މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (12:00 އިން 17:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

އެންމެ ފަހުގެ ލިޔުންތައް

39,407 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1843 ވަނަ ޞަފްޙާ

ވެމްކޯގެ ކުނި އުކާލުމުގެ ގަޑިތަކަށް ބަދަލެއް

ވެމްކޯގެ ކުނި އުކާލުމުގެ ގަޑިތަކަށް ބަދަލެއް

ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) އިން ގްރޭޓަރ މާލެ ސަރަހައްދުގައި ދެމުންދާ ކުނި އުކާލުމުގެ ޚިދުމަތުގެ ގަޑިތަކަށް ބަދަލު ގެނެސްފިއެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން، ކޯވިޑް-19 އާއި ގުޅިގެން ގްރޭޓަރ މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން އެއްގަމު އުޅަނދު ދުއްވޭ ވަގުތަށް ލުއިދީ، ކާރފިޔު ގަޑިތަކަށް ބަދަލު ގެނައުމާއި އެކު، ވެމްކޯއިން ވަނީ އެ ކުންފުނިން މާލެ ސަރަހައްދުގައި ކުނި އުކާލުމަށް ހަމަޖެހިފައިވާ ގަޑިތަކަށްވެސް ބަދަލުތަކެއް ގެނެސްފައެވެ. މިބަދަލާއި ގުޅިގެން...

މުޙައްމަދު މާއިލް ހަސަން
ސްރީލަންކާގެ ސްކޫލުތައް އަނެއްކާވެސް ބަންދު

ސްރީލަންކާގެ ސްކޫލުތައް އަނެއްކާވެސް ބަންދު

އަވަށްޓެރި ސްރީލަންކާއިން ކޯވިޑް-19 ގެ ކޭހެއް ފެނުމުގެ ސަބަބުން އަނެއްކާވެސް އެ ޤައުމުގެ ސްކޫލުތައް ބަންދުކޮށްފިއެވެ. ލަންކާގެ ހެލްތު މިނިސްޓަރ ޕަވީތްރާ ވަންނިއަރައްޗި ނެރުއްވި ބަޔާނެއްގައި ވިދާޅުވި ގޮތުގައި، ލަންކާގެ ސްކޫލުތައް އޮކްޓޯބަރ 5 ވަނަ ދުވަހުން ފެށިގެން ބަންދުކުރަން ވަނީ ނިންމާފައެވެ. މި ނިންމުން މި ގޮތަށް ނިންމާފައިވަނީ، ގަމްޕަހާ ސަރަހައްދުން ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހަކު ފެނުމާއި އެކުއެވެ. މިދިޔަ އާދިއްތަ ދުވަހު މި ކޭސް ފެނުމާއި އެކު ކަމާބެހޭ ފަރާތްތަކުން ވަނީ ގަމްޕަހާ […]

މުޙައްމަދު މާއިލް ހަސަން
އުމްރާގެ އަޅުކަމަށް ހަރަމްފުޅު ހުޅުވާލުން، މުސްލިމުންގެ ދިގު އިންތިޒާރެއް

އުމްރާގެ އަޅުކަމަށް ހަރަމްފުޅު ހުޅުވާލުން، މުސްލިމުންގެ ދިގު އިންތިޒާރެއް

ދުނިޔެއަށް ހަލުވިކަމާއެކު ފެތުރެމުންދިޔަ ކޯވިޑް-19 ގެ ސަބަބުން އަޅުކަމަށް ބަންދުކުރި، މުސްލިމުންގެ އެންމެ މުގައްދަސް ބިނާކަމުގައިވާ މަސްޖިދުލް ޙަރަމް، އުމްރާގެ އަޅުކަމަށާއި، ނަމާދަށް އިއްޔެއިން ފެށިގެން ހުޅުވާލައިފިއެވެ. ސައޫދީގެ މިނިސްޓްރީއޮފް ހައްޖު އެންޑް އުމްރާއާއި، ކަމާއި ގުޅުން ހުރި އިދާރާތަކުން އެކަށަހަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ގައިޑްލައިނަކާއިއެކު އަލުން ހަރަމްފުޅު އާންމުކޮށް ހުޅުވާލާފައި މިވަނީ ހަތް މަސްދުވަސް ވަންދެން ބަންދުކޮށްފައި ބެހެއްޓުމަށްފަހު ފަހުގައެވެ. ކޯވިޑް ފެ...

ހުސައިން ހަބީބް
އިހަވަންދޫގައި ޒަމާނީ ބޮޑު މިސްކިތެއް އެޅުމާއި ގުޅޭގޮތުން މަޝްވަރާކޮށްފި

އިހަވަންދޫގައި ޒަމާނީ ބޮޑު މިސްކިތެއް އެޅުމާއި ގުޅޭގޮތުން މަޝްވަރާކޮށްފި

ހއ. އިހަވަންދޫގައި ޒަމާނީ ބޮޑު މިސްކިތެއް އެޅުމާއި ގުޅޭގޮތުންނާއި، އެރަށުގައި ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުގެ ގޮތްޕެއް ގާއިމު ކުރުމާއި ގުޅޭގޮތުން މަޝްވަރާ ކޮށްފިއެވެ. މިމަޝްވަރާ ކުރައްވާފައިވަނީ އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު އާއި އިހަވަންދޫ ކައުންސިލްގެ މެމްބަރުންނާއެކު އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ޢަލީ މިއަދު ކުރިއަށް ގެންދެވި އޮންލައިން ބައްދަލު ވުމެއްގައި އެވެ. މިއަދު ހެނދުނު 9:30 ގައި ބޭއްވި އެ ބައްދަލުވުމާއި ގުޅޭގޮތުން އިހަވަންދޫ ކައުންސިލުން ބުނީ އެ ބައްދަލުވ...

އަޙްމަދު ވަހީދު
މަސްތުވާތަކެތި އެތެރެކުރަން އުޅުނު ފަސް ބިދޭސީން އަތުލައިގެންފި

މަސްތުވާތަކެތި އެތެރެކުރަން އުޅުނު ފަސް ބިދޭސީން އަތުލައިގެންފި

އެތެރެހަށީގައި ފޮރުވައިގެން މަސްތުވާތަކެތި އެތެރެކުރަން އުޅުނު ފަސް ބިދޭސީން އަތުލައިގަނެފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސަސްއިން ބުނެފިއެވެ. އެ މައްސަލައިގައި އަތުގަނެފައި ވަނީ ޕާކިސްތާނަށް ނިސްބަތްވާ ހަތަރު ފިރިހެނުންނާއި ކެންޏާގެ އަންހެނެއް ކަމަށް ކަސްޓަމްސްއިން ބުންޏެވެ. ކަސްޓަމްސްއިން އަތުލައިގަތް ޕާކިސްތާނުގެ ހަތަރު ފިރިހެނުންނަކީ މިދިޔަ މަހު 11 ވަނަ ދުވަހު ރާއްޖެއައި އީކޭ 656 ފްލައިޓުން ރާއްޖެ އައި ބައެކެވެ. އެމީހުންގެ އުމުރަކީ 34،30،22 އަދި 41 އަހަރެވެ. އެ ހަތަރު މީހުންގެ ހަރަކާ...

ޔުމްނާ ޢަލީ
އުލިގަމުގައި ޓޫރިސްޓް ހޮޓަލަކާއި ޔޮޓް ބަނދަރެއް ތަރައްޤީ ކުރަނީ

އުލިގަމުގައި ޓޫރިސްޓް ހޮޓަލަކާއި ޔޮޓް ބަނދަރެއް ތަރައްޤީ ކުރަނީ

ތިލަދުންމަތީ ދެކުނުބުރީ ހއ އުލިގަމުގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް ކަނޑައަޅާފައިވާ 36 ހެކްޓަރުގެ ބިމުގައި ޓޫރިސް ހޮޓަލެއް ޔޮޓް ބަނދަރަކާއި އެކު ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލުމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އިން ހުޅުވާލައިފި އެވެ. އެމިނިސްޓްރީއިން މިރޭ ކުރި އިޢުލާނެއްގައު ބުނެފައިވަނީ މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 22 އޮކްޓޯބަރު 2020 ވާ ބުރާސްފަތި ދުވަހުގެ 00:13 އަށް މިނިސްޓްރީ އޮފް ޓޫރިޒަމް (ވޭލާނާގެ. 5 ވަނަ ފަންގިފިލާ) އަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރުމަށ...

އިބްރާހިމް އަސްވާޤް
ދިރާގު ޕޭ އިން މިހާރު މީރާއަށް ފައިސާ ދެއްކޭނެ

ދިރާގު ޕޭ އިން މިހާރު މީރާއަށް ފައިސާ ދެއްކޭނެ

ދިރާގު ޕޭ އިން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ފައިސާ ދެއްކުމުގެ ހިދުމަތް ދޭން ފަށައިފިއެވެ. މި އެއްބަސްވުމުގައި މީރާގެ ފަރާތުން ސޮއިކުރެއްވީ މީރާގެ ޑެޕިއުޓީ ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަން އަސްމާ ޝަފީއު އެވެ. އަދި ދިރާގު ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރީ ދިރާގުގެ ޗީފް ފައިނެންޝަލް އޮފިސަރު ރޮބިން ވޯލް އެވެ. މީރާ އިން ބުނީ އެ އޮތޯރިޓީގެ އޮންލައިން ހިދުމަތް “ވާރު ޕޭ” އިން “ދިރާގު ޕޭ” މެދުވެރިކޮށް ފައިސާ […]

ތިލަދުން
ދިއްދޫ ގިރާ ސަރަހައްދު ދާއިމީ ގޮތެއްގައި ޙިމާޔަތްކުރަން ފަށަނީ

ދިއްދޫ ގިރާ ސަރަހައްދު ދާއިމީ ގޮތެއްގައި ޙިމާޔަތްކުރަން ފަށަނީ

ހއ. ދިއްދޫ ގިރާ ސަރަހައްދު ދާއިމީ ގޮތެއްގައި ޙިމާޔަތްކުރަން ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް ދިއްދޫ ދާއިރާގެ މެންބަރ އަބްދުﷲ ވަހީދު ވިދާޅުވެއްޖެ އެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް އާދަމް އާޒިމްއާއި މިއަދު ބައްދަލުކުރެއްވުމަށް ފަހު ވަހީދު ވިދާޅުވީ ހއ ދިއްދޫ ގިރާ ސަރަހައްދު ދާއިމީ ގޮތެއްގައި ޙިމާޔަތްކުރުމުގެ މަޝްރޫޢު މިނިސްޓްރީ އޮފް ޕްލޭނިންގ ގެ ފަރާތުން ޙަވާލުކުރެއްވުމަށް ނިންމަވާފައިވާ ކޮންޓްރެކްޓަރ އަކީ އެމްޓީސީސީ ކަމ...

ޝިއުނާ އާދަމް
98.6 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: އިސްކޮން ހުރީ 2019 ގައި ކޯޓުން ދޫކޮށްލި މީހެއް

98.6 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: އިސްކޮން ހުރީ 2019 ގައި ކޯޓުން ދޫކޮށްލި މީހެއް

އައްޑޫ ސިޓީގެ ކަނޑުގެ ސަރަހައްދުން އަތުލައިގަން 98.6 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި އިސްކޮން ހުރީ 2019 ގައި ކްރިމިނަލް ކޯޓުން ދޫކޮށްލި މީހެއްކަމަށް ފުލުހުން ބުނެފި އެވެ. ފުލުހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް ހަރަކާތްތެރިވެފައިވާކަމަށް މިހާތަނަށް ތަހުގީގަށް ފާހަގަކުރެވިފައިވާ ޢަބްދުﷲ އިބްރާހީމް އަކީ 2019 ޖުލައި 30 ވަނަދުވަހު ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ޓްރެފިކް ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ހައްޔަރު ކުރުމަ...

އަލީ އާދިލް

ޔުނާންގެ ދެމަފިރިންނަށް ބޮޑު ތުހުމަތެއްކޮށް މުޒާހަރާ ކުރާތީ ފުލުހުންގެ ހިމާޔަތަަށް!

ކުޑަކުދިންތަކަކާއިއެކު ޖިންސީ ގުޅުން ހިންގި ކަމުގެ ތުހުމަތު ކުރެވޭތީ ފިލްމީ ތަރި މުހައްމަދު ޔުނާން އާއި އޭނާގެ އަންހެނުން ފާތިމަތު ރިހުލާ ހައްޔަރު ކުރުމަށް ގޮވާލައި އެދެމަފިރިން ދިރިއުޅެމުންދާ ގެކައިރީ މުޒާހަރާ ކުރަމުން ދަނިކޮށް، ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އަމިއްލައަށް ރައްކާތެރިކަމަށް އެދުމުން ކަމަށް ފުލުހުން ބުނެފި އެވެ. މިކަމާއި ގުޅޭގޮތުން ފުލުހުންނާއި ނޫސްވެރިން ސުވާލު ދެންނެވުމުން ފުލުހުން ބުނީ އެ ދެމަފިރިން ފުލުހުން ގެންދިޔައީ އަމިއްލަ ރައްކާތެރިކަމަށް އެދުމުން ކަމަށެވެ. މި މީހު...

އަލީ އާދިލް
އެސް.ޓީ.އޯއިން ފުލުހުންނަށް 3000 ސޭފްޓީ ގޮގްލްސް ހަދިޔާކޮށްފި

އެސް.ޓީ.އޯއިން ފުލުހުންނަށް 3000 ސޭފްޓީ ގޮގްލްސް ހަދިޔާކޮށްފި

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސް.ޓީ.އޯ)އިން ފުލުހުންނަށް 3000 (ތިންހާސް) ސޭފްޓީ ގޮގްލްސް ހަދިޔާކޮށްފިއެވެ. އެސް.ޓީ.އޯގެ ފަރާތުން މި ސޭފްޓީ ގޮގްލްސްތައް ފުލުހުންނަށް ހަދިޔާކޮށްދެއްވީ އެކުންފުނީގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ ޙުސައިން އަމްރެވެ. އަދި ފުލުހުންގެ ފަރާތުން މިތަކެއްޗާ ޙަވާލުވެވަޑައިގަތީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދެވެ. ފުލުހުންނަށް ހަދިޔާކުރި މި 3000 ސޭފްޓީ ގޮގްލްސްއަކީ ޕަރސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް، ޕީ.ޕީ.އީއާއެކު ބޭނުންކުރެވިދާނެ ގޮގްލްސްތަކެއްކަމަށާއި މިތ...

ޔުމްނާ ޢަލީ
އިހަވަންދޫގައި އައު ޕޮލިސް ސްޓޭޝަނެއް އެޅުމަށް ބޭނުންވާ ބިން ހަވާލުކޮށްފި

އިހަވަންދޫގައި އައު ޕޮލިސް ސްޓޭޝަނެއް އެޅުމަށް ބޭނުންވާ ބިން ހަވާލުކޮށްފި

ހއ. އިހަވަންދޫގައި އައު ޕޮލިސް ސްޓޭޝަނެއް އެޅުމަށް ބޭނުންވާ ބިން މޯލްޑިވްސް ޕޮލިސް ސާރވިސަސް އާއި ހަވާލުކޮށްފި އެވެ. އިހަވަންދޫ ކައުންސިލުން ބުނެފައިވަނީ ހއ. އަތޮޅުގައި އެއްރަށެއްގައި އެއްމެ ގިނަ ރައްޔިތުން އުޅެމުން އަންނަ އިހަވަންދޫގައި އައު ޕޮލިސް ސްޓޭޝަނެއް އެޅުމަށް ނިންމާ އެކަމަށްބޭނުންވާ ބިން ވަނީ ކައުންސިލްގެ ފަރާތުން ހަމަޖައްސާފައިވާކަމަށެވެ. އިހަވަންދޫ ކައުންސިލުން ބުނެފައިވަނީ މިހާރު ބޭނުން ކުރަމުންދާ އިމާރާތުގެ ޖާގައިގެ ތަނަވަސްކަން ކުޑަވުމާއި، އިތުރު ވަޞީލަތްތައް ގާއިމް ކުރުމަށް ދަތިވ...

އިބްރާހިމް އަސްވާޤް
ހޯރަފުށީ އެއަރޕޯޓުގައި ވަކި ޖެޓީއެއް އަޅައިދިނުމަށް އެދި، ހއ ގެ 12 ރަށަކުން ރައީސް އަށް ސިޓީއެއް

ހޯރަފުށީ އެއަރޕޯޓުގައި ވަކި ޖެޓީއެއް އަޅައިދިނުމަށް އެދި، ހއ ގެ 12 ރަށަކުން ރައީސް އަށް ސިޓީއެއް

ހއ. ހޯރަފުށީ ތަރައްޤީކުރަމުން އަންނަ އެއަރޕޯޓުގައި ވަކި ޖެޓީއެއް އަޅައިދިނުމަށް އެދި، ހއ އަތޮޅުގެ 12 ރަށަކުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްއަށް ސިޓީ ފޮނުވައިފިއެވެ. ހއ އަތޮޅުގައި 14 ރަށުގައި މީހުން ދިރިއުޅޭއިރު 12 ރަށަކުން ފޮނުވި މި ސިޓީތަކުގައި ފާހަގަކޮށްފައި ވަނީ، އެއާޕޯޓްގެ މަސައްކަތް ނިމެންދާއިރު ރައީސުލްޖުމްހޫރިއްޔާ ވައުދުވެވަޑައިގެންފައިވާ، އެއާޕޯޓް ޖެޓީގެ އެއްވެސް މަސައްކަތެއް ފެށިފައި ނުވުމުގެ ކަންބޮޑުވުމާއި، ޖެޓީއެއް އެއާޕޯޓްގައި އޮތުން މުހިއްމުވާ ސަބަބުތަކާއި އަދި ޖ...

އަލީ އާދިލް
ޕާޓީތަކާއި މަސްދަތުރުތައް އޯކޭއެއް ނޫން!

ޕާޓީތަކާއި މަސްދަތުރުތައް އޯކޭއެއް ނޫން!

ކޮވިޑް-19 ކޮންޓްރޯލްކުރަން އަޅާ ކޮންމެ ފިޔަވަޅެއްގައި ވެސް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އޮންނަނީ އެންމެ އިލްތިމާސެކެވެ: އެންމެންގެ ރައްކަލަކަށް އަޅާ ފިޔަވަޅުތަކަށް އާންމުން އެއްބާރުލުން ދިނުމެވެ. ނަމަވެސް، ބަލީގެ ނުރައްކާ އަދިވެސް އޮތްއިރު، އާއްމުންގެ ގިނަ ބަޔަކު މިކަން ހަނދާން ނެތިއްޖެ އެވެ. މިހާރު ޕާޓީތަކާއި މަސް ދަތުރުތައް ބޭއްވުން އާއްމެވެ. އެކަމަކު މިއީ އަދިވެސް ކޮށްގެންވާނެ ކަންކަމެއް ނޫނެވެ. ކޮވިޑް-19 ފަދަ ފަސޭހައިން ގައިންގަޔަށް އަރާ ބައްޔެއް ކޮންޓްރޯލް ކުރަން ކުރެވޭނެ އެންމ...

ތިލަދުން
ވެލާ ކަހަނބު ހިފާ، ބިސް ނުނެގުމަށް ކޮމަންޑޫ ކައުންސިލުން އިލްތިމާސްކޮށްފި

ވެލާ ކަހަނބު ހިފާ، ބިސް ނުނެގުމަށް ކޮމަންޑޫ ކައުންސިލުން އިލްތިމާސްކޮށްފި

ވެލާ އަދި ކަހަނބު ރައްކާތެރި ކުރުމަށް މިލަދުންމަޑުލު އުތުރުބުރީ ކޮމަންޑޫ ކައުންސިލުން އިލްތިމާސްކޮށްފި އެވެ. އެކައުންސިލުން ކުރި އިޢުލާނުގައި ބުނެފައިވަނީ، ވެލާ ކަހަނބު ބާވަތްތަށް ވަނީ ދިވެހި ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ބެލެހެއްޓުމާއި ބެހޭ ޤާނޫނުގެ ދަށުން (ނަންބަރު4/93) ގެ4 ވަނަ މާއްދާގެ (ހ) ގެ ދަށުން4 އޭޕްރީލް2016 ގައި ހިމާޔަތް ކުރެވިފައެވެ. އަދި އެންވާރަމެންޓް މިނިސްޓްރީއިން ޢާންމު ކޮށްފައިވާ މި އިޢުލާނާއި ހަވާލާދީ ކޮމަންޑޫ ކައުންސިލްގެ އިޢުލާނުގައި ވަނީ، ވެލާ ކަހަނބުގެ އެއްވެސް ބާވަތަަކަ...

މުޙައްމަދު މާއިލް ހަސަން
ސްރީލަންކާގެ ދެ ސަރަހައްދެއްގައި ކާރފިއު އިޢުލާންކޮށްފި

ސްރީލަންކާގެ ދެ ސަރަހައްދެއްގައި ކާރފިއު އިޢުލާންކޮށްފި

ސްރީލަންކާގެ ދެ ސަރަހައްދެއްގައި ކޯވިޑް-19 ގެ ކޭސްތަކެއް ފެނުމާއިއެކު، އެ ދެ ސަރަހައްދުގައި ކާރފިއު އިޢުލާން ކޮށްފިއެވެ. ދިވުލަޕިޓިޔާ އަދި މިންވަންގޮޑާ ސަރަހައްދުވަނީ ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ބަޔަކު ފެނުމާއިއެކު، މިއަދު ވަނީ އެ ސަރަހައްދުގައި ކަވިމުއްދަތެއްނެތްގޮތަށް ކާރފިއު އިޢުލާންކޮށްފައެވެ. މިކަން، ސްރީލަންކާގެ ސިފައިންގެ ކޮމާންޑަރ، ޝަވެންދްރާ ސިލްވާ ވަނީ ކަށަވަރުކޮށްދެއްވާފަ އެވެ. ލަންކާގެ ނޫސްތަކަށް މަޢުލޫމާތުދެމުން އޭނާ އިތުރަށް ވިދާޅުވެފައިވާ ގޮތުގައި، ދިވުލަޕިޓިޔާގެ ފެކްޓްރީއަކުނ...

މުޙައްމަދު މާއިލް ހަސަން
އަހަރެންގެ މަހާނަ

އަހަރެންގެ މަހާނަ

ރޯކަން އެނގެއެވެ. ގިސްލާ އަޑު އިވެއެވެ. ކަރުނަތައް ފޭދެމުންދާތަން ފެނެއެވެ. ތިޔަ ކަންކަމުން އެކަނި ވެސް ހިތުގެ ރިހުން ބުނެދެއެވެ. އަރާފައިބާ ޝުޢޫރުތައް ކިޔައިދެއެވެ. ހިތުގައި ތިޔައަޅާ ވޭންތައް ތަސައްވުރު ކޮށްދެއެވެ. މިއީ ހާދަހާވާ އެކަނިވެރި މަންޒިލެކެވެ. ހާދަހާވާ ހިމޭން ދުނިޔެއެކެވެ. މުނިފޫހިފިލުވުމެއް ނުވެއެވެ. ކުޅުމާ މަޖާކުރުމެއް ނެތެވެ. ކެއުމާއި ބުއިމެއް ނެތެވެ. ހަސަދައާއި ރުޅިވެރިކަމެއް ނެތެވެ. އަނިޔާއާއި ބޭއިންސާފެއް ނެތެވެ. ކުރާނެ މަސައްކަތެއް ނެތެވެ. ފައިސާއަކީ މިތަނަށް މުހިންމު އެއްޗެއް...

ޢަބްދުﷲ ސަޢީދު
އޭދަފުށީ ކައުންސިލް އިދާރާގެ ކުރިމަތީގައި ޒުވާނުންތަކެއް މުޒާހަރާ ކޮށްފި

އޭދަފުށީ ކައުންސިލް އިދާރާގެ ކުރިމަތީގައި ޒުވާނުންތަކެއް މުޒާހަރާ ކޮށްފި

އޭދަފުށީ ކައުންސިލް އިދާރާގެ ކުރިމަތީގައި އެ ރަށުގެ ގިނަ ޢަދަދެއްގެ ޒުވާނުންތަކެއް މިއަދު މުޒާހަރާކޮށްފިއެވެ. “ތިލަދުން” އަށް އޭދަފުށީގެ ޒުވާނަކު މަޢުލޫމާތު ދިން ގޮތުގައި، މި މުޒާހަރާކޮށްފައިވަނީ، އޭދަފުށީގައި އަޅާފައިވާ ޓާފް ދަނޑު، އެ ރަށުގެ ޒުވާނުންނަށް ބޭނުން ކުރުމަށް ދަތިތަކެއް ދިމާވާތީކަމަށެވެ. މި ކަމާ ގުޅިގެން ގިނަ ޢަދަދެއްގެ ޒުވާނުންގެ އަޑު އުފުލާފައިވާއިރު، ގިނަ ޒުވާނުން ބުނަމުން ދިޔައީ، އެ ދަނޑު ބޭނުން ކުރުމަށް ކަނޑައަޅާފައިވާ އުސޫލުތަކާއި އެއްގޮތަށް ހުރިހާ ޒުވާނުންނަށްވެސް މަގު ފަހި ވެ...

މުޙައްމަދު މާއިލް ހަސަން