނޮވެންބަރު ތިނެއްގެ ހަނދާނީ ބިނާގައި ދިދަޖެހުމާއި ގާޑް މައުންޓް ކުރުމުގެ ރަސްމިއްޔާތު ބާއްވައިފި

ނޮވެންބަރު ތިނެއްގެ ހަނދާނީ ބިނާގައި ދިދަޖެހުމާއި ގާޑް މައުންޓް ކުރުމުގެ ރަސްމިއްޔާތު ބާއްވައިފި

ދިވެހިރާއްޖޭގެ ފަޚުރުވެރި 31 ވަނަ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ނޮވެމްބަރު ތިނެއްގެ ހަނދާނީ ބިނާގައި ދިދަ ޖެހުމާއި ގާޑު މައުންޓް ކުރުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދުދީދީއެވެ. ނޮވެންބަރު ތިނެއްގެ ހަނދާނީ ބިނާ ސަރަޙައްދުގައި މިއަދު ހެނދުނު 06:30 ގައި ބޭއްވި ރަސްމިއްޔާތުގައި ދިދަޖަހައި ގާޑުމައުންޓްކޮށްފައި ވަނީ ދިދަ ޕާޓީގައި ހިމެނޭ ސިފައިންނެވެ. ދިދަވެރިން ދިދަ ޖަހައި ގާޑު މާއުންޓް ކުރުމުން ނޮވެމްބަ...

އިބްރާހިމް އަސްވާޤް
ނަސްރުގެ ދުވަހުގެ ތަހުނިޔާ ރައީސް ސޯލިހް ފޮނުއްވައިފި

ނަސްރުގެ ދުވަހުގެ ތަހުނިޔާ ރައީސް ސޯލިހް ފޮނުއްވައިފި

ނަސްރުގެ ދުވަހުގެ ތަހުނިޔާ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ފޮނުއްވައިފި އެވެ. ނަސްރުގެ ތަހުނިޔާ ރައީސް ފޮނުއްވަމުން ކުރެއްވި ޓުވީޓުގައި ބުނެފައިވަނީ “ނަސްރުގެ ދުވަހުގެ ތަހުނިޔާ އާއި އިޚްލާސްތެރި ހެޔޮ އެދުންތައް ލޮބުވެތި ދިވެހި އެންމެހާ ރައްޔިތުންނަށް އަރިސް ކުރަން. މި ގަ އުމަށްޓަކައި ޝަހީދުވެ ދިޔަ ބަތަލުންނަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ލެއްވުން އެދި މާތްﷲ ގެ ހަޒުރަތުގައި ދުއާ ދަންނަވަން،” ރައީސްގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ. ނަޞްރުގެ ދުވަހުގެ ތަހުނިޔާ އާއި އިޚްލާޞްތެރި ހެ...

ޔުމްނާ ޢަލީ
ތިލަދުންމަތީގެ ފަހުރު - ޝަހީދު ޙުސައިން އާދަމް

ތިލަދުންމަތީގެ ފަހުރު - ޝަހީދު ޙުސައިން އާދަމް

 1988 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 3 ވަނަ ދުވަހުގެ އަރާމު ނިދިން، ދިވެހިން ހޭލައްވާލި ބާރު އަޑަކީ ކިހާ ބިރުވެރިކަމެއްކަމެއް އެވަގުތު އެނގިފައި ނުވިނަމަވެސް މުޅި ދުވަސް ނިމިގެން ދިޔައީ ބިރުވެރި ކަމާއި ނާމާންކަމުގެ ތެރެއިން 19 ދިވެހިން ޝަހީދުކޮށްލުމަށް ފަހުއެވެ. އެ ޢުދުވާނަށް މިއަދަށް 31 އަހަރު ވެފައިވާއިރު އެދުވަހުގެ ބިރުވެރި ހަނދާންތަކާއި އަޑުތައް ދިވެހިންގެ ކަންފަތުގައި ތާއަބަދަށް ހަރުލާފައި ހުންނާނެ ކަމާމެދު އެއްވެސް ޝައްކެތްނެތެވެ. ދިވެހި ޚާއިނުންގެ މަދު ބަޔަކާއި ބޭރުގެ ކުލީ ސިފައިން ގުޅިގެ...

ފާތިމަތު ސިނާޒާ
ށ. ވަގަރުގައި ތަރައްގީކުރި "ޖޭޑަބްލިއު މެރިއެޓް" ރިސޯޓު ހުޅުވައިފި

ށ. ވަގަރުގައި ތަރައްގީކުރި "ޖޭޑަބްލިއު މެރިއެޓް" ރިސޯޓު ހުޅުވައިފި

މެރިއެޓް އިންޓަނޭޝަލްގެ “ޖޭޑަބްލިއު މެރިއެޓް މޯލްޑިވްސް ރިސޯޓް އެންޑް ސްޕާ” މިދިޔަ ހަފުތާގައި ހުޅުވައިފި އެވެ. ށ. ވަގަރުގައި ހުޅުވި މި ރިސޯޓަކީ ދުނިޔޭގެ އެންމެ ބޮޑު ހޮޓެލް ޗެއިން މެރިއޮޓް އިންޓަނޭޝަނަލްގެ ހޮޓެލް ބްރޭންޑެކެވެ. މި ރިސޯޓާއެކު ރާއްޖޭގެ ޓޫރިޒަމް އާ ހަރުފަތަކަށް ދާނެ ކަމަށް ދުނިޔޭގެ މަޝްހޫރު ޓްރެވަލް ވެބްސައިޓްތަކުގައި ބުނެފައިވެ އެވެ. ކުރިން އެމެރިކާގެ ހޮޓެލް ބްރޭންޑެއް ކަމަށްވާ ވައިސްރޯއީގެ ނަމުގައި ހިންގި ރިސޯޓު ޖޭޑަބްލިއު މެރިއޮޓްގެ ނަމުގައި އަލުން ހުޅުވަން ވަނީ ބޮޑެތި […]

އިބްރާހިމް އަސްވާޤް
އެމްޑީއެންގެ ރިޕޯޓު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ނެގުމުގެ ފުރުޞަތެއް ނުދޭނަން: ޑރ އިޔާޒު

އެމްޑީއެންގެ ރިޕޯޓު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ނެގުމުގެ ފުރުޞަތެއް ނުދޭނަން: ޑރ އިޔާޒު

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ގެ ރިޕޯޓު ބޭނުން ކޮށްގެން ނާޖާއިޒު ފައިދާ ނެގުމުގެ ފުރުޞަތު ނުދެއްވާނެކަމަށް ޑރ. މުހައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ. ޑރ. އިޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބަޔަކު މީހުން ލާދީނީ ޓެރަރިސްޓު އެމްޑީއެންގެ ގެ ސައިތާނީ ރިޕޯޓު ބޭނުން ކޮށްގެން ނާޖާއިޒު ފައިދާ ތަކެއް ނަގަން އުޅުނުނަމަވެސް އެކަމުގެ ފުރުޞަތު ދެވެން ނެތް ވާހަކަ، އެފަދަ ބޭފުޅުންގެ މަޢުލޫމާތަށްޓަކައި ދަންނަވާ ކަމަށެވެ. Bayaku meehun Laadheeny Terroriost MDN ge Shaithaany Report […]

އަޙްމަދު މުޖުތަބާ

ސާވިސް ޗާޖް ލިސްޓުގެ ކުރީގައި މިފަހަރުވެސް ރަންދެލި!

ނިމިގެންދިޔަ އޮކްޓޯބަރ މަހު އެންމެ ބޮޑު ސާވިސް ޗާޖު ދިނީ ޝެވަލް ބްލަންކް ރަންދެލި ރިސޯޓުންނެވެ. ރާއްޖޭގެ ރިސޯޓުތަކުން ކޮންމެ މަހަކު ދޭ ސާވިސް ޗާޖް އާންމުކުރާ ވެބްސައިޓް “މޯލްޑިވްސް ސާވިސް ޗާޖް”ގައި ބުނެފައިވާ ގޮތުގައި ރަންދެލި ރިސޯޓުން ސާވިސް ޗާޖުގެ ގޮތުގައި ބޮލަކަށް 1097 ޑޮލަރު (16،915.74 ރުފިޔާ) ވަނީ ބަހާފަ އެވެ. މިއީ ސެޕްޓެމްބަރ މަހާއި އަޅާ ބަލާއިރު  489.27 ޑޮލަރު ( 7544.54 ރުފިޔާ) އިތުރު އަދަދެކެވެ. ދެވަނަ އަށް އެންމެ ބޮޑު […]

ފާތިމަތު ސިނާޒާ
ސައިކަލު ވަގަށް ނެގުން – ހައްލަކީ ކޮބާ؟

ސައިކަލު ވަގަށް ނެގުން – ހައްލަކީ ކޮބާ؟

ވައްކަމުގެ މައްސަލަތަކުގެ ސަބަބުންލިބޭ މާލީ ގެއްލުންތަކަކީ ކޮންމެ ބޭފުޅަކުވެސް އެކަމާ ކަންބޮޑުވާނެ ކަމެކެވެ. ގެންގުޅޭ އަގުބޮޑެތި މުދާ ގެއްލުމަކީ އެކަމާ އިންތިހާއަށް ދެރަވެ ހިތާމަ ކުރާ ކަމެކެވެ. ވައްކަމުގެ މައްސަލަތަކަކީ ދިވެހި މުޖުތަމަޢުގައި އަބަދުވެސް ހިނގަމުން އަންނަ، އެކަންކަމަށް ހައްލު ހޯދަން ޖެހިފައިވާ ކަންކަމެވެ. އޭގެތެރޭގައި ސައިކަލު ވަގަށް ނެގުމުގެ މައްސަލަތައް މިވަނީ ކަންބޮޑުވާ މިންވަރަށް އިތުރުވެފައެވެ. ނަމަވެސް، މިފަދަ ކަންކަން ހައްލުކުރުމުގައި ފަރުދީ ގޮތުން ކޮންމެ ބޭފުޅަކަށްވެސް ކުރެ...

Thiladhun

ދިވެހިންގެ ލޯބި ހޯދާފައިވާ ކާމިޔާބު ކީޕަރު އިމްރާން، ފުޓުބޯޅަ އާއި ދުރަށް

ދިވެހިރާއްޖޭ ގައި އުފެދުނު އެންމެ މޮޅު ގޯލު ކީޕަރު އިމްރާން މުޙައްމަދު، 20 އަހަރަށްފަހު، އޭނާގެ އަންގި ބޭލުމަށްފަހު ފުޓުބޯޅަ ކުޅުން ހުއްޓާލައިފިއެވެ. މެދު ކެނޑުމެއްނެތި 16 އަހަރު ގައުމީ ޓީމުގެ ގޯލު ބެލެހެއްޓި ގޯލް ކީޕަރު އިމްރާން ފުޓުބޯޅަ ކުޅުން ހުއްޓާލީ އޭނާ މި ސީޒަނުގައި ކުޅެމުން އައި ޓީސީ ސްޕޯޓްސްގެ ކޮންޓްރެކްޓް، ސީޒަނުގެ މެދަކާ ހަމައިން އުވާލުމަށް ފަހު އެވެ. ކުޅިވަރަށް ހިދުމަތް ކުރުމުގެ ރޮނގުން، މި އަހަރު ގައުމީ އިނާމު ހާސިލު ކުރި […]

އަޙްމަދު މުޖުތަބާ
އެމްޑީއެންގެ ރިޕޯޓު ހއ އަތޮޅު ކައުންސިލުންވެސް ކުށްވެރިކޮށްފި

އެމްޑީއެންގެ ރިޕޯޓު ހއ އަތޮޅު ކައުންސިލުންވެސް ކުށްވެރިކޮށްފި

މޯލްޑިވިއަން ދިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިންގެ ރިޕޯޓުގައި އިސްލާމް ދީނަށާއި ކީރިތި ރަސޫލާއަށް ފުރަށްސާރަކޮށްފައިވާ މައްސަލަ ހއ އަތޮޅު ކައުންސިލުންވެސް ކުށްވެރިކޮށްފިއެވެ. ހއ އަތޮޅު ކައުންސިލުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ އެމްޑީއެން އިން ނެރެފައިވާ “ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް” ރިޕޯޓުގައި މާތްވެގެންވާ އިސްލާމްދީނުގެ އަޞްލުތަކާއި، ކީރިތިރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ކުޑައިމީސް ވާގޮތަށް ހިމަނާފައިވާ އެންމެހައި ވާހަކަތައް އެންމ...

އަޙްމަދު މުޖުތަބާ
ހަނިމާދޫ އަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތީގެ 145 ރަބަރު ޕެކެޓު ހޯދައިފި

ހަނިމާދޫ އަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތީގެ 145 ރަބަރު ޕެކެޓު ހޯދައިފި

ހދ ހަނިމާދޫ އަށް އެތެރެ ކުރަން އުޅުނު މަސްތުވާތަކެތީގެ 145 ރަބަރު ޕެކެޓު ހޯދައި އެއެއްޗެހި ފުލުހުންގެ ބެލުމުގެ ދަށަށް ގެނަސްފިއެވެ. ހަނިމާދޫ ޕޮލިސް އާއި ޕޮލިސް އިންޓެލްޖެންސް ގުޅިގެން އިއްޔެ ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މަސްތުވާތަކެތީގެ 145 ރަބަރު ޕެކެޓު ހޯދާފައިވަނީ ހަނިމާދޫ އިންނެވެ. މި މައްސަލައާއި ގުޅިގެން އެއްވެސް މީހަކު މިހާތަނަށް ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ. މިތަކެތި އަތުލާގަނެފައިވަނީ އިއްޔެ ހަނިމާދޫއަށް އައި ބޯޓެއްގައި ހުރި ފޮށިގަނޑަކުން ކަމަށް ފުލުހުން...

އަޙްމަދު މުޖުތަބާ
ވީއެސްއާރްސީ ވޮލީބޯލް މުބާރާތް 2019: ނޮޅިވަރަންފަރާއި ކުޅުދުއްފުށި ސެމީ ފައިނަލަށް

ވީއެސްއާރްސީ ވޮލީބޯލް މުބާރާތް 2019: ނޮޅިވަރަންފަރާއި ކުޅުދުއްފުށި ސެމީ ފައިނަލަށް

ވީއެސްއާރްސީ ވޮލީބޯލް މުބާރާތް 2019 ގެ ސެމީ ފައިނަލަށް ނޮޅިވަރަންފަރު ސްޕޯޓްސް ކްލަބު އަދި ޓީމް ކުޅުދުއްފުށި ދަތުރުކޮށްފިއެވެ. ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އިއްޔެ ނޮޅިވަރަންފަރު ސްޕޯޓްސް ކްލަބް ވަނީ ސީދާ 3 ސެޓުން ޓީމް ނޮޅިވަރަމް ބަލިކޮށްފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ނޯޅިވަރަންފަރު ސްޕޯޓްސް ކްލަބުގެ އަލީ ޙުޒާމް އެވެ. މި މެޗުގެ ފުރަތަމަ ސެޓު 21-25 އިން ނޮޅިވަރަންފަރު ސްޕޯޓްސް ކްލަބު ކާމިޔާބުކުރިއިރު ދެވަނަ ސެޓު އެޓީމުން ކާމިޔަބުކުރީ 22-25 […]

އަޙްމަދު މުޖުތަބާ
ޕޯސްޓް އަދި ކޫރިއަރ ސާވިސް މެދުވެރިކޮށް ގެންނަ ތަކެތި ބަލައި ފާސްކޮށްފައި ސްޓިކާ ޖަހަން ފަށައިފި

ޕޯސްޓް އަދި ކޫރިއަރ ސާވިސް މެދުވެރިކޮށް ގެންނަ ތަކެތި ބަލައި ފާސްކޮށްފައި ސްޓިކާ ޖަހަން ފަށައިފި

ޕޯސްޓް އަދި ކޫރިއަރ ސާވިސް މެދުވެރިކޮށް ގެންނަ ތަކެތީގެ ތެރެއިން ބަލައި ފާސްކުރާ ތަކެތީގައި، އެ ފާސްކުރިކަން އަންގައިދޭ ސްޓިކާއެއް ޖަހަން ކަސްޓަމްސްއިން ފަށަައިފިއެވެ. ކަސްޓަމްސްއިން މިދިޔަމަހު 31 ވަނަދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ޕާރުސަލް ނުވަތަ ޕެކޭޖެއް ބަލައި ފާސްކުރާނީ ވެރި ފަރާތް ނުވަތަ ވެރި ފަރާތް ތަމްސީލުކުރާނެ ފަރާތެއް ނުވެއްޖެނަމަ، ލޯކަލް ކޫރިއަރ އޭޖެންޓެއްގެ ހާޒިރުގައި ކަމަށެވެ. އިއްޔެއިން ފެށިގެން އެ ސްޓިކާ ޖަހަން ފަށާނެ ކަމަށާއި އެ ސްޓިކާ ޖަހާނީ ޕާރުސަލް ބަލައި ފާސްކޮށް...

އިބްރާހިމް އަސްވާޤް
"ވިކްޓްރީ ރަން" މާލޭގައި ބާއްވައިފި

"ވިކްޓްރީ ރަން" މާލޭގައި ބާއްވައިފި

ރާއްޖޭގެ ފަޚުރުވެރި 31 ވަނަ ނަޞްރުގެ ދުވަހުގެ މުނާޞަބަތުގައި، އެމްއެންޑީއެފްގެ އޭރިއާތަކުގައި “ވިކްޓްރީ ރަން” ބާއްވައިފިއެވެ. މިއަދު ހެނދުނު މާލޭގައި ކުރިއަށްގެންދިޔަ “ވިކްޓްރީ ރަން” ފަށާފައި ވަނީ ހެނދުނު 6 ޖަހާއިރު ކަޅުތުއްކަލާކޮށިންނެވެ. ގިނަޢަދަދެއްގެ ސިފައިން ބައިވެރިވި މި ދުވުން ކުރިއަށް ގެންގޮސްފައިވަނީ ކަޅުތުއްކަލާކޮށިން ނިކުމެގެން ހުޅަނގަށް ގޮސް، ބޮޑުތަކުރުފާނު މަގުން މާލެވަށައި ދުވެ ކަޅުތުއްކަލާކޮށްޓަށެވެ. މި ދުވުމުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް އާއި ވައިސް ޗ...

އިބްރާހިމް އަސްވާޤް
ޖިންސީގޯނާއާއި އަނިޔާކުރުން ދަނީ އިތުރުވަމުން، ޒިންމާ އުފުލަންޖެހޭ ފަރާތަކީ ކޮބާ؟

ޖިންސީގޯނާއާއި އަނިޔާކުރުން ދަނީ އިތުރުވަމުން، ޒިންމާ އުފުލަންޖެހޭ ފަރާތަކީ ކޮބާ؟

މީހަކު އަޅުގަޑާ ސުވާލު ކުރިއެވެ. ކުޑަކުދިންނަށް ޖިންސީގޯނާއާއި އަނިޔާކުރުން މިދަނީ އިތުރުވަމުންނެވެ. މިކަމުގައި ޒިންމާ އުފުލަންޖެހޭ ފަރާތަކީ ކޮބައިހެއްޔެވެ. އަޅުގަޑު ދިން ޖަވާބު ދަންނަވާލާނަމެވެ. އަޅުގަޑު ގަބޫލުކުރާ ގޮތުގައި އެއީ އަޅުގަޑުމެން އެންމެންގެ ޒިންމާއެކެވެ. އެހެންނަމަވެސް، ކުދިންނަށް ކުރާ އަނިޔާއާއި ގޯނާ އިތުރުވަނީތޯ ނުވަތަ ހޭލުންތެރިކަން އިތުރުވެ، ކުދިންނަށް ހިތްވަރު ލިބި، އަނިޔާއާއި ދެކޮޅަށް ތެދުވުމާއި ވަކާލާތު ކުރުމުގެ ހިތްވަރުލިބި، ރިޕޯޓު ކުރުން އިތުރުވީ މިންވަރަކާއި އަނިޔާ އިތުރުވ...

އިބްރާހިމް އަސްވާޤް
ޙަސީނާ އެދެނީ ތިބޭފުޅުންގެ ދީލަތި އެހީއާއި ހެޔޮ ދުޢާ އަށް!

ޙަސީނާ އެދެނީ ތިބޭފުޅުންގެ ދީލަތި އެހީއާއި ހެޔޮ ދުޢާ އަށް!

ހދ ކުޅުދުއްފުށި، ސޭޑީކޯނަރ، ޙަސީނާ ޙަސަން އަކީ “އަކިއުޓް ޕްރަމަޔަލޯސިޓިކް ލުކީމިއާ” އަށް ފަރުވާ ހޯދަމުން އަންނަ ޒުވާނެކެވެ. “އަކިއުޓް ޕްރަމަޔަލޯސިޓިކް ލުކީމިއާ” އަކީ ލޭގެ ކެންސަރުގެ ވައްތަރެކެވެ. މި ބަލީގެ ސަބަބުން ހަށިގަނޑަށް ބޭނުންވާވަރަށް ލޭ އުފައްދައި ނުދެވެއެވެ. ކުޅުދުއްފުށީގައި ދިރިއުޅޭ ހަސީނާ އެންމެ ފުރަތަމަ މި އަހަރުގެ އޮގަސްޓު މަހު ކުޅުދުއްފުށީ ރީޖިނަލް ހޮސްޕިޓަލަށް ދެއްކީ ކެއްސާތީވެއެވެ. ކުޅުދުއްފުށީ ރީޖިނަލް ހޮސްޕިޓަލަށް ދެއްކުމުން ލޭގެ ޓެސްޓެއް ހެދުމަށްފަހު ޕްލެޓެލެޓްސް މާ ދަށްވެފައި...

އަޙްމަދު މުޖުތަބާ
ކުރިނބީ އިން ގޯތި ލިބޭ މީހުންގެ ލިސްޓު އާންމުކޮށްފި

ކުރިނބީ އިން ގޯތި ލިބޭ މީހުންގެ ލިސްޓު އާންމުކޮށްފި

ހދ ކުރިނބީ އިން ބަންޑާރަ ގޯތި ދޫކުރުމަށް ހުޅުވާލުމުން ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ގޯތި ލިބުނު ފަރާތްތަކުގެ ލިސްޓު ކުރިނބީ ކައުންސިލުން އާންމު ކޮށްފިއެވެ. ގޯއްޗަށް އެދި ހުށައަޅާފައިވާ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތްވެސް ވަނީ އާންމުކޮށްފައެވެ. ޖުމްލަ 55 ފަރާތަކުންވަނީ ގޯއްޗަށް އެދި ހުށައަޅާފައިވާއިރު މީގެ ތެރެއިން ގޯތި ލިބިފައިވަނީ 32 ފަރާތަކަށެވެ. ގޯތި ލިބިފައިވަނީ 47 ޕޮއިންޓުން ފެށިގެން މަތިން ޕޮއިންޓް ލިބިފައިވާ ފަރާތްތަކަށެވެ. 5 ފަރާތަކަށް 47 ޕޮއިންޓު ލިބިފައިވުމުން އެފަރާތް ތަކުގެ...

އަޙްމަދު މުޖުތަބާ
ކޮމިއުނިޓީ ހަރަކާތްތަކުގައި ރައްޔިތުން ބައިވެރި ކުރުވުން

ކޮމިއުނިޓީ ހަރަކާތްތަކުގައި ރައްޔިތުން ބައިވެރި ކުރުވުން

ކޮމިއުނިޓީ ހަރަކާތްތަކުގައި ރައްޔިތުން ބައިވެރި ކުރުވުން މާނަކޮށްދެނީ ކޮމިއުނިޓީގެ ކަންކަމުގައި ރައްޔިތުން ބައިވެރިވުމަށް ހިތްވަރުދީ ޝައުޤުވެރި ކުރުވުމެވެ. މިކަމަށްޓަކާ އެ ކޮމިއުނިޓީއެއްގެ ކުރިއެރުމަށްޓަކާ ރައްޔިތުންގެ ބޭނުންތަކާއި އިހްސާސްތައް ދެނެގަނެ އެކަންކަން ހާސިލުކޮށްދިނުމަށްޓަކާ މަސައްކަތް ކުރަންޖެހެއެވެ. އަދި އެ ކޮމިއުނިޓީއެއްގެ ރައްޔިތުން ހަރަކާތްތެރި ކަމާއިއެކު ކޮމިއުނިޓީގެ ކަންކަމުގައި ބައިވެރިވެެ އުޅުމަށް މަރުޙަބާ ކިޔާ ވެށްޓެއް އޮންނަންޖެހޭނެއެވެ. އަދި ކޮންމެމީހަކަށްވެސް މުހިންމު ރޯ...

މުޙައްމަދު ނަޒީފު

މަސްތުވާތަކެއްޗާއެކު 18 އަހަރުން ދަށުގެ ކުއްޖަކު ގާދިއްފުށިން ހައްޔަރުކޮށްފި

ތ. ތިމަރަފުށީ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި 18 އަހަރުން ދަށުގެ ކުއްޖަކު މަސްތުވާތަކެއްޗާއެކު ތ. ގާދިއްފުށިން ހައްޔަރުކޮށްފިއެވެ. އެކުއްޖާ ހައްޔަރުކޮށްފައިވަނީ ގާދިއްފުށީގައި މަސްތުވާތަކެތި ބޭނުންކޮށް މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން މި އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައެވެ. ކޯޓު އަމުރެއްގެ ދަށުން އެކުއްޖާ ހައްޔަރުކޮށް އެކުއްޖާ ދިރިއުޅޭ ކޮޓަރި ބަލައި ފާސްކުރިއިރު، މަސްތުވާ...

އަޙްމަދު މުޖުތަބާ