ޕޮލިސް ލޯންޗެއްގައި ރޯކޮށްލައިފި
ލ. ގަން ތުނޑި ބަނދަރުގައި އަޅާފައި އޮތް ފުލުހުންގެ ލޯންޗެއްގައި ރޯކޮށްލައިފި އެވެ. ފުލުހުން ބުނީ ޕޮލިސް ލޯންޗު 34ގައި ރޯވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވަނީ ރޭ 03:54 ހާއިރު ކަމަށެވެ. އަދި އެމްއެންޑީއެފްއާއި މައުލޫމާތު ހިއްސާކޮށް ފުލުހުން ލޯންޗު ކައިރިއަށް ގޮސް ބެލިއިރު، ލޯންޗުގެ ވާގަނޑު އޮތީ ކަނޑާލާފައި ކަމަށާއި މިކަމަކީ ބަޔަކު ގަސްތުގައި ކުރި ކަމެއް ކަމަށް ބެލެވޭ ކަމަށްވެސް ފުލުހުން ބުނެއެވެ. ލޯންޗުގައި ރޯވި އަލިފާންގަނޑު އެމްއެންޑީއެފްއަށް ނިއްވާލެވިފައި ވަނީ ފަތިހު 5:00 ހާއިރު […]