ހަމަލާތަކެއް އަމާޒުވެ ކުވޭތު އެއާޕޯޓަށް ބޮޑެތި ގެއްލުންތަކެއް، ފްލައިޓް އޮޕަރޭޝަނަށް ބުރޫއެރި
ޑްރޯން ހަމަލާތަކެއްގައި ކުވެއިތު އިންޓަނޭޝަނަލް އެއާޕޯޓަށް ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން، ކުވެއިތުގެ ވައިގެ ދަތުރުފަތުރުތައް މެދުކަނޑާލަން ޖެހުނުކަމަށް ގައުމުން ބުދަ ދުވަހު ބުނެފިއެވެ. ކުވެއިތު އެއާޕޯޓްގެ އޮޕަރޭޝަން ވަގުތީގޮތުން ހުއްޓާލަން ޖެހުނުނަމަވެސް މިހާރު ވަނީ އާންމު ހާލަތަކަށް ގެނެސް އަލުން އޮޕަރޭޝަން ފަށާފައެވެ. ކުވެއިތުގެ ޑިފެންސް މިނިސްޓްރީގެ ތަރުޖަމާނު ބްރިގޭޑިއާ ޖެނެރަލް ސައުދު އަބްދުލްއަޒީޒް އަލް އޯތައިބީ ވިދާޅުވި ގޮތުގައި، ދީފައިވާ ޑްރޯން ހަމަލާތައް އަމާޒުކޮށްފައިވަނީ އެއާޕ...