މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,367 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 2058 ވަނަ ޞަފްޙާ

އާސެނަލް އަދި ޗެލްސީއަށް ހަމަހަމަ ނިމުމެއް

އާސެނަލް އަދި ޗެލްސީއަށް ހަމަހަމަ ނިމުމެއް

އިނގްލިޝް ޕްރިމިއަރ ލީގުގަ ރޭ ލަންޑަނަށް ނިސްބަތްވާ ދެ ޓީމް ކަމަށްވާ އާސެނަލް އަދި ޗެލްސީ ބައްދަލުކުރި މެޗް ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. ޗެލްސީގެ ސްޓެމްފޮޑް ބްރިޖްގައި ރޭ ކުޅުނު މިމެޗްގައި ފުރަތަމަ ގޯލް ޖަހާ ލީޑް ނެގީ ޗެލްސީންނެވެ. މެޗްގެ 26 ވަނަ މިނިޓްގައި އާސެނަލްގެ ޑިފެންޑަރ މުސްތާފީ ކީޕަރަށް ޖައްސާލި ބޯޅަ އަތުލާ ޗެލްސީގެ ޓެމީ އަބްރަހަމް ބޯޅަ ހިފައިގެން ހުސްކޮށް ހުރެ އޭރިއާ ތެރެއަށް ވަދެ ގޯލަށް ފޮނުވާލުމުގެ ކުރިން ފަހަތުން […]

އަޙްމަދު އަސްފާން
ކަނޑިތީމު ގޭގެއަށް ޒިޔާރަތްކޮށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ފަށައިފި

ކަނޑިތީމު ގޭގެއަށް ޒިޔާރަތްކޮށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ފަށައިފި

ކުށްމަދު އަމާން މާހައުލެއް ގާއިމު ކުރުމަށާއި ރައްޔިތުން ހޭލުންތެރިކުރުމަށް މަޢުލޫމާތު ދިނުމާ އަދި ފުލުހުންނާއި އާންމު ރައްޔިތުންނާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ށ. ކަނޑިތީމު ގޭގެއަށް ޒިޔާރަތްކޮށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް އެރަށު ޕޮލިސް ސްޓޭޝަނުން ފަށައިފިއެވެ. މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން ކުރިއަށްގެންދާ މި ޕްރޮގްރާމުގައި، ރަށުތެރޭގައި ހިނގާ ނޭދެވޭ ކަންކަން ހުއްޓުވުމަށް ފުލުހުންނާއި ރައްޔިތުން ގުޅިގެން ކުރެވިދާނެ ކަންކަމާއި ނޭނ...

އިބްރާހިމް އަސްވާޤް
އެހީ ނުލިބިއްޖެ ނަމަ ރާއްޖޭގެ ރަށްތައް އެކީ އަޑިއަށް ހިނގައިދާނެ: ޝާހިދު

އެހީ ނުލިބިއްޖެ ނަމަ ރާއްޖޭގެ ރަށްތައް އެކީ އަޑިއަށް ހިނގައިދާނެ: ޝާހިދު

މޫސުމާ ގުޅިގެން ކަނޑުގެ ލޮނުގަނޑަށް އަންނަ ބަދަލުތަކުން ސަލާމަތްވުމަށް އަވަސް ފުރުސަތެއްގައި އެހީ ނުހޯދިއްޖެނަމަ ޖަޒީރާ ރަށްތަކަކަށް އެކުލެވިގެންވާ ރާއްޖޭގެ ރަށްތައް އެކީ އަޑިއަށް ހިނގައިދާނެކަމުގެ ބިރު އޮތްކަމަށް ފޮރިން މިނިސްޓަރ ވިދާޅުވެއްޖެއެވެ. ޝާހިދު މިހެން ވިދާޅުވީ މިމަހުގެ 14 އިން 16 އަށް އިންޑިއާގައި އޮތް ރައިޒީނާ ޑައިލޮގުގައި ބައިވެރިވެވަޑައިގަތުމަށް އެ ޤައުމަށް ވަޑައިގެން ނޫސްވެރިންނާއި ބައްދަލުކޮށް ދެއްކެވި ވާހަކަފުޅުގައެވެ. ފަރުތުވެރިންގެ މެދުގައި މަޤުބޫލުކަން ލިބިފައިވާ ރީތި ދޮންވެލ...

އައިމިނަތު ޔުމްނާ
ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާ: މުހިންމު މަޢުލޫމާތާއި އެހީ!

ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާ: މުހިންމު މަޢުލޫމާތާއި އެހީ!

ޖިންސީ ގޯނާއަކީ، ބޮޑެތި މީހުން އެމީހުންގެ ބާރާއި ނުފޫޒު ބޭނުންކޮށްގެން އެމީހެއްގެ މައްޗަށްކުރާ އިތުބާރާއި އިޙްތިރާމްގެ ނާޖާއިޒު ފައިދާ ނަގައިގެން، ޖިންސީ ކަންކަމުގައި ކުއްޖާ މަޝްޣޫލްކުރުވުމެވެ. މިފަދަ ކަންކަން ގަދަބާރުން، މަކަރުން، އެއްޗެތި ދީގެން ހައްލާލައިގެން ނޫނީ ބިރުދައްކައިގެން ހިންގަފާނެއެވެ. ކުއްޖާ އަށް ކޮއްފާނެ އަސަރު ހެދިބޮޑުވުމަށާއި ކުއްޖާގެ ސިއްޙަތަށް ނޭދެވޭ އަސަރު ކޮށްފާނެ. އަމިއްލަ ނަފުސާ ދޭތެރޭ ދެރަކޮށް ދެކި، އިޙުސާސްތައް ހާމަނުކޮށް އެތެރޭގައި ބަހައްޓަފާނެ. މީހުންނަށް އިތުބާރުކުރަ...

އިބްރާހިމް އަސްވާޤް
ކޮރޯނާ ވައިރަސް އެމެރިކާއިންވެސް ފެނިއްޖެ. މުޅި ދުނިޔެ އެލާޓަށް!

ކޮރޯނާ ވައިރަސް އެމެރިކާއިންވެސް ފެނިއްޖެ. މުޅި ދުނިޔެ އެލާޓަށް!

ޗައިނާގައި ފެތުރެމުންދާ، ނޭވާލާ ނިޒާމަށް އަސަރުކުރާ ގޮތްނޭނގޭ ބަލި “ނޮވެލް ކޮރޯނާ ވައިރަސް” ދާދިފަހުން ޗައިނާއަށް ދަތުރުކުރި އެމެރިކާގެ ރައްޔިތެއްގެ ހަށިގަނޑުން ވައިރަސްގެ އަސަރު ފެނިފައިވާކަމަށް އެމެރިކާއިން ބުނެފި އެވެ. ޗައިނާގައި ކޮރޯނާވައިރަސް އެންމެ ބާރަށް ފެތުރެމުންދާ ވުހާން ސިޓީ ހުންނަ ޞަރަޙައްދަށް ދަތުރުކޮށްފައިވާ މިމީހާއަކީ އުމުރުން 30ގެ އަހަރުގެ މީހެކެވެ. މިމީހާއަށް މިހާރު ހޮސްޕިޓަލުން ފަރުވާދެމުން އަންނަކަމަށާއި އެމީހާގެ ޙާލަތު ރަނގަޅުކަމަށް އެމެރިކާގެ އިދާރާތަކަށް ހަވާލާދީ ނޫސްތަކުން...

އަލީ އާދިލް
ކުރެވޭ ކިތަންމެ ކުޑަ ކަމަކުންވެސް، ސުވަރުގެއަށް ވަނުމުގެ ދޮރު ހުޅުވިދާނެ

ކުރެވޭ ކިތަންމެ ކުޑަ ކަމަކުންވެސް، ސުވަރުގެއަށް ވަނުމުގެ ދޮރު ހުޅުވިދާނެ

އުފާވެރިކަމުގައި ހުންނަތަން މެނުވީ އެހެން މީހުނަށް ނުދައްކާށެވެ. މީހުނަށް އަބަދުވެސް ހިނިތުންވުމުގައި ހުރެ ބައްދަލު ކުރާށެވެ. ދިރިއުޅުމުގައި ދަތިތަކާއި ކުރިމަތިވަނީ ނަމަ ޤުރުއާނަކީ ތިބާއަށް ދުނިޔެމަތިން ހިތްހަމަ ޖެހުން ގެނެސްދޭ ސުވަރުގެ ކަމުގައި ދެކޭށެވެ. އެކަނިވެރިކަމުގެ އިހުސާސް ކުރެވޭނަމަ އަޅުކަން ކުރުން ގިނަކޮށް ތިބާގެ ހިތާމަ ހެއްދެވި ފަރާތާ ހިއްސާ ކުރާށެވެ. މީހަކު ހާލު ކިހިނެއްތޯ ސުވާލު ކޮށްފިނަމަ މާތް ﷲ އަށް ޙަމްދުކޮށް ހިނިތުން ވެލާށެވެ. ހިނގާފައިދާއިރު ހިންޏެއް ފެނިއްޖެނަމަ އެހިންޏަށް ފައ...

އައިމިނަތު ޔުމްނާ
ހޯރަފުށީގައި އެއްގަމު ލައިސަންސް ޑްރައިވިންގ ޓްރެކެއް އަޅައިދޭނެ ފަރާތެއް ހޯދަނ

ހޯރަފުށީގައި އެއްގަމު ލައިސަންސް ޑްރައިވިންގ ޓްރެކެއް އަޅައިދޭނެ ފަރާތެއް ހޯދަނ

ހއ. ހޯރަފުށީގައި އެއްގަމު ލައިސަންސް ޑްރައިވިންގ ޓްރެކެއް އަޅައިދޭނެ ފަރާތެއް ހޯދުމަށް ހުޅުވާލައިފިއެވެ. މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަޢުލޫމާތު ސާފުކުރުމަށް ހުޅުވާލާފައިވަނީ 28 ޖަނަވަރީ 2020 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:30 ގައެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ދީފައިވާ ސުންގަޑިއަކީ 04 ފެބްރުވަރީ  2020 ވާ އަންގާރަ ދުވަހުގެ 11:30 އެވެ. މި ހަފްތާގައި އެރަށު ކައުންސިލުންވަނީ ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ ލައިސަންސް ހޯރަފުށިން ލިބޭނެ އިންތިޒާމްވެސް ހަމަޖައްސާފައ...

ޔުމްނާ ޢަލީ
ޙިމާޔަތްކޮށްފައިވާ "ކޭލަކުނު" ވަގުތީ ގޮތުން ބަލަހައްޓައިދޭނެ ފަރާތެއް ހޯދަނީ

ޙިމާޔަތްކޮށްފައިވާ "ކޭލަކުނު" ވަގުތީ ގޮތުން ބަލަހައްޓައިދޭނެ ފަރާތެއް ހޯދަނީ

ދިވެހިރާއްޖޭގެ ތިމާވެށި ޙިމާޔަތްކޮށް ރައްކާތެރިކުރުމާބެހޭ ޤާނޫނު (ނަންބަރު:4/93) ގެ ދަށުން ޙިމާޔަތްކޮށްފައިވާ ހދ.ކޭލަކުނު ވަގުތީ ގޮތުން ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ހދ އަތޮޅު ކައުންސިލުން އިޢުލާންކޮށްފިއެވެ. މިކަމަށް ހުޅުވާލެވިފައިމިވަނީ، ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 4182/81) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކުގެ އިތުރުން ހދ.އަތޮޅު ރަށު ކައުންސިލްގެ އިދާރާތަކަށް ކަމަށް ހދ އަތޮޅު ކައުންސިލުން ނެރެފައިވާ އިޢުލާނުގައި ބުނެފައިވެއެވެ. ބީލަމުގައި ބައިވެރ...

އިބްރާހިމް އަސްވާޤް
އޮސްޓްރޭލިޔާއަށް ބޯކޮށް ވާރޭވެހި ވިދާ ގުގުރާ، ގަނޑުފެނުގެ ތޫފާނަކާއި ވެލީގެ ތޫފާނެއް އަރައިފި

އޮސްޓްރޭލިޔާއަށް ބޯކޮށް ވާރޭވެހި ވިދާ ގުގުރާ، ގަނޑުފެނުގެ ތޫފާނަކާއި ވެލީގެ ތޫފާނެއް އަރައިފި

އޮސްޓްރޭލިޔާއަށް ބޯކޮށް ވާރޭވެހި ވިދާ ގުގުރާ، ގަނޑުފެނުގެ ތޫފާނަކާއި ވެލީގެ ތޫފާނެއް އަރައިފިއެވެ. މޫސުމީ މިހުރިހާކަމެއް އެގައުމުގެ ތަފާތު އެކި ހިސާބުތަކަށް ދިމާވެފައި މިވަނީ އެއްދަވަހަކުއެވެ. އެގައުމުގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭ ވެހޭތާ ދެހަފްތާ ވަރުވެފައި ވާއިރު ގަނޑުފެނުގެ ތޫފާނާއި ވެލީގެ ތޫފާން އަރާފައި ވަނީ މިމަހުގެ 19 ވަނަ ދުވަހުއެވެ. Hail destroying the trees at Parliament House.. poor gardeners pic.twitter.com/bHEES1yhHy — Tamsin Rose (@tamsinroses) January 20, 2020 ދުނިޔޭގެ […]

އަލީ އާދިލް
ކޯޓުން ބޭރުން ކައިވެނިކޮށްގެން ކަމަށްބުނެ 15 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު ހައްޔަރުކޮށްފި

ކޯޓުން ބޭރުން ކައިވެނިކޮށްގެން ކަމަށްބުނެ 15 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު ހައްޔަރުކޮށްފި

ކޯޓުން ބޭރުން ކައިވެނިކޮށްގެން ކަމަށްބުނެ 15 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު ހައްޔަރުކޮށްފި އެވެ. ފުލުހުން ބުނީ ހަރުކަށި ފިކުރު ޤަނޫނާއި ޚިލާފަށް ކޯޓުން ބޭރުގައި 15 އަހަރުގެ އަންހެން ކުއްޖަކާއި ކައިވެނި ކޮށްގެން ކަމަށް ބުނެ އޭނަ އާ މެދު ޖިންސީ ގޯނާ ކުރި މައްސަލަ އެއްގައި، 2020 ޖަނަވަރީ 19 ވަނަ ދުވަހުގެ 14:50 ކަން ހާއިރު ކޯޓު އަމުރެއްގެ ދަށުން 39 އަހަރުގެ ދިވެހި ފިރިހެނެއް ޏ.ފުވައްމުލަކުން ހައްޔަރު ކޮށްފައިވާކަމަށެވެ. މި މީހާ އަކީ މީގެ […]

އަލީ އާދިލް
ރަސްމާދޫގައި އާ އިންޖީނު ގެއެއް އެޅުމަށް ބަޔަކާއި ހަވާލުކޮށްފި

ރަސްމާދޫގައި އާ އިންޖީނު ގެއެއް އެޅުމަށް ބަޔަކާއި ހަވާލުކޮށްފި

ރ.ރަސްމާދޫގައި އަލަށް އިމާރާތްކުރާ އިންޖީނުގެ އެޅުމަށް ބަޔަކާއި ހަވާލުކޮށް، އެކަމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. އިންޖީނުގެ އެޅުމަށް ހަވާލުކޮށްފައި ވަނީ، ޓައިނީ ނީމޯ އާއެވެ. އެ އެއްބަސްވުމުގައި ފެނަކައިގެ ފަރާތުން ސޮއި ކުރައްވާފައި ވަނީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ  އިބްރާހިމް ވަހީދެވެ. ޓައިނީ ނީމޯގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ، އެކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ވަހީދުއެވެ. އިންޖީނުގެ އެޅުމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 27 ވަނަ...

އަލީ އާދިލް
މެލޭޝިޔާގެ އެޑިއު- ޓުއަރިޒަމް ޓުއަރގައި ރާއްޖޭގެ ޕްރިންސިޕަލުން ބައިވެރިވެއްޖެ

މެލޭޝިޔާގެ އެޑިއު- ޓުއަރިޒަމް ޓުއަރގައި ރާއްޖޭގެ ޕްރިންސިޕަލުން ބައިވެރިވެއްޖެ

މެލޭޝިޔާގެ އެޑިއު- ޓުއަރިޒަމް ޓުއަރގައި ރާއްޖޭގެ ޕްރިންސިޕަލުން ބައިވެރިވެއްޖެ އެވެ. އެޑިއު- ޓުއަރިޒަމް ޤައުމެއްގެ ގޮތުގައި މެލޭޝިއާ ޕްރޮމޯޓް ކުރުމަށް އެ ޤައުމުގެ ސަރުކާރުން ކުރަމުން ގެންދާ މަސައްކަތުގެ ތެރެއިން ޓުއަރއެއް ބާއްވައިފިއެވެ. މޭލޭޝިއާގެ ކޮލެޖްތަކާ ޔުނިވަރސިޓީ ތައް ތައާރަފް ކޮށްދިނުމުގެ ގޮތުން ބޭއްވުނު އެ ޓުއަރ، ބާއްވާފައިވަނީ 8 ޤައުމެއްގެ ޕްރިންސިޕަލުންނާއި ސްކޫލް ގައިޑަންސް ކައުސިލަރުން ހިމެނޭގޮތަށެވެ. އެ ޓުއަރ ކުރިއަށް ގެންގޮސްފައިވަނީ މެލޭޝިއާގެ އެންމެ ފުންނާބު އުސް މަތީ ތައުލީމާ...

އައިމިނަތު ޔުމްނާ
ކުޑަކުދިންނަށް ކުރާ އަނިޔާ އަށް ސަރުކާރުން ދޭނީ "ޒީރޯ ޓޮލެރެންސް"

ކުޑަކުދިންނަށް ކުރާ އަނިޔާ އަށް ސަރުކާރުން ދޭނީ "ޒީރޯ ޓޮލެރެންސް"

ކުޑަކުދީންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި އެފަދަ ކަންކަން ހުއްޓުވުމާއި ބެހޭގޮތުން ވަޒީރުންގެ މަޖިލީހުގައި މިއަދު މަޝްވަރާ ކުރައްވައިފިއެވެ. މި މައްސަލައާ ބެހޭގޮތުން ވާހަކަދައްކަވަމުން ވަޒީރުންގެ މަޖިލީހުގެ މެންބަރުން ވަނީ މިހާރު ހުށަހެޅިފައިހުރި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތަކުގައި އިންސާފު ހޯދައިދިނުން އަވަސްކުރުމަށް ހުރިހާ މުވައްސަސާތައް ގުޅިގެން މަސައްކަތްކުރުމާއި މިފަދަ މައްސަލަތައް ހުއްޓުވުމަށް ފިޔަވަޅުތަކެއް އެޅުމާބެހޭގޮތުން މަޝްވަ...

އަލީ އާދިލް
އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމާއިމެދު ކެބިނެޓާއި ކަމާއިބެހޭ އިދާރާތައް މަޝްވަރާކުރައްވައިފި

އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމާއިމެދު ކެބިނެޓާއި ކަމާއިބެހޭ އިދާރާތައް މަޝްވަރާކުރައްވައިފި

އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމާއިމެދު ކެބިނެޓާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސްވެރިންނާއި، ކަމާއިބެހޭ އިދާރާތަކުގެ އިސް ބޭފުޅުން މިއަދު މަޝްވަރާ ކުރައްވައިފިއެވެ. މި މަޝްވަރާތައް ކުރިއަށްގެންދެވީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ކެބިނެޓް ވަރކިންގ ސެޝަނެއްގައެވެ. މި ބައްދަލުކުރެއްވުމުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ.)ގެ ފަރާތުންވަނީ ޚާއްޞަ ޕްރެޒެންޓޭޝަނެއް ހުށައަޅުއްވާފައެވެ. މި ޕްރެޒެންޓޭޝަންތައް ބިނާކުރައް...

އިބްރާހިމް އަސްވާޤް
ގޮނޑި ކަނޑައަޅާފައިވާ އަދަދަށްވުރެ އިތުރަށް ނުވަތަ އެދަދަށްވުރެ މަދުން ފާހަގަ ޖަހާފައިވާނަމަ ބާތިލްވާނެ: އެމްޑީޕީ

ގޮނޑި ކަނޑައަޅާފައިވާ އަދަދަށްވުރެ އިތުރަށް ނުވަތަ އެދަދަށްވުރެ މަދުން ފާހަގަ ޖަހާފައިވާނަމަ ބާތިލްވާނެ: އެމްޑީޕީ

2020 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީގައި ގޮނޑި ކަނޑައަޅާފައިވާ އަދަދަށްވުރެ އިތުރަށް ނުވަތަ އެދަދަށްވުރެ މަދުން ފާހަގަ ޖަހާފައިވާނަމަ ބާތިލްވާނެކަމަށް އެމްޑީޕީއިން ބުނެފިއެވެ. މި ހިނގާ ޖެނުއަރީ މަހުގެ 31 ވާ ހުކުރު ދުވަހު އޮންނަ ކައުންސިލް އިންތިޚާބުގެ މިޕާޓީީ ޕްރައިމެރީގައި ވޯޓުލުމާގުޅޭ ގޮތުން ދަންނަވަމެވެ. މި ޕްރައިމެރީއަކީ، 4 ބާވަތެއްގެ ވޯޓުލުމަށް ހަމަޖެހިފައިވާ ޕްރައިމެރީއެކެވެ. އެއީ، (ހ) ސިޓީތަކުގެ މޭޔަރުން، ރަށު ކައުންސިލްތަކުގެ ރައީސުން (ށ) އަތޮޅު ކައުންސިލ...

އަލީ އާދިލް
ކޮމިޝަނަރ އޮފް ޕްރިޒަންސްގެ މަގާމަށް އައު ބޭފުޅަކު މިއަދު ޢައްޔަންކުރައްވައިފި

ކޮމިޝަނަރ އޮފް ޕްރިޒަންސްގެ މަގާމަށް އައު ބޭފުޅަކު މިއަދު ޢައްޔަންކުރައްވައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ކޮމިޝަނަރ އޮފް ޕްރިޒަންސްގެ މަގާމުގައި ކުރިން ހުންނެވި ހެންވޭރުމާފިޔަ، ޢަބްދުﷲ މުނާޒް އެ މަގާމުން މިއަދު ވަކިކުރައްވައި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ކޮމިޝަނަރ އޮފް ޕްރިޒަންސްގެ މަގާމަށް، ރ.ކަނދޮޅުދޫ، ރިހިތަޅާގެ އަޙްމަދު މުޙައްމަދުފުޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު އައްޔަންކުރައްވައިފިއެވެ. ސަރުކާރުން ގެންނެވި މި ބަދަލަކީ ޖަލުތަކުގެ ހިންގުމުގެ ކަންކަން ހަރުދަނާކުރެއްވުމުގެ ގޮތުން ގެންނެވި ބަދަލެކެވެ. ކޮމިޝަނަރ އޮފް ޕްރިޒަންސްގެ މަ...

އަލީ އާދިލް

ކޮމިސަނަރ އޮފް ޕްރިޒަންސް މުނާޒު މަޤާމުން ވަކިކޮށްފި

ކޮމިސނަރ އޮފް ޕްރިޒަންސް އަބުދު ﷲ މުނާޒު މަޤާމުން ވަކިކުރަށްވައިފިއެވެ. ޖަލުތައް ބެލެހެއްޓުމުގެ މަސައްކަތުގެ އިސްމީހެއްގެ ޒިންމާ އަދާކުރަށްވާ ސީޕީ މުނާޒް މަޤާމުން މި ވަކި ކުރެއްވީ ޖަލުތާމެދު އާންމުންގެ ކަންބޮޑުވުން އިތުރުވެ، ނުކަސިޔާރު ވާހަކަތަށް ފެން މަތިވެފައިވާ ދަނޑިވަޅެއްގައެވެ. މުނާޒް އެމަޤާމަށް އައްޔަނުކޮށްފައިވަނ ީ25 ޑިސެމްބަރ 2018 ގައެވެ. ބައެއް ގައިދީން ޖަލުގައި ބަނޑުހައިހޫނު ކަމުގެ ހަޅުތާލު ކުރުންވެސް ފަހަކަށް އައިސްވަނީ ގިނަވެފައެވެ. ޖަލުގައި މި ފަހުން ހިނގާދިޔަ ހަމަނުޖެހުންތަކުގައި އ...

ޝިއުނާ އާދަމް
އެމްޑީޕީ ޕްރައިމަރީ 2020: ކުޅުދުއްފުށި ސިޓީން ވޯޓުލެވެނީ 1،228 މީހުންނަށް

އެމްޑީޕީ ޕްރައިމަރީ 2020: ކުޅުދުއްފުށި ސިޓީން ވޯޓުލެވެނީ 1،228 މީހުންނަށް

ލޯކަލް ކައުންސިލް އިންތިޚާބު 2020، އެމްޑީޕީ ޕްރައިމަރީގެ ފައިނަލް ވޯޓާރސް ލިސްޓް އާއްމުކޮށްފިއެވެ. އެލިސްޓުގައި ވާގޮތުން ކުޅުދުއްފުށީ ސިޓީއިން 1228 މީހުނަށް އެ ޕްރައިމަރީގައި ވޯޓުލެވެއެވެ. އެމްޑީޕީ އިން އިއްޔެ އެ އާންމުކޮށްފައިވާއިރު ލިސްޓަށް ޝަކުވާ ހުށަހެޅުމަށް 2 ދުވަހުގެ ފުރަސަތު ދީފައިވުމާއެކު މާދަމާއަށް އެ މުއްދަތު ހަމަވާނެއެވެ. އެހެންކަމުން ޝަކުވާ ބަލައިގަތުމުގެ ސުންގަޑި އަކީ 22 ޖަނަވަރީ 2020 ވާ (ބުދަ) ދުވަހުގެ މެންދުރު 2:00 އެވެ. އެމްޑީޕީން އާންމު ކުރި ވޯޓާސް ލިސްޓްގައި ވާގޮތުން […]

އަލީ އާދިލް