ސްޓާފެއްގެ ބޮލަށް 6.50 ޑޮލަރު ދައްކަން މަޖުބޫރު ކުރުވާސިޓީއެއް ނުދޭނެކަމަށާއި، އަސްލު މައްސަލައަކީ، ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން (ޓީމް) އަދި ލޭބަރ ޕާޓީން އެސިޓީ ހޯދުމަށް ކުރާ މަސައްކަތަށް އިޖާބަނުދެއްވުން ކަމަށް ޓޫރިޒަމް މިނިސްޓަރު ޢަލީ ވަހީދު ވިދާޅުވެއްޖެއެވެ. މިނިސްޓަރު އަލީ ވަހީދު މިރޭ ޓުވީޓެއް ކުރައްވައި ވިދާޅުވީ ޓީމުން އޭނާއަށް އިންޒާރުތަކެއް ދެމުންދާ ކަމަށާއި، އަސްލު މައްސަލައަކަށް ވެގެން އުޅެނީ ކޮންމެ ރިސޯޓެއްގެ މެނޭޖްމެންޓުން ޓީމަށް ނުވަތަ ލޭބާ ޕާޓީއަށް ސްޓާފެއްގެ ބޮލަށް 6.50 ޑޮލަރ...
ޔުމްނާ ޢަލީ
ހއ. އިހަވަންދޫއިން ގޯއްޗަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ މީހުންގެ ދާއިމީ ލިސްޓް އާއްމުކޮށްފިއެވެ. އިހަވަންދޫ ކައުންސިލުން ކޮށްފައިވާ ޢިއުލާނެއްގައި ބުނެފައިވަނީ އެއިދާރާއިން 26 ނޮވެމްބަރު 2019 ވަނަ ދުވަހު އާންމު ކުރި އިހަވަންދޫއިން ގޯއްޗަށް އެދިލައްވާފައިވާ ފަރާތްތަކުގެ ތެރެއިން، ޝަރުޠު ހަމަވުމުން ޕޮއިންޓް ދެވިފައިވާ ފަރާތްތަކުގެ ވަގުތީ ލިސްޓަށް ހުށަހެޅުނު ޝަކުވާތަކާ ގުޅިގެން ގެނެވުނު ބަދަލުތަކާއެކު ދާއިމީ ލިސްޓް އާންމު ކުރާކަމަށެވެ. އިހަވަންދޫ ކައުންސިލުން އާންމު ކުރި އިހަވަން...
ޔުމްނާ ޢަލީ
މިފެށުނު އާ އަހަރު އައިޖީއެމްއެޗްގައި އުފަންވާ ކޮންމެ ކުއްޖަކަށް އެސްޓީއޯއިން ހަދިޔާއެއް ދޭން ފަށައިފިއެވެ. އެގޮތުން މިއަދުން ފެށިގެން އައިޖީއެމްއެޗް ގައި އުފަންވާ ކޮންމެ ކުއްޖަކަށް ގިފްޓް ހެމްޕާއެއް ދޭން އެސްޓީއޯއިން ވަނީ ފަށާފައެވެ. އެ ގިފްޓް ހެމްޕާގައި ހިމެނޭ ހަދިޔާތަކުގެ ތެރޭގައި ހަގީޒްގެ ނެޕީ ޕެކެޓަކާއި ހަގީޒްގެ ވެޓް ވައިޕްސް ފައިން ޓިޝޫއާއި ޑެވޮންޑަލް މިލްކް ޕެކެޓެއް ހިމެެނެއެވެ. އައިޖީއެމްއެޗްގައި އުފަންވާ ކޮންމެ ކުއްޖެއްގެ ބެލެނިވެރިންނަށް ވައުޗަރެއް ދޭއިރު އެ ވައުޗަރު ހިފައިގެން އައިޖީއ...
ޔުމްނާ ޢަލީ
2020 ވަނަ އަހަރު ފެށުމުން ތިމާވެއްޓާއި ބެހޭ މައްސަލަތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އެޕޮއިންޓްމެންޓަކާއި ނުލައި، ތިމާވެއްޓާއި ބެހޭ ވަޒީރު ޑޮކްޓަރު ހުސައިން ރަޝީދު ޙަސަނާއި ބައްދަލުކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ. 2020 ވަނަ އަހަރު ފެށުމުން ތިމާވެއްޓާއި ބެހޭ މައްސަލަތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ކޮންމެ އާދީއްތަ ދުވަހުގެ ހެނދުނު 9:00 އިން 10:00 އަށް އެއްވެސް އެޕޮއިންޓްމަންޓަކާއި ނުލައި އާއްމުންނަށް އަޅުގަނޑާ ބައްދަލުކުރެވޭނެ- މިނިސްޓަރ pic.twitter.com/i78iYM9fm4 — Min. of Env...
ޔުމްނާ ޢަލީ
ބަނގުރާ ހުރި 500 އެމްއެލް ފުޅިއަކާއެކު ލ. ގަމުން 16 އަހަރުގެ އަންހެން ކުއްޖަކާއި، 3 ފިރިހެނުން ހައްޔަރު ކޮށްފިއެވެ. މިމައްސަލާގައި ހައްޔަކޮށްފައިވަނީ އުމުރުން 22، 33، 40 އަހަރުގެ ތިން ފިރިހެނުންނާއި، 16 އަހަރުގެ ކުޑަ އަންހެން ކުއްޖެކެވެ. މިކަން ހާމަކޮށްފައި ވަނީ ފުލުހުންގެ ރަސްމީ ޓުވިޓާ އެކައުންޓުން ކުރި ޓުވީޓެއްގައެވެ. Ban'guraa huri 500ml ge fulhiakaa eku L. Gamun bayaku hayyarukurun: #PoliceIntel aai #LGanPolice gulhigen hingi operationeggai 22 […]
ޔުމްނާ ޢަލީ
ހދ. ހޮޑާފުށި ރިސޯޓުގެ ވަޒީފާއިން ވަކިކުރި މުވައްޒަފަށް ތިން މަހުގެ މުސާރަ ދެއްވުމަށް ނިންމަވާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ. ސާވިސް ޗާޖުގެ ގޮތުގައި ހޮނޑާފުށި އައިލެންޑް ރިސޯޓުން ދެނީ އެންމެ 11 ޑޮލަރު ކަމަށް ބުނުމުން އެއީ ރިސޯޓު ބަދުނާމު ކުރުން ކަމަށް ބުނެ އެ ރިސޯޓުގައި ސެކިއުރިޓީއެއްގެ ވަޒީފާ އަދާކުރަމުންދިޔަ ތ. ގުރައިދޫއަށް އުފަން އަހުމަދު ޝިމްހާޒް، 29 އެވެ. މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފުރަތަމަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔުމަށް ވެލާނާ […]
ފާތިމަތު ސިނާޒާ
މި ފެށުނު އާ އަހަރާ އެކު، ރާއްޖޭގައި ފުރަތަމަ ފަހަރަށް އިންކަމް ޓެކްސް ނެގުން މިއަދުން ފެށިގެން ކުރިއަށް ގެންދާނެ އެވެ. ނިމިގެންދިޔަ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރެއްވި އިންކަމް ޓެކްސްގެ ގާނޫނުގެ ދަށުން މުސާރައިގެ ގޮތުގައި ލިބޭ އާމްދަނީ ނޫން އެހެން ހުރިހާ އާމްދަނީ އަކުން ޓެކްސް ނަގަން ފަށާއިރު މިއަދުން ފެށިގެން ވިޔަފާރީގެ އާމްދަނީންނާއި އުފުލޭ މުދަލާއި ނުއުފުލޭ މުދާ ކުއްޔަށް ދޫކޮށްގެން ލިބޭ […]
ފާތިމަތު ސިނާޒާ
މަޑުމަޑުން ރައްޔިތުންގެ އިތުބާރު ހޯދައި އަދުލު އިންސާފު ކަށަވަރު ކޮށްދެއްވާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ. ރ. މަޑުއްވަރީގެ އުމުރުން 13 އަހަރުގެ އަންހެން ކުއްޖާގެ މައްސަލައިގައި އެ ކުއްޖާގެ މައިންބަފައިންނަށް ދައުވާ ކުރިކަން ހާމަކޮށް، ޕީޖީން ކުރި ޓްވީޓާ އެކު، ޝަމީމް ވިދާޅުވީ މަޑުމަޑުން އިތުބާރު ހޯދައި، އިރާދުކުރެއްވިއްޔާ އަމާންކަމާއި ރައްކާތެރިކަމާއި އަދުލު އިންސާފު ކަށަވަރު ކޮށްދޭނަން ޕީޖީ ޝަމީމް މިހެން ވިދާޅުވެފައިމިވަނީ ރާއްޖޭގެ ޢަދުލުއިންސާފުގެ ދާއިރާ...
ފާތިމަތު ސިނާޒާ
އަންނަ އަހަރު ޖަޕާނުގައި ބޭއްވުމަށް ހަމަޖެހިފައިވާ އޮލިމްޕިކް ގޭމްސްއާ ދިމާކޮށް އެ ގައުމަށް ޒިޔާރަތްކުރާ ބޭރު ގައުމުތަކުގެ މީހުންނަށް ޖަޕާން އެއާލައިންސުން 50،000 ޓިކެޓް ހިލޭ ދޭން ނިންމައިފި އެވެ. ޖަޕާން އެއާލައިން އެގޮތަށް ނިންމާފައިވަނީ ޖަޕާނަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ މިންވަރު އިތުރުކުރުމުގެ އިތުރުން ޓޫރިސްޓުން އާންމުކޮށް ޒިޔާރަތް ނުކުރާ ޖަޕާނުގެ ތަންތަނަށް ދިއުމުގެ ޝައުގުވެރިކަން ވެސް އުފެއްދައި، އެ ތަންތަން މަޝްހޫރު ކުރުމަށް ކަމަށް އެއާލައިން އިން ވަނީ ބުނެފައެވެ. ޖަޕާނުގެ ޓުއަރިޒަމް އެ...
ފާތިމަތު ސިނާޒާ
ނިމިގެންދިޔާ 2019 ވަނަ އަހަރަކީ އިޖުތިމާޢީ ގުޅުންތަކުން މުޖުތަމަޢުގައި އުފާވެރިކަން ފަތުރައިލާ ދިން އަހަރެއްކަމަށާއި މީގެ އިތުރުން ބައިނަލް އަޤުވާމީ މުޖުތަމަޢުގެ އިޙުތިރާމާއި ޤަދަރުވެސް ރާއްޖެއަށް ލިބިގެންދިޔަ އަހަރެއް ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ. އައުއަހަރާ ގުޅިގެންދެއްވި ޚިތާބުގައި އެމަނިކުފާނު ވިދާޅުވެފައިވަނީ ނިމިގެން ދިޔަ އަހަރަކީ އިޤްތިސާދީ ގޮތުން ފަހަގަތި އަހަރެއް ކަމަށާއި އޭގެ އިތުރުން އެއަހަރަކީ މުޅި ރާއްޖޭގައި ސުލްޙަވެރިކަން ޤާއިމުކުރެވުނު އަހަރެއް ކަމަށ...
ފާތިމަތު ސިނާޒާ
މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ނ.ވެލިދޫ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ދެމީހަކު ވެލިދޫން ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 22 އަހަރުގެ މީހަކާއި 30 އަހަރުގެ މީހެކެވެ. މި ދެމީހުން ހައްޔަރުކޮށްފައިވަނީ ވެލިދޫގައި މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހު 16:30 އެހާކަންހާއިރު ހިންގި އޮޕ...
ޔުމްނާ ޢަލީ
ހދ. ކުޅުދުއްފުށީ ސިޓީ ކައުންސިލަށް ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި އިންތިހާބު ކުރާނީ ހަ ދާއިރާއަކަށް ހަ ސިޓީ ކައުންސިލަރުން ކަމަށާއި އެ އޭގެ ތެރެއިން ދެ ދާއިރާ އަންހެނުންނަށް ހާއްސަ ވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ. އެކަމާ ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ ނިންމުމާއެކު ސިޓީ ކައުންސިލްގެ މޭޔަރުގެ އިތުރުން ހަ ދާއިރާއަކަށް ބަހާލައިގެން ކޮންމެ ދާއިރާއަކުން ސިޓީ ކައުންސިލަރަކު އިންތިޚާބު ކުރެވޭނެ ކަމަށެވެ. […]
ޔުމްނާ ޢަލީ
ހދ. ގައި ދެން ވެރިކަންކުރާ ރަށަކަށް ކަނޑައަޅަން އެންމެ ކަމުދާ ރަށަކީ، އެ އަތޮޅުގެ ރައްޔިތުން ނިންމާ ރަށެއްކަމަށް އެމަނިކުފާނަށް މާބޮޑަށްވެސް ޤަބޫލު ކުރެއްވޭ ކަމަށް މަކުނުދޫ ދާއިރާގެ ރައްޔިތުންގެ މަޖިލިސްގެ މެންބަރު މުހައްމަދު ރާއީ ވިދާޅުވެއްޖެއެވެ. ރާއީ އެހެން ވިދާޅުވެފައި ވަނީ މިރޭ ކުރެއްވި ޓުވީޓެއްގައެވެ. ރާއީ އެއިޝާރާތަކުރައްވާ ގޮތަށް އަތޮޅުގެ ހުރިހާ ރައްޔިތުންގެ މެދުގައި ގޮތެއް ނިންމޭނީ، އެގޮތަށް ޤާނޫނީ ފުރުޞަތު އޮތް ނަމައެވެ. https://twitter.com/Mraee12/status/1212038690169425921?s=20 ޤާނޫނ...
އަލީ އާދިލް
ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު (ފިއްޓޭ) ވައިކަރަދޫ ދާއިރާގެ ރައްޔިތުންނާއި ބައްދަލު ކުރައްވައިފިއެވެ. ދާއިރާގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ދާއިރާގައި ކުރެވޭ މަސައްކަތް ހިއްސާ ކުރެއްވުމަށް ބޭއްވި ފުރަތަމަ ބައްދަލުވުން ކުރިއަށް ގޮސްފައިވަނީ ވައިކަރަދޫގައެވެ. ވައިކަރަދޫގައި މިބައްދަލުވުން ކުރިއަށް ގޮސްފައިވަނީ މިމަހުގެ 27 ވަނަ ދުވަހު ސުލައިމާނިއްޔާ ޕްރީ ސްކޫލް ހިންގި އިމާރާތުގައެވެ. ނެއްލައިދޫގެ ރައްޔިތުންނާއި ބައްދަލު ކުރައްވާފައިވަނީ މިމަހުގެ 28 ވަނަ ދުވަހުގައެވެ. މިބައްދަލުވުން...
ޔުމްނާ ޢަލީ
“ނިމޭ 19” ގެ ނަމުގައި ފުލުހުން ހިންގަމުން ގެންދާ އޮޕަރޭޝަން ހުއްޓާލުމަށް ސަރުކާރު ހިންގާ މައިޕާޓީން އެމްޑީޕީއިން އެދިއްޖެއެވެ. އަދި އެއޮޕަރޭޝަންގެ ނަން ބަދަލުކޮށް އެހެން ނަމެއްގައި އަލުން އެ އޮޕަރޭޝަންސް ހިންގި ނަމަވެސް، އެޕާޓީގެ “އެޖެންޑާ19” ނަމަށާއި، އެ އޮނިގަނޑު ދަށުން ހިންގާނެ ލޯކަލް ކައުންސިލްގެ އިންތިޚާބުގެ ކެމްޕެއިނަށް އެކަމުގެ ނޭދެވޭ އަސަރު ކުރާނެތީ، ފުލުހުން އެއޮޕަރޭޝަން ހުއްޓާލުމަށް އެމްޑީޕީއިން އެދިފައި ވެއެވެ. އެމްޑީޕީއިން މިއަދު ފުލުހުންނަށް ފޮނުވި ސިޓީގައި ބުނެފައިވަނީ، މިއަހަރު އ...
ޔުމްނާ ޢަލީ
ކުޅުދުއްފުށި ސިޓީއަކަށްވީމަ ހދ އަތޮޅުގެ ވެރިކަން ކުރާ ރަށުގެ ގޮތުން އޮންނާނީ ހަމަ ކުޅުދުއްފުށީ ތޯ؟ މިސުވާލު އެންމެ ފުރަތަމަ އުފެއްދީ ޤާނޫނީ ގޮތުން ފުންނާބު އުސް އަދި ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު އަލްއުސްތާޒް މުހައްމަދު ނަޝީދު 2019 ވަނަ އަހަރަށް ދައުލަތު މަޖިލީހަށް ހުށަހެޅި ބަޖެޓް ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ. ކުޅުދުއްފުށީ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު ނަޝީދު ވިދާޅުވީ ކުޅުދުއްފުށީގެ އަބާދީގައި ދިހަހާސް ހަމަވެފައިވާކަން ކައުންސިލުން ހާމަކޮށްފައިވާ ކަމަށެވެ. އަދި ސިޓީއަކަށް ކުޅުދުއ...
އަލީ އާދިލް
މިދިޔަ ބުރާސްފަތި ދުވަހު ހިފި އިރުކޭތައަކީ އިރުގެ ވަށައިގެން ރިންގެއް އިންނަ ސޯލާ އިކްލިޕްސް އެނިޔުލާ ނަމަކަށް ކިޔާ އިރު ކޭތައެކެވެ. ފަލަކީ ގޮތުން ކިޔާއުޅޭ ”ރިންގ އޮފް ފަޔަރ“ އިރު ކޭތަ އަކީ އެކި ގޮތްގޮތުން ފާހަގަ ކޮށްލެވެނު އިރުކޭތަ އެކެވެ. މިއިރުކޭތަ ދުނިޔޭގެ އެކި ކަންކޮޅުތަކުން ބޮޑު ސަމާލުކަމެއް ލިބިފައިވާ އިރު އެދުވަހުގެ ތަފާތު ފޮޓޯތައް ދުނިޔޭގެ މޮޅެތި ފޮޓޯ ގުރާފަރުން ވަނީ ނަގާފައެވެ. ނަމަވެސް އެންމެ ފާހަގަ ކޮށްލެވޭ އެންމެ ގިނަބަޔެއްގެ ސަމާލުކަން […]
އަލީ އާދިލް
ހޮނޑާފުށި އައިލެންޑް ރިސޯޓްއާ ގުޅޭގޮތުން، މީސް މީޑިއާގައްޔާއި ނޫސްތަކުގައި ފަތުރަމުންދާ ވާހަކަތަކާ ގުޅޭގޮތުން އެރިސޯޓުން ނޫސްބަޔާނެއް ނެރެފިއެވެ އެނޫސް ބަޔާނުގައި ބުނެފައިވަނީ އޭ.އޭ.އޭ އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ހދ. ހޮނޑާފުށި ކުއްޔަށްހިފުމަށްފަހު، އެ ރަށް ފުރިހަމަ އޮޕަރޭޓިންގ ރިސޯޓެއްގެ ގޮތުގައި ތަރައްޤީކުރުމަށް އެ ކުންފުންޏަށް އެތަކެއް ހުރަސްތަކާއި ދަތި އުދަނގޫތަކެއް ކުރިމަތިވެފައިވާކަމަށާއި އެ ރަށުގައި ރިސޯޓެއް ތަރައްޤީކުރުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް އެކި އެކި ދަތި...
އަލީ އާދިލް