ސައުދީ އަރަބިއްޔާއިންވެސް ދިވެހިންނަށް އޮންއެރައިވަލް ވިސާ ލިބޭނެގޮތް ހަމަޖައްސައިފި
ސައުދީ އަރަބިއްޔާއިންވެސް ދިވެހިންނަށް އޮންއެރައިވަލް ވިސާ ދިނުމަށް ނިންމާފައިވާކަމުގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. މިކަން ހާމަކުރެއްވީ މިހާރު ކުރިޔަށްދާ ނޫސްވެރީންގެ ބައްދަލުވުމެއްގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެވެ. ފޮރިން މިނިސްޓްރީގައި ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން މިނިސްޓަރ ޝާހިދު ވިދާޅުވީ ސައުދީ އަރަބިއްޔާއަށް އޮން-އެރައިވަލް ވިސާ ދިނުމަށް ސައުދީން ނިންމާފައިވާ ނިންމުން ހާމަކޮށްދެނީ ރައީސުލްޖުމްހޫރިއްޔާއާއި ސައުދީ ވަލީ އަހުދާއި ދެމެދު އޮންނަ ގާތްގުޅުންކަ...