ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ސްރީލަންކާއަށް ކުރައްވާ ނުރަސްމީ ދަތުރުފުޅެއްގައި، މިއަދު ފުރާވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާ މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި މާލެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ މިފެށޭ 2020 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 4 ވަނަ ދުވަހުއެވެ.
ޔުމްނާ ޢަލީ
މިލަދޫ އާއި ކެނދިކުޅުދޫގައި އާ އިންޖީނުގެ އިމާރާތްކުރުމަށް ބިންގާ އަޅައިފި އެވެ. އެގޮތުން ކެނދިކުޅުދޫގެ އިންޖީނުގެ އެޅުމަށް ހަވާލުކޮށްފައިވަނީ ޓޫއެލް ކޮންސްޓްރަކްޝަން ޕްރައިވެޓު ލިމިޓެޑާއެވެ. މި މަސައްކަތް ޓޫއެލް ކޮންސްޓްރަކްޝަނާއި ހަވާލުކުރީ 7.5 މިލިއަން ރުފިޔާއަށެވެ. މި މަސައްކަތް ނިންމުމަށް ދީފައިވާ މުއްދަތަކީ ދިހަ މަސްދުވަހެވެ. N. Ken’dhikulhudhoo gai alah imaaraiy kuraa engine geyge bingaa miadhu alhaifi. #TeamFenaka pic.twitter.com/Tm9bQiBeHa — Fenaka Corporation Ltd (@TeamFenaka) December...
ޔުމްނާ ޢަލީ
ކުޅުދުއްފުށީގައި ސިޓީ ކައުންސިލެއް އިންތިހާބު ކުރުމުގެ މަސައްކަތް އިލެކްޝަން ކޮމިޝަން (އީސީ) އިން ކުރަން ފަށައިފިކަމަށް އެކޮމިޝަނުން ބުނެފިއެވެ، އީސީން ބުނީ، ހދ. ކުޅުދުއްފުށްޓަކީ ސީޓީއެއްގެ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަނޑައެޅުއްވުމާ ގުޅިގެން ގާނޫނުގައިވާ ގޮތުގެ މަތިން ކުޅުދުއްފުށީގައި ސިޓީ ކައުންސިލެއް އިންތިހާބު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. ހދ. ކުޅުދުއްފުށި ސިޓީގެ ދާއިރާތައް ވީހާވެސް އަވަހަކަށް އިއުލާން ކުރާނެ ކަމަށްވެސް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ ބުނެފ...
އަލީ އާދިލް
ހއ. ދިއްދޫ ޖެޓީ ހަދާނެ ބަޔަކު ހޯދަން ދެވަނަ ފަހަރަށް ޢިއުލާން ކޮށްފިއެވެ. މިމަސައަކަތް ކޮށްދިނުމަށް ފުރަތަމަ ކުރި ޢިއުލާން ބާތިލު ކޮށްފައިވަނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ އެދިލެއްވުމުގެ މަތިންކަމަށް އަލަށް ފުރުސަތު ހުޅުވާލި ޢިއުލާނުގައި ބުނެފައި ވެއެވެ. މިމަސައްކަތް ކުރާނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީ އިން ކޮށްފައިވާ ޢިއުލާނުގައި ބުނެފައި ވަނީ، 30 މާރިޗު 2019 އިން ފެށިގެން އެ މިނިސްޓްރީއިން ކުރިއަށް ގެންދެވޭ ބީލަންތަކުގައި ބައިވެރި ވެވޭނީ މިނިސްޓްރީ […]
އަލީ އާދިލް
ހދ. އަތޮޅު ކައުންސިލް މެންބަރު އަޙުމަދު އާތިފް ކުޅުދުއްފުށި ސިޓީގެ މޭޔަރު ކަމަށް ވާދަ ކުރަށްވާނެ ކަމަށް ވިދާޅުވެއްޖެއެވެ. އާތިފް ދާދި ދެންމެއަކު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، ﷲ ގެ ރަޙުމަތް ފުޅާއެކު ކުޅުދުއްފުށީ ސިޓީގެ މޭޔަރުކަމަށް ކުރިމަތި ލުމަށްޓަކައި އެމްޑިޕީގެ ޕްރައިމަރީގައި ވާދަކުރުމަށް ނިންމައިފިކަމަށެވެ. އަދި އެންމެހާ ބޭފުޅުންގެ ތާއިދާއި އެހީތެރިކަމަށް އޭނާ އެދި ލައްވާފައި ވެއެވެ. https://www.facebook.com/ahmed.athif3/posts/2757680444275795 އާތިފަކީ މިހާރުވެސް ހދ. އަތޮޅ...
އަލީ އާދިލް
ހއ. ކެލާ ހިމެނޭހެން ހަ ރަށެއްގެ މަގު ހެދުމުގެ މަސައްކަތް ކުރުމަށް ބޭނުންވާ އީއައިއޭ ހެދުމަށް ބަޔަކާ ހަވާލުކޮށްފިއެވެ. މިއަދު ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މަސައްކަތް ހަވާލުކޮށްފައިވަނީ އަލް ހަބްޝީ އިންޖިނިއަރިން ކޮންސަލްޓެންޓްސް އޮފީސް ކިޔާ ބަޔަކާއެވެ. މަގު ހެދުމަށް ބޭނުންވާ އީއައިއޭގެ މަސައްކަތް ހަވާލުކުރި 6 ރަށް ހއ. ކެލާ ރ. އަލިފުށި ރ. ހުޅުދުއްފާރު މ. މުލި ލ. ގަން ތ. ގުރައިދޫ 3.17 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ […]
އަލީ އާދިލް
ހދ ކުޅުދުއްފުއްޓަކީ ސިޓީއެއް ކަމުގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ކަނޑައަޅުއްވާ އެކަން އިޢުލާން ކުރައްވައިފިއެވެ. މިކަން މިގޮތައް ނިންމަވާ ކަނޑައެޅީ ރައީސް މިއަދު ކުރެއްވި ޓުވީޓއްގައެވެ. 1 ޖަނަވަރީ 2020 އިން ފެށިގެން ހދ. ކުޅުދުއްފުށްޓަކީ ލާމަރުކަޒީ ޤާނޫނުގައި އޮންނަ އުޞޫލުން ސިޓީއެއް ކަމުގައި ހަމަޖެއްސުމަށް މިއަދު އަޅުގަނޑު ނިންމައިފިން. ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ކުރެއްވި ޓުވީޓުގައި ބުނެފައިވެއެވެ. 1 ޖަނަވަރީ 2020 އިން ފެށިގެން ހދ. ކުޅުދުއްފުށްޓަކީ ލާމަރުކަޒީ ޤާނޫނުގައި އޮންނަ...
އިބްރާހިމް އަސްވާޤް
އާ އަހަރަށް ކަނޑަ އަޅާނެ އަޒުމް ތަކަކާއި މެދު ގިނަ ބަޔަކު ވާހަކަ ދައްކައެވެ. އަލަށް ބައްދަލުކުރާ އަހަރު ނިމޭއިރު ހާސިލް ކުރަން ބޭނުން ކަންކަމަކީ ކޮބައިތޯ ވާހަކަ ދައްކައެވެ. ކަނޑަ އަޅާ ލަނޑު ދަނޑިތަކަށް ވާސިލުވުމަށް އަތުކުރި އޮޅާލައެވެ. ނިމިދިޔަ އަހަރު ނިމި ދިޔައީ އެވެ. ގެއްލުނު ވަގުތެއް، ފުރުޞަތެއް އަނބުރާ ނުހޯދޭނެއެވެ. އެންމެ ހިތް އެދޭގޮތަށް އެދުވަސްތައް ހޭދަ ނުކުރެވޭނަމަ ދެން އޮތީ އަލަށް ފެށޭ އަހަރު އަޒުމް އައުކޮށް ވަގުތު ހެޔޮ ގޮތުގައި […]
ޙުސައިން ޝަހުދީ
“ހޯރަފުށި އެއާޕޯޓު ފެހި ކުރުން، އަހަރުމެން އެންމެންގެ ޒިންމާ” މިޝިއާރުގެ ދަށުން ގަސް އިންދުމުގެ ހަރަކާތެއް ހިންގުމަށް ނިންމައިފިއެވެ. އެއްލައްކަ ގަސް އިންދުމަށް އަމާޒު ކޮށްފައިވާ މިހަރަކާތުގައި ގަސް އިންދުމަށް ހަމަޖައްސާފައިވަނީ ހޯރަފުށީ އެއާޕޯޓް ހެދުމަށް ހާއްސަކޮށްގެން ހިއްކި ބިމުގެ ހޭޅިފަށުގަ އެެވެ. މިހަރަކާތް ކުރިއަށް ގެންދަނީ ރަށުގެ ރައްޔިތުންގެ މެދުގައި އޮތް އެކުވެރިކަމާއި އެއްބައިވަންތަކަށް ފެނިގެންދާ ގޮތަކަށް ކަމަށްވާތީ ވީހާވެސް ގިނަ ރައްޔިތުން މިކަމުގައި ބައިވެރިވުމަށް ހޯރަފުށީ ކައުންސިލ...
ޔުމްނާ ޢަލީ
ލޯކަލް ކައުންސިލް އިންތިހާބުގެ އެމްޑީޕީގެ ޕްރައިމަރީއަށް ކުރިމަތިލުމުގެ ފުރުސަތު އެ ޕާޓީން ހުޅުވާލައިފި އެވެ. އެމްޑީޕީން މިއަދު އާންމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ 2020.ވަނަ އަހަރުގެ ލޯކަލްކައުންސިލް އިންތިޚާބުގެ ރަށުކައުންސިލް، އަތޮޅު ކައުންސިލް އަދި ސިޓީ ކައުންސިލް އިންތިޚާބުގައި ޕާޓީ ޓިކެޓު ހޯދުމަށް ވާދަކުރާ ކެންޑިޑޭޓުން އިންތިޚާބުކުރުމަށް ބާއްވާ ޕްރައިމަރީ މިއަދުން ފެށިގެން ހުޅުވާލައިފި ކަމަށެވެ. ލޯކަލް ކައުންސިލް އިންތިޚާބުގެ ޕްރައިމަރީ 2020 https://t.co/XQJMloLh80 — MDP Secretariat...
އަލީ އާދިލް
ގައުމީ ފެންކުންފުނި، އެމްޑަބްލިއުއެސްސީގެ ތާރީހު ދިރާސާކޮށް ފޮތެއް ލިޔެދޭނެ ފަރާތެއް ހޯދުމަށް އިއުލާނު ކޮށްފިއެވެ. އެކުވެރި ފެންކުންފުނި، އެމްޑަބްލިއުއެސްސީއިން ކުރި އިއުލާނެއްގައި ބުނީ ކުންފުނިން ދޭ މައުލޫމާތާ އެއްގޮތަށް ކުންފުނީގެ ތާރީހު ދިރާސާކޮށް ފޮތެއް ޝާއިއު ކުރުމަށް ބޭނުންވާ ކަމަށެވެ. އެ މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާކަމަށް އިއުލާނުގައި ވެއެވެ. ޢިއުލާނުގައި އިތުރަށް ބުނެފައިވަނީ އެމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން އަ...
ޔުމްނާ ޢަލީ
ސާވިސް ޗާޖު ނުލިބޭނަމަ އެކަމާ ދެކޮޅަށް އަޑު އުފުލަން ޖެހޭނެ، އަޑު އަހަންވެސް ޖެހޭނެކަމަށް ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ. ސާވިސް ޗާޖަކީ، ސާވިސް ޗާޖު ނަގާ ތަނެއްގެ މުވަށްޒަފުންގެ ހައްޤެއް، އެހައްޤު ކަށަވަރު ކުރުމަށް މަސައްކަތް ކުރުމަކީ ދައުލަތުގެ މައްޗަށް ރައްޔިތުން މަތިކޮށްފައިވާ ޒިންމާ އެއް، ސާވިސް ޗާޖުގެ މައްސަލަ ހޫނުވެ މިނިސްޓަރ އަލީ ވަހީދުގެ އިސްތިއުފާއަށް ރިސޯޓު މުވައްޒަފުން ގޮވަމުންދާ މިދަނޑިވަޅުގައި ޝަރީފް ޓުވީޓު ކުރައްވާ ބުނެފައިވެއެވެ. Service charge akee, se...
ޔުމްނާ ޢަލީ
ހއ. ދިއްދޫ ހިމެނޭހެން ނުވަ ރަށެއްގެ ފުޓުބޯޅަ ދަނޑު ތަރައްޤީ ކުރުމަށް މިއަދު ސޮއި ކޮށްފިއެވެ. މިއެއްބަސްވުން ތަކުގައި ސޮއި ކުރެވުނީ މިއަދު ޔޫތު މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައެވެ. މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޔޫތު މިނިސްޓަރ މަޙްލޫފު ވިދާޅުވީ ފުޓް ބޯޅަ ދަނޑުތައް ތަރަށްޤީ ކުރުމުގެ ގޮތުން 37 ދަނޑުގައ ޓާފް އެޅުމަށް ބޭނުންވާ ޓާފް ގެނައުމުގެ މަސައްކަތް މިހާރުވެސް ކުރިޔަށް ދާކަމަށެވެ. އެގޮތުން ބައެއް ދަނޑުތަކަށް ޓާފް ގެނައުމަށް ބިޑް މަރުހަލާ ކުރިޔަށް ދާކަމަށެވެ. މިއަދު […]
ޔުމްނާ ޢަލީ
ޓެސްޓުތަކެއް ހެދުމަށް ރައީސް މައުމޫން އައިޖީއެމްއެޗްގައި އެޑްމިޓް ކޮށްފިއެވެ. ރައީސް މައުމޫން އައިޖީއެމްއެޗަށް ވަޑައިގެންނެވީ ރޯގާޖެހި އާލާސްކަންފުޅާ އުޅުއްވާތާ ފަސް ވަރަކަށް ދުވަސް ވެގެން ދިއުމުން ނެވެ. ރައީސް މައުމޫން އާލާސްކަންފުޅާ އުޅުއްވާތީ ދޭތެރެ ދޭތެރެއިން ރާއްޖެއިން ބޭރަށް ވެސް ވަޑައިގެން ފަރުވާ ހޯއްދަވައެވެ. އަދި ބައެއް ފަހަރު ގިނަ ދުވަސްތަކެއް ވަންދެން ރާއްޖޭން ބޭރުގައި ވެސް ހުންނަވައެވެ. ރައީސް މައުމޫން ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައި މިވަނީ އެމަނިކުފާނުގެ 82 ވަނަ އުފަންދުވަސް އިއްޔެ...
އަލީ އާދިލް
ހޮނޑާފުށިން މަޢުލޫމާތު ހިއްސާކުރިކަމަށް ބުނެ އިންޒާރު ލިބުނު މުވައްޒަފު ވަޒީފާއިން ކަނޑާލާ ފޮނުވާލައިފިއެވެ. ހދ.ހޮނޑާފުށީ ރިސޯޓްގެ ސާރވިސް ޗާޖާއި ބެހޭގޮތުން މައްސަލަ ޖެއްސި މުވައްޒަފު ވަޒީފާއިން ވަކިކޮށް ރިސޯޓުން ބޭރުކޮށްފައިވަނީ މިރޭގެ ވަގުތެއްގައެވެ. އެރަށުގައި ސެކިއުރިޓީ އޮފިސަރެއްގެ ގޮތުން ހަރަކާތްތެރިވާ ހަމައެކަނި ފަރާތްކަމުގައިވާ އަހުމަދު ޝިމްހާޒް ވަކިކޮށްފައިވަނީ އެއް މަސް ދުވަހުގެ މުސާރައަކާއި އެކުގައެވެ. އޭނާ ވަނީ ވަޒީފާއިން ވަކިކުރުމަށްފަހު ފުރުވާލުމަށްޓަކައި ހދ.ހަނިމާދޫއަށް ފޮނުވާލާފަ...
ޔުމްނާ ޢަލީ
ނ. ކެނދިކުޅުދޫގައި އަލަށް އިމާރާތްކުރާ އިންޖީނުގެ އިމާރާތްކުރުމަށް 2އެލް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށް، އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި ފެނަކައާއި، 2އެލް ކޮންސްޓްރަކްޝަންއާއި ދެމެދު ސޮއި ކޮށްފައިވަނީ މިއަދު ހަވީރު ފެނަކަ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ އެއްބަސްވުމުގައި ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދެެވެ. 2އެލް ކޮންސްޓްރަކްޝަންގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ...
އަލީ އާދިލް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު މިލަދުންމަޑުލު އުތުރުބުރީ ކޮމަންޑޫ ކައުންސިލަރުންނާއި ބައްދަލުކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން ބާއްވާފައިވަނީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މިބައްދަލުކުރެއްވުމުގައި، ކައުންސިލަރުންވަނީ ކޮމަންޑޫގެ ތަރައްޤީއަށް ކުރިޔަށް ރޭވިފައިވާ މަޝްރޫޢުތަކުގެ މަސައްކަތް ހިނގަމުންދާގޮތް ރައީސުލްޖުމްހޫރިއްޔާއާއި ޙިއްޞާކުރައްވާފައެވެ. އެގޮތުން އެރަށު ފެނާ ނަރުދަމާގެ މަޝްރޫޢުގެ އިތުރުން ރަށުގެ އިންޖީނުގެ މީހުން ދިރިއުޅޭ ސަރަޙައްދާ ދ...
އަލީ އާދިލް
ކުށްމަދުކޮށް އަމާން މާހައުލެއް ރަށްރަށުގައި ގާއިމްކޮށް އާންމު ރައްޔިތުންނާއި ގާތުން ޚިދުމަތްދީ، ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ކުޅުދުއްފުށީ ގޭގެއަށް ޒިޔާރަތްކޮށް މައުލޫމާތު ދިނުުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ. މި ޑިސެމްބަރުމަހުގެ 27 ވަނަ ދުވަހު ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުން ފެށި މި ޕްރޮގްރާމަކީ ، ފުލުހުންގެ މަސައްކަތް މިހާރަށްވުރެ ހަރުދަނާކުރުމަށް އާންމު ރައްޔިތުންގެ ހިޔާލުހޯދައި މަޝްވަރާކޮށް، އާންމު ރައްޔިތުން މިހާރަށްވުރެ ބޮޑަށް ސަމާލުކަނ...
އިބްރާހިމް އަސްވާޤް