މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,407 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1825 ވަނަ ޞަފްޙާ

ޓޫރިޒަމް މިނިސްޓްރީއިން ސްވެނިއަރ ވިޔަފާރި ކުރާ ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލަނީ

ޓޫރިޒަމް މިނިސްޓްރީއިން ސްވެނިއަރ ވިޔަފާރި ކުރާ ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލަނީ

މިނިސްޓްރީ އޮފް ޓޫރިޒަމް އިން ސްވެނިއަރ ވިޔަފާރި ކުރާ ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފިއެވެ. އެ މިނިސްޓްރީއިން ޢާންމު ކުރި އިޢުލާންއެއްގައި ބުނީ ސްވެނިއަރ ވިޔަފާރި ކުރާ ފަރާތްތަކަކީ، ފަތުރުވެރިކަމާއި ގުޅުން ހުރި ވިޔަފާރިތަކުގެ ތެރެއިން މުހިންމު ވިޔަފާރިއެއް ކަމަށެވެ. އެހެންކަމުން މި ފިހާރަތައް ހިންގާ ފަރާތްތަކަށް ފަތުރުވެރިކަމުގެ ފައިދާ ލިބޭނެ މަގު ތަނަވަސްވުމަކީ، އެ މިނިސްޓްރީގެ ވަރަށް ބޮޑު އެދުމެއް ކަމަށާއި، އަދި ހަމަ އެހެންމެ، މި ފަދަ ފިހާރަތަކުން ރާއްޖެ އަންނަ ފަތުރު...

މުޙައްމަދު މާއިލް ހަސަން
ސިދުރަތުﷲ އެންމެ ފަހުން ފެނިފައި ވަނީ ރަސްފަންނު މޫދާއި ދިމާއަށް ދަނިކޮށް

ސިދުރަތުﷲ އެންމެ ފަހުން ފެނިފައި ވަނީ ރަސްފަންނު މޫދާއި ދިމާއަށް ދަނިކޮށް

މާލޭ ހުޅަނގު ފަރާތު މޫދުގައި މިދިޔަ ހުކުރުދުވަހު މަރުވެފައި އޮއްވާ ފެނުނު ގދ. ވާދޫ، ރިމެމްބަރކަދާވަޑު އުމުރުން 31 އަހަރުގެ މުޙައްމަދު ސިދުރަތުﷲ އަޙްމަދު އެންމެ ފަހުން ފެނިފައިވަނީ ރަސްފަންނު މޫދާ ދިމާއަށް ދަނިކޮށްކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ބުނީ އެންމެ ފަހުން ސިދުރަތުﷲ ފެނުނީ 2020 އޮކްޓޯބަރ 22 ވީ ބުރާސްފަތި ދުވަހުގެ ހެނދުނު 09:00 އާއި 10:00 އާ ދެމެދު ރަސްފަންނު މޫދާ ދިމާއަށް ދަނިކޮށްކަމަށް ކަމަށެވެ. ސިދުރަތުﷲ އެކަނި ހިނގާފައި ރަސްފަންނާ ދިމާލު މޫދާ […]

ޖަލްވާން ޖާދުﷲ
ކުޅުދުއްފުށިން އިތުރު 100 ސާމްޕަލް ނަގަނީ

ކުޅުދުއްފުށިން އިތުރު 100 ސާމްޕަލް ނަގަނީ

ހދ. ކުޅުދުއްފުށީގައި ކޯވިޑް-19 ފެތުރިފައިވޭތޯ ބެލުމަށް އިތުރު 100 ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ފަށައިފައިވާ ކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އިން ބުނެފިއެވެ. ނިގޮތުން މިއަދު 15:00 އިން ފެށިގެން ކުޅުދުއްފުށީގެ އެކި ސަރަހައްދުތަކުން ރޭންޑަމް ސާމްޕަލް ނަގަމުން ގެންދާނެ ކަމަށާއި މިކަމަށް އެންމެހާ ރައްޔިތުން ފުރިހަމައަށް އެއްބާރުލުން ދިނުމަށް ކޭއާރުއެޗުން އިލްތިމާސްކުރެއެވެ. އަދި ބަލީގެ އެއްވެސް ކަހަލަ އަލާމާތެއް ހުރި ނަމަ ލޯކަލް މާރުކޭޓް އިމާރާތުގައި ޤާއިމު ކޮށްފައިވާ ފު...

ޖަލްވާން ޖާދުﷲ
ދިއްދޫ ނެކްސްޓް ބައި ވޮލީބޯޅަ މުބާރާތުގެ ސެމީފައިނަލަށް ޓީމުތައް ދަތުރުކޮށްފި

ދިއްދޫ ނެކްސްޓް ބައި ވޮލީބޯޅަ މުބާރާތުގެ ސެމީފައިނަލަށް ޓީމުތައް ދަތުރުކޮށްފި

ހއ. ދިއްދޫ އިޖްތިމާއީ މަރުކަޒާއި، ނެކްސްޓް ބައި ފިހާރަ ގުޅިގެން “ނެކްސްޓް ބައި ވޮލީބޯޅަ މުބާރާތް 2020” ނަމުގައި ކުރިއަށް ގެންދާ ވޮލީބޯޅަ މުބާރާތުގެ ސެމީފައިނަލަށް ޓީމުތަށް ދަތުރުކޮށްފިއެވެ. މި މުބާރާތުގެ ގްރޫޕް ސްޓޭޖްގެ ފަހުމެޗު 26 އޮކްޓޯބަރ 2020 ވީ ހޯމަދު ދުވަހު 16:15 ގައި ދިއްދޫ ޔޫތުސެންޓަރުގެ ވޮލީ ކޯޓުގައި ކުޅެފައިވާއިރު މި މެޗުގައި ބައްދަލު ކޮށްފައިވަނީ ބީ އެކްސް ސްޕޯޓްސް އާއި ޓީމް ނެކްސްޓް ބައިއެވެ. މި މެޗު ސީދާ ތިން ސްޓުން […]

އިބްރާހިމް ޚަލީލް
އައު ސިޔާސީ ޕާޓީއެއް އުފައްދަން ހުއްދަދީފި

އައު ސިޔާސީ ޕާޓީއެއް އުފައްދަން ހުއްދަދީފި

“ނެޝަނަލް ޑިމޮކްރެޓިކް ކޮންގްރެސް”ގެ ނަމުގައި އައު ސިޔާސީ ޕާޓިއެއް އުފައްދަން ހުއްދަ ދީފިއެވެ. އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނީ “ނެޝަނަލް ޑިމޮކްރެޓިކް ކޮންގްރެސް”ގެ ނަމުގައި ސިޔާސީ ޕާޓިއެއް އުފެއްދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމުގެ ހުއްދަ ދީފައިވާ ކަމަށެެވެ. އީސީއިން އަލަށް ހުއްދަ ދިން މި ސިޔާސީ ޕާޓީ އުފެއްދުމަށް ހުއްދަ ދީފައިވަނީ މާލޭ ސިޓީގެ ގ. އަތަ، ޔޫސުފް މާނިއު މުހައްމަދަށެވެ. National Democratic Congress ge namugai siyaasee party eh ufehdhumuge massakai […]

ޔުމްނާ ޢަލީ
ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލު ކުރުމަށް ހުށަހެޅި ބިލްގެ ބަހުސްގައި އެމްޑީޕީ ބައިވެރިއެއްނުވި

ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލު ކުރުމަށް ހުށަހެޅި ބިލްގެ ބަހުސްގައި އެމްޑީޕީ ބައިވެރިއެއްނުވި

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) މިހާރު އެކުލަވާލެވިފައިވާ ގޮތް ބަދަލު ކުރަން ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ އިދިކޮޅު މެންބަރު އަހުމަދު ތޯރިގު(ޓޮމް) ހުށަހަޅުއްވާފައިވާ އިސްލާހްގެ ބިލަށް މިއަދު ކުރެވުނު ބަހުސްގައި އެމްޑީޕީ މެންބަރުން ބައިވެރިއެއް ނުވި އެވެ. މިއަދު ކުރިއަށްދާ މަޖިލީހުގެ 2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 11 ވަނަ ޖަލްސާގައި، ޖޭއެސްސީ އެކުލެވިގެންވާ ގޮތަށް ބަދަލުގެނައުމަށް މެންބަރު ތޯރިގު ގާނޫނު އަސާސީ އިސްލާހު ކުރުމަށް ހުށަހެޅުއްވި އިސްލާޙްގެ ބިލްގެ އިބުތިދާއީ ބަހުސ...

އަލީ އާދިލް
ތޫނު ހަތިޔާރާއިއެކު މަސްދޯންޏަށް އެރި މައްސަލައިގައި ތިން މީހުން ހައްޔަރަށް

ތޫނު ހަތިޔާރާއިއެކު މަސްދޯންޏަށް އެރި މައްސަލައިގައި ތިން މީހުން ހައްޔަރަށް

ކާށިދޫ ދާއިރާގެ މަޖިލިސް މެންބަރު ޢަބުދު ﷲ ޖާބިރު ބައްލަވައިގެންފައިވާ ކަމަށް ބުނާ ދޯންޏަކަށް ފައިސާ ނުދައްކާތީ ކަމަށް ބުނެ، ތޫނު ހަތިޔާރާއިއެކު ބަޔަކު އެ ދޯންޏަށް އެރި މައްސަލާގައި ތިން މީހުން ހައްޔަރު ކޮށްފިއެވެ. އެ މައްސަލައާއި ގުޅިގެން ތިން މީހަކު ރޭގައި ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައި އެވެ. އަދި ފުލުހުން ބުނެފައިވަނީ އެ މައްސަލައާ ގުޅިގެން ހައްޔަރު ކުރީ 25 އަހަރުގެ ދެ ފިރިހެނުންނާއި 22 އަހަރުގެ ފިރިހެނެއް ކަމަށެވެ. އެ […]

ޝިއުނާ އާދަމް
އިމްރާންގެ އިތުބާރުނެތް ކަމުގެ މައްސަލާގައި އާޒިމްގެ ބަސް: ''ހުސް ބުޅީ''ގައި ނުގަންނާނެ

އިމްރާންގެ އިތުބާރުނެތް ކަމުގެ މައްސަލާގައި އާޒިމްގެ ބަސް: ''ހުސް ބުޅީ''ގައި ނުގަންނާނެ

ހިޔާލު ތަފާތުވާ ކޮންމެ ފަހަރު، ހުސްބުޅީގައި ގަންނާނެ ކަމަށް، އެ ހުސްބުޅި ވިސްނުމުގައި ކަންކަން ކުރެވިދާނެ ކަމަށް އިދިކޮޅުން ގަބޫލުކޮށްގެން ނުވާނެ އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕް (ޕީޖީ)ގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅު ވެއްޖެއެވެ. ހޯމް މިނިސްޓަރު އަބްދުﷲ އިމްރާން ވަކިކުރުމަށް، އިދިކޮޅުން ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ އިތުބާރުގެ މައްސަލައަށް އެމްޑީޕީގެ ތާއީދު ނުލިބޭނެކަން ދޭހަވާ ގޮތަށް އާޒިމް ވާހަކަ ދެއްކެވީ އެ މައްސަލަ އިއްޔެ ހުށަހަޅުއްވާފައިވާކަން މ...

އަލީ އާދިލް
މެންބަރު ޝިޔާމް ކުއްލި ގޮތަކަށް ހާލު ބޮޑުވެ ހޮސްޕިޓަލަށް

މެންބަރު ޝިޔާމް ކުއްލި ގޮތަކަށް ހާލު ބޮޑުވެ ހޮސްޕިޓަލަށް

ރައްޔިތުންގެ މަޖިލިސްގެ ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ކުއްލި އަކަށް ހާލު ބޮޑުވެ، ހޮސްޕިޓަލަށް ގެންގޮސްފިއެވެ. ޝިޔާމް ހާލު ދެރަވީ ރައްޔިތުންގެ މަޖިލިސްގައި އިންނަވަނި ކޮށެވެ. ޝިޔާމް ހާލު ދެރަވާން ފެށީ މަޖިލިސްގެ ކުޑަ ދޮށުގައި އިންނަވަނިކޮށް ކަމަށް މަޖިލިސްގެ މެންބަރަކު ވިދާޅުވިއެވެ. ”ތިލަދުން” އަށް އެ މަޢުލޫމާތު ހިއްސާ ކުރެއްވި މެންބަރު ވިދާޅުވީ ޝިޔާމް އިންނެވީ ގިނިކަންޏާ މަޖިލިސްގެ ކުޑައެއްގެ ދޮށުގައި ކަމަށެވެ. އެހެން އިންނަވަނިކޮށް ތުރުތުރު އަޅަން ފެށީ ކަމަށެެވެ. ” އެކަނިމާ […]

ޔުމްނާ ޢަލީ
ވައްތަރު މީހެއްގެ ޕާސްޕޯޓްގައި ރާއްޖެ އެތެރެވާން އުޅުނު މީހަކު ހިފަހައްޓައިފި

ވައްތަރު މީހެއްގެ ޕާސްޕޯޓްގައި ރާއްޖެ އެތެރެވާން އުޅުނު މީހަކު ހިފަހައްޓައިފި

ވައްތަރު މީހެއްގެ ޕާސްޕޯޓު ބޭނުންކޮށް ޝަޚުސު އޮޅުވާލައިގެން ރާއްޖެ އެތެރެވުމަށް މަސައްކަތްކުރި މީހަކު މޯލްޑިވްސް އިމިގްރޭޝަނުން ހިފަހައްޓައިފިއެވެ. އިމިގްރޭޝަނުން ވިދާޅުވީ، އޮޅުވާލައިގެން ރާއްޖެ އެތެރެވާން މަސައްކަތްކުރީ 28 އަހަރުގެ ބިދޭސީ އަންހެނެއްކަމަށެވެ. މި އަންހެން މީހާ ރާއްޖެ އެތެރެވާން މަސައްކަތްކުރީ އޭނާއާއި ވައްތަރު މީހެއްގެ ޕާސްޕޯޓް ބޭނުންކޮށްގެންކަމަށް އިމިގްރޭޝަނުން ބުނެއެވެ. މީނާއަކީ ކޮންގައުމެއްގެ މީހެއްކަމެއް އަދި ރާއްޖެ އައީ ކޮން ގައުމެއްގެ ފްލައިޓަކުންކަމެއް އިމިގްރޭޝަންއިން ހާ...

ޔުމްނާ ޢަލީ
ޕީއެންސީގެ ރައީސް އަދުރޭގެ މައްޗަށް ދައުވާކޮށްފި

ޕީއެންސީގެ ރައީސް އަދުރޭގެ މައްޗަށް ދައުވާކޮށްފި

ބޭއަދަބީ ބަހުން ވާހަކަ ދެއްކި މައްސަލައެއްގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ގެ މައްޗަށް ދައުވާ ކޮށްފި އެވެ. ޕްރޮސެކިއުޓަރު ޖެނެރަލް (ޕީޖީ) އޮފީހުން އަދުރޭގެ މައްޗަށް ދައުވާކޮށް އެމައްސަލަ ކްރިމިނަލް ކޯޓަށް ހުށަހެޅީ މިއަދު އެވެ. އޭނާގެ މައްޗަށް ޕީޖީން ދައުވާ ކުރަން ނިންމާ އެ މައްސަލަ ކޯޓަށް ފޮނުވާފައިވާކަން އިދިކޮޅު ކޯލިޝަނުން ވަނީ މީޑިއާއަށް ޔަގީންކޮށްދީފައެވެ. އެ މައްސަލައާއި ގުޅިގެން ޕީޖީ އޮފީހުން ބުނީ އަދުރޭ މައްޗަށް ދައުވާ ކޮށްފައިވަނީ ކްރިމިނަލް ކޯޓުން […]

ޔުމްނާ ޢަލީ
ކުޅުދުއްފުށިން އިއްޔެ ނެގި ހުރިހާ ރެންޑަމް ސާމްޕަލްވެސް ނެގެޓިވް

ކުޅުދުއްފުށިން އިއްޔެ ނެގި ހުރިހާ ރެންޑަމް ސާމްޕަލްވެސް ނެގެޓިވް

ހދ.ކުޅުދުއްފުށިން ކޯވިޑް-19އަށް ޓެސްޓު ކުރުމަށް ދެވަނަ ބުރުގައި ނެގި ރެންޑަމް ސާމްޕަލްތައް ނެގެޓިވްކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ، (އެޗްއީއޯސީ) އިން ބުނެފިއެވެ. އެޗްއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ އެޓޯލް ޕްރިޕެއާޑްނެސް ޓީމުގެ އަބްދުﷲ މައުރޫފް ވިދާޅުވީ ކުޅުދުއްފުށީގައި ޑޮކްޓަރަށް ދައްކަންދާ ފަރާތްތަކުގެ ތެރެއިން ސިމްޓަމްސް ހުންނަ ފަރާތްތަކުގެ ސާމްޕަލް ނަގަމުން އަންނަ ކަމަށާއި އެގޮތުން 17 އޮކްޓޯބަރުން ފެށިގެން މިއަދާ ހަމައަށް ޑޮކްޓަރަށް ދައްކަން ދިޔަ...

ޔުމްނާ ޢަލީ
ފްރާންސްގެ އުފެއްދުންތައް ބޯއިކޮޓް ކުރުމަށް އުރްދުޣާން ގޮވާލައްވައިފި

ފްރާންސްގެ އުފެއްދުންތައް ބޯއިކޮޓް ކުރުމަށް އުރްދުޣާން ގޮވާލައްވައިފި

ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން، ފްރާންސްއިން އުފައްދާ އެންމެހާ އުފެއްދުންތައް ބޯއިކޮޓް ކުރުމަށް އެ ޤައުމުގެ އެންމެހާ ރައްޔިތުންނަށް ގޮވާލައްވައިފިއެވެ. އުރުދުޣާން މި ކަމަށް ގޮވާލައްވާފައިވަނީ، ފްރާންސްގައި މުސްލިމުންނަށް ކުރަމުން އަންނަ ފުރައްސާރަ އިތުރުވެ، އެ ޤައުމުގެ ސަރުކާރުންވެސް މި ކަމަށް އެއްބާރުލުން ދެމުން އަންނާތީއެވެ. “ފްރާންސް އިން ބުނި ގޮތަށް “ތުރުކީގެ އުފެއްދުންތައް ނުގަންނާތި” ހަމަމިއާއި ވިއްދާފައި އަހަރެން އަހަރެންގެ ޤައުމުގެ ރައްޔިތުންނަށް މި ގޮވާލަނީ ފްރާންސްގެ އުފެއް...

މުޙައްމަދު މާއިލް ހަސަން
ކުޑަކުއްޖަކާއި ބެހުނު މައްސަލައެއްގައި، ދޮންބައްޕައަށް 15 އަހަރުގެ ޖަލު ޙުކުމެއް

ކުޑަކުއްޖަކާއި ބެހުނު މައްސަލައެއްގައި، ދޮންބައްޕައަށް 15 އަހަރުގެ ޖަލު ޙުކުމެއް

ކުޑަކުއްޖާކާއި ބެހުނު މައްސަލައެއް މީހެއްގެ މައްޗަށް ސާބިތުވެ، އޭނާ 15 އަހަރަށް ޖަލަށް ލުމަށް ހައިކޯޓުން ޙުކުމް ކޮށްފިއެވެ. މިއަދު ކުރި މި ޙުކުމް އިއްވާފައިވަނީ، ދ. ކުޑަހުވަދޫ ފައިވްސްޓާ، އިބްރާހިމް ޝުޖާޢުގެ މައްޗަށެވެ. އޭނާއަކީ ޖިންސީ އަނިޔާ ލިބުނު 15 ކުއްޖާގެ ދޮންބައްޕަ އެވެ. މި މައްސަލަ މީގެ ކުރިންވަނީ ކުޑަހުވަދޫ ކޯޓުގައި ބަލާފައެވެ. އަދި އެ ކޯޓުން މައްސަލަ ނިންމާފައިވަނީ، ދަޢުވާ ލިބޭ ފަރާތާއި ދެކޮޅަށް އެކަށީގެންވާ ވަރަށް ހެކި ލިބިފައިނުވާތީ، ޝުޖާޢުގެ މައްޗަށް […]

މުޙައްމަދު މާއިލް ހަސަން
އުނގޫފާރުން ރެންޑޮމް ސާމްޕަލެއް ޕޮސިޓިވްވުމުން އަރާފޭބުން މަނާކޮށްފި

އުނގޫފާރުން ރެންޑޮމް ސާމްޕަލެއް ޕޮސިޓިވްވުމުން އަރާފޭބުން މަނާކޮށްފި

ރ. އުނގޫފާރުން މިއަދު ނެގި ރެންޑޮމް ސާމްޕަލްތަކެއްގެ ތެރެއިން 01 ސާމްޕަލް ޕޮޒިޓިވް ވުމާއި އެކުއެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފިއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައިއެރަށުން ޕޮޒިޓިވްވެފައިވަނީ އެރަށުގައި ދިރިއުޅެމުންދިޔަ ފަރާތެކެވެ. އެ ރަށުން ސާމްޕަލް ނަގާފައިވަނީ ރިސޯޓެއްގެ ގޮތުގައި ތަރައްޤީ ކުރަމުންދާ ރ.ކުޑަކުރަތުން ބިދޭސީންތަކެއް އިއްޔެ ޕޮޒިޓިވްވުމާ ގުޅިގެންނެވެ. ރ އަތޮޅުގެ ރީޖަނަލް ހޮސްޕިޓަލް ހުންނަ  އުނގޫފާރަކީ ވަރަށް ގިނަ އަދަދެއްގެ ބަޔަކު ޑޮކްޓަރަށް ދެއްކުމަށް އެކި ރަށްރަށުން ގޮސް ހަދައ...

ޖަލްވާން ޖާދުﷲ
ކުޅުދުއްފުށީގެ ކަންކަން ބެލުމަށް ރައީސް އެކުލަވާލި ޓީމުން އެ ރަށުގައި މަސައްކަތް ފަށައިފި

ކުޅުދުއްފުށީގެ ކަންކަން ބެލުމަށް ރައީސް އެކުލަވާލި ޓީމުން އެ ރަށުގައި މަސައްކަތް ފަށައިފި

ކުޅުދުއްފުށީގައި ކޯވިޑް-19 ފެތުރޭތީ އެރަށުގެ ހާލަތު ކައިރިންބަލައި، އެހީތެރިވުމަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް އެކުލަވާލި ޓީމުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އާއި، އެރަށުގެ ޓާސްކު ފޯހާއި، ކައުންސިލާއި އަދި މިނޫންވެސް އެމަސައްކަތުގައި ޝާމިލްވާ ފަރާތްތަކާއި ބައްދަލުވުން ތަކެއް ކުރިއަށް ގެންގޮސްފިއެވެ. މި ބައްދަލުވުންތަކާއި ގުޅިގެން ކޭއާރުއެޗުން ބުނީ ކޯވިޑް-19 އިން ރައްކާތެރިވުމަށް ކުރަން ޖެހޭ މަސައްކަތްތައް ހަރުދަނާކޮށް، އިތުރަށް ކުރަން ޖެހޭ ކަންތައްތައް ފާހަގަކޮށް އެޗްއީއ...

ޝިއުނާ އާދަމް
އިމްރާންގެ އިތުބާރުގެ މައްސަލަ މަޖިލީހަށް

އިމްރާންގެ އިތުބާރުގެ މައްސަލަ މަޖިލީހަށް

ހޯމް މިނިސްޓަރު އިމްރާން އަބްދު ﷲ ގެ އިތުބާރު ނެތް މައްސަލަ އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ. އެ މައްސަލަ ހުށަހަޅާފައި ވަނީ އެ ކޯލިޝަންގެ 9 މެންބަރެއްގެ ސޮއިގެ އިތުރުން މިނިވަން 2 މެންބަރެއްގެ ސޮޔާއި އެކުއެވެ. އެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށް، ސޮއިކުރި މިނިވަން ދެ މެމްބަރުންނަކީ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމާއި ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހީމް ނަސީމެވެ. މަޖިލީހަށް ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލަ […]

ޔުމްނާ ޢަލީ
އެމްޓީސީސީއަށް 51 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް

އެމްޓީސީސީއަށް 51 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް

މިއަހަރުގެ ތިން ވަނަ ކުއާޓަރުގައި މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އަށް ސާފު ފައިދާގެ ގޮތުގައި 51 މިލިއަން ރުފިޔާ ލިބިއްޖެ އެވެ. އެމްޓީސީސީގެ މިއަހަރުގެ ތިން ވަނަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުން އެ ކުންފުންޏަށް ވިޔަފާރިން 350 މިލިއަން ރުފިޔާ ވަނީ އެ ކުއާޓަރުގައި ލިބިފަ އެވެ. މިއީ މި އަހަރުގެ ދެވަނަ ކުއާޓަރާ އަޅައި ބަލާއިރު 41 ޕަސެންޓް އިތުރުވުމެކެވެ. ދެވަނަ ކުއާޓަރުގައި އެމްޓީސީސީއަށް 248 މިލިއަން ރުފިޔާ […]

އަޙްމަދު ވަހީދު