ޖަލާލުއްދީން ސުކޫލް ދަރިވަރަކު އޯލެވެލް އިމްތިހާނަށް ދަނިކޮން އެކްސިޑެންޓްވި މައްސަލަ ބަލަނީ
ޖަލާލުއްދީން ސުކޫލްގެ ދަރިވަރަކު އޯލެވެލް އިމްތިހާނަށް ދަނިކޮން އެކްސިޑެންޓްވި މައްސަލަ ބަލަމުން އަންނަކަމަށް ފުލުހުން ހާމަކޮށްފިއެވެ. ހދ ކުޅުދުއްފުށީގައި މިދިޔަމަހުގެ 21 ވަނަ ދުވަހު ހިނގި މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ 18 އަހަރު ނުވާ ކުޑަކުއްޖަކަށެވެ. ފުލުހުން މަޢުލޫމާތުދިން ގޮތުގައި އެ އެކްސިޑެންޓް ވެފައިވަނީ އެދުވަހުގެ 13:20 ގައި ސްކޫލްއަށް ވަންނަން ދިޔަ ކުއްޖެކެވެ. މި އެކްސިޑޭންޓުވީއިރު ސައިކަލު ދުއްވަންއިނީ ފިރިހެނެކެވެ. އަނިޔާވި ކުއްޖާގެ އަތާއި ފައި މަށާއިގެންގޮސް ދަތެއް ބިނދިފައިވާކ...