ތައުލީމުގެ ބިލް މަޖިލީހަށް ހުށަހަޅައިފި
ތައުލީމީ ދާއިރާގެ ގިނަ ކަންކަން ގާނޫނުގެ ތެރެއަށް ލުމަށް “ތައުލީމުގެ ބިލު” މަޖިލީހަށް ހުށަހަޅައިފި އެވެ. ސަރުކާރުގެ ފަރާތުން ތައުލީމުގެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު މުމްތާޒު އެވެ. މުމްތާޒް ހުށަހެޅި މި ބިލްގެ ދަށުން ރެޖިސްޓްރީކޮށް ލައިސަންސް ހޯދުމަކާ ނުލައި ޓީޗަރުންނަށް ކިޔަވައި ނުދެވޭނެ ގޮތް ވަނީ ހަދާފައެވެ. ތައުލީމުގެ ބިލުގައި ކިޔަވައިދޭ ތަންތަނާއި ޓީޗަރުން ރެޖިސްޓްރީ ކުރުމަށް ލާޒިމުކޮށްފައިވާއިރު ތައުލީމުގެ ގާނޫނުގެ ދަށުން ރެޖިސްޓްރީ ކުރުމަކާ ނު...