ފަލަސްތީނު ރައްޔިތުންގެ ހައްޤުތައް ހިމާޔަތްކުރުމަށް ރާއްޖެއިން ގޮވާލައިފި
ފަލަސްތީނު ރައްޔިތުންގެ ހައްޤުތައް ހިމާޔަތްކުރުމަށް މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާޙިދު ގޮވާލައްވައިފި އެވެ. މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާޙިދު މިހެން ގޮވާލެއްވީ ފަލަސްތީނުގެ ރެފިއުޖީންނާ ބެހޭ އދގެ އެޖެންސީ، “ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވަރކްސް އެޖެންސީ ފޮރ ޕަލަސްޓައިން ރެފިއުޖީސް އިން ދަ ނިއަރ އީސްޓް” (އަންރުވާ) އަށް ފަންޑު ހޯދުމާ ބެހޭ ވަޒީރުންގެ ފެންވަރުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ. ވަރޗުއަލްކޮށް ބޭއްވި މި ބައްދަލުވުމުގެ ރިޔާސަ...