މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (13:30 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

އެންމެ ފަހުގެ ލިޔުންތައް

39,378 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1980 ވަނަ ޞަފްޙާ

ޓެސްޓު ނުކޮށް އެޗް.ޕީ.އޭ އިން މޮނީޓަރިންގެ ހާލަތު ނެގުމާއި އެކު ކަންބޮޑުވުން! 

ޓެސްޓު ނުކޮށް އެޗް.ޕީ.އޭ އިން މޮނީޓަރިންގެ ހާލަތު ނެގުމާއި އެކު ކަންބޮޑުވުން! 

ޓެސްޓު ނުކޮށް އެޗް.ޕީ.އޭ އިން މޮނީޓަރިންގެ ހާލަތު ނެގުމާއި އެކު ކައުންސިލްތަކާއި ތިލަދުންމަތީގެ ގިނަ ރައްޔިތުން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ. ހއ. އުލިގަމުން ކޯވިޑް-19 އަށް ފައްސިވި (ކޭސް 52) އާއި ގުޅިގެން މޮނިޓަރިން ހާލަތަށް ގެނައި ހއ. އުލިގަމު ފިޔަވައި އެހެން ހުރިހާ ރަށެއް މޮނިޓަރިން ހާލަތުން ނަގައިފިއެވެ. ރޭ ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޯވިޑް-19ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ، މޮނީޓަރިންގެ ހާލަތުން އާއްމު ހާލަތައް ގެނެސްފައިވާ އުތުރުގެ ރަށްތަކަ...

އަލީ އާދިލް
މާލޭ ސިޓީއިން ފައްސިވި މީހުންގެ ޢަދަދު 66 އަށް

މާލޭ ސިޓީއިން ފައްސިވި މީހުންގެ ޢަދަދު 66 އަށް

މާލެއިން އިތުރު 2 ދިވެއްސަކު ކޯވިޑް-19އަށް ފައްސިވެ މާލެއިން ފައްސިވި މީހުންގެ ޖުމްލަ ޢަދަދު 66 އަށް އަރައިފިއެވެ. މީގެ އިތުރުކޮޅެއް ކުރިން އެޗްޕީއޭއިން ކުރި ޓުވީޓެއްގައި ބުނެފައިވަނީ މި 2 ދިވެހިންނަކީ ފްލޫކްލިނިކަށް ޑޮކްޓަރަށް ދެއްކުމަށް ގެންދިޔަ ދެމީހުންނެވެ. މިދެމީހުން އައިސޮލޭޝަން ފެސިލިޓީއަސް ގެންދިއުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މި ދެމީހުންނާއިއެކު މާލެއިން މިބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދުވަނީ 66 އަށް އަރާފައެވެ. ރާއްޖެއިން މިހާތަނަށް މިބައްޔަށް ޕޮޒިޓިވްވެފައިވަނީ 86 މީހެކެވެ. މާ...

ޔުމްނާ ޢަލީ
ކޯވިޑް-19: 2.5 މިލިއަން މީހުންނަށް ބަލިޖެހިއްޖެ

ކޯވިޑް-19: 2.5 މިލިއަން މީހުންނަށް ބަލިޖެހިއްޖެ

ދުނިޔޭގެ އެކި ބައްރުތަކުގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ކޯވިޑް-19 ނުވަތަ ކޮރޯނާ ވައިރަސް ޖެހުނު މީހުންގެ އަދަދު 2.5 މިލިއަނަށްވުރެ މައްޗަށް އަރައިފިއެވެ. 22 އޭޕްރިލް 2020، ދިވެހިރާއްޖެ ގަޑި، މެންދަމު 01:15 (މައުލޫމާތު ހިމެނި ތާރީޚާއި ވަގުތު) ފައްސިވި މީހުންގެ ޢަދަދު: 2,543,588 މަރުވި މީހުންގެ ޢަދަދު: 176,596 ރަނގަޅުވި މީހުންގެ ޢަދަދު: 687,034 ކޮވިޑް-19 ޖެހޭ ނިސްބަތް އިތުރުވަމުން ދާ ގޮތް 2020 ޖެނުއަރީ 19، 100 މީހުން 2020 ޖެނުއަރީ 24، 1،000 މީހުން 2020 […]

ޔުމްނާ ޢަލީ
"ދެ ނޮޅިވަރަމުގެ" އޮޅުންބޮޅުންތަކާއި، ކޯވިޑް19

"ދެ ނޮޅިވަރަމުގެ" އޮޅުންބޮޅުންތަކާއި، ކޯވިޑް19

ނޮޅިވަރަމާއި ނޮޅިރަންފަރަކީ ކައިރިކައިރީގައި އޮންނަ ބޮޑު ދެ ރަށެވެ. ނޮޅިވަރަންފަރަކީ 184 ހެކްޓަރަށް ވުރެ ބޮޑު، ރަށެކެވެ. ކުރިން އަތޮޅުވެރިކަން ކުރި ރަށެވެ. ނޮޅިވަރަމަކީ 221 ހެކްޓަރަށް ވުރެ ބޮޑު ރަށެކެވެ. މިހާރު، އިންތިހާބީ ދާއިރާތަކުގެ ތެރެއިން މި ދެ ރަށް ހިމެނޭ ‘ނޮޅިވަރަމު ދާއިރާ” ގެ ނަން ނިސްބަތްވާ ރަށެވެ. ރާއްޖޭގެ ބައެއް ރައްޔިތުންނާއި ސަރުކާރުގެ މުއައްސަސާތަކަށް ވެސް މި ދެ ރަށް އޮޅޭލެއްގިނައެވެ. މިފަހަރު މި ދިމާވީ ރަނގަޅު ކަމެއްކަމަށް ބަލަން ޖެހެއެވެ. ހއ […]

ތިލަދުން
އުތުރުގެ ގިނަރަށްތަކެއް މޮނީޓަރިންގެ ހާލަތުން ނަގައިފި

އުތުރުގެ ގިނަރަށްތަކެއް މޮނީޓަރިންގެ ހާލަތުން ނަގައިފި

ހއ. އުލިގަމުން ކޯވިޑް-19 އަށް ފައްސިވި ކޭސް 52 އާއި ގުޅިގެން މޮނިޓަރިން ހާލަތަށް ގެނައި ހއ. އުލިގަމު ފިޔަވައި އެހެން ހުރިހާ ރަށެއް މޮނިޓަރިން ހާލަތުން ނަގައިފިއެވެ. މިރޭ ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮވިޑް-19ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ، މިވަގުތު މޮނީޓަރިންގެ ހާލަތުން އާއްމު ހާލަތައް ގެނެސްފައިވާ އުތުރުގެ ރަށްތަކަކީ ހދ. ނޮޅިވަރަމް، ހއ.ތުރާކުނު، ހދ.ވައިކަރަދޫ، ހއ.ތަކަންދޫ، ހއ.އިހަވަންދޫ، ހދ. ހިރިމަރަދޫ، ހއ.ހޯރަފުށި، އަދި ހއ.މާރަންދޫ ކަމަށެވެ. ހދ. ހިރިމަ...

ޝިއުނާ އާދަމް
ކޯވިޑް-19: 193 ތަނެއް މޮނީޓަރިންގައި ހާލަތުގައި

ކޯވިޑް-19: 193 ތަނެއް މޮނީޓަރިންގައި ހާލަތުގައި

މިހާތަނަށް އައި އިރު މޮނީޓަރިން ހާލަތުގައި ވަނީ 193 ތަނެއް ކަމަށް ސަރުކާރުން ބުނެފިއެވެ. ނޭޝަނަލް އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ކޯވިޑް-19 ޓާސްކް ފޯހުގެ ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވީ މިހާތަނަށް އައި އިރު 193 ތަނެއް މޮނިޓަރިން ހާލަތުގައި ވާހަކަމަށެވެ. މިއަދުވެސް 43 ތަނެއް ވަނީ މޮނީޓަރިން އަށް ގެނެވިފައި ކަމަށް މަބްރޫކު ވިދާޅުވިއެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު ހާމަ ކުރެއްވި އިތުރު މަޢުލޫމާތު މިހާތަނަށް 4418 ސ...

ޝިއުނާ އާދަމް
އުލިގަމު މީހާއާ ކޮންޓެކްޓްވި މީހަކު ފައްސި ވެއްޖެ

އުލިގަމު މީހާއާ ކޮންޓެކްޓްވި މީހަކު ފައްސި ވެއްޖެ

ކޮވިޑް-19އަށް އިތުރު ދިވެއްސަކު ޕޮޒިޓިވްވެއްޖެ އެވެ. މި މީހާއަކީ މީގެކުރިން ހއ. އުލިގަމުން ޕޮޒިޓިވްވީ މީހާއާ ޑައިރެކްޓް ކޮންޓެކްޓްވި މީހެކެވެ. އޭނާ މިވަގުތު ހުރި ތަނެއް އެޗްޕީއޭއިން ހާމައެއް ނުކުރެ އެވެ. މި މީހާއެކު މާލެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 64 އަކަށް އެރީ އެވެ. އުލިގަމުގައި ހުއްޓާ ކޮވިޑް-19އަށް ޕޮޒިޓިވްވި މީހާއަކީ މި މަހުގެ 15 ވަނަ ދުވަހު މާލެއިން ކަނޑު ބޯޓެއްގައި ފުރައިގެން އުލިގަމަށް ދިޔަ ދިވެއްސެކެވެ. އޭނާ ދަތުރުކޮށްފައިވަނީ ހއ. އިހަވަންދޫ […]

ޔުމްނާ ޢަލީ
ފޭސް މާސްކާއި ފޭސް ޝީލްޑް ތައްޔާރުކުރުމުގައި ހއ އަތޮޅު ހޮސްޕިޓަލުގެ ކަނބަލުން!

ފޭސް މާސްކާއި ފޭސް ޝީލްޑް ތައްޔާރުކުރުމުގައި ހއ އަތޮޅު ހޮސްޕިޓަލުގެ ކަނބަލުން!

މުޅި ދުނިޔެއަށް މިވަގުތު ދިމާވެފައިވާ ކޯވިޑް19 ގެ ބިރުވެރިކަން މިވަނީ ދިވެހި ރާއްޖެއަށްވެސް ކުރިމަތިވެފައެވެ. މާލެއިން މިބައްޔަށް ފައްސިވެފައިވާ އެތައްބަޔެއް ފެނިފައިވާއިރު ރާއްޖޭގެ އަތޮޅަކުން މިބަލި ފެނުނު ފުރަތަމަ އަތޮޅަކީ ހއ އަތޮޅެވެ. އެއާއި އެކު ހއ. އަތޮޅު މިވަނީ ބިރުވެރިކަމެއްގެ ތެރޭގައެވެ. ރާއްޖޭގެ އެންމެ އުތުރުގައި އޮންނަން މިއަތޮޅަކީ އެއްބައިވަންތަ ރައްޔިތުންތަކެއް ދިރިއުޅެމުން އަންނަ އަތޮޅެކެވެ. ކޯވިޑް19 ގެ ބިރުވެރި ރާޅު ތިލަދުންމައްޗަށް ބިންދާލާފައިވާ މިނާޒުކު ދަނޑިވަޅުގައި ހއ އަތޮޅު ހ...

ޔުމްނާ ޢަލީ
ސަމާލުވޭ! ރާއްޖޭގެ 2 ސަރަޙައްދަކަށް "ޔެލޯ އެލާޓް" ނެރެފި

ސަމާލުވޭ! ރާއްޖޭގެ 2 ސަރަޙައްދަކަށް "ޔެލޯ އެލާޓް" ނެރެފި

ބޯކޮށް ވާރޭ ވެހި ގުގުރާނެކަމަށް ލަފާކުރެވޭތީ ށ. އަތޮޅުން ފެށިގެން ޅ އަތޮޅަށް އަދި ވ އަތޮޅުން ލ އަތޮޅަށް ޔެލޯ އެލާޓް ނެރެފިއެވެ. ޔެލޯ އެލާޓް ނެރެފައިވަނީ މިރޭ 19:30 އިން 22:30 އާއި ދެމެދުގެ ވަގުތުތަކަށެވެ. Alert Yellow for torrential rain with thunderstorms pic.twitter.com/WVWUIQNKSZ — Maldives Meteorology (@MetMaldives) April 21, 2020 މޫސުމާ ބެހޭ ޤައުމީ އިދާރާއިން ނެރުނު ސަމާލުގެ މެސެޖުގައި ބުނެފައިވަނީ މި ވަގުތުތަކުގެ ތެރޭގައި ގުގުރުމާއެކު ބޯކޮށް […]

އިބްރާހިމް އަސްވާޤް
80 އަހަރުގެ މީހަކަށް ބަލި ޖެހުމުން އަންގައި ދެނީ ފުދޭވަރަކަށް ބަލި ފެތުރިފައި ވާކަން: ޑރ. މޫސަ

80 އަހަރުގެ މީހަކަށް ބަލި ޖެހުމުން އަންގައި ދެނީ ފުދޭވަރަކަށް ބަލި ފެތުރިފައި ވާކަން: ޑރ. މޫސަ

ކޯވިޑް-19 ޖެހިފައިވާ އުމުރުން 80 އަހަރުގެ މީހެއް ފެނިފައި ވުމުން، މިކަމުން އަންގައި ދެނީ މާހައުލުގެ ތެރޭގައި ފުދޭ ވަރަކަށް ބަލި ފެތުރިފައިވާ ކަން ކަމަށް ޑރ. މޫސާ ހުސައިން ވިދާޅުވެއްޖެއެވެ. ނޭޝަނަލް އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، އައިޖީއެމްއެޗުގެ ނެޝަނަލް ރެސްޕިރޭޓަރީ ސެންޓަރުގެ ހެޑް، ޑރ. މޫސާ ހުސައިން ވިދާޅުވީ އެ ދިވެހި މީހާއަކީ ގިނަ ބަލިތަކެއް ތަހައްމަލު ކުރަމުންދާ މީހަކަށް ވާތީ އޭނާގެ ހާލު ވަރަށް […]

ޝިއުނާ އާދަމް
ކުޅުދުއްފުށީގައި ފުރަބަންދު އަމުރާއި ޚިލާފު ވާނަމަ ޖޫރިމަނާ ކުރަނީ

ކުޅުދުއްފުށީގައި ފުރަބަންދު އަމުރާއި ޚިލާފު ވާނަމަ ޖޫރިމަނާ ކުރަނީ

ކުޅުދުއްފުށީ ސިޓީ މިއަދު މެންދުރު ބާރައިން ފެށިގެން ފުރަބަންދު ކޮށްފައި ވާއިރު، އެ ސިޓީ ފުރަބަންދު ކުރުމަށް ކުޅުދުއްފުށީ ކައުންސިލުން އަންގާފައިވާ އެންގުމާއި ޚިލާފު ވާނަމަ ޖޫރިމަނާ ކުރުމުގެ އިޚްތިޔާރު ލިބިގެންވާ ކަމަށް އެ ކައުންސިލުން ބުނެފިއެވެ. އެކަމާއި ގުޅިގެން ކުޅުދުއްފުށީ ކައުންސިލުން ކޮށްފައިވާ ޢިއުލާނެއްފައި ބުނީ، ކޯވިޑް-19 ފެތުރުމުގެ ބިރު ބޮޑުވެފައި ވާތީ ކުޅުދުއްފުށި ކޯވިޑް-19 ޓާސްކު ފޯހުގެ ނިންމުމުގެ މަތިން ބަލި ފެތުރުން ކޮންޓްރޯލު ކޮށް ރައްކާތެރިވުމުގެ ގޮތުން 21 އެޕްރީލް 2020 ގެ […]

އަލީ އާދިލް
ހޯރަފުށީގައި ބޭރަށް ނުކުމެ އުޅުން މަނާކޮށްފި

ހޯރަފުށީގައި ބޭރަށް ނުކުމެ އުޅުން މަނާކޮށްފި

ހއ. ހޯރަފުށީގައި ބޭރަށް ނުކުމެ އުޅުން މަނާކޮށް، އިތުރު ފިޔަވަޅުތަކެއް އެރަށު ކައުންސިލުން އަޅައިފިއެވެ. ހޯރަފުށީ ކައުންސިލުން ކުރި ޢިއުލާނެއްގައި ބުނެފައިވަނީ 2020 އެޕްރީލް 19 ވަނަ ދުވަހު ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިގެންވާ ބާރުގެދަށުން ހޯރަފުށި މޮނިޓަރިން ޙާލަތައް ގެނެސްފައިވާ ކަމަށެވެ. އެހެންކަމުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ހޯރަފުށީ ކައުންސިލުން މިއެންގުން އަންގާ ވަގުތުން ފެށިގެން ވަކިގޮތެއް އަންގަންދެން އެ...

ޔުމްނާ ޢަލީ
ކޯވިޑް-19: 1370 ސީދާ ބައްދަލުވި މީހުން ހޯދިއްޖެ

ކޯވިޑް-19: 1370 ސީދާ ބައްދަލުވި މީހުން ހޯދިއްޖެ

މިހާތަނަށް އައި އިރު ފައްސި ވެފައިވާ މީހުންނާއި ސީދާ ބައްދަލުވި 1370 މީހުން ހޯދިއްޖެކަމަށް ސަރުކާރުން ބުނެފިއެވެ. ނޭޝަނަލް އިމަޖަންސީ އޮޕަރޭޝަން ސެންޓާ (އެންއީއޯސީ) ގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ކޯވިޑް-19 ޓާސްކް ފޯހުގެ ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވީ މިހާތަނަށް އައި އިރު 10370 ސީދާ ބައްދަލުވި މީހުން ހޯދިފައިވާ ކަމަށެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު ހާމަ ކުރެއްވި އިތުރު މަޢުލޫމާތު މިހާތަނަށް 4383 ސާމްޕަލް ނެގިފައި 4041 ސާމްޕަލް ނައްސި 259 ސާމްޕަލްގެ ނަތީ...

ޝިއުނާ އާދަމް
ނޮޅިވަރަމް މޮނީޓަރިން ހާލަތުން ނަގައިފި

ނޮޅިވަރަމް މޮނީޓަރިން ހާލަތުން ނަގައިފި

ހދ. ނޮޅިރަމް މޮނީޓަރިންގެ ހާލަތުން ނަގާފައިވާ ކަމަށް ސަރުކާރުން ހާމަ ކުރަށްވައިފިއެވެ. މިހާރު ނޭޝަނަލް އިމަޖަންސީ އޮޕަރޭޝަން ސެންޓާ (އެންއީއޯސީ) ގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ކޯވިޑް-19 ޓާސްކް ފޯހުގެ ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވީ މިއަދު އަލަށް ސާޅީސް ތަނެއް މޮނިޓަރިން ހާލަތަށް ގެނެވިފައި ވާކަމަށާއި، މިހާރު ޖުމްލަ 190 ތަނެއް މޮނިޓަރިން ހާލަށް ގެނެވިފައިވާ ކަމަށެވެ. ކުރިން މޮނިޓަރިން ހާލަތުގައި ހުރި ބައެއް ތަންތަން މިހާރު އެ ހާލަތުން ނެގިފައިވާ ކަމަށް ވިދާޅުވެ، […]

ޝިއުނާ އާދަމް
ކޯވިޑް 19 އާއި ގުޅިގެން ހަނިމާދޫގައި ޢަމަލު ކުރާނެގޮތް ހާމަކޮށްފި

ކޯވިޑް 19 އާއި ގުޅިގެން ހަނިމާދޫގައި ޢަމަލު ކުރާނެގޮތް ހާމަކޮށްފި

ކޯވިޑް 19 އާއި ގުޅިގެން ހދ. ހަނިމާދޫގައި ޢަމަލު ކުރާނެގޮތް، ހަނިމާދޫ ކައުންސިލުން ހާމަކޮށްފިއެވެ. އެކަމާއި ގުޅިގެން ހަނިމާދޫ ކައުންސިލުން ނެރެފައިވާ ޢިއުލާނެއްގައި ބުނެފައިވަނީ ދުނިޔޭގައި ހަލުއި ކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަސް ރާއްޖޭގައި ހަލުއި ކަމާއެކު ފެތުރެންފަށައި، އުތުރުގައިވެސް އެ ނުރައްކާތެރި ބައްޔަށް މީހަކު ފައްސި ވެ ބިރުވެރި ޙާލަތަށް ގޮސްފައިވާތީ، އެކަމުން ރައްކާތެރި ވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ހުރިހާ ފަރާތަކުން އަޅަމުން ގެންދާ މިދަނޑިވަޅުގައި ހުރިހާ ފަރާތެއް...

ޝިއުނާ އާދަމް
ޤައުމީ ޚިދުމަތުގައި ސިފައިން

ޤައުމީ ޚިދުމަތުގައި ސިފައިން

ޤައުުމީ ޚިދުމަތާނުލައި ޤައުމެއް ނޯންނާނެއެވެ. ޤައުމަށް ޚިދުމަތްކުރާނެ ޤައުމު ދެކެ ލޯބިވާ ދަރިންތަކެއް ނެތް ޤައުމެއްގެ ޤައުމީ ދިދައަކަށް މިނިވަންކަމާއެކު ވިހުރިލާކަށް ފުރުސަތެއް ނުލިބޭނެއެވެ. ޤައުމީ ޚިދުމަތަކީ ހަމައެކަނި ސަލާމަތީ ބާރުތަކުން ޤައުމަށްކުރާ ޚިދުމަތެއް ނޫނެވެ. ހަމައެކަނި ދައުލަތާއި ސަރުކާރުގެ މުވައްޒަފުންކުރާ މަސައްކަތްތަކެއް ވެސް ނޫނެވެ. ޤައުމުގެ ކޮންމެ ދަރިއަކު ޤައުމަށްޓަކައި ކުރާ ކޮންމެ ކަމަކީވެސް ޤައުމީ ޚިދުމަތެކެވެ. ކޮންމެ ގިންތިއެއްގެ ކޮންމެ ފަންތިއެއްގެ މީހަކު ޤައުމަށް ޚިދުމަތް...

ޢަބްދުﷲ ސަޢީދު
މިއަދު މާލެއިން ފައްސިވި 14 މީހުންގެ ތެރޭގައި 80 އަހަރުގެ މީހަކު

މިއަދު މާލެއިން ފައްސިވި 14 މީހުންގެ ތެރޭގައި 80 އަހަރުގެ މީހަކު

މިއަދު މާލެއިން ފައްސިވި 14 މީހުންގެ ތެރޭގައި 80 އަހަރުގެ މީހަކު ހިމެނޭކަމަށާއި އެމީހާ މިހާރު އިތުރު ފަރުވާއަށް ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކޮށްފިކަމަށް އެޗްޕީއޭއިން ބުނެފިއެވެ. އެޗްޕީއޭއިން ބުނީ އެމީހާއަކީ ހައި ރިސްކް މީހަކަށް ވާތީ ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކޮށްފައިވާ ކަމަށެވެ. މި 14މީހުންގެ ތެރޭގައި ހިމެނެނީ 8 ދިވެހިންނާއި ބަންގްލަދޭޝްގެ 6މީހެކެވެ. މިއާއެކު މާލެއިން ފައްސިވި މީހުންގެ ޖުމުލަ ޢަދަދުވަނީ 63 އަށް އިތުރުވެފައެވެ. އަދި މުޅި ރާއްޖެއިން ކޯވިޑް-19އަށް ފައްސިވި މީހުންގެ ޢަދަދު...

ޔުމްނާ ޢަލީ
ކުޅުދުއްފުށި ފުރަބަންދު ކޮށް ރައްޔިތުންގެ އެއްބާރުލުމަށް އެދިއްޖެ

ކުޅުދުއްފުށި ފުރަބަންދު ކޮށް ރައްޔިތުންގެ އެއްބާރުލުމަށް އެދިއްޖެ

ކުޅުދުއްފުށި ސިޓީ މިއަދު މެންދުރު 12 އިން ފެށިގެން ފުރަބަންދުކޮށް ރައްޔިތުންގެ އެއްބާރުލުމަށް އެދިއްޖެއެވެ. ކުޅުދުއްފުށީ ކައުންސިލުން ކޮށްފައިވާ ޢިއުލާނެއްގައި ބުނެފައިވަނީ ކޯވިޑް-19 ފެތުރުމުގެ ބިރު ކުޅުދުއްފުށި ސިޓީގައިވެސް މި ވަނީ ބޮޑުވެފައި ވާ ކަމަށެވެ. ބަލި ފެތުރުން ކޮންޓްރޯލު ކޮށް ރައްކާތެރިވުމުގެ ގޮތުން އެޅުމަށް ހަމަޖެހިފައިވާ ފިޔަވަޅުތަކުގެ ދަށުން 21 އެޕްރީލް 2020 ގެ (މިއަދު) މެންދުރު 12:00 އިން ފެށިގެން 24 އެޕްރީލް 2020 ގެ 12:00 އަށް ކުޅުދުއްފުށި ސިޓީ ލޮކްޑައުންކޮށް ކާފިއު […]

ޝިއުނާ އާދަމް