އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުވެސް ރަމަޟާން މަހު ރަށްރަށުގައި ހިފްޡްކޮށް ތަރާވީޙު ނަމާދުކުރުމަށް 50 ހާފިޡުން ގެނެއުމަށް ނިންމާފައިވާކަމަށް އަދާލަތު ޕާޓީން ބުނެފިއެވެ. އެ ޕާޓީން ނެެރެފައިވާ އިޢުލާނެއްގައި ބުނެފައިވަނީ ހާފިޒުން ގެނެއުމަށް ހިނގާނެ ޙަރަދުގެ ގޮތުގައި މިއަހަރު ނެގުމަށް ހަމަޖެހިފައިވަނީ 26،000 ރުފިޔާކަމަށެވެ. މީގެ ތެރޭގައި ހާފިޒުން ރާއްޖެގެނެއުމާއި އަނބުރާ ފޮނުވާލުމާއި މާލޭގައި މަޑުކުރާ ވަގުތާއި ރަށްރަށަށް ފޮނުވުމާއި ރަމަޟާން މަސް ނިމުމުން ހާފިޒުން އަނބުރާ މާލެ ގެނެސް މާލޭގައި...
އަލީ އާދިލް
މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ރ. އުނގޫފާރު ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، މަސްތުވާތަކެއްޗާއެކު ހުޅުދުއްފާރުން މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 31 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހާ ހައްޔަރުކޮށްފައިވަނީ މާލެއިން ހުޅުދުއްފާރަށް ދަތުރުކުރަމުންދާ ބޯޓަކުން ހުޅުދުއްފާރަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި...
އިބްރާހިމް އަސްވާޤް
ށ. ގޮނާފަރަށް މަސްދޯންޏެއް އަރައިފި އެވެ. ކަނޑިތީމު ކައިރީ އޮންނަ ގޮނާފަރަށް އަރާފައިވަނީ ބޮޑު މަސަދޯންޏެކެވެ. މިދޯނި ފުން ކުރުރުމުގެ މަސައްކަތް ކަނޑިތީމު ކައުންސިލާއި އެރަށު ރައްޔިތުން ގުޅިގެން ދަނީ މަސައްކަތް ކުރަމުންކަމަށް ކަނޑިތީމު ކައުންސިލުން ބުނެއެވެ.
އިބްރާހިމް އަސްވާޤް
ހެލްތް ސްކްރީނިން ހެދުމަށް އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔަ ޤައިދީއަކު ފިލައިފިއެވެ. ކަރެކްޝަނަލް ސަރވިސުން ވިދާޅުވީ ފިލާފައިވަނީ ގދ. ރަތަފަންދޫއަށް ނިސްބަތްވާ އުމުރުން 24 އަހަރުގެ އައިސަރު ނަސީމް ކަމަށެވެ. އޭނާ ފިލާފައިވަނީ މިއަދު ހެނދުނު ހެލްތް ސްކްރީން ހެދުމަށް އައިޖީއެމްއެޗަށް ގެންގޮސްފައި ހުއްޓާ ހެނދުނު 8:24 އެހާއިރުކަމަށް ކަރެކްޝަނަލް ސަރވިސުން މަޢުލޫމާތުދެއެވެ. Aisaru Naseem (24 aharu), Gdh.Rathafandhoo/Velleege miyadhu hedhunu IGMH ah health screening hedhumah gen gossafa vanikoh vany 8:...
އިބްރާހިމް އަސްވާޤް
ހދ ފިނޭގެ ލޭންޑް ޔޫސް ޕްލޭން ހެދުމާއި ސާރވޭކުރާނެ ފަރާތެއް ހޯދުމަށްއެދި ޝައުޤުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފިއެވެ. ފިނޭގެ ލޭންޑް ޔޫސް ޕްލޭން ހެދުމާއި ސާރވޭކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2020 ފެބުރުއަރީ 4 ވާ އަންގާރަ ދުވަހުގެ 10:00 އަށް ފިނޭ ކައުންސިލް އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަން ޖެހެއެވެ. އަގު ހުށަހަޅުއްވަން ފުރުޞަތު ހުޅުވާލާފައިވާ ސުންގަނޑިއަކީ 2020 ފެބުރުއަރީ 13 ވާ ބުރާސްފަތި ދުވަހުގެ 10:00 އެވެ. ފިނޭ ލޭންޑް ޔޫޒު ޕްލޭން ހެދުމަށް އަލުން މި ހުޅުވާލީ ނިމިމުނު ރަ...
އަލީ އާދިލް
ކުށްމަދު އަމާން މާހައުލެއް ގާއިމުކުރުމާއި ބެލެނިވެރިން ހޭލުންތެރިކޮށް މަޢުލޫމާތު ދިނުމަށް ކުރިއަށް ގެންދާ ޕްރޮގްރާމްތަކުގެ ތެރެއިން، ށ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ބެލެނިވެރިންނަށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކޮމަންޑޫ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންގޮސްފިއެވެ. މި ޖަނަވަރީ މަހުގެ 22 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި، ހެޔޮގޮތުގައި ދަރިން ތަރުބިއްޔަތު ކުރާނެގޮތާއި މުޖްތަމައު ތެރޭގައިި އާންމުވެފައިވާ ކުށްތަކާއި އެ ކުށްތަކުން ކުދިން ރައްކާތެރިކުރުމާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއ...
އިބްރާހިމް އަސްވާޤް
މިހާތަނަށް ކޮރޯނާވައިރަސް އަށް ޝައްކުވާ މީހަކު ރާއްޖެއިން ފެނިފައި ނުވާކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ. އެޗްޕީއޭއިން މިއަދު ބުނީ ރާއްޖޭގެ މައި ދޮރާށި އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓުގައި ކޮރޯނާވައިރަސް ސްކްރީނިންގް ފެށުމާއިއެކު ތާރމަލް ކެމެރާއިން ހުން ހުންނަ ކަމަށް ދައްކާ މީހުން އިތުރަށް އެސެސްކޮށް، ހިސްޓްރީ ނަގާ ހަދާނެކަމަށެވެ. އެހެން ނަމަވެސް އެސެސް ކުރުމަށްފަހު، މިވަގުތު އަދި ކޮރޯނާވައިރަސް އަށް ޝައްކުވާ މީހަކު ފެނިފައިނުވާ ކަމަށް އެޗްޕީއޭއިން ބުނެފަ...
އަލީ އާދިލް
މި ސަރުކާރުން ރައްޔިތުންނަށް ކޮށްދޭން ބޭނުންވާ ކަންކަން ލަސްވުމުގެ އެންމެ ބޮޑު ސިއްރަކީ ސަރުކާރު ކޯލިޝަންގެ ބައިވެރިން ކަމަށް ވިދާޅުވެ، ކޯލިޝަނާ ހުރެ ސަރުކާރުގެ މަސައްކަތްތައް ހިންގަން ދަތިވާކަމަށް ވިދާޅުވާ ވިދާޅުވުން ރައީސް ނަޝީދު ތަކުރާރު ކުރަށްވައިފިއެވެ. ކ. ގުރައިދޫ އެމްޑީޕީގެ ހަރުގެ ހުޅުވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެވެސް ރައީސް، ރައީސް ނަޝީދު ވިދާޅުވީ ސަރުކާރު ކޯލިޝަނަކުން ހިންގަން ޖެހުމުން ވަރަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވަމުންދާ ކަމަށެވެ. އެމްޑ...
އަލީ އާދިލް
ވެލާ ޕްރައިވެޓް އައިލެންޑް ރިސޯޓްއިން މޯލްޑިވްސް ތެލެސީމިއާ ސޮސައިޓީއަށް -/250000 ރުފިޔާ ހަދިޔާކޮށްފިއެވެ. ވެލާއިން މިފަދަ ބޮޑު އެހީއެއް އެންޖީއޯއަށް ވެދެއްވާފައިވާތީ ވަރަށް ޙާއްސަ ޝުކުރެއްވަނީ އަދާކޮށްފައެވެ. އެފަރާތުން ބުނީ އަމިއްލަ ކުންފުނިތަކުން އެހީތެރިކަން ފޯރުކޮށްދިނުމަކީ އެއެންޖީއޯއިން ކުރަމުން އަންނަ މަސައްކަތް ދެމެހެއްޓެނިވިގޮތެއްގައި ކުރުމަށް ވަރަށް މުހިންމުކަމެއްކަމަށެވެ. އަދި ތެލަސީމިޔާ ކުދިންނަށް ހަމަ ހަމަ އަދި ރަނގަޅު ފުރުޞަތުރަކެއް ހޯދައިދިނުމަށް ލިބިގެންދިޔަ އިތުރު ފުރުޞަތެއްކަމ...
އިބްރާހިމް އަސްވާޤް
މިދުވަސް ވަރަކީ ރާއްޖެއަށް ކަނޑުގަދަ ދުވަސް ވަރަކަށް ވާތީ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަންދިނުމަށް އިލްތިމާސްކުރަމެވެ. ކަނޑުގަދަ ވުމުގެ ސަބަބުން ކަނޑުމަތީގެ ނުރައްކާތެރި ހާދިސާތަކުގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް އަންނަނީ ލިބެމުންނެވެ. މިގޮތުން އުޅަނދު ފަހަރު ފަރަށް އެރުމާއި އުޅަނދު ފަހަރަށް ދިޔަވުމާއި އަޑިއަށް ދިއުމާއި އަދި އުޅަނދު ފަހަރު ބަންޑުން ޖަހާލުމުގެ ހާދިސާތަކުގެ ރިޕޯޓް ވަނީ ލިބިފައެވެ. ވީމާ ކަނޑު ދަތުރުކުރަ...
އިބްރާހިމް އަސްވާޤް
ރަށު ފަތުރުވެރިކަން ޕްރޮމޯޓް ކުރުމަށްޓަކާ 4 ޒުވާނެއް ރާއްޖޭގެ މީހުން ދިރިއުޅޭ 185 ރަށަކަށް ކުރަން ހަމަޖެހިފައިވާ “ހާޓުސީން” ދަތުރު ފެށުމަށް ހަމަޖެހިފައިވަނީ ތިލަދުންމަތިން ނެވެ. އެގޮތުން ހާޓުސީންގެ ސީޒަން ވަންގެ ގޮތުގައި ދަތުރުކުރަން ހަމަޖެހިފައިވަނީ ހއ ހދ އަދި ށ އަތޮޅުގެ ރަށްތަކަށެވެ. ދަތުރުތައް ރާވާފައިވަނީ ތިން ރަށުން ތިންރަށުން ބަހާލައިގެން ފަހަރަކު ރަށެއް ނިންމާ އަތޮޅުގެ ހުރިހާ ރަށެއް ކަވަރ ކުރާ ގޮތަށެވެ. ފެބުރުއަރީ 1 ގައި ފެށުމަށް ހަމަޖެހިފައިވާ މިދަތުރުގެ ފުރަތަމަ މަންޒިލެއްގެ ގޮތުގައި […...
އިބްރާހިމް އަސްވާޤް
ނ. ކުޑަފުނަފަރުގައި ހިންގާ ނޮކު މޯލްޑިވްސް ރިސޯޓުގެ ނެރުމަށްޗަށް ލޯންޗެއް ބަންޑުން ޖަހާލައި 51 އަހަރުގެ ދިވެއްސެއް ނިޔާވެއްޖެއެވެ. އެމީ ނިޔާވެފައިވަނީ ގިނައިރު ލޮނުބޮވުމުގެ ސަބަބުން ހާލު ސީރިއަސްވެގެންނެވެ. އެމީހާ ނ.މަނަދޫ އަތޮޅު ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއްވައެވެ. ނިޔާވި މީހާއަކީ އެރިސޯޓަށް މަސައްކަތެއް ކުރުމަށް ދަތުރުކުރަމުންދިޔަ މީހެއްކަމަށްވެސް ފުލުހުން މަޢުލޫމާތުދެއްވައެވެ. މިއަދު އިރުއޮއްސި 6 ޖަހާކަންހާއިރު ހިނގި އެ ހާދިސާގައި ނިޔާވި މީހާ އަށް ލޮ...
އިބްރާހިމް އަސްވާޤް
ހއ ދިއްދޫގައި ޢިމާރާތްކުރެވިފައިވާ ހައުސިންގ ޔުނިޓްތަކަށް އެދި ފޯމް ހުށަހެޅި 389 ފަރާތަށް ޕޮއިންޓް ދީފައިވާ ލިސްޓް އަލުން މުރާޖަޢާކުރުމަށްފަހު، ހައުސިންގ ޔުނިޓްތަކަށް އެދިފައިވާ ފަރާތްތަކަށް ލިބިފައިވާ ޕޮއިންޓް ލިސްޓް އާންމުކޮށްފިއެވެ. ދިއްދޫ ކައުންސިލުން ކޮށްފައިފާ ޢިއުލާނެއްގައިވަނީ އެރަށުގައި ޢިމާރާތްކުރެވިފައިވާ ހައުސިންގ ޔުނިޓްތަކުގެ ތެރެއިން A ކެޓަގަރީން ހައުސިންގ ޔުނިޓްތައް ލިބޭ ފަރާތްތަކުގެ ޕޮއިންޓް ލިސްޓް ޢާންމުކުރާކަމަށެވެ. އެ ލިސްޓާ މެދު އެއްވެސް ފަރާތެއްގެ އެއްވެސް ޝަކުވާއެއް އޮތް ނ...
އަލީ އާދިލް
ހއ. އިހަވަންދޫ ބަނދަރުގެ އިރު އުތުރު ކަނުގައި ހެދިފައިވާ ވެލިގަނޑުން ވެލި ދޫކުރުމުގެ އުސޫލު އާންމުކޮށް، ވެލި ދޫކުރުމުގެ ތައްޔާރިތައް ވެއްޖެއެވެ. އިހަވަންދޫ ބަނދަރުގައި ހެދިފައިވާ ވެލިގަނޑުން ވެލި ނެގުމަށް ނަން ނޯޓްކޮށްފައިވާ ފަރާތްތަކަށް ވެލި ދޫކުރުނަން ފެށުމަށް ހަމަޖެހިފައިވަނީ 23 ޖަނަވަރީ 2020 ވާ ބުރާސްފަތި ދުވަހުން ފެށިގެންނެވެ. ވެލި ދޫކުރުމަށް ހަމަޖެހިފައިވަނީ ވެލި ނެގުމަށް ނަންނޯޓް ކޮށްފައިވާ ތަރުތީބުން ކޮންމެ ދުވަހަކު 10 ފަރާތަކަށް، ވެލިދޫކުރުމަށް ކަނޑައަޅައި، އާންމުކޮށްފައިވާ އުޞޫލުގެ ދަށ...
ޔުމްނާ ޢަލީ
“ޒީރޯ ޓޮލަރެންސް” އަކީ ކޮބައިތޯ އިރުތިޝާމް އާދަމް ސުވާލު އުފައްދައިފިއެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ހެލްތް މިނިސްޓަރުކަން އަދި އެންމެ ފަހުން ޔޫތް މިނިސްޓަރުކަން ކުރެއްވި އިރުތިޝާމް މިކަމަށް ސުވާލު އުފައްދާ ފޭސްބުކްގައި ލިއުއްވި ސްޓޭޓަސް އެއްގައި ބުނެފައިވަނީ އިޖްތިމައީ މައްސަލަތައް މެދުވެރިވާ ހާލަތުގައި ޒީރޯ ޓޮލަރެންސްގެ ޕޮލިސީ ތަންފީޒުކުރާނީ ކޮންގޮތަކަށްތޯ އައްސަވާފައެވެ. އަދި މިއީ އިޖްތިމާއީ ހަލަބޮލިކަން އޮއްބާލުމަށް ބޭނުންކުރާ ޓޫލްއެއްތޯ ސުވާލު އުފައްދަވާފަ...
އަލީ އާދިލް
ހިމަބިން ރައްކާތެރިވެ ތިބުމަށް މިހާތަނަށް 3100 މީހަކަށް ވެކްސިން ދެވިއްޖެކަމަށާއި، މާދަމާ 30،000 ވެކްޝިން ރާއްޖެ ގެނެވޭނެކަމަށް ހެލްތު މިނިސްޓަރު އަމީން ވިދާޅުވެއްޖެއެވެ. މިނިސްޓަރު އެހެން ވިދާޅުވީ މިއަދު ހެލްތު މިނިސްޓްރީގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. އެ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަމީން ވިދާޅުވީ ހިމަބިހި އިތުރަށް ފެތުރުނަ ނުދީ ރައްކާތެރިވުމުގެ ގޮތުން މިހާރުވެސް ގިނަ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށެވެ. ހިމަބިހި މިފަހުން ރާއްޖޭގައި ފެތުރެން ފެށިފަހުން މިހާތަނ...
އަލީ އާދިލް
ފެންކުންފުނީގެ މުވައްޒަފުންނާއެކު މަސައްކަތް ކުރުމުގެ ފުރުޞަތުލިބުމަކީ، ލިބުނު ފަޚުރެއްކަމަށް އެ ކުންފުނީގެ ކުރީގެ އެމްޑީ އާދަމް އާޒިމް ވިދާޅުވެއްޖެވެ. އާދަމް އިއްޔެވަނީ ފެންކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރުކަމުގެ މަޤާމުން، އެމްޓީސީސީ މެނޭޖިންގ ޑައިރެކްޓަރުގެ މަޤާމަށް ބަދަލު ކުރައްވާފައެވެ. އާދަމް ފެންކުންފުނިން، އެމްޓީސީސީއަށް ވަޑައިގަތުމަށްފަހު ރޭ ވިދާޅުވީ ފެންކުންފުނީގެ ޓީމަކީ ކުންފުންޏާމެދު ކުރިމަގަށް އެންމެ ރަނގަޅު ތަސައްވުރެއް ގެންގުޅޭ އަދި ކަސްޓަމަރުންނަށް އެންމެ ފެންވަރު ރަނގަޅު ޚިދުމަތް...
އަލީ އާދިލް
ދެކުނުގެ ރަށެއްގައި އުމުރުން ތިން އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި 76 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފި އެވެ. އުމުރުން ތިން އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ މައްސަލައެއްގައި ފުލުހުންގެ ސައުތު ސެންޓްރަލް ޕޮލިސް ޑިވިޝަނުގައި ހިމެނޭ ރަށަކުން މިއަދު މެންދުރު 13:00 ހާއިރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެ މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ އުމުރުން 76 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް […]
އިބްރާހިމް އަސްވާޤް