ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އެންގުމާ ޚިލާފަށް ހއ. މުރައިދޫއިން ފުރައިގެން އެއަތޮޅު ބާރަށަށް ދިޔަ މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ކުރި ޓުވީޓެއްގައި ބުނެފައިވަނީ ހައްޔަރުކޮށްފައިވަނީ ހއ. މުރައިދޫ އިން ޑިންގީއެއްގައި ހއ. ބާރަށަށް ގޮސް، އަންބުރާ ހއ. މުރައިދޫ އަށް ދިޔަ 39 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ގެ އެންގެވުމާ ޚިލާފުވި މިމީހާ ކޯޓު އަމުރެއްގެ ދަށުން މިމަހުގެ 20 ވަނަ ދުވަހުގެ 23:36 ހާއިރު ހައްޔަރުކޮށް މިމައްސަލަ ތަޙްޤީގު ކުރަމުން އަ...
ޝިއުނާ އާދަމް
މާދަމާ މެންދުރު 12:00 އިން ފެށިގެން 72 ގަޑިއިރު ވަންދެން ހދ. ކުޅުދުއްފުށި ސިޓީ ފުރަބަންދު ކުރަން ނިންމާފައިވާކަމަށް ކުޅުދުއްފުށި ކައުންސިލުން ބުނެފިއެވެ. ކުޅުދުއްފުށި ކައުންސިލްގެ ރައީސް އަބްދުލް ލަތީފް ހަސަން މި ނޫހަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ މިއީ ހދ. ކުޅުދުއްފުށި ސިޓީ ކޯވިޑް-19 ޓާސްކްފޯހުން ނިންމި ނިންމުމެއްކަމަށެވެ. އެއީ ސަލާމަތީގޮތުން ރައްކާތެރިވުމަށް އެޅި ފިޔަވަޅެއްގެ ގޮތުގައި ލަތީފް ވިދާޅުވިއެވެ. ކުޅުދުއްފުށި ފުރަބަންދު ކުރުމުގައި އަމަލު ކުރަމުން ދާނީ މާލޭގައި އަމަލުކުރަމުންދާ ގޮތަށ...
ޝިއުނާ އާދަމް
މިހާ ހިސާބަށް އައިއިރު 900 އަށް ވުރެ ގިނަ ސީދާ ބައްދަލުވި މީހުން ވަނީ ދެނެގަނެވިފައި ކަމަށް ކޯވިޑް-19 ޓާސްކް ފޯހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވެއްޖެއެވެ. ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއައިއޯސީ)ގައި މިރޭ ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާލުވީ ކ. ގުރައިދޫ ހިމެނޭހެން 164 ތަނެއް މޮނިޓަރިންގެ ހާލަތަށް ގެންދެވިފައި ވާކަމަށެވެ. އެނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޗްޕީއޭގެ މެޑިކަލް އޮފިސަރ، ޑރ. ނަޒްލާ ރަފީގު ވިދާޅުވީ މިއަދު މެންދުރު ފަހު ފަހ...
އަލީ އާދިލް
މިހާލަތުގައި ބަލި ކޮންޓްރޯލް ކުރުމަށް އެޅޭނެ އެންމެ ބޮޑު ފިޔަވަޅަކީ ތެދުހެދުން ކޯވިޑް-19 ޓާސްކް ފޯހުގެ ހެޑް ޑރ. އަލީ ލަތީފް ވިދާޅުވެއްޖެއެވެ. ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއައިއޯސީ)ގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ޢަލީ ލަޠީފް ވިދާޅުވީ ބަލި ކޮންޓްރޯލް ކުރުމަށް އެޅޭނެ އެންމެ ބޮޑު ފިޔަވަޅަކީ ތެދުހެދުން ކަމަށެވެ. އެގޮތުން ސީދާ ބައްދަލުވާ މީހުންގެ ތެދު މައުލޫމާތު ހާމަ ކުރުމާއި، ބަލީގެ އަލާމަތްތައް ފެނުމުން ތެދަށް އެ މައުލޫމާތުތައް ހިއްސާ ކުރުމަށް ޑރ. […]
ޝިއުނާ އާދަމް
ކޯވިޑް-19 އާއި ގުޅިގެން ލޯކަލް ކައުންސިލްތަކުން އަޅަންވީ ފިޔަވަޅުތައް އެކައުންސިލްތަކަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގައިފިއެވެ. އެޗްޕީއޭއިން މިރޭ އާންމު ކުރި އެންގުމުގައި ބުނީ ދިވެހިރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކައުތެރި ކަމަށް ޓަކައި، ޤާނޫނު ނަންބަރު 7/2012 (ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު) ގެ ދަށުން އަޅަންޖެހޭ ޚާއްޞަ ފިޔަވަޅުތައް އެޅުމަށް މަގުފަހިކުރުމުގެ ގޮތުން، އެ ޤާނޫނުގެ 33 ވަނަ މާއްދާގެ ދަށުން، އާންމު ޞިއްޙ...
ޝިއުނާ އާދަމް
ނޭޕާލްއާއި ބަންގްލަދޭޝްގައި ކިޔަވަން ތިބި 71 ދިވެހި ދަރިވަރުންގެ އިތުރުން ބަންގްލަދޭޝްގެ 10 މެޑިކަލް ޑޮކްޓަރުންގެ ޓީމެއް މިއަދު ރާއްޖެ އަތުވެއްޖެ އެވެ. ފޮރިން މިނިސްޓްރީން ބުނީ ނޭޕާލާއި ބަންގްލަދޭޝްގައި ތިބި ދިވެހިން މިއަދު ގެނައީ ބަންގަލްދޭޝްގެ އަސްކަރީ މަތިންދާބޯޓެއްގައި ކަމަށާއި އެގޮތުން ބަންގަލްދޭޝްގައި ތިބި 53 ދިވެހިންނާއި، ނޭޕާލުގައި ތިބި 18 ދިވެހިންގެ ގެނެސްފައިވާ ކަމަށެވެ. https://twitter.com/MoFAmv/status/1252234664997052422?s=19 ދިވެހިންގެ އިތުރުން ކޯވިޑް-19 ގެ ހާލަތުން އަރައި ގަތުމަށް...
ޙުސައިން ޝަހުދީ
އެންމެ ފަހުވަގުތާއި ހަމައަށްވެސް ހުންނާނީ ހިރިމަރަދޫ ރައްޔިތުންގެ ޚިދުމަތުގައި ކަމަށް ހިރިމަރަދޫ ކައުންސިލްގެ ރައީސް މުޙައްމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ވަޙީދުގެ ފޭސްބުކްގައި މިއަދު ލިޔުއްވާފައިވަނީ މާތްﷲ އިރާދަ ކުރެއްވިއްޔާ އޭނާ ހުންނާނީ އެންމެ ފަހު ވަގުތާއި ހަމަޔައްވެސް ހިރިމަރަދޫގެ ލޮބުވެތި ރައްޔިތުންގެ ޚިދުމަތުގައި ކަމަށެވެ. ހއ. އިހަވަންދޫ ކާވިޔާ ބޯޓުން ހއ. އުލިގަމަށް ދަތުރުކުރި މީހެއް އިއްޔެ ކޯވިޑް-19 އަށް ފައްސިވެފައިވާއިރު، ހިރިމަރަދޫގައި އެމީހާއާއި ސީދާ ބައްދަލުވި މީހެއް ހުރުމުން މިވަގުތ...
ޝިއުނާ އާދަމް
ހއ. އިހަވަންދޫ ކާވިޔާ ބޯޓުން އެރަށަށް ދަތުރުކުރި މީހުންނާއި، އެމީހުންނާއި ސީދާ ދިމާވެފައިވާ މީހުން އަމިއްލައަށް އެކަހެރިވުމަށް ހއ. އިހަވަންދޫ އާމިނާދިޔޯ ސިއްހީމަރުކަޒުން އަންގައިފިއެވެ. ހއ. އިހަވަންދޫ އާމިނާދިޔޯ ސިއްހީމަރުކަޒުން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައި ވަނީ މިމަހުގެ 15 ވަނަ ދުވަހު މާލެއިން އިހަވަންދޫ އަށް ކާވިޔާ ބޯޓުން ދަތުރުކުރައްވާފައިވާ މީހެއް ކޯވިޑް-19 އަށް ފައްސިވެފައިވާތީ، އިތުރަށް ބަލަންޖެހޭ ބެލުންތައް ބެލުމަށާއި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ކާވިޔާބޯޓުން ދަތުރުކުރެއްވ...
ޝިއުނާ އާދަމް
މާލެ ސިޓީއިން ކޯވިޑް-19 ޖެހިފައިވާ އިތުރު ހަތް މީހަކު ފެނި، މާލެ ސިޓީން މިބަލި ޖެހުނު މީހުންގެ ޢަދަދު 47 އަށް އަރައިފިއެވެ. މި ކޭސްތަކާއެކު މިއަދު މާލެއިން ފައްސިވި މީހުންގެ އަދަދު 15 އަށް އެރީ އެވެ. ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޯވިޑް-19 ޓާސްކް ފޯހުގެ ސަރުކާރުގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވީ އެންމެ ފަހުން ފައްސިވި މީހުންގެ ތެރޭގައި ހިމެނެނީ ތިން ދިވެހިންނާއި ހަތަރު ބިދޭސިން ކަމަށެވެ. […]
ޔުމްނާ ޢަލީ
ކޯވިޑް-19 އާއި ގުޅިގެން އެޗްޕީއޭއިން އަންގާފައިވާ ގޮތުގެ މަތީން އަމަލު ކުރުމަށްޓަކައި، ހއ. ދިއްދޫއަށް އަރާ ފޭބުމުގައި އަމަލު ކުރަންވީ ގޮތް ދިއްދޫ ކައުންސިލުން ހާމަ ކޮށްފިއެވެ. ދިއްދޫ ކައުންސިލުން ކޮށްފައިވާ ޢިއުލާނެއްގައި ބުނީ ކޯވިޑް-19 ބަލިމަޑުކަން ދިވެހި މުޖްތަމަޢުގެ ތެރޭގައި ފެތުރެމުންދާ ކަމަށް އެޗްޕީއޭ އިން ކަނޑައަޅުއްވައި، އެ ބަލި އިތުރަށް ފެތުރުން ކޮންޓްރޯލު ކުރުމުގެ ގޮތުން މާލެ ސަރަހައްދު ފިޔަވައި ރާއްޖޭގެ ހުރިހައި ރަށެއްގައި ޚާއްޞަ ފިޔަވަޅުތަކެއް އެޅުމަށް އަންގައި ނެރުރުއްވާފައިވާ ބަޔާނު...
ޙުސައިން ޝަހުދީ
މާލެއިން އިތުރު 8 މީހުން ކޯވިޑް-19 އަށް ފައްސިވެއްޖެ މާލެއިން އިތުރު 8 މީހަކު ކޯވިޑް-19 އަށް ފައްސި ވެއްޖެއެވެ. މި ބައްޔަށް މިފަހަރު ފައްސި ވެފައިވަނީ 6 ދިވެހިންނާއި، ބަންގްލަދޭޝް 2 މީހެއް ކަމަށް އެޗްޕީއޭއިން ބުނެއެވެ. މި މީހުން އައިސޮލޭޝަން ފެސިލިޓީއަކަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ. Correction: An additional 8 cases (MAV053, MAV054, MAV055, MAV056, MAV057, MAV058, MAV059, MAV060) six Maldivians and two Bangladesh […]
ޙުސައިން ޝަހުދީ
މިއަހަރު އޭޕްރިލް މަހުގެ 4 ވަނަ ދުވަހު ބާއްވަން ފުރަތަމަ ތާވަލު ކުރި ލޯކަލް ކައުންސިލް އިންތިހާބާއި، ގުޅިގެން ފެނަކައިން ސަސްޕެންޑުކުރި މުވައްޒަފުންގެ ސަސްޕެންޝަން އުވާލާފައިވާ ކަމަށް ފެނަކައިން ބުނެފިއެވެ. ފެނަކައިން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައި ވަނީ ލޯކަލް ކައުންސިލް އިންތިހާބާއި ގުޅިގެން އިންޓާނަލް ސަސްޕެންޝަންގައި ތިބި އެކުންފުނީގެ މުވައްޒަފުންގެ ސަސްޕެންޝަން އިއްޔެއިން ފެށިގެން އުވާލައިފައިވާ ކަމަށެވެ. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ...
ޝިއުނާ އާދަމް
ލޯކަލް ކައުންސިލްގެ އިންތިޚާބަށް ކުރިމަތި ލުމުން ސަސްޕެންޑް ކޮށްފައިވާ ސިވިލް ސަރވިސްގެ މުވައްޒަފުންގެ ސަސްޕެންޝަނާއިމެދު ގޮތެއް ނުނިމި ރޯދަމާއި ބައްދަލުކުރަނީއެވެ. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު މުއްދަތުގެ ތެރޭގައި ނުބޭއްވޭނެ ކަމަށް އިއުލާންކޮށްފައި ވާއިރު، އިންތިޚާބާއި ގުޅޭ ޤާނޫނީ ފަރުވާއެއް އަދި ހޯދިފައެއް ނުވެއެވެ. އިންތިޚާބު ލަސްވީ ކޯވިޑް-19ގެ ނުރައްކާތެރި ވަބާގެ ބިރުވެރި ކަމުގެ ސަބަބުން ވިޔަސް، ސަސްޕެންޑް ކުރި މުވައްޒަފުން މިހާރު ވޭތު ކުރާ ކޮންމެ ދުވަހަކީ އެ މުވައްޒަފުންގެ ހައްގުތައް ގ...
އަލީ އާދިލް
ކޯވިޑް-19 ބަލިމަޑުކަމާއި ގުޅިގެން ހއ. ދިއްދޫ ކައުންސިލުން ފިޔަވަޅުތަކެއް އަޅަން ނިންމައި އެކަން އާންމުކޮށް ޢިއުލާން ކޮށްފިއެވެ. ދިއްދޫ ކައުންސިލުން އިއްޔެ ކުރި ޢިއުލާނެއްގައި ބުނެފައިވަނީ ކޯވިޑް-19 ބަލިމަޑުކަން ދިވެހި މުޖްތަމަޢުގެ ތެރޭގައި ހަލުވި ކަމާއެކު ފެތުރެމުންދާތީ، އެ ބަލި އިތުރަށް ފެތުރުން ކޮންޓްރޯލު ކުރުމުގެގޮތުން ހއ. ދިއްދޫ ކޮވިޑް ޓާސްކް ފޯސް ގެ ލަފާގެ މަތިން 20 އެޕްރީލް 2020 (މިއަދު) އިން ފެށިގެން ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައި ވާކަމަށެވެ. ދިއްދޫ ކައުންސިލުން އަޅަން ނިންމި […]
ޔުމްނާ ޢަލީ
އަތޮޅުތަކުގެ ރަށްރަށުގައި ދިރިއުޅޭ މީހުނަށް ބޭނުންވާ ކާޑާއި އެހެނިހެން މުހިންމު ބާވަތްތައް ފޮނުވުމަށް އެސްޓީއޯއިން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ތިލަދުންމަތީގެ ރަށްތަކަށް ބޭނުންވާ ފިޔާ، އަލުވި އަދި ބިސް ގެނެސްފި އެވެ. އެސްޓީއޯއިން މިފަހަރު ވަނީ 1800 ބަސްތާ ފިޔާ އާއި، 550 ބަސްތާ އަލުވި އަދި 1000 ކޭސް ބިސް އުތުރުގެ ރަށްތަކަށް ޚާއްސަކޮށްގެން ކުޅުދުއްފުށީ ސިޓީއަށް ފޮނުވާފައެވެ. މީގެތެރެއިން ބައެއް މިހާރުވަނީ ތިލަދުންމަތީގެ ހއ. އަތޮޅަށް ފޮނުވާފައި އެވެ. އަދި ބ. އަތޮޅަށްވެސް އެސްޓީއޯއިން ވަ...
ޔުމްނާ ޢަލީ
ކުޅުދުއްފުށި ސިޓީ ލޮކްޑައުން ކޮށްފި ހާލަތެއްގައި ދުރާލައި ތައްޔާރުވުގެ ގޮތުން ކޮންމެހެން ބޭރަށް ނުކުމެ އުޅެން ޖެހޭ ފަރާތްތައް ދެނެގަތުމަށްޓަކައި ރަޖިސްޓަރީ ވުމަށް ކުޅުދުއްފުށީ ކައުންސިލުން ހުޅުވާލައިފިއެވެ. އެކަމާއި ގުޅިގެން ކުޅުދުއްފުށީ ކައުންސިލުން ކޮށްފައިވާ ޢިއުލާނެއްގައި ބުނެފައި ވަނީ ކޯވިޑް-19 ގެ ނުރައްކާތެރިކަން އިންތިހާއަށް ބޮޑުވެފައިވާ މި ދަނޑިވަޅުގައި ކުޅުދުއްފުށި ސިޓީ ލޮކްޑައުން ކޮށްފިނަމަ ދުރާލައި ތައްޔާރުވުމުގެ ގޮތުން ކޮންމެހެން ބޭރަށް ނުކުންނަންޖެހޭ މީހުން ދެނެގަތުމަށް ބޭނުންވާ ކަމ...
ޝިއުނާ އާދަމް
ކެނޯއެއްގައި ހދ. ނޮޅިވަރަމުން ފުރައިގެން ހދ. ކުޅުދުއްފުށި އެއަރޕޯޓް ރަންވޭ ހުޅަނގުފަރާތުން އަރަން އުޅުނު 2 މީހަކު ހައްޔަރުކޮށްފިކަމަށް ފުލުހުން ބުނެފިއެވެ. މިކަމާއި ހުޅިގެން ތިލަދުންއަށް މަޢުލޫމާތު ދެއްވަމުން ފުލުހުން ބުނެފައިވަނީ، އެއްރަށުން އަނެއްރަށަށް ދަތުރު ކުރުން މަނާކޮށްފައިވާ ދަންޑިވަޅެއް ގައި، ހުއްދަ ނުހޯދާ 19 އޭޕްރީލް 2020 ވަނަ ދުވަހު ހދ. ނޮޅިވަރަން ހުޅަންގު ފަރާތުން ކެނޯ އެއްގައި އައި 2 މީހަކު ހދ.ކުޅުދުއްފުށި އެއަރޕޯޓް ރަންވޭ ހުޅަނގު ކޮޅުން ބަނޑުން ޖަހާލާފައި ވާކަމަށް ބުނެ ހދ.ކުޅުދުއް...
ޝިއުނާ އާދަމް
ނޭޕާލާއި ބަންގްލަދޭޝްގައި ތިބި ދިވެހިން ގޮވައިގެން މާދަމާ ރާއްޖެއަށް އަންނަ ބަންގްލަދޭޝްގެ އަސްކަރީ މަތިންދާބޯޓު ފުރާއިރު، އެމަތިންދާބޯޓުގައި ރާއްޖޭގައި ޤަވާޢިދާ ޚިލާފަށް އުޅެމުންދާ ބަންގްލަދޭޝްގެ 70 މީހަކު އަނބުރާ އެޤައުމަށް ގެންދާނެކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. މިނިސްޓަރު ޝާހިދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިކަމުގައި ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރ އޭ.ކޭ އަބްދުލް މޮމެންގެ ފަރާތްޕުޅުން ލިބިވަޑައިގަތް އެއްބާރުލެއްވުމަށް ޝުކުރު އަދާކުރައްވާކަމަށެވެ. އަދި ރާއްޖޭ...
އަލީ އާދިލް