އެމެރިކާގެ އަލަށް އުފަންވާ ކުޑަކުދިންނަށް އެންމެ ގިނައިން ކިޔާ ނަންތަކުގެ ތެރޭގައި “މުހައްމަދު” މި ނަން ހިމެނިއްޖެއެވެ. “މުހައްމަދު”ގެ އިތުރުން އަންހެން ކުދިންގެ ލިސްޓްގައިވެސް ވަނީ އަރަބި ނަމެއްކަމަށްވާ “އާލިޔަ” ހިމެނިފައެވެ. މި ލިސްޓަކި “ބޭބީ ސެންޓަރ” އިން ތައްޔާރު ކޮށްފައިވާ ލިސްޓެކެވެ. އެމެރިކާގެ އެންމެ ގިނަ މާބަނޑުމީހުން ބޭނުން ކުރާ މި ވެބްސައިޓުން ހަދާފައިވާ ލިސްޓްގައި އެންމެ 600،000 މީހުންގާތު، އެމީހުންގެ ދަރިންގެ ނަން އަހާފައި ވާއިރު، “އާލިޔާ” އަދި “މުހައްމަދު” ވަނީ އެންމެ ގިނައިން ބޭނުނ...
މަރްޔަމް ސިމާނާ
ހަފްތާގެ ދުވަސްތަކުގެ ތެރެއިން ހުކުރު ދުވަސް ވަނީ އެންމެ މާތް ދުވަސް ކަމުގައި ލައްވަވާފައެވެ. އަދި މުޅި އަހަރަށް ބަލައިފިނަމަ ނަޙްރުގެ ދުވަހަކީ އަހަރުގެ އެންމެ މާތް ދުވަހެވެ. މީގެ އިތުރުން ރޭތަކުގެ ތެރެއިން އެންމެ މާތް ރެއަކީ ލައިލަތުލް ޤަދްރިވިލޭރޭ ކަމުގައި މި އުންމަތަށް ކީރިތި ނަބިއްޔާ صلى الله عليه وسلم ބަޔާން ކޮށްދެއްވަވާފައިވެއެވެ. ހުކުރު ދުވަހަށް يوم الجمعة އޭ ޢަރަބި ބަހުގައި ކިޔުނީ މި ދުވަހަކީ އެންމެހާ މުސްލިމުން ހަފްތާއަކު އެއްދުވަހު […]
Thiladhun
ލިލީ ބީޗު ރިސޯޓު އެންޑް ސްޕާގައި ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެއެވެ. ފުލުހުން ބުނީ މިއަދު ހަވީރު 4:15 ހާއިރު ލިލީ ބީޗު ރިސޯޓް އެންޑް ސްޕާ އިން ޗައިނާގެ އުމުރުން 74 އަހަރުގެ ފިރިހެން ފަތުރުވެރިއަކު ސްނޯކްލިން އަށް ގޮސް އުޅެނިކޮށް ގެނބިގެން މަހިބަދޫ އަށް ގެނެސްފައިވާ ކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށެވެ. އަދި ހޮސްޕިޓަލުން މައުލޫމާތު ދިން ގޮތުގައި އެމީހާ މަރުވެފައިވާ ކަމަށް ފުލުހުން ބުނެއެވެ. މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
އިބްރާހިމް އަސްވާޤް
ދިވެހިރާއްޖޭގައި ބޯހިޔާވަހިކަމަށް ދިމާވެފައިވާ ދަތިތައް ހައްލު ކުރުމުގެ ގޮތުން ދެ ބިލެއް ކަމާއި ގުޅޭ ފަރާތްތަކުގެ މަޝްވަރާއާއި އެކު ޑްރާފްޓްކުރުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުއްވައިފިއެވެ. ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި މި ޑިސެމްބަރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުއްވާފައި ވަނީ “ބޯހިޔާވަހިކަމަށް ގޯތިގެދޮރު ކުއްޔަށްދިނުމާބެހޭ ޤާނޫނު” އަދި “އެއްމެދު އިމާރާތުގެ ޤާނޫނު”ގެ ބިލެވެ. ސަރުކާރުގެ ފަރާތުން ހުށަހަޅާ އެއްމެދު އިމާރާތުގެ ބިލަކީ، ދިވެހިރާއްޖޭގ...
އިބްރާހިމް އަސްވާޤް
ވަޒީރުންގެ މަޖިލީހާއި ރައްޔިތުންގެ މަޖިލިސްއަށް 33% އަންހެނުންނަށް ޙާއްސަ ކުރުމަށް ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުޙައްމަދު ގޮވާލައިފިއެވެ. އަމީންމިހެން ގޮވާލާފައިވަނީ މިއަދު ކުރެއްވި ޓުވީޓެއްގައެވެ. މިޓުވީޓުގައި ބުނެފައިވަނީ ސަރުކާރުގެ ކުންފުނިތަކުގެ ބޯޑު މެންބަރުންނާއި ވަޒީރުންގެ މަޖިލީހާއި ރައްޔިތުންގެ މަޖިލިސްއަށް 33% އަންހެނުންނަށް ޙާއްސަ ކުރުމަށްގޮވާލާކަމަށެވެ. މީގެ އިތުރުން މިއަަދު ކުރެއްވި އިތުރު ޓުވީޓެއްގައި ބުނެފައިވަނީ ރަށްރަށުގެ އިޙްތިސާސް ކަނޑައެޅިއްޖެ ކަމަށާއި ފުރިހަމަ ލާމަރު...
ޔުމްނާ ޢަލީ
ހއ އަތޮޅު ހޮސްޕިޓަލުގައި ޕަވަރ ބެކަޕް ސިސްޓަމް ހަރުކުރުމަށް ފެނަކައާއި ހަވާލުކޮށްފި އެވެ. ހއ އަތޮޅު ހޮސްޕިޓަލްގައި ޕަވަރ ބެކަޕް ސިސްޓަމްއެއް ސަޕްލައިކޮށް އިންސްޓާލް ކުރުމުގެ އެއްބަސްވުމުގައި ފެނަކަ ކޯޕަރޭޝަން އާއި މިނިސްޓްރީ އޮފް ހެލްތް އާއި ދެމެދު މިއަދު ވަނީ ސޮއިކޮށްފައެވެ. HA. Atoll Hospital ah power back up system eh supply koh, install kurumuge ehbasvumugai Fenaka Corporation aai Ministry of Health aa dhemedhu soi koffi. […]
އިބްރާހިމް އަސްވާޤް
ޤައުމީ ކެޑޭޓް ކޯގެ ސުޕްރީމް ކޮމާންޑަރ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ގިރިފުށީގައި ކުރިއަށްދާ 21 ވަނަ ޤައުމީ ކެޑޭޓް ކޭންޕަށް މިއަދު ޒިޔާރަތްކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ޒިޔާރަތުގައި ކޭންޕު ކުރިއަށްދާގޮތް ބައްލަވާލައްވައި، ކޭންޕުގެ ތެރެއިން ކެޑޭޓުންނަށް އަމާޒުކޮށްގެން ކުރިޔަށްގެންދާ ބައެއް ކްލާސްތައް ކުރިޔަށްދާގޮތް ވެސް ބައްލަވާލެއްވިއެވެ. މިއަހަރުގެ ޤައުމީ ކެޑޭޓް ކޭންޕު ކުރިއަށް ދަނީ މިމަހުގެ 1 އިން 12 އަށް އެމް.އެން.ޑީ.އެފް.ގެ ގިރިފުށީ ޓްރެއިނިންގ ސެންޓަރުގައެ...
އިބްރާހިމް އަސްވާޤް
ޒުވާން ލަވަކިއުންތެރިޔާ މުސީ އާއި 1438 ބޮޑުބެރު ގުރޫޕްއަށް ދިއްދޫއިން ހޫނު މަރުޙަބާއެއް ކިޔައިފިއެވެ. ބޮޑުބެރަށް ބޮޑު ތަރުހީބެއް އޮންނަ ދިއްދޫއިން 1438 ހޫނުމަރުހަބާއެއް ކިޔާފައިވާއިރު މިއަހަރުގެ ބޮޑުއީދުގައި ހަބޭސް ބޮޑުބެރު ގުރޫޕުން ދިއްދޫގައި ބާއްވަން ހަމަޖެއްސި ސޯ ކެންސަލް ކުރުމަށްފަހު ދިއްދޫގައި މަސްހޫރު ބޮޑުބެރު ގުރޫޕަކުން ދަތުރުކުރި މިއީ ފުރަތަމަ ފަހަރެވެ. މިހަރަކާތުގައި ދިއްދޫގެ ގިނަބަޔަކު ވަނީ ބައިވެރިވެފައެވެ. މި ސޯ އަށްފަހު މުސީ ވަނީ ދިއްދޫއިން ލިބުނު ތަރުހީބަށް ޝުކުރު އަދާކޮށްފައެވެ. ސ...
ޔުމްނާ ޢަލީ
މަސްވެރިންގެ ދުވަހާއި ގުޅުވައިގެން މިމަހުގެ 6 ވަނަ ދުވަހުން ފެށިގެން 10 ވަނަ ދުވަހާއި ހަމައަށް ހުޅުމާލޭގައި ހާއްސަ ހަރަކާތްތަކެއް ބޭއްވުމަށް ހަމަޖައްސައިފިއެވެ. އެގޮތުން މިމަހުގެ 6 ވަނަ އަދި 7 ވަނަ ދުވަހު ޒުވާނުންނަށް އަމާޒްކޮށްގެން ދޮށީގެ މަސްވެރިކަމުގެ މަސްދަތުރެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިއީ މަސްވެރިކަމުގައި، ޚާއްސަކޮށް ދޮށީގެ މަސްވެރިކަމުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމަށާއި ދޮށީގެ މަސްވެރިކަމަށް ޒުވާނުން އަހުލުވެރިކޮށް ޒުވާން މަސްވެރިންތަކެއް އުފެއްދުމުގެ ބޭނުމުގައި ބޭންކް...
ފާތިމަތު ސިނާޒާ
ބޭންކް އޮފް މޯލްޑިވްސްގެ ދޯނި ބޭންކިންގ ޓީމް ހދ. އަތޮޅުގެ ރަށްތަކަށް ދަތުރުކުރާގޮތުގެ ތާވަލް އިއުލާން ކޮށްފިއެވެ. އެގޮތުން ޑިސެމްބަރު 8 ވާ އާދިއްތަ ދުވަހު، މަކުނުދޫ އަދި ވައިކަރަދޫ އަށް ދާގޮތަށް ވަނީ ހަމަޖެހިފައެވެ.9 ވާ ހޯމަ ދުވަހު، ނޮޅިވަރަމް، ނޮޅިވަރަންފަރު، އަދި ނެއްލައިދޫ އަށް ދާއިރު، އަންގާރަ ދުވަހު ވަނީ ކުމުންދޫ އަދި ނޭކުރަންދޫއަށް ދާގޮތަށް ހަމަޖެހިފައެވެ. 11 ޑިސެމްބަރުވާ ބުދަ ދުވަހު، ފިނޭ، ހިރިމަރަދޫ، ނައިވާދޫ އަދި ކުރިނބީ އަށް ދާން ހަމަޖެހިފައިވާއިރު […]
މަރްޔަމް ސިމާނާ
މިޞްރު/ ޤާހިރާގައި 2020 ވަނަ އަހަރު ފެބުރުވަރީ 08 ން 13 ށް ބޭއްވުމަށް ހަމަޖެހިފައިވާ “27 ވަނަ އިންޓަރނޭޝަނަލް ކޮމްޕެޓިޝަން އޮފް ރިސައިޓް އޮފް ދަ ހޮލީޤުރުއާން” ގައި ބައިވެރިވުމުގެ ދައުވަތު ރާއްޖެއަށް ލިބިއްޖެއެވެ. އެގޮތުން ކީރިތި ގުރުއާނާއި ބެހޭ މަރުކަޒުން މިއަދު ކުރި އިޢުލާނުގައި ވާ ގޮތުން މިމުބާރާތުގައި މުޅި ޤުރުއާން ތަޖުވީދުގެ ހަމަތަކާ އެއްގޮތަށް ކިޔުމުގެ ގޮފީގައި ބައިވެރިވުމުގެ ފުރުޞަތު މިވަނީ ހުޅުވާލާފައެވެ. މި މުބާރާތުގައި ބައިވެރިވެ ވަޑައިގަންނަވާ ބޭފުޅަކަށްް ޓިކެޓް ޚަރަދާއި، […]
ފާތިމަތު ސިނާޒާ
ބޮޑެތި އިސްލާހްތަކާއި އެކު ލާމަރުކަޒީ ބިލް މަޖިލީހުން ފާސްކޮށްފި އެވެ. ސަރުކާރުގެ ފަރާތުން، ހުޅުމާލެ ދާއިރާގެ މެންބަރު ޢަލީ ނިޔާޒް ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 2010/7 (އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައިފައިވަނީ މިހާރު ކުރިއަށްދާ މަޖިލިސް ޖަލްސާގައެވެ. ލާމަރުކަޒީ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު އެވެ. އެ އިސްލާހު ލާމަރުކަޒީ ކޮމިޓީއިން ދިރާސާކޮށްގެން ތަޅުމާ ހަަމައ...
އިބްރާހިމް އަސްވާޤް
2020 ވަނަ އަހަރަށް ލަފާކޮށް 37.8 ބިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. ބަޖެޓް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 78 މެމްބަރުންގެ ތެރެއިން 77 މެންބަރުންގެ އަޤްލަބިއްޔަތުންނެވެ. ދެކޮޅަށް ވޯޓުދެއްވީ ކާށިދޫ ދާއިރާގެ މެންބަރ ޖާބިރު އެނަޏޔެވެ. އަންނަ އަހަރަށް ލަފާކޮށް އެންމެ ފުރަތަމަ މަޖިލީހަށް ހުށަހަޅުއްވި 37.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް ބަޖެޓް ދިރާސާކުރި ކޮމިޓީން ވަނީ ބަޖެޓަށް 366 މިލިއަން ރުފިޔާ އިތުރުކޮށްފައެވެ. ބަޖެޓަށް އިތުރުކުރި 366 މިލިއަން ރުފިޔާ...
އިބްރާހިމް އަސްވާޤް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް، މައްޗަން ގޮޅި ވޭސައިޑް ފްލެޓް 610، އަލްއުސްތާޛު ޢަލީ ސަމީރު މިއަދު ޢައްޔަން ކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ، އަލްއުސްތާޛު ޢަލީ ސަމީރު އެމަޤާމަށް މި ހަމަޖެއްސެވީ ޤާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (ނ) އާއި، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ 3 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ހައިކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެ ކޯޓުން އިންތިޚާބުކުރާ ފަނޑިޔާރެއްގެ ހައިސިއ...
އިބްރާހިމް އަސްވާޤް
ކްލެމެންސީ ބޯޑުގެ ތަފާސްހިސާބުތައް ދައްކާގޮޮތުގައި ސަރުކާރުގެ ފުރަތަމަ އަހަރު ތެރޭގައި60 ގައިދީއެއްގެ އަދަބު ލުއިކޮށްދީފައިވާ ކަމަށް އެޓާރނީ ޖެނެރަލް އޮފީހުން ބުނެފިއެވެ. އޭޖީ އިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ 60 ގައިދީއެއްގެ އަދަބު ލުއިކޮށްދީފައިވާ ކަމަށާއި އަދި49 މީހަކަށް މައާފްކޮށްދިނުމަށް ނުވަތަ އަދަބު ލުއިކޮށްދިނުމަށް ނުފެންނަ ކަމަށް ކްލެމެންސީ ބޯޑުން ރައީސަށް ލަފާދެއްވާފައިވާ ކަމަށެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން މި އަހަރުގެ ނޮވެމްބަރުގެ ނިޔަލަށް،60 ގައިދީންނަށް އަދަ...
މަރްޔަމް ސިމާނާ
ކުލާސްރޫމެއްގެ ތެރޭގައި އޯޓިސްޓިކް ކުއްޖެއް ރޮމުން ދާއިރު އެކުއްޖާ މަސަލަސް ކުރި ޑައުންސިންޑްރަމް ކުއްޖެއްގެ ވީޑިއޯ އެއް ސޯޝަލް މީޑިއާގައި ވައިރަލް ވެއްޖެއެވެ. މެކްސިކޯގެ ސްކޫލެއްގެ ޓީޗަރެއް ފޭސްބުކް ގައި ޝާއިއު ކޮށްފައިވާ ވީޑިއޯއިން ފެނިގެންދަނީ އޯޓިސްޓިކް ކުއްޖެއް ރޮމުންދާއިރު އޭނާގެ ކްލާސގައި އުޅޭ ޑައުންސިންޑްރަމް ކުއްޖެއް އައިސް ގައިގައި ބައްދާލައި ކަރުން ފޮހެލަދޭ މަންޒަރެވެ. އަދި ބުރަކަށީގައި ފިރުމާލުމަށްފަހު ބައްދަލާއިން ހުރެއެވެ. ބަލާލަން ވަރަށްވެސް ހިތްގައިމު މަންޒަރެކެވެ. https://twitte...
މަރްޔަމް ސިމާނާ
ފަންނީ މީހުން ނެތި ނުބެލެހެއްޓިގެން ފެނާއި ނަރުދަމާ ނިޒާމުތައް ހަލާކުވާ ކަމަށް ލިޔެފައިވާ ޚަބަރު ފެނަކަ ކޯޕްރޭޝަން ލިމިޓެޑުން ދޮގުކޮށްފިއެވެ. ފެނައިން ނެރުނު ނޫސްބަޔާނުގައި ބުނީ ރާއްޖޭގެ އޮންލައިން ނޫހެއް ކަމަށްވާ ”ސަން” ގައި “ނުބެލެހެއްޓިގެން ފެނާއި ނަރުދަމާ ނިޒާމުތައް ހަލާކުވާތަން ދަނީ ފެންނަމުން: އާޒިމް” މިމައުޟޫއުގެ ދަށުން ލިޔެފައިވާ ލިޔުމުގައި އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވި ކަމަށް ބަޔާންކޮށްފައިވާ ވާހަކަތަކަކީ، ރައްޔިތުންނަށް ހަގީގަތް އޮޅޭގޮތަށް ކަންކަން ހިނގަމުންދާ ގޮތަށ...
އިބްރާހިމް އަސްވާޤް
އަބޫދާބީގެ ވަލީއަހުދު، ޝެއިޚް މުހައްމަދު ބިން ޒައިދު ބައިވެރިވެ ވަޑައިގެންނެވި ރަސްމީ ހަފްލާއެއްގައި ކުޑަ އަންހެން ކުއްޖަކުއާ ސަލާމް ނުކުރެއްވެވުމުން އެކުއްޖާގެ ގެއަށް ވަލީއަހުދު ވަޑައިގަންނަވައިފިއެވެ. އައިޝާ މުހައްމަދު މަޝީތު އަލް މަޒްރާއޯ ނަމަކަށް ކިޔާ މި ކުޑަ އަންހެން ކުއްޖާ ސަލާމް ކުރަން އަތްދިކޮށްލި ނަމަވެސް ވަލީއަހުދު އަށް އެތަން ނުފެނި ސަލާމް ނުކުރެވި ދެވުނީއެވެ. މި މަންޒަރު ވީޑިއޯއަށް އަރައި އެވީޑިއޯ ވައިރަލް ވެގެން ދިޔައެވެ. މި ރަސްމިއްޔާތުގައި ވަލީއަހުދުގެ އަރިހުގައި ސައުދީގެ ޑެޕިއުޓީ...
މަރްޔަމް ސިމާނާ