ފަލަސްތީނުގެ ހައްގުގައި ވަކާލާތުކުރާތީ އަލްބަނީޒްއާ ދެކޮޅަށް އެމެރިކާއިން އެޅި ފިޔަވަޅުތައް އުވާލައިފި
އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގެ އިންސާނީ ހައްގުތަކުގެ ހާލަތު ބަލާ އދ.ގެ ހާއްސަ ރެޕަޓުއާ ފްރެންޗެސްކާ އަލްބަނީޒްއާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އެ ގައުމުން އުވާލައިފިއެވެ. މި ފިޔަވަޅުތައް އުވާލާފައި މިވަނީ، އެ ފިޔަވަޅުތަކުގެ ސަބަބުން އޭނާގެ ބަސްބުނުމުގެ މިނިވަންކަމަށް ހުރަސްއެޅޭ ކަމަށް އެމެރިކާގެ ފެޑަރަލް ފަނޑިޔާރަކު ކަނޑައެޅިތާ ހަފްތާއެއް ފަހުންނެވެ. އެމެރިކާގެ ޓްރެޜަރީ ޑިޕާޓްމަންޓުން ބުދަ ދުވަހު އާންމުކުރި އަޕްޑޭޓެއްގައި، ބައިނަލްއަގުވާމީ ޖިނާއީ ކޯޓ...