ރައީސް ވަހީދު އެނބުރި ވަޑައިގަތުމާއިއެކު، ތެޔޮ ރިޕޯޓު ވާހަކަވެސް ފާޅުވެއްޖެ
7 ފެބްރުއަރީ 2012 ގައި އޭރުގެ ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ އިސްތިއުފާ ދެއްވުމުން އޭރު ނައިބު ރައީސްގެ ގޮތުގައި ހުންނެވި ޑރ. ވަހީދު ވެރިކަމަށް ވަޑައިގަތުމަށްފަހު، ވެރިކަމުގެ ބާކީ ދޮޅު އަހަރެއްހާ ދުވަސް ފުރިހަމަ ކުރެއްވިއެވެ. އެއަށްފަހު ޖެހިގެންއައި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވައި، ފުރަތަމަ ބުރުގައި ލިބިވަޑައިގަތް 5 އިންސައްތަ ވޯޓާއިއެކު އެމަނިކުފާނު ޚިޔާރު ކުރެއްވިތަން ފެނުނީ ސިޔާސީ ހަމަހިމޭން ކަމެވެ. އޭގެ ފަހުން ސިޔާސީ ހަރަކާތަކުން އެމަނިކުފާނު ފެނިވަޑައިގަތީ...